ތުޅާދޫގައި ހައުސިން ޔުނިޓްތައް އަޅަން ޕްރިސިޝަަން އިންޖިނިއަރިން ސާވިސަސްއާ އެކު ވީ އެއްބަސްވުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު (ކ) އާއި އެ ކުންފުނީގެ އެމްޑީ ޕީ. ޑަބްލިއު. ތިލަކަރަންތު ބަދަލުކުރަނީ -- ފޮޓޯ: ހައުސިން މިނިސްޓްރީ
10 ޖުލައި 2019 - 14:23
ބ. ތުޅާދޫ އާއި ޅ. ނައިފަރުގައި، ކޮންމެ ރަށެއްގައި 100 ހައުސިން ޔުނިޓް އަޅަން 150 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި އެވެ.
ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން 79،682،850.00ރ. ކަނޑައަޅާފައިވާ އިރު، ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅަން ހަރަދުކުރަނީ 71،403،200.60ރ. އެވެ. މި ދެ މަޝްރޫއަށް ޖުމްލަ 151،086،050.60ރ. އަރަ އެވެ.
ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ނައިފަރުގައި ހައުސިން ޔުނިޓްތައް އަޅަން ހަވާލުކުރީ ޑަބްލިިއު އެންޑް އޭ އޯވަސީސް ކުންފުންޏާ އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލު ނުވަތަ އަމިއްލަ އަށް ޑިޒައިންކޮށްގެން ކުރިއަށް ގެންދާ މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރީ 311 ދުވަހުގެ ތެރޭގައި ފުރިހަމަކުރާ ގޮތަށެވެ.
މި އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން އެތަނުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދު ސޮއިކުރެއްވި އިރު، ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑައިރެކްޓަރު އަޖުހަދު އަބްދުﷲ ޒުހެއިރެވެ.
Contract signed between Ministry of Housing and Urban Development and W&A Overseas for construction of 100 housing units in Lh.Naifaru pic.twitter.com/Pqv13Qo7iY
— Ministry of Housing and Urban Development (@HousingGovMv) 10 July 2019
ދެ މަޝްރޫއާ ބެހޭ ގޮތުން ހައުސިން މިނިސްޓްރީން ކުރި ޓްވީޓް
ތުޅާދޫގެ ހައުސިން ޔުނިޓްތައް ވެސް އަޅަން ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުންނެވެ. އެ މަސައްކަތް 363 ދުވަހުގެ ތެރޭގައި ފުރިހަމަކުރަން ހަވާލުކުރީ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސް އާ އެވެ. މި އެއްބަސްވުމުގައި ވެސް ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަޝީދެވެ. އަދި އެ ކުންފުނީގެ ފަރާތުން މެނޭޖިން ޑައިރެކްޓަރު ޕީ ޑަބްލިއު ތިލަކަރަންތެވެ.
މި ދެ ރަށުގައި ވެސް އަޅަން ނިންމާފައި ވަނީ 1،100 އަކަ ފޫޓުގެ ހައުސިން ޔުނިޓްތަކެކެވެ. ހައުސިން މިނިސްޓްރީން ބުނީ އެއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި އާއި ތިން ފާހަނާ އާއި ސިޓިން ރޫމަކާއި ބަދިގެއަކާއި ސްޓޯރޫމެއްގެ އިތުރުން ލޯންޑްރީ އަށް ހާއްސަ ތަންކޮޅެއް ވެސް ހުންނާނެ ކަމަށެވެ.
ނައިފަރުގައި ހައުސިން ޔުނިޓްތައް އިމާރާތްކުރަން ކަނޑައަޅާފައި ވަނީ ތިން ބުރި ނުވަތަ ހަތަރު ބުރީގެ އިމާރާތްތަކެއްގައި އެޕާޓްމެންޓްތަކެއްގެ ގޮތަށެވެ. ނަމަވެސް ތުޅާދޫގައި މި ޔުނިޓްތައް އަޅާނީ ގެތަކެއްގެ ގޮތަށެވެ.
