"ހުނަރުވެނި" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 ޖޫން 2019 - 14:33
ދިވެހިންނަށް ކުރެވޭނެ މަސައްކަތްތައް ބޭރު މީހުންގެ އަތްމައްޗަށް ދޫކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ވަޒީފާގެ އެކި ފުރުސަތުތަކާއި މަސައްކަތްތެރިކަމާ ގުޅޭ ގޮތުން ބާއްވާ ބޮޑު ފެއާ "ހުނަރުވެނި" ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ހުރިހާ އެންމެންގެ ޝަކުވާ އަކީ ވަޒީފާގެ އަދަދުތަކަށް ބަލައި، ގިނަ އަދަދެއްގެ ބިދޭސީން ރާއްޖޭގައި އުޅުން ކަމަށެވެ. އެކަމަކު، ކޮންމެ ގައުމެއް ވެސް ކުރި އަރާނީ ބިދޭސީންނާ އެކު ކަމަށް ފައިސަލް ވިދާޅުވި އެވެ.
"ނަމަވެސް ޒުވާނުންނަށް ކޮށްދެވެން ހުރި ކަންކަން އެމީހުންގެ އަތްމައްޗަށް ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން. ގައުމުގެ ހަޔާތަށް، ގައުމުގެ ކުރިއެރުމަށް އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން،" ނައިބު ރައީސް ވިދާޅުވި އެވެ.
"ހުނަރުވެނި" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް އަދި ސަރުކާރުގެ އިދާރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމަނިކުފާނު ވިދާޅުވި ގޮތުގައި، މީގެ ކުރިން ވަކިވަކި ރަށްތަކެއްގެ ނަންތަކެއް ބުނުމުން އެއީ ވަކި ބްރޭންޑަކަށް ވިޔަސް މިހާރު އެކަން ދަނީ ބަދަލުވަމުންނެވެ.
ޒުވާނުން ވަޒީފާގައި ނޫޅޭތީ އެމީހުން ކުށްވެރިކުރާ އުސޫލުން ވާހަކައެއް ނުދެއްކޭނެ ކަމަށާއި ސަރުކާރުގެ ޒިންމާ ސަރުކާރުން އަދާކުރަންޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެކަމުގައި މީހުން ބިނާކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެން ޖެހޭނެކަން ފާހަގަކުރެއްވި އެވެ
މިދިޔަ ދުވަސްތަކުގައި ފެނުނީ ޒުވާނުން މުޅިން ވެސް ކުޅިވަރާއި މަޖަލުގެ އަވާގައި ޖައްސާފައި ބައިތިއްބާ ތަން ކަމަށާއި އެއީ ހެޔޮއެދޭ ވެރިއަކު ދުވަހަކު ވެސް ކުރާނެ ކަންތައްތަކެއް ނޫން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.
"ހުނަރުވެނި" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ކަސަބު ހެދުމުގެ ހުނަރެއް ދައްކާލަނީ- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެމަނިކުފާނު ވިދާޅުވީ، މި ސަރުކާރުން އެންމެ އިސްކަމެއް ދެނީ ތައުލީމީ ދާއިރާ އަށް ކަމަށެވެ. އެގޮތުން، ޅަދރިންނަށް ދޭ ތައުލީމުން ފެށިގެން ރަނގަޅު ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވީ، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ވަޒީފާއެއްގެ މަތީގައި ދެމިތިބުން ކަމަށާއި ވަޒީފާއެއް އަދާނުކޮށް ތިބުމަކީ ނިކަމެތިކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ދިވެހިންނަކީ ވަރަށް ހުނަރުވެރި ބައެއް ކަމަށާއި ދަރިވަރުންގެ ހުނަރު ދެނެގަނެ އެކަމުން ކުރިއަށް ދާން ހިތްވަރު ދޭންޖެހޭ ކަމަށެވެ.
