ޚަބަރު / އަލިފާނުގެ ހާދިސާ

މާލި ހަދަން އުޅެނިކޮށް މީދޫގައި ކުއްޖެއްގެ ގައިގައި ރޯވެ ވަރަށް ބޮޑަށް ފިހިއްޖެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް: ފިހުނު ކުއްޖާ އަށް މިތަނުން އަންނަނީ ފަރުވާ ދެމުން.

އައްޑޫ މީދޫގައި އީދު ކުޅިވަރު ކުޅެން މިއަދު ހަވީރު މާލި ހަދަން އުޅުނު ކުއްޖެއްގެ ގައިގައި ރޯވެ، ފިހިގެން ފަރުވާ ދޭން ފަށައިފި އެވެ.

ހަވީރު 4:00 ޖަހަން އުޅެނިކޮށް ހިނގި މި ހާދިސާގައި ފިހުނީ މީދޫ ޗަމަން ހަސަން ޖިހާދު، 15، އެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ބުނީ ޖިހާދު އެތަނަށް ގެންދިޔަ އިރު ހަށިގަނޑުގެ 50 ޕަސެންޓް ފިހިފައިވާ ކަމަށެވެ. ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށް ފަހު، އޭނާ މިހާރު ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އެތަނުން ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ޖިހާދުގެ ގައިގައި ރޯވީ މާލި ހަދަން ގައިގައި ކަފަ އާއި ފޮތި އޮޅައިގެން އުޅެނިކޮށް، ފޮތި ފަށެއްގައި އެހެން ކުއްޖަކު ލައިޓަރުން ރޯ ކުރުމުންނެވެ. އަދި ރޯވުމުން އަލިފާން ނިއްވައި ނުލެވި ކަފަ އާއި ފޮތީގައި ރޯވެ ޖިހާދު ފިހުނީ ކަމަށް މީދޫން ވާހަކަ ދެއްކި މީހަކު ވެސް ބުންޏެވެ.

12 ކޮމެންޓް, 163 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 87%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އައްޑޫ މީހާ

13 September 2016

ޢީދު ކުޅިވަރޭ ކިޔާފަ އެދުމެއް އޮތީމަ ވެދުންކުރާ އުސޫލުން އަހަރެމެން އައްޑޫގެ ތާރީޚުން ވެސް ފޮހެލަން ބޭނުންވާ އެކި ފާޑުފާޑުގެ ބޭކާރު ހަރަކާތްތައް މިހާރަކަށް އައިސް ބަޔަކު ފަށައިގަނެގެން ތިއުޅެނީ. ސަލާމަތާއި ރައްކާތެރިކަމަށް ބެލުމެއްނެތި ކުރަންފެށި ތިޔަ ބޭކާރު ކަމެއްގެ ސަބަބުން އެހާދިސާ ހިނގުމުން ވެސް ކުޅިވަރު ހުއްޓާނުލާ ކުރިއަށް ގެންދިއުމަކީ ހިތާމައެއް

The name is already taken The name is available. Register?

އަހްމަދު

13 September 2016

ވަރަށްވެސް ހިތާމަވެރި ޙަބަރެއް. އަވަސް ފަރުވާއަކަށް އެދެން އައްޑޫ އަކީ މިކަހަލާ ފާޑުފާޑުގެ ބޭކާރު ކުޅިވަރު ކުޅެ ހާދާ ބައެއްނޫން. ދެންކީއްވެބާ މިހާރު! އަހަރުންމެންގެ ކާބަފައިން ކޮތްއުޅުނު ކަމެއްނޫން ތިކީ. ވީމާ ދެންވެސް ކުރާނެކަމެއްނެތް.

The name is already taken The name is available. Register?

ޑނދކދ

12 September 2016

ޢަވަސް ޝިފާއަކަށް އެދެން.

The name is already taken The name is available. Register?

ރރރ

12 September 2016

ގައިގައި ކަފަ ހަރުކުރުމަކީ ވަރައް ނުރައްކާތެރިކަމެއް ހާއްސަކޮއް ރާޖެކަހަލަ ދުންފަތުގެ އިސްތިއުމާލު ކުރުން ގިނަ ގައުމެއްގަ.

The name is already taken The name is available. Register?

ޑޮކަޓަރ މޮންރޯ މަސީހު އާރުއެމްޕީ

12 September 2016

ހަމަވަގުތުން ކުއްޖާ ބިންމައްޗަށް ވައްޓާލާ ފޮރޮޅާލިނަމަ އަލިފާން ނިވުނީސް.

The name is already taken The name is available. Register?

ޢައްޔޫބް

12 September 2016

ބިރުން ކުއްޖާ ދުއްވައިގަތީ، ދެން ފަހަތުން މީހުންނަށް ކުއްޖާ އަތުލެވުނު އިރު އެނދީ.

The name is already taken The name is available. Register?

އިންވެސްޓިގޭޓް

12 September 2016

މާލީ ހަދަން އުޅުނު ކުއްޖާ ގައިގައި ރޯވީ ތޯ ނުވަތަ ރޯކޮށްލީތޯ ބޮޑެތި ބަޔަކު އަޑީގައި ތިބެގެން ކުޑަ ކުއްޖަކު މެދުވެރިކޮށް މީވެސް ވެދާނެ ކަމެކެވެ. މިކަން ޖެހޭނެ ޕޮލިހުން އެޓްލީސްޓް އިންވެސްޓިގޭޓް ކުރަން. މިފަދަ ކޭސް ތަކަކީ އެއީ އިންވެސްޓިގޭޓް ކުރަން ޖެހޭނެ ކަންކަން. މީގައި ކްރުއަލް މައިންޑް ގޭމެއް ބޮޑެތި ބަޔަކު އަޑީގައި ތިބެގެން ކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

The name is already taken The name is available. Register?

yފފ

12 September 2016

ސަމާސަ ވިހަވީދޯ... އެނީވޭ އެކުއްޖާއަށް އަވަސް ޝިފާއަކަށްއެދެން

The name is already taken The name is available. Register?

ރިވީލް

12 September 2016

މިއަށް ނުކިޔާނެ ސަމާސާ އެއް. މިއަށް ކިޔާ އެތި މިތާނގައި ބުނާ ކަށް ނެތީން. ކީއްވެތަ އެކަކު ޕެޓްރޯލް ހިފަހައްޓައިގެން ހުއްޓާ އަނެކަކު އަލިފާން ދަނޑި ކަނޑާ ޕެޓްރޯލް ހިފައިގެން ހުރި މީހާ އާއި ދިމާލަށް އުކަންވީ. އެއީ ސަމާސާ ކަމަށް މަމެން ނުދަންނަމެވެ. މިފަދަ ކަންކަން އާންމުންނަށް އެގުނު ވަރަކަށް ރާއްