08 ސެޕްޓެމްބަރ 2016 - 11:34
ދައުލަތުގެ ފައިސާ އިން ވައްކަން ކުރެއްވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަކީ ރައީސް އަބްދުﷲ ޔާމީންގެ ޝިކާރައަކަށް ވި ބޭފުޅެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދިވެހި ސަރުކާރުން ހިންގާ ކަމަށް ބުނާ ކޮރަޕްޝަނާ ގުޅޭ ގޮތުން އަލް ޖަޒީރާ އިން އިއްޔެ ނެރުނު ޑޮކިއުމެންޓްރީއާ އެކު ޝާއިއުކުރި ރިޕޯޓަކަށް ނަޝީދު ދެއްވި އިންޓަވިއުގައި ވިދާޅުވި ގޮތުގައި ޒުވާން ފުރައިގެ ކޮންމެ މީހަކު ވެސް ގާތްކުރެއްވުމަށް ފަހު "ވާވެއްދުމަކީ" ރައީސް ޔާމީން ކުރައްވާ ކަމެކެވެ. އަދީބަކީ ވެސް، ނަޝީދު ސިފަކުރެއްވި ގޮތުގައި، އޭގެ ތެރެއިން އެއް ބޭފުޅެވެ.
"އެކަމަކު މިވެނި ކަމެއް ކުރީ ކާކުތޯ ބަލައި ތަހުގީގު ކުރަން ޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އަލް ޖަޒީރާ އިން ނެރުނު ޑޮކިއުމެންޓްރީ، "ސްޓީލިން ޕެރެޑައިސް" އާއި އެއާ އެކު ވެބްސައިޓުގައި ޝާއިއުކުރި ރިޕޯޓުތަކުގައި ދިވެހި ސަރުކާރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ އަމަލުތަކުގެ ހެކި ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވީ އަދީބުކަން ވަނީ ހާމަވެފަ އެވެ. އޭގެ އިތުރުން ވެސް، ތަންތަނުގައި ހުޅު ޖެހުމާއި އެ ނޫން ވެސް ޓެރަރިޒަމްގެ އަމަލުތަކެއް އަދީބުގެ އޯޑަރަށް ހިންގި ކަމުގެ ހެކި ވެސް އަލް ޖަޒީރާ އިން އާއްމުކުރި އެވެ.
އެ ހެކިތައް ނަޝީދަށް ދެއްކުމަށް ފަހު، އަދީބަކީ ރައީސް ޔާމީންގެ ހިޔާނާތުގެ ޝިކާރައަކަށް ވި ބޭފުޅެއްތޯ އަދިވެސް ގަބޫލުކުރައްވަންތޯ އަލް ޖަޒީރާ އިން އެހުމުން ނަޝީދު ސީދާ ޖަވާބެއް ނުދެއްވި އެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ވިދާޅުވީ "ތިކަހަލަ ކަންކަމަކީ އެހާ ސާފު، ސީދާކޮށް އޮންނަ ކަންކަމެއް ނޫން" ކަމަށެވެ.
ނަޝީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވިއިރު، އެ މަނިކުފާނު ޖަލުން ސަލާމަތްކުރަން އެމްޑީޕީން ސީދާ އަދީބާ މަޝްވަރާކުރި އެވެ. އެ ވާހަކަތަކުގެ ތެރެއިން ނަޝީދު ގޭބަންދަށް ބަދަލުކުރި އެވެ. އަދި ޖުލައި 26، 2015 ގައި ނަޝީދު ޖަލުން ދޫކޮށްލަން އެއްބަސްވެ، ކަރެކްޝަނަލް ސާވިސް އިން ނަޝީދަށް ލިޔުމެއް ވެސް ދިން ކަމަށް ބުނެފައިވެ އެވެ. އެކަމަކު އެ ލިޔުމުގެ ސައްހަކަމާ މެދު ސުވާލު އުފައްދައި ފުލުހުން ދަނީ އެ މައްސަލަ ބަލަމުންނެވެ.
މީގެ އިތުރުން، ނަޝީދު އިސް ދައުރެއް އަދާކުރައްވާ އިދިކޮޅު އިއްތިހާދުގައި ވެސް އަދީބު ހިމެނިވަޑައިގަންނަވަ އެވެ. މިހާރު ޖަލަށް ލާފައިވާ އަދީބު ތަމްސީލުކުރައްވަނީ އޭނާގެ ދޮށީ އަނބިކަނބަލުން މަރިޔަމް ލިއުޝާ އެވެ.
އަދީބަށް އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވެ އެވެ.
