އިދިކޮޅު ފަރާތްތަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަނީ..---ފޮޓޯ: ހުސައިން ވަހީދު/ މިހާރު
11 ޖުލައި 2019 - 10:57
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އޮތީ ޝަރީއަތުގެ އަޑުއެހުމެއް ނޫން ކަމަށާއި އެއީ އިދާރީ ކަމެއް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.
ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު 11:30 ގައި ބާއްވަން ކްރިމިނަލް ކޯޓުން އާންމު ކުރި ޝެޑިއުލްގައިވެ އެވެ. އެކަމަކު، ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައިގައި އަޑުއެހުމެއް ނެތް ކަމަށާއި ޔާމީން ހާޒިރު ކުރަނީ އިދާރީ ގޮތުން ކުރަން ޖެހޭ ކަންކަން ހުރުމުން ކަމަށެވެ.
އެކަމަކު، އޭގެ އެއްވެސް ތަފްސީލެއް ކްރިމިނަލް ކޯޓުން ނުދެ އެވެ.
މަނީ ލޯންޑަރިންގެ މައްސަލާގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝަކޫރުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާއާ ގުޅިގެން އޭނާ ވަނީ ކޯޓަށް ހާޒިރުވެވަޑައިގެންފަ އެވެ. އެކަމަކު، ކޯޓުން ބުނި ގޮތުގައި އެ މައްސަލާގައި އޮތީ ވެސް އިދާރީ ކަމެކެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އިބްތިދާއީ އަޑެއެހުންތައް ބާއްވައި ދައުލަތުން ވަނީ ގިނަ އަދަދެއްގެ ހެކި ހުށަހަޅައިފަ އެވެ. އަދި އާޒިމާގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް ވަނީ މިދިޔަ ފެބްރުއަރީ މަހު އޭނާއާ ހަވާލުކޮށްފަ އެވެ. ނަމަވެސް އޭގެ ފަހުން އާޒިމާއާ ޗިޓް ހަވާލު ނުކުރެވިގެން ކަމަށް ބުނެ މައްސަލަ އޮތީ ހުއްޓިފަ އެވެ.
އާޒިމާ މިއަދު ކޯޓަށް ވަޑައިގަންނަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާޒިމާ އަށް ދައުވާކުރަނީ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އަށް އެހީތެރިވެ އެކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިން ކަމަށް ބުނެ އެވެ. މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ އާއި ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާޒިމާގެ މައްޗަށް ވަނީ އުފުލައިފަ އެވެ.
ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައަތުފުއްކިނބަ
11 July 2019
ކޯޓު ތަކުގެ ތިއްބަވާ ކުދި ބޮޑު ފަނޑިޔާރު މަނިކުފާނު މެންނަށް ވަރަށް އަދަބު ވެރިކަމާއި އެކު ދަންނަވަމެވެ. ތިބޭފުޅުންގެ އަމަލު ތަކާއި ބަސްމަގު ތައް ރައްޔިތުން ދަނީ ވަރަށް ގާތުން ބަލާ ދިރާސާ ކުރަމުން ކަމަށް މަމެން ދެކޭވާހަކަ ވަރަށް ހިތާމައާއި އެކު ދެންނެވީމެވެ.
ނަޖުދާ
11 July 2019
ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ކުރީން ޔާމީނުގެ މައްސަލަތަށް 3 ކޯޓު މަރުހަލާއިން ނިންމާ، ޔާމީނަކީ ހުދުކާފޫރުކޮޅަކަށް ހަދަން ކުރާ މަސައްކަތަށް ދިވެހިރައްޔިތުން ތިބީ ފާރަވެރިވެ. ދިވެހިރައްޔިތުން އެމް.ޑީ.ޕީއަށް 65 ގޮނޑިދިނީ ނޭންގުމެއްގެ ތެރެއަކު ނޫނޭ. ދިވެހިރައްޔިތުން ބޭނުންވީ، ޝަރުއީ ނިޒާމު އިސްލާހުކޮށް، މިގައުމުގައި އަނިޔާވެރިކަމާއި، ވައްކަން އާންމުކުރި މީހުންނަށް އަދަބުދޭން. އެކަންކުރަން އެމް.ޑީ.ޕީއަށް މެޖޯރިޓީ ދިނީ.
