އީސީން މީގެ ކުރިން ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
03 ޖުލައި 2019 - 13:58
މައްސަލަ ޖެހުނު ބާ ކައުންސިލް އިންތިޚާބުގެ އުސޫލަށް ބަދަލު ގެންނަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ފުރަތަމަ ފަހަރަށް ބާއްވާ ބާ ކައުންސިލް އިންތިޚާބުގެ 17 ވަނަ މާއްދާ އާއި 22 ވަނަ މާއްދާއަށް ބަދަލު ގެންނަން ނިންމައި އެ އިސްލާހު ގެޒެޓުކުރަން ފޮނުވާފައިވާ ކަމަށެވެ.
އިންތިޚާބުގެ 17 ވަނަ މާއްދާ އަށް މިހާރު ގެންނަ އިސްލާހުގައި ވަނީ، އިންތިޚާބުކުރަން ޖެހޭ ހަ ބޭފުޅުންގެ ތެރެއިން އެކަކަށް ވޯޓު ދިނަސް އެއީ ބާތިލް ވޯޓެއްގެ ގޮތުގައި ނުގުނާނެ ކަމަށެވެ. ގަވާއިދުގެ 22 ވަނަ މާއްދާއަށް ގެންނަ އިސްލާހުގައި ބުނެފައިވަނީ، މަގާމަކަށް އެކަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ނުލެއްވިއަސް ފެންނަ ނުފެންނަ ވޯޓަކަށް ދާން ޖެހޭނެ ކަމަށެވެ.
Dhivehiraajjeyge Bar Councilge furathama Executive Committeege Inthikhaabge Usool ge 17 vana maahdhaa aai 22 vana maahdhaa ah islaah genaumah Commission in ninmaa, e islaahu Gazette kurumah fonuvaifi @ShareefRangondi @Amjadhmusthafa @akram4535 @IsmailHabeeb @ANashath
— Elections Commission (@ElectionsMv) July 3, 2019
މިހާރު އޮންނަނީ ބާ ކައުންސިލްގެ މަގާމަކަށް އެކަކު ކުރިމަތިލައިފި ނަމަ އޭނާ ހޮވޭ ގޮތަށެވެ. އެ އުސޫލާ މެދު ވިލިމާލެ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ބާ ކައުންސިލްގެ މަގާމަކަށް އެކަކު ކުރިމަތިލިޔަސް، ފެންނަ ނުފެންނަ ވޯޓެއް ނަގަން ޖެހޭނެ ކަމަށެވެ. އަދި އެއީ ވެސް ސިއްރު ވޯޓަކަށް ވާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.
ބާ ކައުންސިލްގެ އިންތިހާބުގެ އުސޫލު އީސީން އިއުލާންކުރި އިރު އެ އިއުލާނުގައި ބުނެފައި ވަނީ ބާ ކައުންސިލްގެ ރައީސް ކަަމަށް ޝަރުތު ހަމަވާ އެކަކަށް ވުރެ ގިނަ ބޭފުޅުން ކުރިމަތި ނުލައްވައިފި ނަމަ ކުރިމަތިލެއްވި ބޭފުޅަކު އިންތިހާބުވި ކަން ވޯޓަކާ ނުލައި އިއުލާނު ކުރެވޭނެ ކަމަށެވެ. ބާ ކައުންސިލްގެ ނައިބު ރައިސް ކަމާއި އެގްޒެކެޓިވް ކޮމިޓީގެ ހަ މެމްބަރުން ހޮވަން ވެސް އަމަލްކުރާނީ އެގޮތަށް ކަމަށް އިއުލާންގައިވެ އެވެ.
ނަމަވެސް އުޝާމް ވިދާޅުވީ އެހެން ބައެއް އިންތިހާބުތަކުގައި އެގޮތަށް އަމަލު ކުރިޔަސް ބާ ކައުންސިލް އުފެއްދި، ގާނޫނީ ފަންނުތަކުގެ ގާނޫނުގައި އެ ފުރުސަތު ދީފައި ނުވާ ކަމަށެެވެ.
ބާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލާން އީސީން ރޭ ވަނީ ހުޅުވާލައިފަ އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފައްދާ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ތިބެނީ ކައުންސިލްގެ ރައީސާއި ނައިބު ރައީސާއި ބަންޑާރަ ނައިބުގެ އިތުރުން އިތުރު ހަ މެމްބަރެކެވެ. އޭގެ ތެރެއިން ބަންޑާރަ ނައިބު ފިޔަވައި، އެހެން ހުރިހާ ބޭފުޅުން ވެސް އިންތިޚާބު ކުރާނީ ވަކީލުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
އަކްރަމް ވިދާޅުވީ އީސީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ފާޅުކުރާ ބިނާކުރުވަނިވި ފާޑުކިޔުންތަކަށް އެ ކޮމިޝަނުން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ސިއްތިމާވާ
03 July 2019
ކޮބާތަ ބާ ކައުންސިލްއަކީ އެއީ ކޮން ކަމެއްކުރާނެ ތަނެއްތަ އަދި ބާގެ މާނަ އަކީ ކޮބާތަ އނގިވަޑައިގަންނަވާ ބޭފުޅަކު ވިދާޅުވެ ދެއްވުން އެދެން
ރަނިކިލެގެ
03 July 2019
އެއީ ބާ މުދަލާ ބެހޭ ބާ ތަނެއް.
މަޒް
03 July 2019
ބާ ކައުންސިލްވާންވާމީ މިނިވަން މުސްތަޤިއްލު މުއައްސަސާއަކަށް، އެއްވެސް ޕާޓީއެއްގެ ކުލައޭގައި އޮވެގެން ނުވާނެ- އޭރުން މަޤްސަދެއް ޙަސިލެއްނުކުރެވޭނެ.
އާދަމް ބާއީ
03 July 2019
އެއްވެސް އިންތިހާބެއް ބާއްވާނެކަމެއް ނެތް.