މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް. --- ފޮޓޯ: މަޖިލިސް
01 ޖުލައި 2019 - 13:09
ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް ހުރީ ވީއައިޕީ ކޮޓަރިއެއްގައި ކަމަށާއި އެކަން ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
ލުތުފީ ރާއްޖެ ނުގެނެވި ލަސްވާ މައްސަލާގައި، އިިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުޑީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް މަޖިލީހުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި މާވަށު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ މި ސަރުކާރުން ލުތުފީ ރާއްޖެ ގެނައުމުގައި ލަސްތަކެއްވެފައިވާތީ އެކަމާ މަޖިލިހުގެ ގިނަ މެމްބަރުން ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި ލުތުފީ ފިލި މައްސަލަ އަކީ ގައުމީ މައްސަލައެކެވެ. އަދި މިއީ ވަކި ޕާޓީއެއްގެ ނުވަތަ ވަކި ފިކުރެއްގެ މައްސަލައެއް ނޫން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހޮވުނީ ވަކި ކުލައަކަށް، ވަކި ޖަމާއަތަކަށް ވާތީ ގައުމީ ބޮޑު މައްސަލައެއް، ކުޑަ މައްސަލައެއްގެ ގޮތުގައި ދެއްކޭނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސައީދު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންނަށް އެނގޭ ލުތުފީ ހުރީ އެމްބަސީގައި ކަން. އަދި ދެ މަސް ދުވަސްވެއްޖެ ކަން. ރައްޔިތުންގެ ކަންބޮޑުވުމަކީ ދެ މަސް ދުވަސް ވަންދެން ވީއައިޕީ ކޮޓަރިއެއްގައި ލުތުފީ ގެންގުޅޭ މައްސަލަ،"
ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ (ކ) ސިފައިންގެ ބެލުމުގެ ދަށުގައި ބިޑި އަޅުވާފައި. އޭނާގެ މައްޗަށް މަރުގެ ހުކުމެއް ހައި ކޯޓުން އިއްވި. އެކަމަކު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ލުތުފީ އަށް އިއްވި ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ވަނީ ބަދަލުކޮށްފައި.
ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސް ރޯލެއް އަދާކުރި ލުތުފީގެ މައްޗަށް އޭރުގެ ހައި ކޯޓުން އިއްވީ މަރުގެ ހުކުމެވެ. އެކަމަކު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ލުތުފީގެ މައްޗަށް އިއްވި މަރުގެ ހުކުމް، އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލު ކުރައްވައިފަ އެވެ.
ޖަލު ހުކުމަށް ފިލައިގެން އުޅުނު ބާޣީ ލުތުފީ ފިލީ ނަޝީދުގެ ވެރިކަމުގަ އެވެ. އެގޮތުން ބޭސްފަރުވާ އަށް ލުތުފީ އިންޑިއާ އަށް ފޮނުވުމުން ފިލައިގެން ވަނީ ލަންކާ އަށް ގޮސްފަ އެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރި ގޮތުގައި، ލުތުފީ ފިލުވީ ނަޝީދުގެ ސަރުކާރުންނެވެ.
ކުށެއް ނެތް 19 ދިވެހިންގެ ލޭ އޮހޮރުވައިލުމުގައި އިސްކޮށް އުޅުނު ލުތުފީ އެމްބަސީ އަށް ގޮސް އަމާންދިނީ ފުލުހުން ބުނެފައިވާ ގޮތުގައި މިދިޔަ މޭ 1 ގަ އެވެ. ފުލުހުން އެހެން ހާމަކުރުމުން ބޮޑަށް ބެލެވުނީ ލުތުފީ އަމާން ދިނީ ލަންކާގައި ދިން ބޮމުގެ ހަމަލައާ ގުޅިގެން އެ ގައުމުގައި އުޅުމުގައި ދަތިތަކެއް ދިމާވުމުންނެވެ.
