ހޯމް މިނިސްޓަރު އިމްރާނާއި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އުމަރާ ގުޅޭ ގޮތުން އުމަރު ދެއްކެވި ވާހަކަ ދިފާއުކޮށް ފުލުހުން ވަނީ ބަޔާނެއް ނެރެފައި. --ފޮޓޯ/މިހާރު
10 ޖުލައި 2019 - 20:47
އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލި ހަމަލާގެ މޭސްތިރި އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ފުލުހުން މިރޭ ދިފާއުކޮށްފި އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމުގައި ހުރުމަށް ފަހު ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ފޮނުވުމުން ފިލައިގެން އުޅުނު ލުތުފީ އުޅޭ ތަނަކާއި އޭނާ ހޯދަން ކުރާ މަސައްކަތާ ބެހޭ ގޮތުން މަޖިލީހަށް ހާޒިރުކޮށް މެމްބަރުން ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ ކުރީ ސަރުކާރުގައި ވެސް ލުތުފީ ހައްޔަރުކޮށް މާލެ ގެނެވެން އޮތް ކަމަށެވެ. އެކަމަކު ފުލުހުންނަށް އެކަން ނުކުރެވުނީ އޭރުގެ ހޯމް މިނިސްޓަރު އުމަރުގެ ހުއްދަ ނުލިބިގެން ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.
ލުތުފީ ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ އަށް ގޮސް އަމިއްލަ އަށް ހަވާލުވުމުން ވެސް އޭނާ ރާއްޖެ ގެނައުން ލަސްވާތީ ސަރުކާރަށް ފާޑުކިއުން އަމާޒުވި އެވެ. އެކަމަކު އިއްޔެ ވަނީ އޭނާ ގެނެސްފަ އެވެ.
މަޖިލީހުގައި އިމްރާން ވިދާޅުވީ ލަންކާ އިން ލުތުުފީ ލޮކޭޓްކޮށް އުމަރަށް އެންގުމުން، އެއީ މުހިއްމު ކަމެއް ނޫން ކަމަށް ވިދާޅުވެ ފުލުހުންނަށް އޭރު އެންގެވީ އުމަރު ކަމަށް އެނގިވަޑައިގެންފައިވާ ކަމަށެވެ.
އެކަމަކު ލުތުފީ އަތުޖެހި މިދިޔަ ސަރުކާރުން ނުގެނައީ ކަމަށް އިމްރާން ދެއްކެވި ވާހަކަތައް ގަބޫލު ނުކުރައްވައި ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަހްމަދު އަރީފާއި ހުސެއިން ވަހީދުގެ އިތުރުން އަބްދުﷲ ރިޔާޒް ވެސް ބުރަވެވަޑައިގަތީ އުމަރުގެ ކޮޅަށެވެ.
މިނިސްޓަރު އިމްރާން އިތުރުފުޅު ހެއްދެވީ ކަމަށް ބުނާ ވާހަކަތައް ފުލުހުން ނެރުނު ބަޔާނުގައި ވަނީ ދޮގުކޮށްފަ އެވެ.
އެ ބަޔާނުގައި ބުނި ގޮތުގައި އިމްރާން ވާހަކަ ދެއްކެވީ ފުލުސް އޮފީހުގައި ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް ފުލުހުން އޭނާ އަށް އެރުވި މައުލޫމާތުތަކަށް ބިނާކުރައްވަ އެވެ. ބޭސްފަރުވާ އަށް ލުތުފީ 2010 ގައި ފޮނުވާލުމާ އެކު އޭނާ ފިލުމުން އަނބުރާ ރާއްޖެ ގެނައުމަށް ކުރީގެ ހޯމް މިނިސްޓަރުންނާއި ޕޮލިސް ކޮމިޝަނަރުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑުތަކާއި އެ މަސައްކަތާ ގުޅޭ ގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިނގަމުން ދިޔަ ޑިޕާޓްމެންޓްގައި ލޮގްކުރެވިފައިވެ އެވެ،" ބަޔާނުގައިވެ އެވެ.
"އަދި އެ މަސައްކަތުގައި ނިންމުނު ބައެއް ނިންމުންތައް ނިންމި އިރު ހާޒިރުވެ ތިބި އޮފިސަރުން މިވަގުތު ވެސް މި ސާވިސްގައި ޚިދުމަތް ކުރަމުންދާތީ އެ މަސައްކަތާ ގުޅޭ ގޮތުން އިތުބާރު ހިފޭ ފަދަ މައުލޫމާތު މިވަގުތު ވެސް މި ސާވިސްގައި ހުރި ކަން އެންމެހާ ފަރާތްތަކަށް ޔަގީންކޮށް އަރުވަމެވެ."
ނޮވެމްބަރު 3، 1988 ގައި ރާއްޖޭގެ ވެރިކަން ވައްޓާލަން ސްރީ ލަންކާގެ ޓެރަރިސްޓް ޖަމާއަތެއްގެ ބަޔަކާ އެކު ރާއްޖެ އަރައި އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރި ކަމަށް ވާ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީ އަށް ގޮސް އަމާންދިނީ މިދިޔަ މެއި 1 ގަ އެވެ. ދެ މަސް ފަހުން ރޭ އޭނާ ރާއްޖެ ގެނެސް މިހާރު ހުރީ މާލޭ ޖަލުގަ އެވެ.
ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރު ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގައި އޭޕްރީލް މަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރު އޮތުމުންނެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ އަށް ވަދެގެންނެވެ.
ސްރީ ލަންކާ އިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޯޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު ޝަހީދުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި ސިފައިންގެ އަށް މީހަކު ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިމާރުލް ޤައުމު
13 July 2019
ތީ ޕޮލިސްކޮމިޝަނަރގެ އެދުމަށް ދީފައިވާ މަޢުލޫމާތެއް. ޢުމަރަކީ އަނގަ ގަދަޔަސް އަދި ހުރިހާކަމަކާ ބެހުނަސް ޤއަުމީ ލޯބި އިންތިހާއަށް ހުރި ފިރިހެނެއް. ޔާމީނު އޭނާ ދުރުކުރީ އަދީބު ބޭނުންވެގެން ބޭނުންހާ ކަމެއް ޢުމަރުލައްވާ ނުކުރެވޭތީ. ވެރިކަމަށް ފައިނަގައިގެން ނޫޅޭ އޭނާނޫނީ ޤައުމަށް ހެޔޮއެދޭ މީހަކު. އިމްރާންތީ ކާކު؟ މިހާރު އޭނަކިޔާފާނެ ކޮންމެ އެއްޗެއްވެސް ތި މަޤާމުގެ ބޭނުމުގަ
ދުލެއް
12 July 2019
ބާގީން ތެދެއްނުހަދާނެ ތިކޮމިޝަނަރުން ކުރެންއަހާބަލަ ފެބުރުައަރީ 2012 ފުލުހުންގެ ބައެއް މަގުމައްޗައް ނިކިމެ ކުރީކޮންކަމެއްތޯ
ޢެޑްމުންޑޯ
11 July 2019
ފުލުސް އޮފީސް މިހާރު ތިޔަ ސިޔާސީވެ ސިޔާސީގޮތުން ހައްދުން ނައްޓަނީ ،
ދެރަ
11 July 2019
މިގައުމުގެ ހޯމްމިނިސްޓަޓަރަކު ތެދުހެދި ދުވަހެތް ބުނެބަލަ
މުޙައްމަދު ހާން
11 July 2019
އެއް ކޮމިޝަނުގެ ވާހަކަތޯ ދޮގުކުރަންވީ، ނުވަތަ ތިން ކޮމިޝަނަރުގެ ވާހަކަތޯ، އަދި މުއާލާތް ކެނޑުމުން އިމްރާން ބުނިވާހަކަ ތެދެއްކަމަށް ތިޔަ ހައްދަވަނީ، އުމަރު އެހެން ބުނިކަމަށް ބުނި ލިޔުމެއް ނޫނީ އެއްވެސް ޤަރީނާއެއް ތި ޕްރިފިޝަނަލް ބޭފުޅުން ރަށްޔަތުންނަށް ހާމަކޮށްދީބަލަ، އެނެއްކާވެސް ޕޮލިހުންގެ އަގު ވެއްޓިދާނެ، ޕޮލިހުން މީހަކު ގައިގައި ތެޅި މައްސަލަ މި އުޅެނީ ހަދާން ނުނެތި ކިހިނެތް މިވަނީ
އިހުސާނާ
11 July 2019
އުމަރު އެ ގޮތަށް ޕްރައިރިޓީ އެއް ނޫނޭ ބުނީ އަސްލު ޢޭނަގެ ބާރުތައް ޔާމީނު، ނެގުމުން އެކަމާ ކަނޑަވެގެން ޔާމީނަށް ޖެއްސުމަށް ކަމަށް ބެލެވެނީ! އަނެއްކޮޅުން ރައްޔިތުން ވެސް ރުޅި އަންނާނެ އެއްުނު ޔާމީނު ދެކެ، އެހެންވެ އުމަރު ގަތްގަޑެއް ކަމަށް ބެެލެވެނީ!
ބަރުބާދު
11 July 2019
އިމްރާނުގެ ދިފާއުގަ އަންނިގެ ޕަޕެޓުގެ އޯޑަރައް ޅިޔަނު އެކްޓިވޭޓްވީ.
ސޯދު
11 July 2019
ގުދޯ ގުދޯ ގޮވުން..ކިޔޭ ނުކި ޔޭ އެއް ނޭގުން
ރާގޭބަންޓަނާ
11 July 2019
ހަމީދޫ ކަލޭހަދަނީ ބުހުތާނު ދޮގު
ނެގުނުކަތީބު
11 July 2019
ފުލުހުންނާއި އިމްރާނާއި ސަރުކަރުން ދައްކާވާހަކަ ދިމާނުކުރެވޭ! މުސްކުޅިން ބުނެއުޅެތޭ، އެއްދޮގު ފޫބައްދަން 10 ދޮގު ހަދަންޖެހޭނެތޭ! އެންމެން ކުރިމަތީ އެކަން މިދަނީ ހާމަވަމުން ނޫންހޭ؟