އިސްރޯގެ ޗެއާމަން ކޭ ސިވަން.
16 ޖޫން 2019 - 10:53
ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާ އިން އަމިއްލަ ޖައްވީ ސްޓޭޝަނެއް ބިނާކުރަން ނިންމާފައިވާ ކަމަށް އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) އިން އިއުލާންކޮށްފި އެވެ.
އެތަނުގެ ޗެއާޕާސަން ޑރ. ކޭ ސިވަން ބުރާސްފަތި ދުވަހު މީޑިއާތަކާ ބައްދަލުކުރައްވައި ވިދާޅުވީ އިންޑިއާގެ އަމާޒަކީ 20 ޓަނުގެ ޖައްވީ ސްޓޭޝަން 2030 ގައި ލޯންޗްކުރުން ކަމަށެވެ. އަދި އޭގެ ބޭނުންކުރާނީ މައިކްރޯގްރެވިޓީ އެކްސްޕެރިމަންޓްތަކެއް ކަމަށް ވިދާޅުވި އެވެ.
ސިވަން ވިދާޅުވި ގޮތުގައި އިތުރު އެއްވެސް ގައުމަކާ ނުގުޅި އަމިއްލަ އަށް އިންޑިއާ އިން ބިނާކުރާ ޖައްވީ ސްޓޭޝަންގެ އެންމެ ފުރަތަމަ ޓާގެޓް ކުރާނީ އެސްޓްރޮނޯޓުންނަށް 15-20 އާ ދޭތެރޭގެ ދުވަހުގެ މުއްދަތަކަށް ޖައްވުގައި ހޭދަކުރެވޭ ގޮތަށެވެ. އަދި މިއީ އެ ގައުމުން އަންނަ އަހަރު ރަސްމީކޮށް ލޯންޗްކުރާ އިންޑިއަން ހިއުމަން ސްޕޭސްކްރާފްޓް ޕްރޮގްރާމް "ގަގަނިޔާން" ގެ ބައެއް ކަމަށް ވެސް ވިދާޅުވި އެވެ. އެ މިޝަން ސަރުކާރުން ވަނީ 10،000 ކްރޯޑް ރުޕީސް (1,431,950,000 ޑޮލަރު) ގެ ބަޖެޓެއް ހަމަޖައްސައި ދީފަ އެވެ.
އެހެންވެ ޖައްވީ ސްޓޭޝަނާ އިތުރު މައުލޫމާތު ހިއްސާކުރާނީ އެ ޕްރޮގްރާމު މަސައްކަތަށް ފަހު ކަމަށް އިސްރޯ އިން ބުންޏެވެ.
🇮🇳#ISROMissions 🇮🇳#Chandrayaan2
— ISRO (@isro) June 12, 2019
“The launch of Chandrayaan-2 is planned on July 15, 2019 at 02.51 Hrs from Sriharikota. Soft landing of Vikram lander on lunar surface is likely to be on September 06, 2019" Dr K Sivan announced in today's Press Meet pic.twitter.com/5R8dneN3lF
"އިންސާނުން ޖައްވަން ފޮނުވަން ފަށާ މިޝަން އަންނަ އަހަރު ލޯންޗް ކުރުމަށް ފަހު ރަސްމީކޮށް، މީހުންނާ ނުލައި ގަގަނިޔާން ކުރާ ފުރަތަމަ ދަތުރު މިހާރު ތާވަލުކޮށްފައި ވަނީ ދެހާސް ބާވީހަށް،" ސިވަން ވިދާޅުވި އެވެ. "އެއާ އެކު އަހަރެމެންގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ ސީދާ އިންޑިއާގެ އަމިއްލަ ސްޕޭސް ސްޓޭޝަނެއް ބިނާ ކުރުން."
އަމިއްލަ ޖައްވީ ސްޓޭޝަން ބިނާ ކުރި ގައުމުތަކުގެ ތެރޭގައި ރަޝިއާ، އެމެރިކާ އަދި ޗައިނާ ހިމެނެ އެވެ. އަދި އިންޓަނެޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަކީ ގިނަ ގައުމުތައް އެކުލެވޭ ކޮންސޯޓިއަމެއް ހިއްސާވާ ޕްރޮޖެކްޓެކެވެ.