ސައީދު ވިދާޅުވި ގޮތުގައި ސަރުކާރުން އަވަސް ވާން ވާންވީ ލުތުފީ ރާއްޖެ ގެނެސް، އޭނާ އަށް ހައްގުވާ އަދަބު ދިނުމަށެވެ. އެގޮތުން ޖަލު ހުކުމުގެ ބާކީ ބައި ފުރިހަމަ ވަންދެން ލުތުފީ "ދައުލަތުގެ ނިޒާމުގެ ތެރޭގައި" ގެންގުޅެން ޖެހޭ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
ކުއްލި މައްސަލަ ހުށަހެޅުއްވި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަކީ މީހުން ހިމާޔަތް ކުރަން އޮންނަ ތަނެއް ނޫން ކަމަށެވެ. އެތަނުގައި މީހަކު ހައްޔަރު ކުރުމުގެ ބާރެއް ފުލުހުން ނުވަތަ ސިފައިންނަށް ވެސް ލިބިގެން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. --- ފޮޓޯ: މަޖިލިސް
"މި މައްސަލަތަކަކީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ބަލާ އިރު، ކުރެވިގެން ވާނެ ކަމަކަށް ނުވާތީއާ އެކީގައި މި މައްސަލައަކީ އެތައް ބައެއްގެ އިހްސާސްތަކާ ގުޅިފައިވާ މައްސަލަތަކަށްވާތީ އޭނާ އަވަހަށް ރާއްޖެ ގެނައުމަކީ މުހިންމު ކަމެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ލުތުފީއާ ދޭތެރޭގައި އަމަލު ކުރަން ޖެހޭނީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ލުތުފީ ރާއްޖެ ގެންނަ އިރު، ބޭރު ގައުމުތަކާ އެއްކޮށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ލަންކާ އާއި ރާއްޖެ އަކީ ކުށްވެރިން ބަދަލުކުރުމުގައި އެއްބަސްވެފައި އޮތް ގައުމެއް ކަމުން، އޭނަ (ލުތުފީ) ގެނައުމުގައި ބޮޑެތި މައްސަލަތަކެއް ހުންނާނެ ކަމަށް ނުފެނެ،" އާދަމް ޝަރީފް ވިދާޅުވި އެވެ.
ލުތުފީ ލަންކާ އެމްބަސީގައި ދިރިއުޅެމުން އަންނަ ކަން ހާމަ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ. އަދި ބާޣީ ލުތުފީ ލަންކާ އެމްބަސީ އަށް ގޮސް އަމާން ދިން ކަން ކަށަވަރުކޮށް ދިނީ އޭގެ ފަހުން ފުލުހުން ނެރުނު ބަޔާނެއްގަ އެވެ.
ނަމަވެސް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއްޔެ ވިދާޅުވެފައި ވަނީ ލުތުފީ އެމްބަސީ އަށް ގޮސް އެތަނުގެ ބެލުމުގެ ދަށަށް ދިޔައީ ލަންކާ ގައި ބޮން ގޮއްވުމުގެ އެއް ދުވަސް ކުރިން އޭޕްރީލް 20 ގައި ކަމަށެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އިރު، އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދު.
25 September 2019
މަޖީލީހުގަ ކޮސްގޮވަން މި 2 ގޮލާ ތީބޭކަން ވެސް ރަނގަޅު. ކަލޯމެންގެ ވެރިކަމުގައި ތިބުނާ ލުތުފީއަކު ހޯދައިގެން ނުގެނައީ ކީއްވެތަ ؟ މުލަށްދަނޑީގެ ވެރިކަން ކުރިބައެއްތީ.
ދަތްދޮޅި
02 July 2019
ލުތުފީއޭކިޔާ ހަޅޭ ލަވަން ލަދުނުގަތުމަކީ ހިތާމަހުރި ކަމެއް މިވޭތިވިދިޔަ ސަރުކާގަ ޑިފެންސް މިނިސްޓަރަކަށް ހުރިއިރު ލުތުފީ ވީކޮންތާކުތޯ ބަލާލީންބާ!މިހާރަކުނޫންދޯ އާރާބާރު ލިބިގެން އެވާހަކަ ދައްކަންވީ!!!މީހަމަ ކުޅޭ ބޮޑު ޑުރާމާގަނޑެއް!!!ތިޔަ ޑުރާމާގަނޑަށް ބޯލަނބާނީ ރ މީދޫ މީހުން އެކަނި!!!!