ALI WAHEED
11 July 2019
މޑޕ އަކީ ވަކި ތާހިރުކޮށް ކަންކުރާބައެއްތަ. އާނ މޑޕ ގައި ރަނގަޅުމީހުންވެސް އެބަތިބި. އެކަމަކު އެމީހުންގެ މާބޮޑު ބާރެއްނޯވޭ. މިހާރުވެސް ބާރުވެރި މަޤާމްތަކުގައި ގިނައިންތިބީ ރަނގަޅުމީހުންނެއްނޫން. ސިޔާސީ މަޤާމްތަކަށް މީހުންލުމުގައިވެސް އެމީހަކާގުޅުންހުރި ނުވަތަ ދާއިރާގެ މަޢުލޫމާތު ހުރިމިންވަރު ބެލުމެއްނެތް. ނަތީޖާއަކީ އެދާއިރާއެއްގައި ކުރާމަސައްކަތުގެ ޢިލްމީ، ފަންނީ މީހުން ކުރަމުންދާ މަސައްކަތަށް ހުރަސްއެޅޭގޮތްވުން.
ކަނބިލި
11 July 2019
ތިޔަ ދާނީ ޗޮކުން. ތަޅުތަޅުވާފައި ކޮންމެވެސް ޑީލެއްގެ ދަށުން އިހުވެސް ކަންކަން ދިޔަހެން ތިޔަކަންވެސް ވެނިމިދާނީ
އޭޑީ
11 July 2019
ޑީލެއް ނުހެދޭނެ! ޔާމީނުގެ ވެރިކަމުގައި ދައުލަތުން ކޮރަޕްޝަނުގެ ގޮތުގައި ނަގާފައިވާ ފައިސާގެ އަދަދު 700 މިލިއަން ޑޮލަރަށްވުރެ ބޮޑުކަމަށް މިހާރު ހޯދުނު ހޯދުންތަކުން އެބަ އިނގޭ! އަދި ބައެއްތަންތަނުގެ އޮޑިޓުތަކެއް ނުނިމޭ. ނިމުނީމާ އިނގޭނެ ޖުމްލަ ކިހާވަރެއްތޯ ދައުލަތުން ވަގަށް ނަގާފައި އޮތީ!
ކަލޯ ގަޔާ
12 July 2019
އޭޑީ އަނެއްކާ ކަލެއަކީ ތަހުގީގީ ކޮމެޓީގެ މީހެއްތަ
ކިއްލި
11 July 2019
ކޮންކަހަލަ އިދާރީކަމެއްތަ އޮތީ؟ އިއްޔެ ލިއެފައިވަނީ ޝަރީއަތަށް ހާޒިރުވާން ޗިޓް ފޮނުވައިފިއޭ. ޗިޓްގައިވާ އެއްޗެއް ރަގަޅަށް ނޭނގި ޚަބަރެއް ލިއެވުނީތަ ނޫނީ ކުއްލިއަކަށް މިއަދު އެ ޗިޓްގައިވާ ޝަރީއަތް އިދާރީ ކަމަކަށް ބަދަލުވީތަ؟ ޔާމީން ކަހަލަ ސެންސިޓިވް މައްސަލައެއްގައި މިކަހަލަ އޮޅުން ނާރާނެ ގޮތެއް ހަދަންވާނެ. އެއް ބަޔަކު އުއްމީދުގައި އަނެއް ބަޔަކު މާޔޫސްކަމުގައި ތިބިއިރު މިހެން ޖަޒްބާތާ ކުޅޭކަށްނުވާނެ.
މަރޭމިތުރު
11 July 2019
ރާއްޖޭގައި ނެތޭ ބަޔަކު ރުހޭ އިދިކޮޅު ލީޑަރެއް. މިއީ ހަގީގަތުގައި ކަންބޮޑުވާންޖެހޭ ކަމެއް!
