20 ޖޫން 2019 - 21:15
މިދިޔަ އަހަރު ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، ނުކުޅެދޭ ހާލަތަކަށް ދިޔަ އުމަރު ސަލީމް (އޮއްތޮ) ގެ ގައިގައި ޖެހުނު ސައިކަލް ދުއްވި ޒުވާނަކީ ކާކު ކަމެއް އޭނާއަށް ވެސް އަދި އާއިލާއަކަށް ވެސް ނޭނގެ އެވެ.
އޮއްތޮގެ އާއިލާގެ ޝަކުވާއަކަށް ވެފައި އޮތީ އެކްސިޑެންޓަށް އަހަރެއް ވީ އިރު ވެސް ޒިންމާ ނަގަން ޖެހޭ މީހާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅި، އިންސާފު ނުލިބުމެވެ. އެކަމަކު މިއަދު ހުޅުމާލޭ ކޯޓުގައި އޮއްތޮ އާއި އޭނާގެ އާއިލާއަށް، އެ ހިތްދަތި އެކްސިޑެންޓްގެ ޒިންމާ ނަގަން ޖެހޭ އާދަމް އިމްޖާދު، ފުރަތަމަ ފަހަރަށް ފެނި އަދި ބައްދަލުވި އެވެ.
އެ އާއިލާ ކެތްތެރި އެވެ. ދެއްކީ ރުޅިވެރި މޫނެއް ނޫނެވެ.
އިމްޖާދު ގޮސް އޮއްތޮއާ ސަލާމްކޮށްލައި ވާހަކަދައްކާލަން އާއިލާއިން ދެކޮޅެއް ނުހަދަ އެވެ. އާއިލާއިން ދެއްކީ ރީތި އަހުލާގެވެ. އެމީހުން އޭނާއާ ވެސް ކުޑަކޮށް ވާހަކަ ދެއްކި އެވެ. އޮއްތޮ ވެސް އެއްޗެއް ބުނަން މަަސައްކަތް ކުރީ ހިނިތުންވުމާ އެކުގަ އެވެ.
ކޯޓުން ބޭރުގައި އިމްޖާދު ގޮސް އޮއްތޮއާ ބައްދަލުކުރީ އެކްސިޑެންޓާ ގުޅިގެން ދައުލަތުން އޭނާއާ ދެކޮޅަށް އުފުލާފައިވާ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑު އެހުން މެދުކަނޑާލި ވަގުތު އެވެ.
އެ ދައުވާ އަށް އިމްޖާދު އިއުތިރާފެއް ވެސް އަދި އިންކާރެއް ވެސް ނުކުރެ އެވެ. އެކަމަކު އޭނާގެ ވަކީލް އެދިވަޑައިގަތީ ދައުވާ އަށް ޖަވާބުދާރީ ވުމުގެ ކުރިން މައުލޫމާތުތަކެއް ސާފުކުރުމަށާއި ލިޔެކިއުންތަކެއް ހޯދަން ވަގުތު ދިނުމަށެވެ.
އޮއްތޮ، އޭނާގެ ދަރިފުޅާއި އަންހެނުން އަދި އާއިލާގެ ބައެެއް މީހުންނާ އެކު ފޮޓޯއެއް ނަގަނީ.
އެގޮތަށް އެދުމުން ދައުލަތުގެ ވަކީލުން ވިދާޅުވީ މައްސަލައިގައި ދައުލަތުން ހެކިތަކާއި ލިޔެކިއުންތައް ކޯޓަށް ހުށަހަޅައި، އެ ލިޔެކިއުންތައް ދައުވާ ލިބޭ ފަރާތަށް ފޯރު ވެސް ކޮށްދީފައިވާނެ ކަމަށެވެ. އެހެންކަމުން ދައުވާ އަށް އިއުތިރާފް ނުވާ ނަމަ އިންކާރު ކުރަން ޖެހޭ ކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ.
ދައުލަތުން އެގޮތަށް ބުނުމުން އިމްޖާދުގެ ވަކީލު އެދިވަޑައިގަތީ ދައުވާ އަށް އިއުތިރާފް ވުން ނުވަތަ އިކާރުކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން ހޯދަން ބޭނުންވާ މައުލޫމާތުތައް ހޯދަން 15 ދުވަސް ދިނުމަށެވެ. ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އަމްޖަދު އަބްދުލް ޣަނީ ދެއްވީ ފަސް ދުވަހުގެ މުހުލަތެކެވެ.
