ޚަބަރު / ރައްޔިތުންގެ މަޖިލިސް

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދުގެ ސުލޫކީ މައްސަލަ ސާބިތުވާ ކަމަށް ނިންމައި މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައި އެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ފޮނުވީ މިދިޔަ ހޯމަ ދުވަހު އެވެ. އަދި އެ މައްސަލައިގައި މެމްބަރުން ބަހުސް ކުރައްވައި މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް ފޮނުވީ އިއްޔެ އެވެ. ޖުޑިޝަރީ ކޮމިޓީން މައްސަލަ ދިރާސާކޮށް އިބްރާހިމް ރަޝީދު ފަނޑިޔާރު ކަމުން ވަކި ކުރަން ވަނީ ނިންމައިފަ އެވެ.

މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ފަނޑިޔާރުކަމުން ވަކި ކުރަން ޖޭއެސްސީން ނިންމީ އޭނާ އަންހެނަކާ ދިމާލަށް ބޭއަދަބީ ބަސްތަކުން މުޚާތަބުކޮށް ގަޒްފުކުރި މައްސަލައެއްގަ އެވެ.

މިއީ ރައްޔިތުންގެ މަޖިލީހުން ވޯޓެއް ނަގައިގެން ފަނޑިޔާރަކު މަގާމުން ބޭރުކުރި ފުރަތަމަ ފަހަރެވެ. އިބްރާހިމް ރަޝީދު މަގާމުން ވަކިކުރަން ނިންމީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 70 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖޭއެސްސީ އަށް އަމިއްލަ މީހަކު ހުށަހެޅި މައްސަލައިގައި ވަނީ އިބްރާހިމް ރަޝީދު ދިރިއުޅުއްވާ ގޭގެ ކުރިމަތީގައި ހުންނަވައިގެން އަންހެނަކާ ދިމާލަށް ހަޑިހުތުރު އެއްޗެތި ގޮވައި އެ ހިސާބުގަނޑު މީހުންގެ ކުރިމަތީގައި ހަޅޭއްލަވާފައިވާ ކަމަށެވެ.

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ބާރު އޮތް ޖޭއެސްސީން މި މައްސަލައިގައި ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާ އަށް އިބްރާހިމް ރަޝީދު އިންކާރުކޮށްފައިވީ ނަމަވެސް ޝަކުވާއާ މެދު ގޮތެއް ނިންމުމުގައި ރިއާޔަތްކޮށްފައި ވަނީ ޝަރުއީ މިންގަނޑަށް ކަމަށެވެ.

އެގޮތުން ޝަކުވާގެ މައުޟޫއުގެ ދެ ފަރާތަކުން އެކަމަށް ހެކި ބަސް ދީފައިވާ ކަމާއި ފަނޑިޔާރުންގެ ސުލޫކަކީ ވަކި ހުދޫދެއްގެ ތެރޭގައި ވަކި ގޮތަކަށް ބައްޓަން ކުރަން ޖެހޭ އެއްޗެއް ކަމަށް ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގައި ލާޒިމްކޮށްފައިވާ ކަމަށް ވެސް ޖޭއެސްސީން ނެރުނު ތަހުގީގު ރިޕޯޓުގައިވެ އެވެ.

މި މައްސަލަ އަށް މަޖިލިހުގައި ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ އިބްރާހިމް ރަޝީދުގެ ފަނޑިޔާރު ކަމުގެ ޝަރުތު ހަމަނުވާ ކަމަށް ވިދާޅުވެފަ އެވެ.

އިބްރާހިމް ރަޝީދު ވަކި ކުރަން ނިންމި އިރު، މަސްތުވާތަކެތީގެ މައްސަލައެއްގައި އޭނާ މެއި 28، 2016 ގައި ހައްޔަރު ކުރި އެވެ. އަދި އެ މައްސަލައިގައި ޖޭއެސްސީން އޭނާ ސަސްޕެންޑް ވެސް ކުރި އެވެ.

15 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 77%
icon sad icon sad 6%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައިސް

26 June 2019

ހާޑީމް ބެ އާ ވެލެޒިނީ ދެން މައްސަލަ ބަލާނީ...

The name is already taken The name is available. Register?

ބޯއްތަ

26 June 2019

ކޮބާ ތިނަދޫ ދެކުނުދާއިރާގެ މެންބަރު. ޢެންމެފަހުން އަތްހިއްލާލަންވެސް ނުކެރުނު ދޯ

The name is already taken The name is available. Register?

އާނިޔާ

26 June 2019

އަނިޔާ ދިނުމަކީ 13 އަހަރުގެ ޖަލު ހުކުމް ކޮށްފައި 3 ކޮޓަރީގެ އެޕާޓްމަންޓެއްގައި ބެހެެއްޓުން ތޯއެވެ؟މި ދިނީ ކުށާ ނުބައްދަލު އަނިޔާއެއް ނޫން ތޯއެވެ.

The name is already taken The name is available. Register?

ރޯން

26 June 2019

ފުރަތަމަ ޤުރުބާން ކުރި ކަންބަޅި

The name is already taken The name is available. Register?

ސަރީރާ

26 June 2019

ޙުރިހާ ފަޑިޔާރުން ވަކިކުރިޔަސް އެމްއެމް އޭގެ ގަވަރުނަރު ވަކިކުރަން ނަސީދަށް ނުކެރޭނެ. ޢެއީ މާ ގާތް ރަޙްމަތްތެރިއެކޯ. މީވާވަރު.