ސުނީތާ
11 July 2019
ގައުމުގެ ރަައީސް ކަަމަށް އަދިވެސް އެންމެ އެކަށީގެންވަނީ މއ.ކާމިނީގެ/ ނ.ވެލިދޫ، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް.
މުސޫ
11 July 2019
100 ޕަސެންޓް ތެދެއް.
ހާޖީބެ
11 July 2019
ރައްޔިތުންދެ ލޯބިވި، ރައްޔިތުނަނަށްޓަކައި ގައުމުގެ އިގްތިސާދު އެތައްގުނައެއް ކުރިއެރުވި. އެތައްތަނެއް ބިނާކުރި.
ލީން
11 July 2019
???އައި ލަވް ހިމް ސޯ މަޗް
މީރުބަހުރު
11 July 2019
ކުރުގޮތަކަށް ތިޔަ ފެންނަނީ ތިޔަ މައްސަލަ ނިމިދާނެ ގޮތުގެ މަންޒަރެއް. ދެން އެންމެން އަތްޖަހާ.
ޒިލް
11 July 2019
2008ގެ ކެމްޕެއިނުން ފެށިގެން އެމް.ޑީ.ޕީން ގޮވަމުން ދިޔަ އެއް ވާހަކައަކީ ރައީސް ޔާމީންގެ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ ވާހަކަ. އޭރުވެސް މައުމޫންގެ ކޮރަޕްޝަންގެ ވާހަކަ އިންތިހާއަށް ދެއްކި. ނަމަވެސް 2008 ގައި އެމް.ޑީ.ޕީއަށް ވެރިކަން ލިބުމުންވެސް އެކަންކަން ވަނީ ސާބިތު ނުކުރެވިފަަ. ވީމާ މިފަހަރުވެސް އެމް.ޑީ.ޕީން މިއުޅެނީ ލަދެއްގައި ބެދެން. އެހެންވެއޭ ރައްޔިތުން އެމް.ޑީ.ޕީއަށް އިތުބާރު ނުކުރަނީ
ޖަވް
11 July 2019
ކަނު ލޮލުން ބެލީމަ ނުފެއްނާނެ. ވަހީދު ސަރުކާރުގަ އެތައްމިލިއަން ރުފިޔާ އެެއްދީގެން ހިގަމުން ދިޔަ 800 މިލިއަން ޑޮލަރުގެ ތެލުގެ ވިޔަފާރީގެ ތަހުގީގު ހުއްޓުވިކަން އެކިނޫސްތަކުން ރިޕޯރޓު ކޮއްފަ ހުރި. ދައުލަތުގެ ލިޔެކިޔުންތަކުން އެކަންސާބިތުވި އޮޑިރިޕޯރޓުގަ ފާހަގަކޮއްފަ އޮތް.. ނުކުރާ ކަމެއް ހުއްޓުވަން މިލިޔަނުން ރުފިޔާ ހަރަދުކުރާނެ ކަމައް ބުއްދި ގަބޫލެއްނުކުރެވޭ..
ސަމޭދާން ބުނި ގަތޫރާ
11 July 2019
އެއްކޮޅުގައިވެސް އިދިކޮޅުގައިވެސް، ހަމަ އެއްކޮޅެއްގައިވެސް ނެތް ހަމަ ރަނގަޅު އެކަކުވެސް.
ކަންއޮތްގޮތް
11 July 2019
މިފެންނަނީ ތިމައްސަލަ ނިމިދާނެގޮތުގެ އިސްތިހާރުކަމުގަބަލާ. ވެއަތުވެދިޔަތަނުގައި ޝަރުޢީކަންތައް ހިނގަމުންއައިސްފަވާގޮތާއި މިހާރުމިފެންނަ މަންޒަރުތަކާއި އަޑުތަކުގެމައްޗަށް ބިނާކުރާނަމަ، ބުނެވެންއޮތީ މިފެންނަނީ ތިމައްސަލަ ނިމިދާނެގޮތުގެ އިޝްތިހާރެއް ނުވަތަ ޓްރެއިލަރ އެކޭއެވެ. ބަލަންތިބެންވީ!