އިންޑިއާ އިން މިހާރު އަންނަނީ ހަނދަށް ވާސިލުވުމަށް މީގެ 10 އަހަރު ކުރިން ފެށި މިޝަން "ޗަންދުރަޔާން" ގެ ދެވަނަ ފޭސް ލޯންޗް ކުރަން ތައްޔާރުވަމުންނެވެ. އެގޮތުން ހަނދުގެ ދެކުނު ތަނޑިއާ ދިމާލަށް އަމާޒު ހިފާފައިވާ "ޗަންދުރަޔާން-2" ލޯންޗް ކުރަން ތާވަލުކޮށްފައި ވަނީ އަންނަ މަހުގެ 15 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ހަމާރީޖީތު
18 June 2019
އިހަކަށްދުވަހު މި އިންޑިއާއިން ހަލާކުކޮށްލި ސެޓަލައިޓަކުން ޖައްވުގައި ފެތުރިގެން ދިޔަ ސްޕޭސް ޖަންކުން ކިރިޔާ އައިއެސްއެސްއަށް ގެއްލުންނުވީ. އަނެއްކާ އަނެއް ކަންތައް ކުރަން އެ އުޅެނީ. ނާސާއިން އެވާހަކަ އެހާ ރީތިކޮށް ބުނީމަ ލަދުގަންނަންވެސް ނޭނގުނު.
ihaaru.
17 June 2019
ޤައުމުގެ 900 މިލިޔަން ފަގީރުން ޖައްވަށް ގެންދަންވީނުން!
ގިނިހިލަ
16 June 2019
އެންމެ ފުރަތަމަ އެމީހުން ދޫކޮށްލި ސެޓެލައިޓް ވެސް ތަންކޮޅަކަށް އަރާފަ ވެއްޓުނީ, މިފަހަރު ކިހިނެއްވާނެބާ!!!
ހަރުގަނޑު
16 June 2019
މިއުޅޭ އުމަރުމެން ގާއުކައިގެން ތިޔަ ޖައްވީ ސްޓޭޝަން ވައްޓާނުލައިފިއްޔާ ވެދާނެ.
ބަރުގަނޑު
18 June 2019
ސްޓޭޝަން ޖައްވާ ހަމައަށް ފޯރައިގެންދޯ އަދި ގާ އުކޭނީ. އެކަމާ ހާސްވާން ލައްކަ ދުވަސް އެބައޮތް.
އޫޝާ ފަންކާ
16 June 2019
އިންޑިއާމީހުން ތިހުރިހާއެއްޗެހިތައްވެސް ހަދާނެ އެކަމަކު މީހަކަށް ތިޔަށް އަރަންކެރޭނެބާ މިހާރުވެސް އެމީހުންގެ އޮޓޯއަކަށް އަރައިފިއްޔާ ހީވަނީ ފުރޮޅު ހުރިތަނުގަ ބަހައްޓާފަ އޭތި ހިގައިދާނެހެން. ފިޒިއޯތެރަފީހަދަން އެޕޮއިންޓްމަން ނުލިބިގެން އުޅޭމީހަކަށް އަނެއްހެން ގޯހެއްނުން
ބޯހަލާކު
16 June 2019
މީހަކު ކަމެއްކުރާއިރަށް އެއްޗަކަށް އެއްޗެއްހަދާނެ. ބިރުބޮޑު. ވަންވޭޓިކެޓްގަ ފޮނުވާތި. ގެރިއަކާއެކު.
މަހުވެއި
16 June 2019
ތީޔައިންޓަވިއުދޭން އިން ރާޖު ކަލޭގެ ގޮނޑިއަށް ސާބަސް
ބޭބެ
17 June 2019
ވަކި ގޮނޑިއެއްްގައި އިނދެގެންތަ އިންޓަވިއު ދެވެނީ. ގަމާރު
ނާނާޕަޓޭކަރު
16 June 2019
އެއުޅެނީ ބަޖާޖު ފެންވަރުގެ ކުނިގަޑެއްހަދަން. ދޭން ތީގެން އަހަރުމެންގެ ބޮލައްވެއްޓޭނީ ހުސް ްްކުނިބުނި...ދަބަރުޖަހާފަ ހުރި އިސްކުރު. ތިވީގޮތުން އަހަރުމެންޖެހޭނީ ހުރިހާ ވަގުތެއްގަ ހެލްމެޓް އަޅައިގެން އުޅެން.
ފާހާނާ
16 June 2019
ބޭކާރު ކަންތައް ނުކޮއް ތިތާ ރައްޔަތުން ނައް ފާހާނާޔާއި ކާބޯތަކެތި ފޯރުކޮއްދީބަލަ!
ޖުހާއްކޮ
16 June 2019
އެކަމަކު ޓޮއިލެޓް..