މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ އަށް، އައިއޭއެއެސްގެ އެމްޑީ ރިޒްވީ މިއަދު ޖަވާބުދާރީވަނީ: ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލު ހާމަކުރަން އޭނާ ބޭނުންވީ ކޮމިޓީ ސިއްރު ކުރުމުން.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
09 ޖުލައި 2019 - 16:54
ރާއްޖޭގެ ގައުމީ އެއާލައިން ހިންގާ ކުންފުނި، އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރަ ވަރަށް ފަހުން ބޮޑުކޮށްފައިވާ ކަމަށާއި އެކަން ކުރީ ވާދަވެރި ކުންފުނިތަކުގެ ހުށަހެޅުންތަކާ ހެދި، މުވައްޒަފުން ވަކިވާތީ ކަމަށް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި މިއަދު ވިދާޅުވެއްޖެ އެވެ.
އައިއޭއެސްގެ އިސްވެރިންގެ މުސާރަ ބޮޑުކުރި ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅިގެން، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގައި، މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރިޒްވީ ވިދާޅުވީ، އޭނާގެ މުސާރަ އަށް މިހާތަނަށް އެއްވެސް ބަދަލެއް ނުގެންނަ ކަމަށެވެ. ނަމަވެސް އެހެން ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އެގޮތަށް ބަދަލު ގެންނަން ޖެހުނީ ރިޒްވީ ވިދާޅުވި ގޮތުގައި، ވާދަވެރި ކުންފުނިތަކަށް އައިއޭއެސްގެ މުވައްޒަފުން ގެންދަން އުޅޭތީ އެވެ.
"ހަމައެކަނި ސީނިއާ ސްޓާފުންގެ މުސާރަ އަށް ނޫން ބަދަލު އައިސްގެން އުޅެނީ. މުޅި އޮނިގަނޑު ބަދަލުކޮށްފައި، ބަޖެޓާ އެކީގައި މި އުޅެނީ ކުރީގައި ދެ އަހަރު ނުވަތަ ތިން އަހަރު ހުއްޓުވާފައި ހުރި ޕްރޮމޯޝަންތައް އަޅުގަނޑު ދޫކޮށްލާފައި އަދި ކޮންމެވެސް ވަރެއްގެ ބަދަލެއް އެބަ އުޅޭ އޮނިގަނޑުގައި،" ރިޒްވީ ވިދާޅުވި އެވެ.
މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކުގެ ތަފުސީލެއް އެމްޑީ ނުދެއްވަ އެވެ. ސުވާލުތަކަށް ޖަވާބު ދެއްވަން އޭނާ ބޭނުންވީ ކޮމިޓީ ސިއްރުކޮށްގެންނެވެ. އެހެންވެ، މެމްބަރުން ނިންމާފައި ވަނީ ކޮމިޓީގެ އެބައި ސިއްރު ކުރުމަށެވެ.
Island Aviation ge Iss magaamuthakuge musaara bodeh nukurey: Finance
The most trusted news source in the Maldives
Mihaaru
އައިލެންޑް އޭވިއޭޝަންގެ އިސް މުވައްޒަފުންގެ މުސާރަ ބޮޑު ނުކުރާ ކަމަށް ފިނޭންސްއިން ބުނުން--
އައިލެންޑް އޭވިއޭޝަންގެ އިސްވެރިންގެ މުސާރަ އާދަޔާ ޚިލާފަށް ބޮޑުކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަތައް ދައްކާތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އެގޮތުން އެމްޑީގެ މުސާރައަށް އެއްލައްކަ ރުފިޔާ އާއި ޑީއެމްޑީގެ މުސާރަ 86،000 ރުފިޔާ އަށް ބޮޑު ކުރި ކަމަށް އަޑު ފެތުރުނެވެ. ނަމަވެސް އެ ވާހަކަތައް ރިޒްވީ މިއަދު ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދޭ އެހެން ކުންފުނިތަކާ އަޅާ ބަލާއިރު، އައިއޭއެސްގެ މުވައްޒަފުންގެ މުސާރަ އަދިވެސް ކުޑަ އެވެ.
"ޗާޓަޑް އެކައުންޓަކަށް ލިބެމުން މި އަންނަނީ 16،000ރ. އެކަމަކު މިހާރު މާކެޓުގައި 16،000ރ. އަށް ޗާޓަޑް އެކައުންޓެންޓެއް ކުންފުނީގައި ނުގެން ގުޅެވޭނެ،" ރިޒްވީ ވިދާޅުވި އެވެ.