The name is already taken The name is available. Register?

656565

26 June 2019

ކަލޯ މީތި ހިފައިގެން ބާތިލްކުރަން ސުޕްރީމް ކޯޓަށް ހިނގައިދާނެ ޤާނޫނުގައި އޮންނާނެ މަޖިލީހުގެ ނިންމުމަކާމެދު އެއްވެސް ކޯޓެއްގައި ޝަރީއަތެއް ނުކުރެވޭނެ ކަމަށް. އެކަމަކު މިހާތު މިިތިބަ މީޙުންނަށް އެތަންކޮޅު ފެންނާނެ ހެނެއް ހިއެއް ނުވޭ. އެކަމަށް ހައްލެއް ހޯދަބާ

The name is already taken The name is available. Register?

ޕަހެލޭ ކިތާބު

26 June 2019

ސުލޫކީ މިންގަޑުގެ ތެރެއިން އެއްމެ އާދައިގެ ކަމެއްގެ ގޮތުގައި ބެލެވޭ އާއިލީ ކަމެއްގައި ޒުވާބު ކުރުމުން ވެސް ފަނޑިޔާރެއް ވިއްޔާ އެމީހަކު ޖެހެނީ މަޤާމުން ވަކިކުރަން ތާއެވެ.އެހެން ކަމަށް ވާނަމަ ސުލޫކީ މިންގަޑުން ބޮޑު ކަމެއް ކޮށްފި ފަނޑިޔާރު ޖެހެނީ ދަންޖައްސަން ތާއެވެ. އެކަމަކު ފަނޑިޔުނަށް ސުލޫކީ ފިޔަވަޅު އެޅުމުގައި ނަސޭހަތް ދިނުން، ޑިމޯޝަން ކުރުން، އެހެން ކޯޓަކަށް ބަދަލު ކުރުން، ވެސް އޮވެއެވެ.އެއްމެ ފަހު ކަމެއްގެ ގޮތުގައި އޮންނަ ކަމަކީ ވަކިކުރުން

The name is already taken The name is available. Register?

ޕައްލަންބެ8

26 June 2019

ގަޒުފަކީ އާދައިގެ ކަމެއްނޫން. އަދި އަބުރަކީ އާދައިގެ އެއްޗެއްނޫން.

The name is already taken The name is available. Register?

ޖަސްޓިސް

26 June 2019

ޤަޒުފު ވިއްޔާ ޖެހޭނީ ޝަރުޢީ ކުށުގެއް ސާބިތުވާ މިންވަރަށް ފެރެން..އެހެން ނޫނީ ވާނީ އެހެން އެހެން ކަމަކަށް..

The name is already taken The name is available. Register?

ޠޔޔޔޔ

26 June 2019

ޖިނާއީ ކުށެއް ތުހުމަތު ވިޔަސް އިސްތިފާ ދޭންޖެހޭނެ. މި އުޅެނީ ހައްދު ޖަހާ ރަޖަމް ކުރާކަށް ނޫން ސައްކެއް ނެތްމިންވަރަށް ސާބިތު ކުރާކަށް. ސަހާބީންގެ ދައުރު ބަލާ. ޝައްކުވިއަސް ހުންނާނެ އެއްފަރާތް ކޮށްފަ. ޢެއީ އެއްވެސް ޝައްކެތްނެތް މިންވަރަށް ސާބިތުކުރަން ތިބެންވާނީ އެއްވެސް ޝައްކެތް ނެތް ސާފުމީހުން

The name is already taken The name is available. Register?

ތަމީމް

26 June 2019

ރ. މާކުރަތު ގާޟީގެ އިތުރުން އދ. މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ ގާޟީ ނިހާނުގެ މައްޗަށް ވެސް، ސުލޫކީ މައްސަލައެއް ސާބިތުވާނެ!

The name is already taken The name is available. Register?

ޑދސސ

26 June 2019

ޢެއީ ޕާޓީގެ ކުދިން.އެކުދިންނަކަށް ނުވާނެ އެއްވެސް ކަމެއް. ޢެއީ ހުދު ކާފޫރު. އެޟީހުންގެ ނޯންނާނެ ގޯސް ސުލޫކެއް. ވެރިމީހާ އޯކޭވީމަ ސާފުވާނެ

The name is already taken The name is available. Register?

ރަންދެލި

26 June 2019

މަރުހަބާ އިބްރާހީމް ރަޝީދު! ރާއްޖޭގެ ތާރީޚުގެ ތެރެއަށް ތިއޮތީ ވަދެވިފަ!

The name is already taken The name is available. Register?

ގދގދ

26 June 2019

ހެހެހެ.. ކޮންމެ ގޮތަކުން ނަމަވެސް.

The name is already taken The name is available. Register?

މުސީބަތުގެ ވަޤުތު

26 June 2019

މީހުނަށް ދެރަ ދިނުމާއި މަލާމާތް ކުރުމާއި ވަނަމުން ގޮވުމަށް އެމްޑީޕީ ވަރެއް ނެތެވެ.އެމީހުން ހިތްހަމަ ނުޖެހޭ މީހަކަށް ވަނަމެއް ހަދާގެން ވިޔަސް ކިޔާނީ ވަނަމުން ނެވެ. މައުމޫނަށް ޤާސިމަށް، ޖަމީލަށް، އިމްތާނަށް، ޔާމީނަށް، އެކި ފަނޑިޔާރުނަށް ވެސް ވަނަން ހަދާގެން ކިޔާނެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454