އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މުއައްވިޒު ރަޝީދު އާއި އެ ކޮމިޝަންގެ މެމްބަރު ސަފްވަތު މުހައްމަދާއި (ވ) ޔަޒްމީދު މުހައްމަދު (ކ-2) ކޮމިޓީއެއްގައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
11 ޖުލައި 2019 - 13:56
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފެނިވަޑައިގެންނެވި ނަންތަކުގެ ތެރޭގައި ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންގެ ތެރެއިން ޔަޒްމީދު މުހައްމަދާއި ސޮފްވަތު މުހައްމަދު ހިމެނިވަޑައިނުގެންނެވި އެވެ.
އޭސީސީގައި މިހާރު ތިއްބެވި މެމްބަރުންގެ ދައުރު އަންނަ ސެޕްޓެމްބަރު މަހު ހަމަވާތީ މެންބަރުކަމަށް ކުރިމަތިލާން ހުޅުވައިލި ފުރުސަތުގައި 68 މީހަކު ކުރިމަތިލި އެވެ. އޭގެ ތެރޭގައި އޭސީސީގައި މަސައްކަތް ކުރައްވާ މިހާރުގެ ބައެއް މުވައްޒަފުންނާއި ކުރީގެ މުވައްޒަފުން ހިމެނިވަޑައިގަންނަވަ އެވެ. ކޮމިޝަނަށް ކުރިމަތިލި ހުރިހާ އެންމެންގެ ނަންތައް ވެސް ރައީސް ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުއްވައިފަ އެވެ. އެކަމަކު، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ 12 ބޭފުޅެއްގެ ނަމެއް އޭގެ ތެރޭގައި ހިމެނެ އެވެ.
އޭސީސީ އަކީ ވެސް މިދިޔަ ފަސް އަހަރު ގާނޫނީ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރާ ކޮމިޝަނެކެވެ.
އޭސީސީގެ މެމްބަރު ޔަޒްމީދު ވަނީ އިނގިރޭސި ވިލާތުގެ އޮކްސްފޯޑް ބްރޫކްސް ޔުނިވަސިޓީން އެކައުންޓިން ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި 2010 އިން ފެށިގެން ޔަޒްމީދަކީ ޕްރޮފެޝަނަލް ޗާޓަޑް ސަޓިފައިޑް އެކައުންޓަންޓެކެވެ. ސެޕްޓެމްބަރު 9، 2014 ގައި އޭސީސީގެ މެމްބަރު ކަމަށް ވަޑައިގެންނެވި ޔަޒްމީދު ވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން ދާއިރާ އިން މާސްޓާސް ނަންގަވައިފަ އެވެ.
މެމްބަރު ސަފްވަތު ވަނީ މިސްރުގެ އަޒުހަރު ޔުނިވަސިޓީގައި އެކައުންޓިންގެ ދާއިރާ އިން ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އޮޑިޓަ ޖެނެރަލް އޮފީހުގެ އިސް މަގާމުތަކެއް އަދާކުރެއްވި ސަފްވަތު އޭސީސީއާ ގުޅިވަޑައިގަތީ އިންވެސްޓިގޭޓަރެއްގެ ގޮތުގައި 2011 ވަނަ އަހަރެވެ. އޭސީސީގެ ދެ ވަނަ ދައުރުގައި ސަފްވަތު މެމްބަރު ކަމަށް ވަޑައިގެންނެވީ ވެސް ސެޕްޓެމްބަރު 9، 2014 ގަ އެވެ.
އޭސީސީ އަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން އެ ކޮމިޝަނަށް އައްޔަން ކުރަން ރައީސް އަށް ފެނިވަޑައިގެންނެވި ބައެއް ނަންތަކުގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޮޑިޓަ ޖެނެރަލް ކަން ކުރެއްވި ނިޔާޒް އިބްރާހިމާއި އޭސީސީގެ ސެކްރެޓަރީ ޖެނެރަލަކަށް ކުރިން ހުންނެވި މުޖުތަބާ ހަމީދާއި އޭސީސީގެ މިހާރުގެ ބައެއް މުވައްޒަފުން ކަމަށްވާ އާރިފް ރަޝީދާއި ޒީނިޔާ އަބްދުﷲ އާއި އަބްދުﷲ މިޒްއާނާއި އާދަމް ޝާމިލް އެވެ. އޭގެތެރެއިން ޒީނިޔާ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.
އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި އެ ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދާއި ނައިބު ރައީސާ އައިމިނަތު މިންނާ ހިމެނިވަޑައެއް ނުގަންނަވަ އެވެ. އޭސީސީގެ ރައީސް ކަމުގައި ކުރިން ހުންނެވި ހަސަން ލަތީފް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
އޭސީސީގެ ގާނޫނު ބުނާ ގޮތުން ކޮމިޝަންގައި އެންމެ ގިނަވެގެން ހުރެވޭނީ ދެ ދައުރުގެ މުއްދަތަށެވެ. އަންނަ ސެޕްޓެމްބަރު މަހު މުއައްވިޒު ދެ ދައުރު ފުރިހަމަ ކުރައްވާނެތީ އޭނާ އަށް އިތުރު ދައުރަކު ކުރިމައްޗެއް ނުލެއްވެ އެވެ. އެކަމަކު، މިންނާ ސެޕްޓެމްބަރުގައި ފުރިހަމަ ކުރައްވާނީ އެއް ދައުރެވެ.
އޭސީސީ އަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ގާނޫނީ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތްކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ ގާނޫނީ މިނިވަން ޝަހްސެވެ. އެކަމަކު، ވޭތުވެދިޔަ އަހަރުތަކުގައި އެކަށީގެންވާ ގާނޫނީ ޒިންމާ އަދާ ނުކުރާ ކަމުގެ ޝަކުވާ ވަރަށް ބޮޑުވި އެވެ. އަދި އެ ކޮމިޝަންގެ މެމްބަރުން ތިއްބެވީ ވަކި ބައެއްގެ ނުފޫޒުގެ ދަށުގައި ކަމަށް ބުނެ، މެމްބަރުންނަށް ތަފާތު ފާޑުކިޔުންތައް ކުރިން ވަނީ އަމާޒުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގައުމުގެ ދޫ
13 July 2019
ޔަޒުމީދު އޭސީސީ އަށް އައިގޮތް ނޫސްވެރިން ކުޑަކޮށް ހޯދާލުން ކިހިނެއްވާނެތޯ؟ އަދި ފަހުން ހޯއްދެވި މުއްސަނދިކަންވެސް ނިކަން އިންވެސްޓީގޭޓިވް ޖާނަލިޖަމްގެ ބޭނުން ހިފައިގެން ރައްޔިތުންނަށް ތިލަ ކޮށްލަދީބަލަ. ވެދުމާ ސަލާމް
ގައުމުގެ ވަލިއްޔުލް އަމުރު
19 July 2019
ޔަޒުމީދަކީ ގާބިލް ބޭފުޅެއް، ކިޔަވައިގެން ހުރި ބޭފުޅެއް، އޮޑިޓް އޮފީހުގަ ގާބިލް ކަމާއިއެކު މަސައްކަތް ކުރެއްވި ބޭފުޅެއް، ކޮން މުއްސަނދި ކަމެއް ލިބުނީ؟ ޖައްސާލިޔަސް ބޮޑު ވަރު ؟ ވިލިނގިލީ މީހުން ޖައްސާލިޔަސް ތީ ބޮޑު ވަރު! އިނގޭ އެއްޗަކީ ވިލިނގިލީ މީހުން ކިތަންމެ އެއްޗެއް ކިޔަސް އެމީހެއް ހަޤީޤަތް ފެންނަށް އިންނަ މީހަކަށް ކާމިޔާބާއި ރިޒުގު ލިބޭނެކަން، ވަރަށް ވެދުން އެމް.ޑީ.ޕީ އަސާސީ ވިލިނގިލިން
ބޯގަޅި
13 July 2019
ޒީނިޔާ އަކީ ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒްގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ. ވﷲ އަޢުލަމް