ގައުމެއް ކުރިއަރައި ދާނީ ހުރިހާ ވައްތަރެއްގެ މަސައްކަތެއް ކޮށްގެން ކަން ފާހަގަކުރައްވައި އެ ވިސްނުން ވިސްނައިދޭންޖެހޭ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދަރު
24 June 2019
އޮހް ގުޑް ޓު ނޯ! ގިނައަދަދެއްގެ ލެބްޓެކުން އިންޑިއާއިން މިއަހަރު އައިޖީއެމްއެޗް އަށް ގެނައީ އެހެން ވެގެންތޯ؟ ގައުމީ ޔުނިވާސިޓީއިން ކިޔަވާފަ ތިބި ކިތައް ކުދިން އެމަގާމްތަކަށް އެޕްލައި ކޮށްފާ ތިއްބާތޯ އެހެން ހެދީ. މީގަ ލިޔާ ކޮމެންޓްތައް ބަލާ ބަޔަކު ޒިންމާ އުފުލޭ މަގާމު ތަކުގައި ތިބޭބާ؟
ލައުރާ
24 June 2019
ރިސޯޓުތަކުންވެސް ބަންގާޅިންނާ ލަންކާމީހުނާ އިންޑިޔާ މަތިމަސްތައް އުފުރާބޭރުކުރޭ އޭސީ މަސަތްކަތް ކުރަންބޭނުންވާ ބައިވަރު ދިވެހިން އެބަތިބި ވަޒީފާޔައް އިއުލާނުކޮއް ދިވެއްސަކު ނުލިބިގެނެއްނޫން މިގޮތައް ކަންތައްކުރަނީ ސަރުކާރު ތަކާ މިނިސްޓްރީގެ ގަވައިދެއް ހަރުދަނާ ކަމެއް ނެތުމުން ބ އަތޮޅު އަނަންތަރާ ކިހަވައްވިލާސްގަ އެތިބަ ލަންކާ ބުޑިސްޓުންނަކީ އިސްލާމު ދީނައް ފުރައްސާރަކޮއް މުވައްޒަފުންނާ ދިމާލައް ހަޖޫޖަހާފަ ވަޒީފާގަ އުޅޭމީހުން ކޮންތާކައްގޮސް ކޮންމ
ނެގުނުކަތީބު
24 June 2019
މޮޅު ވާހަކަ ދެއްކުމަކުން ނުފުދޭ! މާލެތެރޭ ވީއްލިގެން މިއުޅޭ ބޭރުމީހުންތަކާއި ރަށްރަށުގަ އުޅޭ ބޭރުމީހުންގެ މައްސަލަބަލާ ފިޔަވަޅު އެލޭތޯ ބަލާބަލަ
ގަުމުގެ
24 June 2019
ގައުމުގެ ރައީސުންނަކީ ދިވެހި ރައްޔިތުން ، ފައިސަލް އާ އިބޫ އަކީ އާއްމު ރައްޔިތުން . އާން އެހެންވެތާ އަހަރުމެން ކައިރީ މިހިން މިބުނަނީ. ބަލަ ރަނގަޅު ނޫން ކަންތައްތަ ރަނގަޅު ކުރަން ދޯ ހޮވަަފަ ތިތިބީ
ފޫހި
24 June 2019
އާޅެ އާދޭސްކޮށްފަބުނަން މަޖިލީހުގެ ބަންގާޅީ/އިންޑިއާއާބެހޭ ކޮމެޓީއެއް ހަދައިގެންވިއަސް މިބިދޭސީންގެ ނުފޫޒުން ގައުމުގެ ކުދި ވިޔަފާރިތައް ހިމާޔަތްކޮށްދީބަލަ. ގައުމުގެ މަދު ހުރިހާ ރިސޯސެއްގެ ބޭނުންހިފަނީ ބިދޭސީން. ބިދޭސީން މަދުކުރުމުން ދިވެހިން ދަތިވުމުން މަސައްކަތަށް ނުކުންނާނެ. އިންސާނާ ދިރިއުޅޭނީ ހާލަތާއެއްގޮތަށް. ދަތިވުމުން ދަތިފިލުވާނެ. އާދޭސްކުރަން މިކަމަށް ހައްލެއްހޯދާ.