އިބްތިދާއީ އަޑު އެހުމުގެ އަނެއް ބައި ކުރިއަށް ގެންދާނީ ފަސް ދުވަސް ފަހުންނެވެ.
އޮއްތޮގެ ފުރާނަ ސަލާމަތްވީ ކިރިޔާ އެވެ. ވަރަށް ބޮޑެތި މަސައްކަތްތަކަށް ފަހު މިހާރު އިށީދެ އިނދެވެ އެވެ. އަދި ކުޑަކުޑަކޮށް ބައެއް ބަސްތައް ވެސް ބުނެ އެވެ. އޭނާގެ އާއިލާ އިން އުއްމީދު ކަނޑާނުލައި، މަސައްކަތްކުރަމުން ދަނީ ވީހާވެސް ބޮޑު ލުޔެއް އޮއްތޮއަށް ހޯދައިދެވޭތޯ އެވެ.
މިދިއަ މަހު 29 ވަނަ ދުވަހު، އޮއްތޮގެ އެކްސިޑެންޓަށް އަހަރެއް ވީ ދުވަހު، ހޭލުންތެރިކުރުވުމުގެ ބޮޑު ޕޯސްޓަރެއް އޭނާގެ ފަރާތުން އާންމުންނަށް ދައްކައިދިނެވެ. މާލޭ ކޮޅުން ސިނަމާލެ ބްރިޖް ފެށޭ ހިސާބުގައި ހަރުކުރި އެ ޕޯސްޓަރުން އާންމުންނަށް މެސެޖް ދެނީ ރައްކާތެރިކަމާ އެކު ދުއްވުމަށެވެ.
އެ ދުވަހު ވެސް އޮއްތޮގެ އާއިލާގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ އެކްސިޑެންޓްގެ ޒިންމާ ނަގަން ޖެހޭ މީހާ ދޫވެފައި ހުރުމެވެ.
އޮއްތޮގެ އެކްސިޑެންޓަށް އެއް އަހަރު ފުރުމާ ދިމާކޮށް، މީހުން ހޭލުންތެރި ކުރުމަށް އޭނާގެ އާއިލާ އާއި "މިހާރު" ގުޅިގެން މާލޭގައި ޕޯސްޓަރެއް ބެހެއްޓުމަށް މިދިޔަ މަހު ބޭއްވި އިވެންޓެއްގައި އޮއްތޮއާ އެކު ބައިވެރިވި ބައެއް މީހުން ސެލްފީއެއް ނަގަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އޮއްތޮ އަށް މިހާ ބޮޑު އަނިޔާއެއް ލިބި އަދިވެސް އެ ހިތްދަތިކަމުން އަރައެއް ނުގަނެވޭ. އެކަމަކު ސައިކަލުން ޖެއްސި މީހާ ޒިންމާ ނުކުރުވައި ދޫކޮށްލާފައި ހުރުން ބަލައެއް ނުގަނެވޭ. އެއީ، އިންސާފެއް ކަމަކަށް ވެސް ނުދެކެން،" އޮއްތޮގެ އަންހެނުން ފާތުމަތު ނައުފާ ބުންޏެވެ.
އޮއްތޮގެ ގައިގައި ޖެހުނު ސައިކަލް ދުއްވި މީހާއާ މެދު އާއިލާއިން އަބަދުވެސް ބުނަމުން އައީ އޭނާ ދޫކޮށްލާފައި ހުންނަ ހުރުމަކީ ޒިންމާދާރުކަން ކުޑަ ނިންމުމެއް ކަމަށެވެ.
