ޚަބަރު / ދައުލަތުގެ ބަޖެޓް

ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ޕާޓީތަކަށް ފައިސާ ދޫނުކުރާ އިސްލާހު ހުށަހަޅަނީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކައުންސިލަރުންގެ އަދަދު މަދު ކުރަން މަޖިލީހަށް ހުށަހެޅި އިސްލާހު ވަނީ ފާސްކޮށްފައި. - ފޮޓޯ: މަޖިލިސް

ދައުލަތުގެ ބަޖެޓަށް ވޯޓު ނުދެއްވާ މެމްބަރުން ހިމެނޭ ސިޔާސީ ޕާޓީތަކަށް ފައިސާ ނުދޭ ގޮތަށް ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ އިސް މެމްބަރަކު މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް އަންނަ މަހު ފެށުމާ އެކު ސިޔާސީ ޕާޓީގެ ގާނޫނަށް އިސްލާހު ހުށަހަޅާނެ އެވެ.

"އެއްވެސް ޕާޓީއެއްގެ މެމްބަރުން ބަޖެޓު ފާސްކުރަން ވޯޓު ނުދީފިނަމަ، ބަޖެޓުން އެ އަހަރަކަށް ޕާޓީއަކަށް ލިބެން ޖެހޭ ހުރިހާ ފައިސާއެއް ނުލިބޭ ގޮތަށް އިސްލާހު ހުށަހަޅާނީ،" މެމްބަރު ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ތިއްބެވީ ޕީޕީއެމާއި އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރުންނެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މެމްބަރުން ތިއްބެވީ ޕީޕީއެމްގަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓު ފާސްކުރަން ވޯޓު ނުދީ، އެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދެވޭ ގޮތަށް އޮތުމަކީ ހަމަޖެހޭ އުސޫލެއް ނޫނެވެ.

ޕީޕީއެމަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެމްބަރުން ގަބޫލުކުރައްވާ ގޮތުގައި ޕާޓީތަކަށް ފައިސާ ދޫކުރުމަށްވުރެ، ކްލަބުތަކާއި ޖަމިއްޔާތަކަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ފައިސާ ދޫކުރުން ވެސް މާ ރަނގަޅެވެ.

މިދިޔަ އަހަރު ތިބި މެމްބަރުންގެ އަދަދަށް ބަލައި އެމްޑީޕީއަށް މި އަހަރު ދޭން ޖެހޭ އަދަދު ގާތްގަނޑަކަށް 14 މިލިޔަން ރުފިޔާއަށް އަރަ އެވެ. މިއީ ރެކޯޑް އަދަދެކެވެ. ދެ ވަނައަށް މެންބަރުން އެންމެ ގިނަ ޕާޓީ، ޕީޕީއެމަށް ނުވަ މިލިޔަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެވެ އެވެ. އެކަމަކު މި އަހަރު ސިޔާސީ ޕާޓީތަކަށް ދޭން ބަޖެޓުން ކަނޑައެޅި ފައިސާ މިހާތަނަށް އައިއިރު އެއްވެސް ޕާޓީއަކަށް ނުދެ އެވެ. އަދި ފައިސާ ނުލިބި ލަސްވާތީ ޕާޓީތަކުން ވަނީ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.

84 ކޮމެންޓް, 213 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 1%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލްސާމް

24 November 2016

އަބަދުވެސް މިވެރިންނަށް ފެންނާނީ ހުޅަގު ގައުމުތަކުގެ ނަމޫނާ. އެކަމު އެތަންތާނގެ ޙާލަތާއި ރާއްޖޭގެ އަޅާކިޔާކަށް ނޭގޭނެ. އެތަންތާގައި ވަޒީފާ ނެތީ. ރާއްޖޭގައި ވަޒީފާނެތީތޯ؟ 2000 ރުފިޔާ ދިނުމުން އިތުރަށް ދިވެހިން ކަންނެއްވެ، މަސައްކަތާ ދުރުވުން ނޫން އިތުރު ކަމެއް ނުވާނެ

The name is already taken The name is available. Register?

އަޙްމަދު ރަޝާދު

02 November 2016

ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންގެ ސަމާލުކަށް ދަންނަވަން ތިޔަފަދަ އިސްލާޙް ފޮނުވާ އިރު ކުލަބް ޖަމިއްޔާއަށްވެސް އަހަރަކު މަދުވެގެން 50000 ރުފިޔާ ލިބޭނެގޮތް ހައްދަވާ ދީބަލަ އަހަރުމެންވެސް މިކުރަނީ ދިވެހި ޤައުމް ކުރި އެރުވުމަށް މަސައްކަތް ތިޔަބައި މީހުން ހޮވުމަށް އެންމެ ގިނައިން މަސައްކަތް ކުރަނީ ރާއްޖެތެރޭގެ ޒުވާނުން ޒުވާނުންގެ ކަންތައް ކުރުމަށް ރުފިޔާ ހޯދަން ޖެހެނީ ސަލާންޖަހާން ކޮންމެ އަހަރަުަކު ޖަމިއްޔާ ހިންގުމާއި، ކުޅިވަރު މުބާރާތްތަކަށް 500000 ފަސްލައްކަ ރުފިޔާ މިޖަމިއްޔާއިންވެސް ޚަރަދުވޭ އަޅޭ މިކަމަށްވެސް ތިޔަބައި މީހުން ވިސްނާބަލަ މިނޫންދުވަހެއްވެސް އެބައޮތް

The name is already taken The name is available. Register?

