25 ޖޫން 2019 - 10:28
ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމީ ބޭއަދަބީ ބަސްތަކުން މުޚާތަބުކުރި މައްސަލައެއްގައި ކަން ޖޭއެސްސީން ރައްޔިތުންގެ މަޖިލިހަށް ފޮނުވި ތަހުގީގު ރިޕޯޓުގައި ބުނެފި އެވެ.
އިބްރާހިމް ރަޝީދުގެ މައްސަލަ ޖޭއެސްސީ އަށް 2013 ގައި ހުށަހެޅި އިރު، އޭނާގެ ސުލޫކީ މައްސަލަތައް ބަލަން އެ ކޮމިޝަނުން މާ ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު އެ މައްސަލައިގައި ޖޭއެސްސީ އިން ގޮތެއް ނިންމައި މަޖިލިހަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.
ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.
ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖޭއެސްސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކޮށްފައިވީ ނަމަވެސް ޝަކުވާއާ މެދު ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ.
އެގޮތުން ޝަކުވާގެ މައުޟޫއުގެ ދެ ފަރާތަކުން އެކަމަށް ހެކި ބަސް ދީފައިވާ ކަމާއި ފަނޑިޔާރުންގެ ސުލޫކަކީ ވަކި ޚުދޫދެއްގެ ތެރޭގައި ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭ އެއްޗެއް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ލާޒިމްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީގެ ރިޕޯޓުގައިވެ އެވެ.
މުޚާތަބްކޮށްގެން ނުވާނެ ގޮތަކަށް މެޖިސްޓްރޭޓަކު އާންމު ފަރުދަކާ ދިމާލަށް އެއްޗެއް ކިޔައިފި ނަމަ، އެއީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ބެލެވޭނެ ކަމަށް ޖޭއެސްސީގެ ނިންމުމުގައިވެ އެވެ.
މިއީ ސުލޫކީ މައްސަލައަކާ ގުޅިގެން ފަނޑިޔާރަކު ވަކިކުރަން މަޖިލީހަށް ހުށަހެޅި ފުރަތަމަ ފަހަރެވެ.
ފަނޑިޔާރުންގެ މައްސަލަތައް ބެލުމަކީ ޖޭއެސްސީގެ ޒިންމާއެއް ކަމަށް ވިޔަސް، ގާނޫނު އަސާސީ އޮންނަ ގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހަށެވެ. އެގޮތުން މަޖިލިހުގެ ޖަލްސާގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ ވޯޓު ލިބެން ޖެހެ އެވެ.
މިއީ ފަނޑިޔާރެއްގެ އަހުލާގީ މައްސަލައެއްގައި، މަޖިލިހުން ވަކިކުރަން ހުށައެޅި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވަނީ ވަކިކޮށްފަ އެވެ. އެކަމަކު އެ ދެ ބޭފުޅުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށައެޅީ ކޯޓުތަކުގެ ގާނޫނަށް 2014 ގައި ގެނައި އިސްލާހެއްގެ ދަށުން ސުޕްރީމް ކޯޓުގެ ބެންޗް ހަތް ފަނޑިޔާރުންގެ ބަދަލުގައި ފަސް ފަނޑިޔާރުންނަށް ކުޑަކުރުމުންނެވެ.
އޭގެ ފަހުން އުއްތަމަ ފަނޑިޔާރަކަށް ހުންނެވި އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މަގާމު ގެއްލުނީ އެ ބޭފުޅުންގެ މައްޗަށް ކުށެއް ސާބިތުވެ، އިސްތިއުނާފް މަރުހަލާ ނިމުމުން އޮޓަމެޓިކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްތުވުން
25 June 2019
ތިމެޖިސްޓްރޭޓް ބަހައްޓަން ފެނޭ. ޖޭއެސްސީ އަށް ތިކަން ތަހްގީގްކޮށް ބަލަން ފެށި ދުވަހުން ފެށިގެން އެހާ ގިނަދުވަސް ނަގާފައިވާތީ.
ދީބު
25 June 2019
ޝަރީޢަތް ހިންގަވާފައި އެވަނީ ރޮކެޓް ސްޕީޑުގައިބާ؟
މަބުނީ
25 June 2019
ސުލޫކީ މައްސަލައާއި ޖިނާއީ މައްސަލަ ވަކިނުވާ މެމްބަރުން މަޖްލީހުން ބޭރުކޮށް ތައުލީމުދޭން ޖެހިފަ ތިބީ. ފުރަތަމަ އެޖެންޑާކުރަންވީ އެމަސައްކަތް!