އެއީ "އެ ކުއްޖާ ގަސްދުގައި ކުރި ކަމެއް ނޫން. އެކަމަކު އޭނާ އެއްވެސް ވަރަކަށް ޒިންމާދާރު ކުރުވުމެއް ނެތި އެހެރީ މުޖުތަމައު އަށް ދޫކޮށްލާފައި،" އޮއްތޮގެ މަންމަ ފާތުމަތު ޔޫސުފް، ކުރިން މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
މިހާރު މިވަނީ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުން ފަށައިފަ އެވެ. ޝަކުވާތަކާ އެކު ވެސް އޮއްތޮގެ އާއިލާ އިން ދެއްކީ ކެތްތެރިކަމާއި ރީތި އަހުލާގެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިޖޭ
22 June 2019
އަހަރު ދުވަސް ފައިބައިގެނ ްދިޔައިރު، އާއިލާ އާއި ބައްދަލުކޮށް މާފަށް އދިލަން ނުކެރުން މިއީ އެމީހާގެ ހުރިވަރަކީ ދޯ
ދޮންބޭ
22 June 2019
މި ތަނުގައި އޮއްތޮ އަދި އެ އާއިލާއަށް ނިސްބަތްކޮށް ވާހަކަ ދައްކަމުންދާ މީހުންންގެ އާއިލާ މެންބަރެއް ނުވަތަ ތިއިން ބޭފުޅާކަށް މިފަދަ ކަމެއް ދިމާވީމަ އަޅާނެ ކަރުނައާ އުފުލާނެ ބުރައާ ހިތާމަ އެއްމެ ފަހަރަކުވެސް ވިސްނާލިންތޯ. އެއްވެސް މީހެއް އަމިއްލައަށޤ ބޭނުންވެގެން އެހެން ހުންނާނެތަ. މި ކޭސް އަށޤ މީޑީއާގެ ސަމާލުކަން އެހެން ކޭސްތަކަށް ވުރެ އިތުރުވެދާނެ ނަމަވެސް އޮއްތޮ އަކީ ސަލާމަތުން ހުރި އިންސާނެއް އަދި އެކަން ހިނގާދިއައީ އޮއްތޮގެ ކުށަކުން ނޫން.
ޢިޢްސެ
22 June 2019
ސުރުހީގަ އޮތްއެތި ރަނގަޅެއްނޫން. ހަގީގަތުގަ ރީތިނަމޫނާ ދެއްކީ އެކްސިޑެންޓުގެ ޒިންމާ ނަގަންޖެހޭޔޭ ބުނާ އިމްޖާދު. އޭނަ އިސްވެ އޮއްތޮއާ އޭނަގެ އާއިލާއާ ސަލާމްކުރަންދިޔުން އެއީ ހަގީގަތުގަ އޭނަ ދެއްކި ރީތި ނަމޫނާ. މިކަމުގަ ތައުރީފު ހައްގުވަނީ ހަގީގަތުގަ އޭނައަށް.
އަދާ
22 June 2019
ރަނގަޅު މީހެއްނަމަ މިހާރު އޮންނާނީ އާއިލާއާ ބައްދަލުކޮށް މާފަށްވެސް އެދިފަ. ކޯޓަށް ގެންދިޔައީމަ މީޑިއާ ކުރިމަތީ ސަލާމްކުރުމަކީ ސްޓަންޓެއް.
އައިޖޭ
22 June 2019
ރަނގަޅުނަމ މިހާރު އަހަރެއްވީ އިރު، އާއިލާ ޢައި ބައްދަލު ކޮސް މައާފަށް އެދި ހަދާފަ ދޯ އޮންނާނީ
އޮސްކާޑު
22 June 2019
މިއުޅެނީ އޮއްތޮއަށް ކޮންމެހެން ކަމެއް ވެގެނެއް ނޫން. މިއީ މީޑިއާ ސްޓަންޓް. ވަކި އާއިލާއަކަށް ނިސްބަތްވާ މީހަކަށް ވީމަ ވާގޮތް. މީގެ ކުރިން ރާއްޖޭގައި އެތައް ބަޔަކު ނުކުޅެދޭމީންނަށްވެފައި އަދި މަރުވެސްވެއްޖެ ތިކަހަލަ އެކްސިޑެންޓުތައް ވެގެން. ރާއްޖޭގައި އަބަދުވެސް އޮންނާނީ ޑްރާމާ ކުޅުން.
އަލީ އަހުމަދު
22 June 2019
އިހުމާލުވީ މީހާއަށް އަދަބުދިނުން މުހިންމު، އެއީ ދެން އަންނަންތިބި މީހުންނަސް އިބުރަތަކަށް.
ހޯދާ
22 June 2019
ހުރިހާ ނޫހެއްގަ ވެސް ޖެއްސީއޭ ލިޔާތީ ކަންބޮޑުވޭ. ވީޑިއޯއިން ފެންނަނީ ދެސައިކަލުވެސް ބާރު ސްޕީޑުގަ ދާތަން. ތީގަ ދެމީހުންވެސް ޒިންމާވާން ޖެހޭނީ އެއްވަރަށް. ވަކި ޤަވާއިދުން ދިޔަ އެކަކުވެސް ނެތް. އޮއްތޮ އަށް ﷲ އަވަސް ޝިފާ މިންވަރު ކުރައްވާށި. އާމީން.
