މުނިފޫހިފިލުވުން / ބިޕާޝާ ބާސޫ

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އިންޑިއާ އިން މާސް އަށް ދާން 2013 ގައި ލޯންޗް ކުރި މިޝަން އަށް ކުރި މަސައްކަތަށް ބިނާކޮށް ހަދާފައިވާ ފިލްމު "މިޝަން މަންގަލް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

ފިލްމުގެ މައިގަނޑު ތަރިން ހަގީގީ ކެރެކްޓާތަކުން ފެނިގެންދާ ފިލްމުގެ މައިގަނޑު ވާހަކަ އެނބުރެނީ އަންހެން ސައިންޓިސްޓުންތަކެއްގެ ވަށައިގެންނެވެ. އެގޮތުން ފިލްމުގެ ބަތަލާއިންނަކީ ވިދިޔާ ބާލަން، ސޮނާކްޝީ ސިންހާ، ކްރިތީ ކުލްހާރީ، ތާޕްސީ ޕައްނޫ އަދި ނިތިޔާ މެނަން އެވެ.

"މިޝަން މަންގަލް" ގެ ރޯލްތަކުން އަކްޝޭ ކުމާރާއި ޝަރުމަން ޖޯޝީ އާއި ސަންޖޭ ކަޕޫރު، މުހައްމަދު ޒީޝާން އައްޔޫބް، ދަލިޕް ތާހިލް އަދި ޝަރަތު ސަކްސާނޭ ވެސް ފެންނާނެ އެވެ.

ޖަގަން ޝަކްތީ ޑައިރެކްޓްކޮށްފައިވާ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 15 ގަ އެވެ. "މިޝަން މަންގަލް" ހަދާފައި ވަނީ 20 ކްރޯޑް ރުޕީސް (2.9 މިލިއަން ޑޮލަރު) ގެ ބަޖެޓަކުންނެވެ.

އިމްރާން މޮރިޝަސްގައި

އިމްރާން ހާޝިމީ ސޮއިކޮށްފައިވާ ސުޕަނެޗްރަލް ތުރިލާ "އެޒްރާ" ގެ ޝޫޓިން މޮރިޝަސްގައި ފަށައިފި އެވެ.

ޓީ ސީރީޒުން ޕްރޮޑިއުސްކޮށް، ޖޭ ކްރިޝްނަން ޑައިރެކްޓް ކުރާ ފިލްމަކީ އޭނާ 2017 ގައި "އެޒްރާ" ގެ ނަމުގައި ގެނެސް ދިން މަލަޔާޅަމް ފިލްމުގެ ހިންދީ ރިމެކެވެ. .

ނަމަވެސް ހިންދީ ރިމެކްއާ ބެހޭ މާ ބޮޑު ތަފުސީލެއް ނުލިބެ އެވެ. އޭގެ ތެރޭގައި ފިލްމުގެ މައިގަނޑު މުޅި ކާސްޓާއި ފިލްމު ރިލީޒް ކުރާނެ އިރެއް އަދި ނޭނގެ އެވެ.

މި އަހަރުގެ ޖެނުއަރީގައި ރިލީޒް ކުރި "ވާއި ޗީޓް އިންޑިއާ" އަށް ފަހު، އިމްރާން ދެން ފެނިގެން ދާނީ އަންނަ ސެޕްޓެމްބަރު މަހު ނެޓްފްލިކްސް އިން ސްޓްރީމް ކުރާ އަދި ޝާހްރުކް ހާން ޕްރޮޑިއުސްކޮށްފައިވާ ވެބް ސީރީޒް "ބާޑް އޮފް ބްލަޑް" އިންނެވެ.

އަރުޖުން އަށް ފިރިހެން ދަރިއެއް

ވިހި އަހަރު ފަހުން ކައިވެނި ރޫޅުނު ބޮލީވުޑްގެ އެކްޓަރު އަރުޖުން ރާމްޕާލަށް ފިރިހެން ދަރިއެއް ލިބިއްޖެ އެވެ.

ސައުތު އެފްރިކާގެ މޮޑެލް އަދި ބަތަލާ ގެބްރިއެލް ޑެމެޓްރިއޭޑްސް އާއި އަރުޖުން އަށް ލިބުނު ދަރިފުޅު އުފަންވީ ބުރާސްފަތި ދުވަހު ހެނދުނެވެ.

އަރުޖުން އާއި ކުރީގެ މޮޑެލް މެހެރް ޖެސިއާގެ ކައިވެނި 2018 ގައި ނިމުމަކަށް އައި އިރު، އެ ކައިވެންޏަށް ލިބުނު ދެ އަންހެން ދަރިން މިހާރު ތިބީ ޒުވާން އުމުރަށް އަޅައިފަ އެވެ. އެއީ މީރާ އާއި މާހިކާ ރާމްޕާލެވެ.

"ބޮސް" ގެ ޓްރެއިލާ ދައްކާލައިފި

ބަތަލާ ބިޕާޝާ ބާސޫގެ ފިރިމީހާ ކަރަން ސިންގް ގްރޯވާގެ އަލަތު ވެބް ސީރީޒް "ބޮސް" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އެކްތާ ކަޕޫރް ޕްރޮޑިއުސްކޮށްފައިވާ މި ސީރީޒްގައި ކަރަންއާ އެކު ބަތަލާއެއްގެ ގޮތުގައި ފެނިގެން ދާނީ ބޮލީވުޑްގެ ފިލްމުތައް ވެސް ކުޅޭ އަދި ކުރީގެ ކްރިކެޓް ތަރި ޒަހީރު ހާންގެ އަންހެނުން ސާގަރިކާ ގަޓްގޭ އެވެ. އަންނަ މަހުގެ 2 ގައި ސްޓްރީމް ކުރަން ފަށާ "ބޮސް" އަކީ ކްރައިމް ތުރިލާއެކެވެ.

ކަރަން މިހާރު އަންނަނީ ސްޓާ ޕްލަސް އިން ގެނެސްދޭ "ކަސޯޓީ" ގައި ބަޖާޖްގެ ކެރެކްޓާ ވެސް ކުޅެމުންނެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454