އޮރިޖިނަލް ކޯޒް
02 July 2019
ކުރީ ސަރުކާރުން ވައްކަމާއި ކޮރަޕްޝަން އޮތޭ ކިޔާފައި މިސަރުކާރުންވެސް އެކަން ތަކުރާރު ކުރާނެތާ. ބަލަ ވެރިކަމަށް އައީ ކުރީ ސަރުކާރުގެ ވާހަކަ ހުއްޓާނުލާ ދައްކަންތައް؟ ނޫނީ ކަންކަން ރަނގަޅުކުރަންތައް؟ އެއްޗެކޭ ބުނާ އިރަށް ކުރީ ސަރުކާރޭ ޔާމީނޭ ޝަރީފޭ ނުކިޔާ ފަހަރެއް ނުދޭ. މިވެރިން އަދިވެސް މިތިބީ ކެމްޕޭނުގަތައް ނޫނީ ވެރިކަމުގައިތައް؟؟؟ ކޮންމެ އެއްޗެކޭ ކިޔަސް ކުރީ ސަރުކާރަކުން މިސަރުކާރުން މިދިންކަހަލަ ހިމާޔަތެއް ޓެރަރިސްޓަކަށް ނުދޭ!! އެނގިޖެތައް!!
އޮސްކާ
02 July 2019
ބަލަ ސައީދުމެންނަށް ނޭނގޭތައް. ލުތުފީ ޓެރަރިސްޓަކަށް ހެދީ ކުރީގެ ރާއްޖެއިންނޭ. މިހާރު މިއީ ޖަޒީރާ ރާއްޖެ. މުޅިން އާވީ. ދެން ކުރީގެ ރާއްޖެ މީހުން ފައިބައިގެންދޭ. ލުތުފީ އަށް އިންސާފު ހޯދައިދީ. ލުތުފީ މީހަކު މަރައެއް ނުލާ. ލުތުފީ ވަނީ ފުރޭމް ކުރެވިފައި. އޭނާ ސަލާމަތް ކުރޭ!!!
ޙަބީބު
02 July 2019
މީގެން އެނގިގެންދަނީ ޔާމީނުގެ ސަރުކާރުން ލުތުފީ ފޮރުވައިގެން ރާއްޖެ ނުގެނެސް 5 އަހަރު ހުރިކަން އެމްޑީޕީން ގެންނާނެކަން ކަޑަވެގެން ބޯޅަޖަހަން އުޅެނީ
އޮސްކާ
02 July 2019
ގެނަންވެގެންތޯ ވީއަޕީ ކޮޓަރީގައި ބަހައްޓާފައި ހުރީ؟؟
ގައުމީދޫ
02 July 2019
ޢެޖެންޑާ 19 ތަފާތުވާނެ! ނޮވެމްބަރު 3 ގެ ހަމަލާގައި ޝަހީދުވެގެންދިޔަ 19 އަބްތާލުންގެ ޒިކުރާއަށް ފަނޑުކަން ގެނެސް އެޖެންޑާ 19 ގެ ތަފާތު ދައްކައިފި! ޖަޒީރާ ރާއްޖޭގެ ކޮޅުމަތި ފެންނަން މިފެށީ އިސްލާމިކް ކިޔާ ތަންތަން އުވާލުމާއި ، ބާޣީންނަށް ޣާޒީންގެ އިއްޒަތް އެރުވުމާއި ، ކޮންމެހެން ބޭނުންކުތަންޖެހޭ މުދާ ވިއްކުން މޮނަޕޮލައިޒްކޮށްދެމުންނެވެ!
މަރަދޫމީހާ
02 July 2019
މިހާރު ލުތުފީ..ކުރިންދީން..ދެންކޯއްޗެއް ބާ؟ މީތަ އިދުކޮޅުވެގެން ތިބޭ ރައްޔިތުންގެ ލާބަޔާ މަންފާ ހޯދާދޭން ޤާނޫނު ހަދާމަޖިލީހުގެ ތިބެގެން ދައްކަންޖެހޭ ވާހަކައަކީ!!