ޖީމު
13 July 2019
6. މަރިޔަމް ޝިއުނާ އިވާ އަބްދުﷲ ބުނެގެން އަންނިގެ ރެކޮމެންޑޭޝަނުން 7. މުޖުތަބާ ހަމީދު އަބުދުﷲ ޝާހިދުގެ އެހީތެރިކަން ލިބިގެން 8. ޢަލީ އަޝްރަފް ގައްދޫ ޒާހިރު އަންނި ކާއިރީ ބުނެގެން 9. ނޭގޭ 10. ނިޔާޒު އިބްރާހީމް އިބޫއަށް ކެމްޕޭނުކުރުމުން ހަދިޔާ 11. އަބްދުﷲ މިޛުއާން ހަސަން ބަނޑޭ ބޯގަންވިލާ ގްރޫޕްގެ ފަރާތުން 12. އާދަން ސާމިލް ތ.މެންބަރު ހަސަން އަފީފް ތިމާގެ މީހަކަށް ވާތީ އިބޫގާތު ބުނެގެން
ޖީމު
13 July 2019
އޭސީސީ މެންބަރުކަމަށް ރައީސް ފޮނުވި ނަންތައް ފޮނުވި ގޮތުގެ ތަފްސީލް: 1. ފާޠިމަތު އަނޫލާ، ކޮރަޕްޝަން ބަލާ ކޮމިޝަނުގެ އައްސަދު ބުނެގެން، 2. އާރިފް ރަޝީދު ކޮރަޕްޝަން ބަލާ ކޮމިޝަނުގެ އައްސަދު އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާނުގެ އެހީލިބިގެން 3. ޒީނިޔާ އަބްދުﷲ އޭނާގެ ބޭބެ ބުނެގެން 4. އިބްރާހީް ޝަކީލް ހަސަން ބަނޑޭގެ އެހީތެރިކަމާއެކު ބޯގަންވިލާ ގްރޫޕްގެ 5. އާއިޝަތު އަބްދުﷲ ރައީސް އިބޫގެ ތިމާގެ ރަށުމީހަކަށް ވާތީ އައިޝާފުލުގެ ބާރުގަ
ނިޔާޒުގެ ފްރެންޑް
13 July 2019
ތިތާގަ ކުރިން ތިބި މެމްބަރުން ނުލުމަކީ ވައްކަމަށާް ހުޅުވާލާ ދޮރެއް މަޖްލީހުން ރަޢީސް ފޮނުވާލިސްޓް ފާސް ކުރަންޔާ ކުރީގެ ސަރުކާރާ ކޮންތަފާތެއް އޮތީ
ސައުދު
13 July 2019
ޒިންމާ އަދާ ނުކުރުމަކީ ވެސް ގާނޫނީ ކުށެއް ކަމުގައި ވާން ޖެހޭ.
އެ ރަށުމީހާ
12 July 2019
ކޮންމެސްމީހެއްގެ އާއިލީމީހެއް ނޫން މީހެއް ގެންނަނީ ކިހިނެއްތޯ؟ އެހެން ޕްލެނެޓަކުން މެމްބަރުން ގެންނަންވީނު!؟
ރަށުމީހާ
12 July 2019
ބަލަ މިހާރު މަގާމުގަ ތިބިބަޔަކު ރައީސް އައްޔާންކުރަން ނުފެންނަ ސަބަބެއްވެސް އޮންނާނު އެއްމެނަށްއިނގޭ ބޮޑު ސިއްރެއްމީ އަސްލު ސިއްޕެ ކޮށްކޮއަކީ އެމްއެމްޕީއާރުސީ މައްސަލަބެލުމުގަ އިސްކޮސްއުޅުނު އެއްމުވައްޒަފު. އޭނަގެ އިހުމާލު އޮތްވަރެއް ނޭންގެ ގާބިލް ކުދިން ލާފަތިއްބާ ބައެއް އެމްޕީސް ބުނެގެން އެކުދިން ފެންނަވަރު ނުކޮށްފަ އެބަހުރިކަން
ކުލްސުލް
12 July 2019
ތިޔަ އާރިފަކީ ކާކޫކަން އެނގޭ މީހުްނނަށް އެނގޭނެ ލުތުފީގެ ބޯއީ އެއް
ވޯލް
11 July 2019
އޮކްސްފޯޑުން ތޯ އެހެން އެހެން ފޯޑަކުންތާ ބަލާނެކަމެއް ނެތް، ދެތުވެރިކަމާއި އިހްލާސްތެރިކަން ނެތިއްޔާ ކިތަންމެ މޮޅު ފާހެއް އޮތަސް އެމީހެކޭ ހަމަ ބޮޑެތި ވަގުންނޭ އެއްވަރު.