އަދީބުގެ ތިން ފޯނުގައި ހުރި މެސެޖުތަކާއި ސިއްރުން ނަގާފައިވާ އިންޓަވިއުތަކާއި އެ ނޫން ވެސް ބައެއް ލިޔެކިއުންތަކުގެ މައްޗަށް ބިނާކޮށް ހެދި ޑޮކިއުމެންޓްރީގައި ސަރުކާރާއި ރައީސް ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ގޮތުން، ނަޝީދަށް ހުކުމް އިއްވީ ރައީސް ޔާމީން އެންގެވި ގޮތަށް ކަމަަށާއި އޮޑިޓް އޮފީސް ރޯކޮށްލަން އަދީބު އުޅުއްވި ކަމަށާއި ރާއްޖެ ޓީވީގައި ރޯކޮށްލީ އަދީބު އަންގަވައިގެން ކަމަށާއި ވަގަށް ނެގި ފައިސާ ސީދާ ރައީސަށް ލިބިވަޑައިގެންނެވި ކަމަށް ބުނެފައިވެ އެވެ. އަދި އަދީބު އިސްކޮށް ހުންނަވައި 1.5 ބިލިއަން ޑޮލަރު (23 ބިލިއަން ރުފިޔާ)ގެ މަނީ ލޯންޑްރިން ސްކީމެއް ބޭރުގެ ވިޔަފާރިވެރިންތަކަކާ ގުޅިވަޑައިގެން ހިންގަވަން އުޅުއްވި ކަމަށް ވެސް ތުހުމަތުކޮށްފައިވެ އެވެ.
އެކަމަކު ރައީސަށް އަމާޒުވާ ހުރިހާ ތުހުމަތުތަކެއް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފެކްޝަން ދީބް
10 December 2016
އަދީބްގެ ނަންވެސް ގުޅިފައިވަނީ މިދީބްގެ ޖީބުތަކާ ދޯ!
ނުރަބޯ
10 December 2016
ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ވެސް، ކެރަފާ ނަޝީދުގެ ޝިކާރައަކަށްވި....!!!
ޢަލީ ލަތީފް
10 September 2016
ނަޝީދު ވެސް ލަދު ގަންނަން ޖެހޭ. 2008 ގައި ދިވެހި ރައްޔިތުންގެ މިންނެތް މަސައްކަތުން ދިގު 30 އަހަރު ނިމުމަކަށް ގެނެސް ވެރިކަން ޙަވާލުކުރީމަ، ހަމަ ހިންގީ ކޮރަޕްޝަން. އަދީބު ހާ ފާޅުގަ 'ގަޓް؛ ހުރެގެން ނުކުރެވުނީ އިނދިކޮޅު މީހުން އަތުގެ ބައެއް ބާރުތައް ހުރީމަ. ދެން ޔާމީނު އައިސް ޖަލަށް ލާނެ ކަން އެނގޭ އިރު ވަގުތީ ގޮތުން ހިޖުރަ ނުކޮށް ޖަލަށް ދިޔުން އެއީ ވެސް ސްޓަންޓެއް. އަދީބު އާ ގުޅިގެން އެމް.ޑީ.ޕީ އިން ޤާނޫނު އަސާސީ ބަދަލުކޮށް އެސް،އީ.ޒެޑަށް ވޯޓުދީ ހެދީ ނަޝީދު ގެ ޑީލް ގެ ކުޅިގަނޑުގެ ތެރެއިން. ބަލަ ނެލްސަން މަންޑޭލާ 27 ޖަލުގަ އޮތް އިރު ޑީލްތައް ބާވަރު ލިބުނު، ޑީލް ހެދިތަ؟ ވީމާ ވިސްނާލަން ޖެހޭ. ދެން މިއީކީ ޔާމީނަށް ސަޕޯރޓު ކުރާތީ ބުނާ ވާހަކަތަކެއް ނޫން. ހަމަ އެންމެންވެސް އެކައްޗެއް. ވެރިކަން ލިބުނީމާ އަންބޮނޑި ބަންނަނީ! 2018 އަންނަ އިރު ރާއްޖެ މިއޮތީ ނާމާން ވިލާ ގަނޑެއްގެ ދަށުގަ! ރައްުޔިތުން ވިސްނަން ޖެހޭ!
އަސްލު
08 September 2016
މިކަންތައް ގަނޑު ހިންގި ގޮތް އެންމެ ރަނގަޅަށް ރައްޔިތުންނަށް ސާފުވާނީ އަދީބު ކައިރިން
ބާރީ
08 September 2016
ނޫން މޮޔަ ނުގޮވާ އަދީބަށް ނާއިބު ރައީސްކަން ދޭންވެގެން ޤާނޫނު އަސާސީ ކޮށާ ކުކުދިކޮށް އަދީބުގެ ސައިޒަށް ޤާނޫނުއަސާސީ ހެދީ މަޖިލީހުގައިތިބި އެމްޑީޕީ މެމްބަރުން ވެސް ބައިވެރިވެގެން ، އެހެންވީމަ އަދީބު ކުރިހުރިހާ ނުބައިކަމެއްގައި މަޖިލިސް މެންބަރުންނަށް އެވަނީ ބައިވެރި ވެވިފަ، މި ޤަރުނުގަ ދިވެހިރާއްޖޭގައި ބަޔަކުމީހުން ހިންގި އެންމެ ބޮޑު ޖަރީމާ އަކީ އަދީބުގެ ސައިޒަށް ޤައުމުގެ ދުސްތޫރު ކޮށާ ކުދިކުދި ކޮށްލުން އެއީ މަޖިލިސް މެމްބަރުން ގުޅުގެން ހިންގި ޖަރީމާއެއް،
ދިވެހިބާޒު
09 September 2016
ބްރޯއަދީބަށް ނައިބުރައީސްކަންދޭން ހިންގި ޖަރީމާތަކުގައި އެމްޑީޕީ ގެ އެމްޕީންތައް ބައިވެރުވެފައިވާކަމީ ޝައްކެއްނެތް ތެދުވާހަކައެކެވެ. އެ ކަމުގައި އެމީހުންވެސް ބެދެންވާނެއެވެ.
