ކޮމންވެލްތުން އެދުނު ލިއުންތައް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލ އާ ހަވާލުކޮށްދެއްވަނީ
12 ޖޫން 2019 - 21:33
ރާއްޖެ ކޮމަންވެލްތާ އަލުން ގުޅެން އެދުމުން ރާއްޖެއާ ބެހޭ ބައެއް ކަންތައްތައް އޮޅުން ފިލުވުމަށްޓަކައި އެ ޖަމާއަތުން އެދުނު ލިޔެކިއުންތައް ހުށަހަޅައިފި އެވެ.
ކޮމަންވެލްތުން އެދުނު ލިޔެކިއުންތައް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީސިއާ ސްކޮޓްލޭންޑާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތަށް މިހާރު ވަޑައިގެން ހުންނެވި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. ލިޔެކިޔުންތައް އޭނާއާ ހަވާލުކޮށްދެއްވީ އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އެމްބަސީގައި މިއަދު އެވެ.
ކޮމަންވެލްތާ ގުޅުނުތާ 34 އަހަރު ފަހުން ރާއްޖެ އެ ޖަމާއަތުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާ އެ ޖަމާއަތާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކެއްގަ އެވެ. ސަރުކާރުން އޭރު ބުނީ ކޮމަންވެލްތުން ރާއްޖޭގެ ދާހިލީ ކަންކަމާ މާބޮޑަށް ބެހެމުންދާ ކަމަށެވެ.
ކޮމަންވެލްތާ އަލުން ގުޅެން ރާއްޖޭން ހުށަހެޅީ ރައީސް އިބްރާހީމް މުހައްްމަދު ސޯލިހުގެ ސަރުކާރުންނެވެ. ރާއްޖެ އެ ޖަމާއަތާ އަލުން ގުޅެންް ހުށަހެޅުމުން ރާއްޖޭގެ ހާލަތު އޮތް ގޮތް ވަަޒަން ކުރުމަަށް ބައެއްް ކަންތައްތައް އޮޅުންފިލުވަން އެ ޖަމާއަތުން އެދުނެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރަކީ އެ ލިޔެކިއުންތައް ހުށަހަޅުއްވަން ކުރެއްވި ދަތުރެއް ކަމަށެވެ. ދަތުރުގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖެރެމީ ހަންޓާއި އިސް ބައެއް އެހެން ބޭފުޅުންނާ ވެސް ޝާހިދު މިއަދު ބައްދަލުކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަލަބަލަ
13 June 2019
ތިޔަ ލިޔުންތައް އީމެއިލްކޮށްލިނަމަ އެއްނު. ހަމަ ދާންޖެހޭތަ ޚަރަދުތަކެއްކޮށްފަ.
ލަންބެ
13 June 2019
ކޮމަންވެލްތް މުހިންމުތޯ، އިންގިރޭސިންވެސް އުޅެނި އީ.ޔޫ އިން ވަކިނުވެވިގެން، ބްރެޒިޓް ތަންފީޒު ނުކުރެވި، ޑެޑްލައިން ދިއައީ ވީކަމެއް ހަރާމް...ތެރާސާ މޭ ހުރީ، ހަތަރު އަނގޮޅިއެއްގެ މެދުގައި ތާށިވެފައި،
ފަރަންޖީ
13 June 2019
ދެން ކޮމަންވެލްތުން ބުނާގޮތް ހަދާތޯ ބަލަން މިތިބީ އެމީހުން އެންމެ ބޮޑައް ރާއްޖެއައް ގޮވަމުން އެދަނީ ދީނީ މިނިވަންކަން މިތާނގަ ދޭށޭކިޔާފަ
ލކއވ
13 June 2019
އަދިކިރިޔާތަ ތިހުށައެޅީ. ގައިމު 100ދުވަހުގެ ވައުދުތެރޭގަ ފޮރިންގް މިނިސްޓްރީން ކުރިކަންކަމުގެ ލިސްޓް ނެރުނުއިރު ބުނިހެން ހީވި ކޮމަންވެލްތުގަ ބައިވެރި ވުމުގެ ވައުދުވެސް ފުއްގައިފީމޭ. މިކަންވެސް ރައްޔިތުންނަށް އޮޅުވާލީތަ ނޫނީ އޮޅުނީތަ.
ޑަރޭމިތުރާ
13 June 2019
ރާއްޖެ ފުންމައިގެން ގޮސް ޑިވެލޮޕްޑް ކަންޓްރީޔަކަށް ތިހިރަވީ. ވެލްކަމް ޓޮ ދަ ޕޯރ މެންސް ކްލަބް!!!!
ބުޅާ
13 June 2019
މިއޮތް ޒަމާނުގަ ލިޔުމެއްވެސް ސީދާ މިނިސްޓަރު ހިފައިގެންގޮސް އަތުން އަތަށް ނުދީފިއްޔާ ބަލައިނުގަންނަނީތަ. އެންބަސީ މެދުވެރިކޮށްވެސް ތިވަރުކަމެއް ނުކުރެވޭތަ، ނޫނީ މިހިސާބުގަނޑުގަ ކޮމަންވެލްތުގެ ރީޖަނަލް އޮފީހަކުންވެސް ލިޔުން ބަލައިނުގަންނަނީތަ.
ޖަމަލު
12 June 2019
ކޮބާ ގަތަރު؟
ގުންބާ
12 June 2019
ރޯދަމަސް ފެށުނުފަހުން ލަންކާ، އިންޑިއާ، ރޯމޭނިއާ، ލަންކާ، ސައުދިއަރަބިއާ، އެއަށްފަހު ތިމާވެއްޓާބެހޭ ބައްދަލުވުމެއް އަނެއްކާ ޔޫރަޕުގަ.
20000
12 June 2019
ތީ ކިތައްފަހަރު ހުށަ އަޅާ އެއްޗެއްބާ؟ މިހާރު ކިތައް ފަހަރު ޔޫކޭއަށް ތިކަމުގަ ގޮސްސިބާ؟ މިނިސްޓަރު ދެދުން އެއްދުވަހު ލަންޑަނަށް އަރަން ޖެހެންނާ އަވަހަށް އެމްބަސީ ބަންދުކުރޭ، ބޭކާރު ތަނެއްދޯ ތިވަރު ނުވަންނާ
ސާމާނުބެ
13 June 2019
ފުރަތަމަ ބުރުގައި ދެވުނީ ހުށައަޅަންޖެހޭ ބޮނޑިވަރު ހަނދާންނެތިގެން ނުލައޭ މިފަހަރު އެދިޔައީ އެސާމާނު ހިފައިގެން
ކޮރަލް
12 June 2019
ފޮރިންމިނިސްޓްރީ ހިސޯރު ކޮށްފަ އޮތީ އެންމެ މީހެކެވެ. އެހެން މީހުން ގެއަށް ދާން ވީއެވެ.