ވަކީލުންތަކެއް ހުވާކުރަނީ: ބާ ކައުންސިލްގެ އިންތިޚާބު އޮންނާނީ މި މަހުގެ 13 ވަނަ ދުވަހު-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 ޖުލައި 2019 - 10:46
ބާ ކައުންސިލް އިންތިޚާބަށް ހަމަޖައްސާފައިވަނީ 1.2 މިލިއަން ރުފިޔާގެ ބަޖެޓެއް ކަމަށާއި އެކަމަކު އެވަރަށް ޚަރަދު ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ޝަރީފް "މިހާރު" އަށް ވިދާޅުވީ މި މަަހުގެ 13 ވަނަ ދުވަހު ބާއްވާ އިންތިޚާބަށް ބަޖެޓު ހަދާފައިވަނީ މަދުނުވާނެ ވަރަށް ކަމަށެވެ. އެއީ 30 ރަށެއްގައި އިންތިޚާބު ބާއްވަން ޖެހިދާނެ ކަމަށް ލަފާކޮށް ކަނޑައެޅި އަދަދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ވޯޓުލާން ރަޖިސްޓްރީވާ ވަކީލުންގެ އަދަދަށް ބަލާފައި، ވޯޓުލާން ހަމަޖައްސާ ރަށްރަށް މަދުވެދާނެ ކަމަށާއި އޭރުން އެ ހަރަދުތައް މާ ކުޑަވާނެ ކަމަށް ވިދާޅުވި އެވެ.
"އެކަމަކު އެ ރަށްރަށަށް ނިންމާނީ ފައިނަލް ރަޖިސްޓްރޭޝަނަށް ފަހު،" ޝަރީފް ވިދާޅުވި އެވެ.
ބާ ކައުންސިލް އިންތިޚާބަށް ވޯޓު ކަރުދާސް ޕްރިންޓުކުރުމުގެ މަސައްކަތާ ގުޅޭގޮތުން އީސީން މިހާރު އަންނަނީ ފިނޭންސާ އެކު މަޝްވަރާކުރަމުންނެވެ. އެއީ އާއްމުކޮށް އިއުލާނުކޮށް އެކަން ހަވާލުކުރާނެ ވަގުތު ނެތުމުން ކަމަށް ވިދާޅުވި އެވެ.
ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިއްބަވާނީ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒީރޯ ޓޮލަރޭ
03 July 2019
އޭޖީ އޮފީހުން ތި އިންތިޚާުބު ދެ ފަހަރު ބާއްވައިފި. މިލިއަނެއްވެސް ނުދޭ. އަޅެ ހިސާބު ޖަހާބަލަ.
ދޭސީ
03 July 2019
އަޅުގަނޑައް ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ބޭނުމެއް. އަނެއްކާމީ މެޑިކަލް ކައުންސިލް ކަހަލަ ކައުންސިލެއްތަ؟
ފޫހި
03 July 2019
ބޭކާރު ޚަރދު. އެކިނަންނަން ހުސްކޮށް ތަންތަން އުފެއްދިއަސް ރައްޔިތުންނަށްވާ ފައިދާއެއް ހަރާން. އިޚްލާސްތެރިންނެތީ އެހެންވީމާ ލިޔެފައިވާ ގަވާއިދަކުން ހަދާ ގާނޫނަކުން އުފައްދާ ކޮމިޝަންތަކަކުން ކުރާނެ އެއްވެސް ކަމެއްނެތް. ޚަރަދު އިތުރުވުން ފިޔަވާ.
މިއުރާޖު ސަމީރު
03 July 2019
އެންމެ މިލިއަނެއްވެސް ނުދާނެ ތި ކަމަކަށް. ކޮންހާ ބޮޑު ޚަރަދެއް ޖަހާކަށް. ރާއްޖޭގެ ހުރިހާ ވަކީލުންހެން އުޅެނީ މާލޭގައި. އަދި އެއީ 1000 އެއްހާ މީހުން. ވޯޓު ކަރުދާސް ޕްރިންޓުކުރަން ބަޔަކަށްދޭކަަށް ނުޖެހޭ. އީސީގެ ޕްރިންޓަރަކުންވެސް އެވަރަށް ވޯޓު ކަރުދާސް ހެދިދާނެ. އޭގައި ދެން ޖެހޭނީ އީސީގެ ތައްގަނޑު ޖަހަން. ބޭނުންވަރަކަށް ބަޖެޓު ޖަހާފަ، ނުދާ ޚަރަދެއް ދިޔަ ކަމަށް ދައްކައިގެން ލާރި ކެއުމަށް މަގުފަހިކުރަން ތި އުޅެނީ.
ރަދީފް
03 July 2019
ބާ ކައުންސިލާއި ޅ ކައުންސިލް ހެދީމަ ރައްޔަތުންނަށް އެއްވެސް ފައިދާއެއް ވާނެ ބާ؟؟؟