ނަންބަރުވަން
08 September 2016
ރައީސް ނަޝީދުގެ ޝިކާރައަކަށްވެ މިންޖުނުވެވިގެން އުޅޭ ދެތިން ކުދިން މިހާރުވެސް އިނގިރޭސި ވިލާތުގައި އެބަހަރަ ގަނަތެޅޭ. އެކުދިން މިނިވަންކޮށް ރާއްޖެއަށް ފޮނުވައި ދީބަލަ! މިޤައުމަށް އެމީހުންގެ ޚިދްމަތްވެސް ބޭނުމޭ!
ވިލޭއަލި
08 September 2016
މުޅި ޔޫރަޕާއި އެމެރިކާ އެއޮތީ ނަޝީދުގެ މަޅީގައިޖެހި ވާ ވަދެފައި. ދިވެހިން ވާ ނުވަދެގެން ގަދަ ބާރުން މަޖްބޫރުކޮށްގެން ވާ ވެއްދޭތޯ ބަލަނީ.
ލިއޫ
08 September 2016
ލިއުޝާއަށްވެސް ހަމަ އެންމެ އޯކޭތޯ އަދީބު މިވަރަށް ފަލީހަތްކޮށްލީމަ އެމްޑީޕީން ރާވައިގެން؟ ސޯޓުގެ ނުބޭލި އޮތް ފަހު ތަންކޮޅުވެސް ބޭލުނީވިއްޔަ. ރިޕޯޓުން ވީ އެއް ކަމެއް ވަރަށް ފުރިހަމައަށް އޮތް. އެއީ އެކަން. ދެން ކިތަންމެ ވަރަށް ވިކްޓިމްއެކޭ ކިޔަސް ދިވެހިންނަކީ އެހާ ގަމާރުބައެއް ނޫން.
ހަމީދު
08 September 2016
މުޅިޤައުމު މިވަނީ ރައީސް ނަޝީދުގެ ޘިކާރައަކަށްވެފައި. މޮޅުވާހަކަދެއްކުން ފިޔަވައި އެއްކަމެއްވެސް ނުވާނެ. އަސްލު އެމްޑީ÷ީގެ ވެރިކަން އަމިއްލައަށް ދޫކޮށްލާ މުޅިގައުމަށް މުޞީބާތަް ޖައްސުވާފަވެސް މައިތިރިވެގެން އިދެވޭނަމަ ރަގަޅުވީސް
ދޮންކަމަނަ
08 September 2016
ނަޝީދުއަށް ސާބަސް. ދިވެހި ރައްޔިތުން މިތިބީ ކަނުވެފަތަ. އަދީބު ކޮށްޓަކަށް ލާފަ ބަހައްޓައިގެން އޭނަ ލައްވާ ކުރުވި ކަންތައްތައް ދޯއެއީ. ޔާމީނު އޭނައަށް އާރާއި ބާރާއި ލާރި ދިނީމަ ތިމަންނަ މިހިރީ އެއްވެސް މީހަކަށް އަތްނުފޯރާފަށުގައޭ ހީކޮށްގެން އުދުހުނީ އަމިއްލަޔަށް. އޭނައެއީ ރޭ ވިހޭ ޅަކުއްޖެއް ނޫން. ތިކަހަލަ ދޯދިޔާ ކަނޑައެޅިގެން ރޯބުހުތާނު ދޮގު ހަދާތީ ގިނަ މީހުންގެ ސަޕޯޓު ނުލިބެނީ. ތިއުޅެނީ ވަކި ބަޔަކަށް މަޅިޖަހައިގެން އެމީހުންގެ ރުހުން ހޯދަން. މާދަމާ ވޯޓުދޭން ތިބި ގިނަ މީހުން މަތިން ހަނދާން ނައްތާލާފަ. އެހެންވެގެން ނަޝީދުއަށް އިތުބާރުނުކުރަނީ. ތިކަހަލަ ސިޔާސީ ކުޅިވަރު ހުއްޓާލާ.