ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނަން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ ތަހުގީގު ކުރިއަށްދާނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި ބޭއިންސާފުން އެއްވެސް އޮފިސަރަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް އަނިޔާ ކުރި މައްސަލަ ވަނީ ހޫނުވެފަ އެވެ. އަދި އެމީހާ އަށް އަނިޔާ ކުރި މައްސަލައިގައި ހަތް ފުލުހަކު ސަސްޕެންޑްކޮށް ޖިނާއީ ތަހުގީގެއް ވަނީ ފަށައިފަ އެވެ.

އިމްރާން މިއަދު ކުރެއްވި ޓުވީޓު.

އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މީހަކަށް އަނިޔާ ކުރި މައްސަލަ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުގެ ސަމާލު ކަމަށް އައިތާ ބައިގަޑިއިރު ތެރޭގައި ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކަމާ ބެހޭ މުއައްސަސާތަކާއި އާންމުންނަށް އޭގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށާއި އަމާޒަކީ ދެ ފުށް ފެންނަ ގޮތަކަށް މަސައްކަތް ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އިމްރާން ވިދާޅުވި ގޮތުގައި މި ސަރުކާރުން އަނިޔާވެރިކަމާއި ބޭއިންސާފަށް ޖާގައެއް ނުދޭނެ އެވެ. އަދި އަނިޔާވެރިކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ކުރެއްވި ޓުވީޓު.

"އަޅުގަނޑުމެން އަނިޔާއާ ދެކޮޅު. ބޭއިންސާފުން [ފުލުހުންގެ] އޮފިސަރަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނަން. ފުލުހުންނާއި އާންމުންގެ ކިބައިން އެދެނީ އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ކަށަވަރު ނޫން މައުލޫމާތުތައް ނުފެތުރުމަށް،" އިމްރާން ކުރެއްވި ޓުވީޓުގައިވެ އެވެ.

ފުލުހުން މީހަކަށް އަނިޔާ ކުރަނިކޮށް ނަގާފައިވާ ސްކްރީން ޝޮޓެއް.

ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަން އިމްރާން ދެއްވި އިރު، އެ އޮޕަރޭޝަން ހިންގި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ) ގެ ފުލުހުންގެ ދިފާއުގައި ތިބި ކަން ސޯޝަލް މީޑިއާގައި ބައެއް ފުލުހުން ގެންދަނީ ހާމަކުރަމުންނެވެ. އެގޮތުން، ފޭސްބުކް ޕްރޮފައިލްތަކުގެ ފޮޓޯތަކުގައި ކަޅު ކުލައިގެ ބެކްގްރައުންޑެއްގައި "ވިތު ޑީއީޑީ" ނަން ވަނީ ޖަހައިފަ އެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ކުލަ ހެދުމުގައި ތިބި ދެ ތިން ފުލުހުން ވަނީ އަތުންނާއި ފައިން މީހަކަށް ހަމަލާދީފަ އެވެ. އަދި ގަލަކުން ވެސް އެމީހާގެ ގައިގައި ޖަހަ އެވެ. މަސްތުވާތަކެތީގެ މައްސަލާގައި އެގެއިން 36 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކުރި އެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި ފުލުހުން އަނިޔާ ކުރީ އެ މީހާއަށެވެ.

ފުލުހުން ބުނިގޮތުގައި އެ އޮޕަރޭޝަނުގައި މ. އުޖާލާގެ އިން ވަނީ ގާތްގަނޑަކަށް 461 ގްރާމްގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި އަތުލައިގަނެފަ އެވެ.

12 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 0%
icon angry icon angry 52%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދާލަތު

10 July 2019

މިހާރު 6 ޕޮލިހުން ސަސްޕެންޑް ވެސް އެއީ 6 ޢާއިލާޔަށް ދެވުނު ހަނދާން ނުނެތޭވަރުގެ އަނިޔާއެއް. އެމީހުން ސަސްޕެންޑް ކުރަންވީކީނޫން. މުވައްސަސާތެރެއިން، އެފަދަކަންތައް ރަނގަޅު ކުރާނީ. އެމީހުން އަދާކުރީ ވަޒީފާގެ ޛިންމާ. ހުވާގެ ވާޖިބު. އަނިޔާލިބިފައިވާނަމަ ލިބުނުމީހަކަށްލިބުނީ، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުން. 2012 ޢިމްރާންގެ މައްސަލަބެލޭނެދުވަހެއް އަންނާނެކަން ހަދުމަފުޅު ނައްތަވައި ނުލައްވާތި.

The name is already taken The name is available. Register?

މެސީ

10 July 2019

ޔާމީން ވެރިކަމުގައި ބޭއިންސާފުން ޕޮލިސް ސައިފް އާއި 7 ފުލުހަކު ހައްޔަރު ކުރި އިރު ކޮބާތަ ތި ޕްރޮފައިލް ކަޅުކުރި މީހުންތަށް، އޭރު ކަޅުކުރަން ނުކެރިފަ މިހާރު ބަޔަކަށް ޑީއީޑީ ޕޮލިހުން އަނިޔާކުރިކަން ފެންނަން ހުއްޓާ އެއަށް ސަޕޯޓް ކުރަން ޕްރޮފައިލް ކަޅުކުރީމަ އެނގެނީ މިމީހުންގެ އިހުލާސްތެރިކަމެއް ނެތްކަން

The name is already taken The name is available. Register?