އަހުމަދު އީސާ
02 July 2019
ގައުމުގެ ދިވެހިރައްޔަތުންގެ ލެޔައްވުރެން ހަޒާނާދޯ ބޭނުމީ އަމިއްލައެދުން ބޮޑުވަރު ހާޒާނާ ކާންތިބެވުނީސްތަ ޓެރަރިސްޓުންގެ އަދަށައްމިގައުމުދިޔަނަމަ ތިހަޒާނާނުކާބާޔަކު އުޅޭތަ މިހާރުތިބި ބޮޑުންވެސް މާގިނާން ކަނީ މިހާރު އަހަރުވަނީ ރައްޔަތުންނައް ކޮއްދެވުނުކަމެއްނެތް މިހާރު އެބުނަނީ ބޭރުގައުމުތަކުން އެހީވީމައޭ ގައުމުގެ ތަރައްގީއައް ކަމެއްކޮދެވޭނީ ކޮބާ ވެރިކަންބަދަލުވިރު ތިޖޫރީގަހުރި 9ސަތޭކަ ބިލިޔަންޑޮލަރު ކޮންތާކާއްވެއްދީ
އަނީގާ
02 July 2019
މީ އެއްކަ މޮޅު އަމްނި ގަނެގެން އުޅޭ ގަނޑެއް ކަމަށް ބެލެވެނީ! މަ މޮޅު ދެއްކެން ތެޅެން ހަދައިގެން އަޅާހާ ފޮޅި މީ އެނގިއްޖެތަ!
ޑރ.އަހުމަދު ނާސިހުހިތަދ/ކެނަޑާ
02 July 2019
ތިބޭފުޅުން 7 އަހަރު ރާއްޖޭގެ ވެރިކަން ކޮށްފައިވަނީ އެޑޮލްފު ހެޓިލަރ ޖާރމަނީގެ ހިންގި ވެރިކަމަށް ތުރެން އެތަކެއް ދަރަޖައަށް ރީތިކޮށް އޮމާންކޮށް ކަމުން އެ މުއްދަތުތެރޭގައި ހ.ހާޖަރާގެ/ކ.މާލެ، ބާޢީ ލުތުފީ ނުގެނަސް އޭނާ ފިލުވައިގެން ގެނގުޅުނީ ވެރިކަން ވެއްޓުމުން ތިވާހަކަ ދައްކައި ގައުމުގެ މޯޓިވޭޝަންތައް އެހެން ދިމާލަކަށް ފޯރކަސް ކޮށްލަން ކަމަށް ދެކޭނަމަ ތިޔައީ މޮޔަކަމެއް. މިހާރު އޮތް ސަރުކާރު ދެމިއޮންނާނެ އަދި އިތުރު 15 އަހަރު، މީ ޓާގެޓަކީ،...
ނޯސިރު
02 July 2019
ޑރ އަހްމަދު ނާސިރު ހިތަދޫ/ ކެނެޑާ އަކީ އެޑިޔުކޭޓެޑް ސިކުޑިއެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ލުތުފީއަކީ އެެއްވެސް ގޮތަކުން ދިފާއު ކުރެވެން ޖެހޭ މީހެއް ނޫނެވެ
ޑރ. ރާމީ ހަސަން މ.ވައިޖެހޭގެ
02 July 2019
65 ގޮނޑި އަށް ވުރެ މާ ބޮޑެތި ނިޔުމަތް ދެއްވަވާފައި ވެސް އަނބުރާ ގެންދަވާ ފައި އެބަހުރި ވަރަށް ގިނަ ފަހަރު ދުނިޔޭގައި. ބޮޑާވެ ގަތުމަކީ ﷲ އެއްމެ ރުހިވޮޑިގެން ނުވާ އެއް ސިފަ !
އިބްރާ
02 July 2019
ނިމުނު ތަރައްޤީގެ 7 އަހަރުގައި އެއްދުވަހުވެސް ލުތުފީއަށް ލަންކާގައި ހުރި ދިވެހި އެމްބަސީއިން ޚިދުމަތްދީފައި ނުވެއެވެ. ބޭފުޅާގެ ސިކުނޑީގެ ތެތްކަމާއެވެ.