މި ސަރުކާރުން އައިއޭއެސްއާ ހަވާލުވިއިރު 1،181 މުވައްޒަފުން މަސައްކަތް ކުރާއިރު އޭގެ ތެރެއިން 90 ޕަސެންޓަކީ ދިވެހިންނެވެ. މިހާރު އެ ކުންފުނީގައި ތިބީ 1،246 މުވައްޒަފުންނެވެ.
ރިޒްވީ ވިދާޅުވީ، މިހާރު އެންމެ އިސްކަންދެނީ މުވައްޒަފުން މަސައްކަތް ކުރާނެ ރަނގަޅު މާހައުލެއް ގާއިމްކޮށް ދިނުމަށް ކަމަށެވެ.
އައިލެންޑް އޭވިއޭޝަންގެ އިސްވެރިން، މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ޖަވާބުދާރީވަނީ: ރިޒްވީ ވިދާޅުވީ މުސާރަ ބޮޑު ކުރަން ޖެހުނީ ވާދަވެރިކަން ބޮޑު ކަމުން ކަމަށް-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރިޒްވީ ވިދާޅުވި ގޮތުގައި، އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގު މި ސަރުކާރުން ހެޔޮ ކުރުމާ އެކު، ވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި މި އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު އައިއޭއެސްގެ ފައިދާ ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް އޭނާ ކޮމިޓީގައި ވިދާޅެއް ނުވެ އެވެ.
އެ ކުންފުނީގެ ކޭޝްފްލޯ 2017 އިން ފެށިގެން ދަށް ވެފައިވާ ކަމަށާއި އެއިރުއްސުރެ އަދިވެސް އެކަމުން އަރައި ނުގަނެވޭ ކަމަށް ރިޒްވީ ވިދާޅުވި އެވެ. އަދި، އައިއޭއެސް އަށް ލިބޭ އާމްދަނީ 400 މިލިއަން ރުފިޔާގައި ހުރިއިރު، ދައްކަން ޖެހޭ ލޯންގެ އަދަދު 350 މިލިއަން ރުފިޔާ އަށް އަރާ ކަމަށް ވިދާޅުވި އެވެ.
ރިޒްވީ ވިދާޅުވި ގޮތުގައި، މިހާރު އައިއޭއެސް އަށް ލިބެންޖެހޭ ފައިސާ އަކީ 2012 އިން ފެށިގެން ނުލިބިވާ ފައިސާތަކެކެވެ.
އެ ކުންފުނީގައި 23 މަތިންދާބޯޓެއް ގެންގުޅޭ އިރު، އޭގެ ތެރެއިން ޑޮމެސްޓިކަށް ބޭނުންކުރަނީ 10 ބޯޓެވެ. އަދި މިހާތަނަށް ވަނީ އަށް ފްލައިޓަކަށް ފައިސާ ދައްކައި ނިންމައިފަ އެވެ. ސީޕްލޭންގެ ގޮތުގައި 11 ބޯޓު ބޭނުންކުރާއިރު ހަތް ބޯޓަށް ވަނީ ފައިސާ ދައްކައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާލުސޮރު
10 July 2019
ރަނގަޅު ވާހަކައެއް. ގާސިމްގެ ފްލައިމީ އާއި ޔުނިވަރސަލް ގެ މަންޓާ އެއަރ އަދި ޗައިނާއާއި އެމެރިކާގެ ބިލިއަނަރުން އުފައްދާފައިވާ ޓީއެމްއޭ އާ ކިހިނެތްތޯ ވާދަކުރާނީ ކުޑަ މުސާރައެއްގަ
ޫހަގީގަތް
10 July 2019
ޗާރޓާޑް އެކައުންޓެންޓަކަށް 16000 ރުފިޔާ ދިނުން ތިއީ ބޮޑު ޖޯކެއް. އެކައުންޓިންގެ އެންމެ އުނދަގޫ ކޮލިފިކޭޝަން ހޯދުމަށްފަހު މަދުވެގެން 20000 ލިބެން ޖެހޭނެ. މިއީ ގިނަ ކޯސްތައްހެން ސެޓްފިކެޓް ވިއްކޭނެ ކޯހެއްނޫން. ދުނިޔޭގެ ގިނަ ޤައުމުތަކުން ޗާރޓާރޑް އެކައުންޓެންޓުންނަށް 2500-4000 ޑޮލަރާ ދެމެދުގެ މަހު މުސާރައެއްދޭ. މިދައްކަނީ އޮށްޓަރެއްނެތް ވާހަކައެއްނޫން.
ދިމާނުވޭ
10 July 2019
އެތައް ދުވަހެއް ވަންދެން ފެތުރުނު އަޑުތަކާ ހެދި މިދިޔަ މަހު ފިނޭންސް މިނިސްޓްރީން ބުނީ ތިތަނުގެ މީހުންގެ މުސާރަ ބޮޑުނުކުރެއޭ. މިހާރު މި މީހުން މި ބުނަނީ ބޮޑުކޮށްފީމޭ. މިދިޔަ މަހު މިމީހުން ބުނަނީ މުސާރައަށް ބަދަލު ގެންނާނީ ސަރުކާރުންނޭ.