ގުދުގުދާ
24 June 2019
ރިޑެންޑެންސީ ދަށުން ވަޒީފާއިން ވަކިވީމާ ލިބުނީ 150000ރ. 418 އަކަފޫޓްގެ ގޭގެ 3 ސީޓް އެޗްޑީއެފްސީ ގެ ލޯން ނަގައިގެން އެޅުނީ ކިރިޔާ! 4 ވަނަ ސީޓް އަޅަން ލިބުނު 150000ރ އިން ދިވެހި ކޮންޕެނީ އަކަށް ދީގެން އަޅަން ބެލިއިރު 240000ރ އަރާ! ދެން މަގުމަތިން ބަންގާޅީ ގުރޫޕެއް ނަގައިގެން 80 ހާސްރުފިޔާއަށް ސީޓްއަޅާ ނިންމީ! ދެން ބާކީ ހުރި ރުފިޔާއިން އެތެރެ ރާނާ ނިންމީ! އަގުބޮޑު ވީމާ ދިވެހިން ލައްވާ މަސައްކަތް ކުރެވޭނެބާ؟
އަހްމަދު
24 June 2019
ދިވެހި ކޮމްޕެނީގައިވެސް މަސައްކަތް ކުރަންތިބީ ބަންގާޅިން. ކޮންކްރީޓްމަސައްކަތަކީ ދިވެހި ޒުވާނުންނަށް ނުކުރެވޭ މަސައްކަތަކަށްވާތީ އެމަސައްކަތުގައި މުޅިންވެސްތިބީ ބޭރުމީހުން. ނައިބުރައީސަށް މިކަން ފަހުމުވޭބާ؟ މުސްކުޅިންބުނޭ އަނގަައޮތިއްޔަކާ ކާޅެއްނުކާނޭ.
ޢާއިނާ
24 June 2019
މިބިދޭސީން ގެ ވަބާއިން ގައުމު ސާލާމަތްކޮށް ދިނުމަށް އެދި އާދޭސް ކުަރަން ކޮންޓްރޯލަރ އަށް މިކަން ނުވާނަމަ މަޖްލިސް އިން ވެސް ކުށްވެރިން ގެ ހައްގު ތަކަށް މަސައްކަތް ކުރާފަދައިން އަހަރުމެން ދަޑުވެރިން ގެ ހައްގު ތަށްވެސް ހިމާޔަތް ކޮށްދިނުން އެދެން ވަރަށް އަސަރުކުރޭ މި ބިދޭސީން ގެ އަމަލް ތަށްފެނި ހިމާޔަތެއްނެތި އަހަރުމެން ނިކަމެތިވެގެން ދާދިއުމަށް ނިމުމެއްނެތް
ބޮނބިއޮޑިން
24 June 2019
ޡުވާނުންނަށް ކޮންދޭންވީ ކަމަކީ ފަހަތަށް ބޯހުޅި ޖަހާފަ މަގު ހިނގާ މީހުންނަށް ފޮށެން ވައިފައި ލިބޭ ގޮތަށް ކަންކަން މަތީ ބޭތިއްބުން އަމަޔާ ބަފަޔ ދިނީމަ ކާލައިގެން އުޅޭ ބަޔެއް
ސާމާނުބެ
24 June 2019
މިވެސް ދައުލަތުގެ ބަޖެޓުން މަހަކު އެތައްލައްކައެއް ހަރަދުކޮއްގެން ގެންގުޅެއްޖޭ ބޭފުޅެއް ދައުލަތުން މިލިއަނުން މިލިއަނުން ހަރަދުކޮއްނިމޭއިރު ގައުމައް ތާކުންތާކުޖެހޭ ކަމެއް ނުކޮއްދެވޭތަނުގައި ހޭޖެހޭ ވާހަކައެއްވެސް ދައްކާނުލެވޭ 5 އަހަރުނިމޭ އިރު ގައުމައް ކޮއްދިފަ އޮންނަނީ 5 އަހަރުގައި ރާއްޖޭގެ ނައިބްރައީސްކަން ކުރުން ވަރައްސަޅިއެއްނު
ގައުމީ ލޯބީގާ
23 June 2019
ހެއުވާނީ ކިހިނެއް މިވަރަށް ބައިސާކަޑަން ކަމެއް އަމަލުންވެސް ދައްކާނަމަ ބައިސާކަޑަނީއެކޭނުކިޔާނެ .ރައްޔިތުމީހާމަގުމަތިވަނީ މިސަރުކާރުގަ އިލްމީ ކުދިން މިހާރުވެސް ވަޒީފާގަޑެއް ނުލިބިފަ މިފްކޯ މަސްބޯޓުފަހަރުގަ މަސައްކަތް ކޮށް އުޅޭއިބޫ ގެ ތިމާގެ މީހުންނައް ށާއި ވެރިކަން ހޯދާން ބޮޑުކޮށް ހަރަދު ކުރަން ވައުދުވި ބަޔަކަށް ވަޒީފާތައް ދެނީ ގައުމުގެ އިލްމީ ޒުވާނުން ނައް ދޭނެ ވަޒީފާ ގަޑެއް ބާކީވާނެތަ އެކަކުވެސް ނައިބުގެ ވާހަކަ ގަބޫލުނުކުރޭ