ހަމަބުނީ
25 June 2019
ޕާޓީ މެމްބަރުން ހޮވިފައިވަނީ އެކަހަލަ ގޮތަކަށް ނޫން. މައްސަލަތަކުގެ ފަރަގު ނޭނގުނަސް ބަހުސަށް އަރާ ވާހަކަ ނުދެއްކުނަސް ލޯމަރާފަ ހޮވާފަ އެތިބީ ޕާޓީ މީހުންވީމަ ތައްގަނޑު ޖަހަން.
ފަޤީރުކޮއެ
25 June 2019
ތިހާކުޑަކަމެއްގަ ފަނޑިޔާރުން ވަކިކުރެވޭ ގޮތަށް އޮންނައިރު ބޮޑެތި ތުހުމަތުތައްކުރެވޭ ފަނޑިޔާރުން ވަކިނުކުރެވެންވީ ކީއްވެ؟ އަދުލު އިންސާފް އެންމެ ފުރަތަމަ ފެށެންޖެހޭނީ ފަނޑިޔާރުންގެ ކިބައިން! އަދުލު އިންސާފުގެ ކުރިމަތީގަ ހުރިހާ ފަނޑިޔާރުންވެސް ހަމަހަމަވާންވާނެ!
.....
25 June 2019
ފަނޑިޔާރު ދީދީ އާއި މިމީހަކު މިހާރުން މިހާރަށް ވަކިކުރޭ
ސަކީނަ
25 June 2019
ފަނޑިޔާރުން ހަޑިހުތުރު ބަހުން މީހަކާ ދިމާލަށް އެއްޗެތިގޮވާފަ އެމީހަކަށް އަދުލުވެރިކޮށް ހުކުމެއްކުރާނެ ކަމާމެދުވެސް ޝައްކު. ދުނިޔޭގެ ތަހުޒީބު ހުރިހާ ގައުމެއްގައިވެސް މިފަދަ ފަނޑިޔާރުން ވަކިކުރޭ. މިގައުމު ތަހުޒީބުވާނެ ދުވަހެއްގެ އިންތިޒާރުގައި ދިވެހިން ތިބީ.
ބައިރޯ
25 June 2019
ތި ސްލޫކަށް ފެތޭ ހަމަ އެކަކުވެސް ނެތް އަވަހަށް ދެވެ ސާފްކުރަން
ރަމީއަލީޒު
25 June 2019
ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައިވާ ގޮތުން ރަސްމީ ހައިސިއްޔަތުންނާއި އަމިއްލަ ހައިސިއްޔަތުން ކުރާ އެއްވެސް ކަމަކުން ނުވަތަ ދައްކާ ވާހަކައަކުން ނަމަވެސް އާއްމުންގެ ހިތުގައި ޝައްކު އުފެދި ޝަރުއީ ދާއިރާގެ ގަދަރާއި ހައިބަތާއި އިތުބާރު ގެއްލޭ ފަދަ ކަމެއް ފަނޑިޔާރަކު ކޮށްގެން ނުވާނެ
އަލީބާބާ-
25 June 2019
ޝައްކެއްވެސް ނެތް އެޢީ ފަޑިޔާރެއްގެ އަދަބު އަހްލާގު އަދި ސުލޫކު ހުންނަންޖެހޭ ގޮތެއް ނޫން. ވަކިކުރަން ތާއީދު ކުރަން.
މޮހެނޭ
25 June 2019
އެތައް ފަނޑިޔާރުންނެއް ވަކި ކުރަންޖެހޭ ހަމަ ރަގަޅު ސަބަބުތަކާއި ހެދި. އެކަމަކު ތިކުރީ ޒާތެއްގެ ކަމެއް.. އެއްކަލަ ހެެއްދެވި ނެހެއްދެވިއަށް ގޮވުމުގައި މިސާލު ދައްކާ އުޅޭ މަޖްލީސް މެމްބަރުން މި ނިންމަނީ ހަޑިކޮށް ވާހަކަ ދައްކައިގެން ފިޔަވަޅު އަޅަން.. ބަލަ ތިބޭފުޅުންނެއް ނޫންތޯ މިއީ މުޖްތަމައުގަ އޯކޭ ކަމަކަށް ހެއްދެވީ...!!
ކުޅުދުއްފުށީ އެއަޕޯޓް ޓަވަރު
25 June 2019
ބޮޑު ސިންގާ ޖިނާއީ މައްސަލައެއް އެއޮތީ އޮމާންކޮށްލާފައި. އަސްލު އެތި ލީނަމަ އަވަހަކަށް ސަލާމަތެއް ނުވާނެ. ތިޔަ ޖަލްސާވެސް ޖެހޭނީ ހަމައެކަނި 18 މަތިޖަހާ ސެންސަރު ކުރަން. އެންޑީޕީ ނިކަން ހިތްބަލިވާނެ އެހެން ތިއްބަކަސް