999999
10 July 2019
ބުރޯރުއްސަން މަގާމް ދިން ސޮރަކު ބޮޑު ޓެކްނިކަލް ކުންފުންޏެއްގެ އެމްޑީއަކަށް ލީމާ ދެނޯ.. ނާގާބިލު ކަމުގެސަބަބުން ތަން ބަގުރޫޓުވީމާ ...އިންޑިއާއަށް ވިއްކާލާނީ ނުހިންގުނޭ ކިޔާފައި؟ ތިއަށްވުރެ ރަގަޅު މީހުން ގައުމަށްޓަކާ ކުޑަމުސާރައަކަށްވެސް ތިޔަތަނަށް ބޮޑެތި މަގާމްތަކަށް އަންނާނެކަން އެނގޭނެ އިއުލާންކޮށްލީމަ. އިބުރާހިމާ އިއުލާނުނުކޮށް ސޭޓު މީޙުން މިފަދަ ހައްސާސް ތަންތަނަށް ލުމަކީ ކަރަޕްޝަނަށާ ބަނގުރޫޓަށް ހުޅޫވޭ ބޮޑުދޮރު މިވަހަކަ ދައްކާނެ މީހެއްނެތް.
ވާލުސޮރު
10 July 2019
މައުމޫނުގެ އެމްއާރުއެމް އިން ފޮނުވި ނަމެއް މިއީ، މައުލޫމާތު ސާފުކޮށްލާފަ ކޮމެންޓްކުރޭ، އަބަދު އިންޑިޔާއޭ ކިޔާއިރު ވަކި ގައުމެއް މޮޅުވެ ދަށްވެ ވަނީ ތިމާގެ ހަސަދަވެރިކަން ހުންނަ ލެވެލްއަކުން ނޫން، ހުރިހާ ގައުމެއްގައިވެސް މޮޅު ދެރަ މީހުން އުޅޭ. ޕީޕީއެމުން އިންޑިޔާ ޗައިނާވެސް މި ހަދާލީ ރާއްޖޭގެ ދެ ކުލަބަކަށް
ޖެނީ
10 July 2019
މަށައް ކިޔަނީ ޖެނިފާ ލަތީފް އެއް ނުން..މިއީ އެމްޑީޕީ އެކްޓިވިސްޓް އާއިޝަތް ޖެނިފާ.. އަސްލު އަހަރެންނަކީ މާކަބޮޑުކަމެއް ދަންނަ އަދި ކުރެވޭ މީހެއްވެސް ނުން.
ކޮރަލް
10 July 2019
މިހާރު ނޫހުން ބޮޑުންގެ މުސާރަ ހާމަ ކޮށްދީ ބަލާށެވެ.
ހަޒާނާ
10 July 2019
ވާދަވެރި ކަމެއް ނެތެވެ. މުސާރަބޮޑު ކުރި ވަރެއް ނެތެވެ. މުވައްޒަފުން ކެނޑުނީމަ އާ މީހުން ވައްދާނީއެވެ. އަހަރަކު 5 ހާސް ޒުވާނުން ކިޔަވައިގެން ވަޒީފާ ނެތިފައެވެ.
ޕިސް ޕިސް
10 July 2019
ތިތާ ކުރޫއިން ގަޑަ ތެޅެނީ . އެމީހުން މުސާރަ ބޮޑުކޮށޮބަލަ
ހަސަން
10 July 2019
މޫނަށް ނުބަލަމާ. އޮނިގަނޑު ބަދަލުވެގެން އަންނައިރު ދަށުގަ ތިބި މުއައްޒަފުންގެ މުސާރަބޮޑުކޮށްފަ އެމްޑީ އަދި ޑީއެމްޑީގެ މުސާރަ ބޮޑުނުވާންވީ ސަބަބެއްނެތެވެ.
ާބޮޑުމީހާ
10 July 2019
މިރާއްޖޭގެ ތިބި ހުރިހާ ރަގަޅު ދިވެހި މުދައްރިސުން ފީލްޑް ދޫކޮށް އެހެން ވަޒީފާތަކަށްދާއިރު އެޑިއުކޭޝަން މިނިސްޓަރ ހެވިފަ މިހުންނަނީ. ބޭރު މީހުން ލައިގެން ކޯއްޗެއް ކިޔަވައިދެވޭނީ، ކޮން ތަރުބިއްޔަތެއްވާނީ. ނިކަން ޓީޗަރުންގެ މުސާރަ ބޮޑުކޮށްބަލަ.