އިންސާފް

09 July 2019

ޑްރަގް ޑީލަރުންނާ ކުރިމަތިލާންވީ ހަރުކަށިކޮށް..

The name is already taken The name is available. Register?

އުދުހޭ

09 July 2019

ހަރުކަށިވާންޖެހޭނީ ގާނޫނީ އިމުގެތެރެއިން. އަނިޔާއާ އަހަރެން ދެކޮޅު. ގާނޫނާ އެއްގޮތަށް އިންސާފުންވިއްޔާ މަރުގެ އަދަބު ދިނަސް އޯކޭ.

The name is already taken The name is available. Register?

ހައްސާ222

09 July 2019

ބަޣާވާތް ކުރިމީހުންނަށް އެކަމުގެ ހިތިރަހަ އާއި ބާޣާވާތް ކުރިގޮތާއި ކޮށްފާނެކަންވެސް ރަނގަޅަށް އިގޭނެ. އެމީހުން ވަރަށް ބިރުވެސް ގަންނާނެ.

The name is already taken The name is available. Register?

ހައްސާ222

09 July 2019

ޕޮލިސް ކުދިންކޮޅެއް ގެ ޕްރޮފައިލް ޕިކްޗަރ ބަދަލުކޮށްލާއިރަށް ބިރު ގަނެގެން މިކަންނުވާނެ. ބޭއިންސާފުން ފިޔަވަޅެއް އަޅާކަށް ނުޖެހޭ. އެންމެންނަށް ފެންނަން އެހެރީ އިންސާނަކަށް އިންސާނިއްޔަތުކަމެއްނެތި ކުރި އަނިޔާ. ބަގާވާތް ދެން މިގައުމަކު ނުކުރެވޭނެ.

The name is already taken The name is available. Register?

ދެހާސް

09 July 2019

އެއީ ޕޮލިސް ކުދިންނެއް ނޫން. ގިނައީ ފޭކް އެކައުންޓު!

The name is already taken The name is available. Register?

ދިސްވޭއޭ

09 July 2019

ރާއްޖޭން ޑްރަގް ނައްތާލަން ބޭނުން ނަމަ މަޖްލީހުން ޖެހޭނެއޭ ފުލުހުންނަށް ބާރު ތަކެއް ދޭން އަދި ޖެހޭނެއޭ ފުލުހުން ނަށް އިތުބާރުވެސް ކުރަން މިހާރު މިރާއްޖޭގައި ހުރި ޕޮލިސް ކަމިޝަނަރު ބެލުމުގެ ދަށުން ފުލުހުން ކުރި މަސައްކަތުން މިވޭތުވެ ދިޔަ ކުރުމާޒީގައި ރައީސް އިބޫގެ ވެރިކަމުގައި ވަނީ މާލޭން ޑްރަގް އަތުލުމުގެ ކަން ކަން ވަރަށް ރަނގަޅަށް ކޮށްފައޭ އެކަން ދެމެހެއްޓުމަށް ޓަކައި މަޖްލީހުގެ މެމްބަރުން ޖެނުއިންލީ ކޮށް އޯޕަން މައިންޑުން ވިސްނުން ބޭނުންތެރިއޭ

The name is already taken The name is available. Register?

ސަންޕަ އަހަންމަދު

09 July 2019

މީނަދައްކާވާހައެއް ހަމައެއްނުޖެހޭ. ޕޮލިހުން ދައްކާވާހަކަވެސް ހަމަ އެފަދަ.

The name is already taken The name is available. Register?

1828

09 July 2019

ގިނަވާނީ ބޭއިންސާފުން ވަކިކޮށްފައި ތިބި ފުލުހުން

The name is already taken The name is available. Register?

ވާނެއޭ

09 July 2019

ފުލުހުންގެ އިދާރާ އިން ވެސް އެބަޖެހޭ ބަލަން ފޮޓޯ ގައި ފުލުހުން އަނިޔާ ކުރި ކަމަށް ބުނާ މީހާ އަށް ކުރި އަނިޔާ އާއި އަދި އޭނާ އަށް އަނިޔާ ކުރަން ޖެހުނު ގޮތް ރަނގަޅަށް ފުލުހުން އެކަން ކުރީ އެއީ ޑްރަގް އަތުލުގެ މަސައްކަތުގެ ތެރެއިންނޭ މާލޭގައި ޑްރަގް ޑީލް ކުރާ މީހުން އަދި ޑްރަގް ވިޔަފާރި ކުރާ މީހުން އަތުލައިގަތުމަކީ އެއީ ފަސޭހަ ކަމެއް ނޫނޭ އެމެން އަތުލާއިރު ބަޔެއް ފަހަރު ފުލުހުންނަށް ފިލަން އެމެން ދުއްވައިގަތުމުގެ ސަބަބުން އެމެންނަށް އަނިޔާ ވެސް

The name is already taken The name is available. Register?

ޖުމަ

09 July 2019

ތެދުވެރިކަމާ އިންސާފު އެބަހުރިތަ. ރޯމާ ދުވާލު ހަދާލާ ބޮޑެތި ދޮގު ބަލާބަލަ އިސްތިއުފޭން މަޖުބޫރު ވެެއްޖެ. ލަދެއް ހަޔާތެއް ނެތް މީހެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454