ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރުމުގެ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ
11 ޖުލައި 2019 - 23:23
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ސަބަބުން އާމްދަނީގެ ބޮޑުބައެއް ރާއްޖޭން ބޭރުވާ މައްސަލަ އަށް ހައްލެއް ހޯދަން ޖެހޭ ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖެ އަށް ލިބޭ އާމްދަނީގެ ވަރަށް މަތީ އަދަދެއް ބިދޭސީންގެ ސަބަބުން ގައުމުން ބޭރުވެގެން ދިއުމަކީ ފުންކޮށް ވިސްނަން ޖެހިފައިވާ މައްސަލައެއް ކަމަށެވެ.
"ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަކުރާނެ ދިވެހީންތަކެއް އުފެއްދިގެން ނޫނީ، ރާއްޖެ އަށް ލިބޭ އާމްދަނީ، ގާދޫކޮލުން ބޭރުވިޔަނުދީ ހިފެހެއްޓޭނެ ގޮތެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ބިދޭސީންނާއި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ހިޖުރަކުރާ މީހުންގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައި ސަރުކާރުން ވަނީ މައިގްރޭޝަން ޕޮލިސީއެއް ރާވާފަ އެވެ. ލިބޭ އާމްދަނީ ރާއްޖޭގައި ހިފެެހެއްޓުމަށް ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަަކަފުޅު ދައްކަވަމުން އެމަނިިކުފާނު ވިދާޅުވީ ކޮންމެ ފަރުދަކީ އުފެއްދުންތެރި މީހަކަށް ހެދޭނެ ގޮތަކަށް ތައުލީމީ ސިޔާސަތު ކުރިއަށް ގެންދަން ޖެހޭ ކަމަށެވެ.
އަހަރުތަކެއް ފަހުން ރާއްޖޭގެ އާބާދީގައި ދޮށީ އުމުރުގެ މީހުން ގިނަވާނެކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަމަށް ވިސްނައި ފަހަށް ރައްކާކުުރުމުގެ އާދަ އަށަގަންނަވަން ޖެހޭ ކަމަށެވެ.
"މިހާރު ރާއްޖޭގައި އޮތް މަސައްކަތްކުރާ އުމުރުގެ އާބާދީގެ އުފެއްދުންތެރިކަން އިތުރު ކުރުމަށާއި، ފަހަށް ރައްކާކުރުމުގެ ސަގާފަތް އަށަގަންނުވަން މިހާރުއްސުރެ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ އާބާދީގައި ދިވެހިންގެ ނިސްބަތް އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފަރުދީ ޒިންމާ ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އަމިއްލަ އާމްދަނީން ދިރިއުޅޭ ބަޔަކަށް ވުމަށް ރާއްޖޭގެ ޒުވާނުންނަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.
"ދިވެހި ކޮންމެ ޒުވާނަކީ އަމިއްލަ އާމްދަނީގެ މައްޗަށް ދިރިއުޅުން ބިނާކުރާ، ޒިންމާދާރު މީހަކަށްވުމަށް، ރާއްޖޭގެ ހުރިހާ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.
އާމްދަނީ ނުހޯދާ ބަޔަކު ތިބުމަކީ އިގުތިސާދަށް އެކަމުގެ ލޮޅުން އަރާނެ ކަމެއް ކަމަށް ވިދާޅުވެ ރައީސް މިރޭ ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ މަސަައްކަތެއް ނުކޮށް މައިންބަފައިންގެ އެހީގައި ދިރިއުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިއުމަކީ ހިތާމައެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރެއްކަބެ
22 December 2019
އާމްދަމީ ބޭރަށް ފޮނުވަނީ ތިން ހަތަރު ރިސޯޓުގެންގުޅޭ މަހުޖަނުން. ދިވެހިރާއްޖޭގައި އުޅޭ ނިކަމެތި ބަންގާޅިން ހޯދާ 200 އެއްހާޑޮލަރެއްނޫން.
ކަންނެތް މިނިސްޓަރުން
13 July 2019
ސަރުކާރު މިނިސްޓަރުންގެ ކަންނެތް ކަމާ ކަން ފަސޭހަކަން ތިއޮތް ބެކްގަރައުންޑް ކުލަ ތިފެންނަނީ ޕިންކު ޕީޕީއެމް.
ބޮޑުމީހާ
12 July 2019
ކާކުތަ ހައްލުކުރަނީ؟ މަޖްލީހާ ވެރިކަމާ ނުވިތާކަށް ޖޑީޝަރީވެސް ތިއޮތީ ދީފަ. ބާރުއޮވެ ތިކަހަލަ ތާކުންތާކުނުޖެހޭ ވާހަކަ ދައްކާތީ ދިވެހިން ރުޅި އަންނަނީ. އަހަރުމެން މިގޮވަނީ ހެޔޮނުވާނެއޭ، މިގައުމުން ބޭރުމީހުން ފަހާ ބޭރުކުރާށޭ
ހަސަދު
12 July 2019
ހަމަ އެއާ އެކު ރިސޯޓު ތަކުން ބޭރަށްދާ ޑޮލަރުވެސް ހުފަހައްޓަން އެބަ ޖެހޭ. ނިކަން ގާނޫނެއް ފާސްކޮށްބަލ ހުރިހާ ފައިސާގެ މުއާމަލާތެއް ކުރެވޭނީ ދިވެހިފައިސާއިންނޭ. ރިސޯޓު ތަކުަގައިވެސް.