ދެރަ
21 June 2019
މިއީތޯ ފުރަމަ މީހަކަށް އަނިޔާއެއްވެ ހިނގި އެކްސިޑެންޓަކީ މިކަންވެއްޖެ ބޮޑު ކުޅިގަނޑަކަށް ، ވަރައްދެރަ ޒުވާންކުއްޖަކަށް މިފަދަ ހިތާމަވެރި ކަމެއްވީމަ އެކަމަކު ތަންކޮޅެއްބޮޑުވަރު ވާހެންހީވަނީ ދިމާވާ ކަންކަމަށް ކެއްތެރިވާންޖެހޭނެ.
އަލީ އަހުމަދު
22 June 2019
މިކަހަލަ ކަންކަން ތަކުރާރުވިޔަ ނުދޭން ކުރެވެން ހުރި ހުރިހާކަމެއް ކުރުން ވަރަށް މުހިންމު، މާބޮޑުވަރު ކުރަނީކީއެއް ނޫން މިކަމަށް ކުރިޔަށް އޮތްތާންގާ އެޅެން ހުރި ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ކުރިޔަށް އެ ދަނީ. ތިބޭފުޅާގެ ދަރިއަކަށް ނުވަތަ ތިބޭފުޅާގެ އަންހެނުން، މަންމަ ފަދަ މީހަކަށް ވެސް ހަމަ މިކަހަލަ ކަމެެއް ދިމާވެދާނެ. އެހެން މީހުންގެ އިހުސާސްތަކަށް އިހުތިރާމް ކުރައްވާ.
ޙަސަން އަޙްމަދު
21 June 2019
އެންމެ އަޖައިބު ވަނީ މިތާގައި ބޮޑު އަދަދެއްގެ ބަޔަކު އޮއްތޮއާ އިދިކޮޅަށް ކޮމެންޓު ކުރާތީ! މި މީހުން ގަބޫލު ކުރާ ޕްރިންސިޕަލް އަކީ ކޮބައިބާ؟ މިސާލަކަށް މި އެކްސިޑެންޓް ގައި ވިކްޓިމްގެ އިހުމާލެއް އޮތަސް އެ މައްސަލަ ބަލަން ޖެހޭދޯ؟ އަދި މީހެއްގެ މުޅި ދިރިއުޅުން ބަރުބާދު ވެގެން ދިޔަ އިރު ވެސް އެއީ އެކްސިޑެންޓަކުން ވެފައި އޮތް ކަމަކަށް ވިޔަސް އެކަމަށް ދެރަ ނުވެ އެހެން އުޅޭ ކަމީ އަޖައިބެއް. އަދި މިޔޮއް ކުރާ ކޮމެންޓުތަކުގެ އަޖައިބު މާ ބޮޑު
އަހުމަދުސާކިރު
21 June 2019
ދެމީހުންވެސް ދުއްވީ ގަވައިދާއި ހިލާފައް ބާރައް ހަތަރު އަގޮޅީއެއްގަ ވީމާކާކު ކުއްވެރިވަނީ މީޑިޔާތަކްގަ ސުޓެންޓް ނުޖަސްސާ ސަރީޔަތް ނިމެންދެން މަޑްކުރޭ
ކަކުނިބޯ
21 June 2019
މިހާރުދެން އަޅުގަޑު މިހުރީ ރައީސް ސޯލިހު އޮއްތޮއަށް ޓްރާންސްޕޯޓް މިނިސްޓަރުކަން ނުވަތަ ހުޅުމާލެ ބުރިޖުގެ އމްބެސެޑަރކަން ދޭނެ ދުވަހެއްގެ އިންތިޒާރުގައެވެ. މީ އެޖެންޑާ 20 އަށް ވުން ގާތެވެ. ދެން މީޑިޔާއިން މިވަރުއަރުވާތީ ބުނެވުނީ އަޅެ ބަލާލަދީބަލަ ހުޅުމާލެ ބުރިޖުމަތީވީ މިއެކްސިޑެންޓްތޯ
ޢަބްދުﷲނާފިޒް
21 June 2019
ކަކުނީގެ ނީންނާނެ ބޮލެއް، އެހެންވީމަ ކަންކަމާމެދު ވިސްނޭނެ ނިޒާމެއް ނީންނާނެ، ދެން އުޅޭނީ ގޮނޑުދޮށްފަރާތު ހޮރުގަ.