މި އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ މަޝްރޫއުތަކުގެ ގޮތުގައި 6.6 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި، އަލަށް ފަށާ 315 އަދި ހިނގަމުންދާ 229 މަޝްރޫއު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރައްޔިތުމީހާގެ އަޅު
11 July 2019
ވ.ރަގަޅު ތީ އިންސާނުން ދިރިއުޅެން ކަމުދާ ކަހަލަ ތަންތަނަކީ.. ޑރ.އޭކިޔާ މުއިއްޒު 3000 އަކަފޫޓުގެ ގެއެއްގައި އަނބިމީހާ އާ 2 ކުދިން ގޮވައިގެން އުޅެފަ ރައްޔިތުމީހާ މިވައްދަން ހަދާފަ މިހުރީ 540 އަކަފޫޓުގެ ހޮރެއްގަ. މީދެން ބޮޑުވަރު ބޮޑަލަސް އިބޫ ސާބަސް ހަމަ ތީ ރައްޔިތުންގެ ވެރިކަމަކީ އަދިވެސް ހޮވާނަން އިބޫ
ލުތުފީ
11 July 2019
ލުތުފީ! ލުތުފީ!
ބޮޑުމީހާ
11 July 2019
ކޮބާހޭ ފްލެޓް ކޮމިޓީގެ ހަބަރު؟ 3 ވަނަ ހަފްތާ ނިމެނީ އެންމެފަހުން ހަބަރެއްވިތާ
ސޭބޯ
11 July 2019
ނައިފަރުގަ ކޮތަރުކޮށީ ސްޓައިލްއަށްދޯ 3ނޫނީ4ބުރި ކޮތަރުކޮށި. ތުޅާދޫގަ އަޅަނީ ގެ. އަޅޭ ފަހެ ނޭފަރުގަ މިތިބީ ކަނޑު ކޮހުންތަ. ކޮބާ ތިނަދޫ ކުއްޖާ؟؟ މިކުއްޖާ ލައިގެން ރަގަޅު އެއްކަމެއްވެސް ނައިފަރަކަަށްް ނުވާނެ ހިގޭ ކޮތަރު ކޮށި އެޅުމާއި އިދިކޮޅަށް ހަމަހިމޭން ސްކޫތަކަށް ރައްޔިތުން ނެރެން ދޯ. ކާރިމޫ
ވާނުވާމީހާ
11 July 2019
ކޮބާަ ހޭ ނައިފަރުގައި ތިބުނާ ތަންތަން އަޅާނެ ބިން! ބިން ނެތީމަ ދެން ޖެހޭނީ މަތިމައްޗަށް އުފުލާކަށް ނު.
ސުވާލަކީ
10 July 2019
ތުޅާދޫގައި 100 ހައުސިން ޔުނިޓް އަޅަން 79،682،850.00ރ ޑަބްލިޔު އެންޑް އޭ އޯވަސީސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އަޖުހަދު އަބްދުﷲ ޒުހެއިރު ނައިފަރުގައި 100 ހައުސިން ޔުނިޓް އަޅަން ހަރަދުކުރަނީ 71،403،200.60ރ ޕްރިސިޝަން އިންޖިނިއަރިން ސާވިސަސްގެ ފަރާތުން ޕީ ޑަބްލިއު ތިލަކަރަންތް • ނިންމަންޖެހެނީ 363 ދުވަސްތެރޭގަ ސުވާލަކީ މީކިހިނެތް ބަލައިގެން ހޮވިފައިވާ 2 ރައްތޯ އަދި މީ ކޮން 2 ކުންފުންޏެއްތޯއާއި މި މީހުންނަށް މިޕްރޮޖެކްޓް އެވޯޑްކުރީ ކިހިނެއްތޯ؟
ޔުސްރާ
10 July 2019
ހައުސިންގ ޔުނިޓް އަޅާ ނިންމާފަ މީހުންނަށް ދޫ ނުކުރާތި ދެން ހަދާނި ގޮތަކީ ބައިލިބޭ ގޮތަށް އެތަން ތަން ބަލަހައްޓަން ޕާރތީ ކުދިންނަށް ދޭނީ މިސަކަރާތެއްގަ ޔާމީނާ މުއިއްދު އުޅެފަ އެދިޔައީ
ކަލޯ 2018
10 July 2019
މިކަހަލަ މެގަ ޕްރޮޖެކްޓްތައް ހަވާލްކުރާއިރު ރައްޔިތުންނައް އެބަ އިގެންޖެހޭ މިހަވާލްކުރެވޭ ފަރާތްތަކުގެ ވަނަވަރު. އެހެނީ މީގެ އަހަރެއްފަހުން މިޕްރޮޖެކްޓްތައް ނުނިމިގެން ހަޑިހާވާފަގޮސް ފިލާތިބެ ކޮންމެވެސް ބަހަނާއެއްދައްކައިގެން ބަދަލް ހޯދާތަން ދެކެން ބޭނުންނުވާނެތީ!