މާޝާ
12 July 2019
ހޫނ އިބޫ އަކީ ބެސްޓް އިބޫ ތިކަން ހައްލު ކުރާނެ ކަލޭމެން ކުދިންވެސް އެއްބާރުލުން ދޭތި
މާރަނގާ - އައްޑޫ ސިޓީ
12 July 2019
އަހަރުމެން ކޮންބާރެއްދުނީގެންތޯ ރައީސަށް ތިކަން ކުރައްވަން ދަތިފުޅުކަމަކަށްވެފައިވަނީ؟! * * އެއަރޕޯޓާއި މާލޭގައިހުރި Franchise Brand އައުޓްލެޓް ތަކާއި ބައެއް ގެސްޓްހައުސް ރިސޯޓް ތަކުގައިވެސް ބަހައްޓާދައިވާ ޕީއޯއެސް މަރޗެންޑައިޒް ތަކުން ފައިސާ ކެޑުމުން ރާއްޖޭގެ ބޭންކް އެކައުންޓަކަށް ޖަމާނުވެ ސީދާ ރާއްޖެއިންބޭރުގައިހުންނަ ބޭންކަކަށް ޖަމާވާކަން މަރުކަޒީ ބޭންކަށް ވެސް އިގޭނެ. * * ފުރަތަމަ މިކަންކަން އިސްލާޙް ކުރައްވަވާ.
ރަޒީނާ
12 July 2019
އެންމެ ކުޑަމިނުން މާލޭގެ ކުރުނބާ ވިއްކާ ގާޑިޔާތަކުގަ ތިބި ބިދޭސީން ފޮނުވަލާފަ ދިވެހީން ލާދީބަލަ. ފާސްޓުފުޑު ރެސްޓޯރެންޓުތަކުން ބިދޭސީން ބޭރުކޮއްލަދީބަލަ. ސައިހޮޓަލުގެ ކައްކާއިންނައް ބޭރުމީހުން މަނާކޮއްބަލަ. މާރުކޭޓު ގޮޅިތަކުންނާއި މަސްބާނާ ދޯނިތަކުގައި ބޭރުމީހުން މަނާކޮއްލަބަލަ. އެކަންޓެންޓުންނައް ސަރުކާރުގެ ކުންފުނިތަކުން ބޭރުމީހުން ނުލާބަލަ. ސަފާރީ އުޅަނދުތަކުން ބޭރުމީހުންނައް ވަޒީފާ މަނާކޮއްބަލަ. ކަންމަތީ ފިހާރާގެ ސޭޓުންނައް ބޭރުމީހުން ނުލާ.
އިސްމާލި
12 July 2019
ނިކަމެތި ބިދޭސިންގެ އާމްދަނީ އާއި ކުޅުމަށްވުރެ މާ ފަސޭހަ ކަމެއް ރިސޯޓުތަކުން މަހުޖަނުން ބޭރުކުރާ ބިލިއަން ޑޮލަރު ހޮފެހެއްޓުމަކީ. އެޖެންޑަާ 19 އިން މިކަން ވާނެތަ؟
ޖުހާ
12 July 2019
އެއް ރިސޯޓެއްގަ އެއްވަޒީފާއެއްގަ މަސައްކަތް ކުރާ ދިވެހި ސުޓާފު އަކާއި ޔޫރަޕުގެ ސުޓާފެއްގެ މުސާރައިގެ ފަރަގުވެސް އިންތިހާޔަށް ބޮޑު. ދިވެހި ސުޓާފެއްގެ ފަސްގުނައަށް ވުރެ ބޮޑުމުސާރައެއް ޔޫރަޕުމީހާއަށް ދޭނޭ. ދިވެހިން ތިބެނީ ދިވެހި ގައުމުގަ އަޅުވެތިވެފަ، ވަޒީފާގެ ބިރަށް ތުރުތުރު އަޅައަޅަ. ގޭގެ ކުއްޔާއި ކަރަންޓާ ފެންބިލު ނުދެއްކި ބަނޑު ފުރާނަ މުއްތިނުވެދާނެކަމަށް ބިރަށް. އަޑުއަހާނޭ މީހަކު ނޫޅޭ، ދެން ބޭރަށް ދާފައިސާ މަދުކުރާނީ ކިހިނެއް.
ފައިމަތީ ފޮއި
12 July 2019
ތިޔަށް ކިޔަނީ އަމިއްލަ ފައިމައްޗަށް ފޮއިވެއްޓުން. ގައުމުގަ ހުންނަ މައްސަލަތަކަށް ފަރުވާ ދޭން ހުންނަ މީހާ އެމައްސަލަތަކަށް ފަރުވާ ނުދީ ކިތަންމެ މޮޅަށް ލިޔެފަ އޮންނަ ތަގްރީރެއް ދިނަސް އޭ ހަަމަ ގުދޯ ގުދޯ ގޮވުން. ގައުމުގަ ހިވާގި ވޯކް ފޯސްއެއް ބިނާ ކުރާނެ މެންޑޭޓެއް ދެވުނު މިނިސްޓްރީ އެއް ސަރުކާރުގަ ނޫފެއްދުނު! އެ ވިސްނުމާ ގާބިލް ކަމެއްވެސް ނެތީ! ޒުވާނުން އަރާގަންނާނެ ގޮތެއް ނުދެއްކުނު! ވަޒީފާ އުފައްދާކަށް ނޭގުނު! އަމިއްލަޔަށް އުޅެން ތިބުނަނީ!