ޙަސަންބެ

25 October 2016

2018 އާއި ހަމަޔަށް ހިތުހުރި ގޮތަކަށް ގާނޫނާ ކުޅެވޭނީ. ޔާމީން ގިނިކަންޔާ އިންތިހާބު ކާމިޔާބެއް ނުކުރެވޭނެ. ގޮތްނިންމަން ތިބީ ވަކި ކޮޅަކަށް ނުޖެހޭ މީހުން! އަންނިއަށްވުރެވެސް ހާލު ދެރަވާނެ!

The name is already taken The name is available. Register?

ނެޝަނަލިސްޓް

17 September 2016

ވޯޓަކީ ރައްޔިތުންގެ ހައްގެއް! އެ ހައްގު އަދާކުރާ ގޮތާމެދު ގޮތެއް ނިންމުމަކީވެސް ރައްޔިތުންގެ އެކަނި ހައްގެއް ކަމުގައި ދެކެން!

The name is already taken The name is available. Register?

ސާބަހޭ

14 September 2016

އިދިކޮޅު މީހުންނަށް ކަރަންޓާ، ފެން، އާސަންދަ އަދި ކާބޯތަކެތި ވިކުން ވެސް މާނާ ކުރުމަށް ގޮވާލާ، އޮރިޔާންވެގެން ވެސް ތިބެން ނޭނގުނު ބަޔަކު މިނޫނީ ނޫޅޭ،

The name is already taken The name is available. Register?

ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ

14 September 2016

ޢަލް ޖަޒީރާ ގެ ރިޕޯޓް ގެ އުދަގުލުން ސަލާމަތް ވޭތޯ އަދި މީހުންގެ ވިސްނުން އެހެން ދިމާލަކަށް އަބުރާލެވޭތޯ ކުރާކަންތައް މުޅިން. / މިނިވަންކަން ، އައްޑޫ ސިޓީ

The name is already taken The name is available. Register?

މުހައްމަދު

13 September 2016

އެއްވެސް ޕާޓީއަކަށް ދައުލަތުން ފައިސާދޭންޖެހޭ އެއްވެސް ސަބަބެއް ނެތް. ހަމަ މިހާރުން މިހާރަށް ފައިސާ ދިނުން ހުއްޓާލެވޭގޮތަށް ތިޔަ ބިލް ހުށަހެޅުމަށް ދަންނަވަން.

The name is already taken The name is available. Register?

ޔާނިން

13 September 2016

ހދެން ކީއްކުރަން ލަާ ވޯޓެއްތަ!

The name is already taken The name is available. Register?

ތުއްޕު

13 September 2016

މިފެންނަނީ ދެކޮޅު ނުޖެހޭ ކަންތަކާ ބަހުސް ކޮށް ވަގުތު ބޭކާރު ކުރާ ކަންތައް މަށަށް ފެންނަ ގޮތް: 1. ބަޖެޓަކީ ހޮވޭ ސަރުކާރެއްގެ ޕްލޭން ތަންފީޒް ކުރަން ހަދާ ކަރުދާހެއް ވީމާ އެ "ފާސް" ކުރަން ނުޖެހުން. އެކަމަކު ބަޖެޓް ހުށަހެޅި ހާމަކޮށް ފެންނާން އޮންނާން ޖެހޭނެ. ޚިޔާލު ހުށަހެޅި ފުރިހަމަ ބަހުސެއް މަޖްލިހުގައި އޮންނަންވާނެ އޭގައި ހުރި ރަގަޅު އަދި ކަންބޮޑުވުންތައް ފާހަގަ ކުރެވެންވާނެ 2. ބަޖެޓް ޚަރަދު ކުރެވުނު ގޮތުގެ ތަފްސީލް ކޮންމެ ތިންމަހަކުން އާންމު ކުރުން ހަމަ މިފަދައިން މިނިސްޓަރުންނަށް ރުހުން ދިނުން އަދި އިތުބާރު އޮތްތޯ ބެލުން އުވާލަން ފެނޭ ސަބަބަކީ ސަރުކާރު ހިންގުމަކީ ރައީސްގެ ޒިންމާ އަކަށްވެފާ އޭނާއަށް ފެންނަ ގާބިލް އަދި ގާނޫނުގައިވާ ޝަރުތު ފުރިހަމަ މީހަކު ލުމުން އެއަށް އެހެން މީހުންގެ ރުހުން ކޮންމެހެން ބޭނުން ނުވާނެތީ.

The name is already taken The name is available. Register?

އަލީ

13 September 2016

ދެން އިދިކޮޅު ހުރިހާ މެންބަރުން ޕާޓީ އިން ވަކިވެގެން އަމިއްލަ މެންބަރުންގެ ގޮތުގައި ތިބީމަ ރަގަޅުވާނެ. ހަހަހަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454