05 ޖުލައި 2019 - 21:30
ރާއްޖެ އިން މި އަހަރު މީހުން ހައްޖަށް ގެންދިއުމަށް 1،000 ކޯޓާ ސައުދީ އަރަބިއްޔާ އިން އިތުރުކޮށްދީފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވެއްޖެ އެވެ.
އާއްމު ގޮތެއްގައި ހައްޖު ކޯޓާގެ ގޮތުގައި ކޮންމެ އަހަރަކު ރާއްޖެއަށް 1،000 ކޯޓާ ކަނޑައަޅާފައިވީ ނަމަވެސް ކޮންމެ އަހަރަކު ވެސް އިތުރު 1،000 ކޯޓާ ސައުދީން އިތުރުކޮށްދެ އެވެ.
އިސްލާމިކް މިނިސްޓަރު ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިތުރު ކޯޓާ ލިބުނުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އިއުލާން ކުރެއްވުމާ އެކު އެ ކޯޓާތައް ހައްޖު ޖަމާއަތްތަކާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Alhamdhu lihlaahi. sarukaarun kurehvi masakathun ithuru 1000 hajju quota Saudi in vanee dhevaafa.1000 quota libunu kamah Raees iulaan kurehvumaa vidigen, e quota thah hajju group thakaa havaalu kurumuge masakai dhanee kurevemun.
— Ahmed Zahir Ali (@AhmedZahirAli) July 5, 2019
ހައްޖު ކޯޓާއާ ގުޅޭގޮތުން މިނިސްޓަރު ކުރެއްވި ޓްވީޓް--
ޖަމާއަތްތަކަށް ކޯޓާ ދޭ ގޮތުގެ ތަފްސީލެއް މިނިސްޓަރު އަދި ނުދެއްވަ އެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިފަހަރު ދީފައި ވަނީ ފަސް ގްރޫޕަކަށެވެ.
މިދިޔަ އަހަރު ވެސް ސައުދީން ރާއްޖެ އަށް 1000 ކޯޓާ އިތުރުކޮށްދިނެވެ. ނަމަވެސް ހައްޖަށް މީހުން ފުރަންފެށި ފަހުން ކޯޓާ އިތުރުކޮށްދިނުމުން ބައެއް ކޯޓާތަކުގައި މީހުން ހައްޖަށް ފޮނުވިފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެއިން
06 July 2019
މިީކިހާ ދެރަކަމެއްތަ މިނާގުރޫޕަށް މިނިސްޓުރީން ދެވަނަ ކޯޓާ ނުދޭތީވެ ގުރޫޕަށް ފުރަތަމަ ކޯޓާއަށް ފައިސާ ދައްކާފަ ތިބިބޭފުޅުންނަށް ހައްޖަށް ނުގެންދެވޭނެއޭ ބުނުމަކީ މިނިސްޓްރީގެ ޖަވާބެއް ބޭނުން
ވާލުސޮރު
06 July 2019
ޝަހީމު ބުނީ މީގެ ކުރިން 1000 ކޯޓާ ލިބެނީ ސީދާ ރައީސް ޔާމީނު ވެރިކަމުގަ ހުރީމަ ރަސްގެފާނު ދެއްވާ އެއްޗެކޭ، މިހެން ކިޔާފަ ހުރިހާ ކޯޓާއެއް މަޖްލިސް މެމްބަރުންނާއި ބޮޑުންނަށް ބަހާލަނީ. މިއީ ސިއްރެއްނޫން މިހާރުވެސް ފޮޓޯއާއި ހަބަރުތައް އެހެރީ ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުން ގޮއްސަ ހުރި ހައްޖު ދަތުރުތަކުގެ. ހެޔޮވާނީ ކިހިނެތްތޯ ޝަހީމްމެން ކަހަލަ ދީނުގެ ވާހަކަ ދައްކަވާ ބޭފުޅުން މިކަހަލަ ވާހަކަ ދައްކާ އަދި މިވަރު ވާއިރު ހަނު ހުންނަން.
ޢޮގަރޭ
06 July 2019
ތިޖެހޭނީ ހުރިހާ ކުންފުނިތަކަށް ބަހަން.
ހާލަތު.
06 July 2019
ގައިމު ޔާމީނު ސަރުކާރުގައި ކޯޓާ އިތުރުކޮށްދެނީ މާދަމާ ހައްޖު ދުވަސް ވެއްޖިއްޔާ މިއަދު.
ޝާއިރާ
06 July 2019
ޔާމީނު، ޔާމީނު، ޔާމީނު.
އަބްދުﷲ
06 July 2019
ހައްޖަށްދާ ކިއު ކުޑަކުރަން މިވަރަކުން އަދި ނުފުދޭ.. ސައުދީގައި ދަންނަވައިގެން އަންނައަހަރަށް ގިނަ ކޯޓާތަކެއް ލިބޭތޯ މަސައްކަތް ކުރުމަކީ ވަރަށް އެދޭކަމެއް...
މަރީނާ777
06 July 2019
ކޯޓާ އަކީ ވެސް ބޮޑު ވިޔަފާރިއެއް ދޯ!
ބޭބެ
06 July 2019
ކުރިން ދީފައި އޮއެއް ކޯޓާއެއް
މޯދި
05 July 2019
ޢުފާވެރި ހަބަރެއް...ކޮބާ ޝަޙީމް.... ހީވެތަ ކަމެއްހެން....
ޞަހި
06 July 2019
ޝަހީމް ހޯދެއްވި ކޯޓާއެއްތީ މޯދީ
މޫދީ
06 July 2019
ހައްހައްހާ..... މިޤައުމުގައި އިސްލާމްދީން ހިފަހައްޓަނީ ޝަހީމު. އެއީ ގަދަ ބަތަލެއް.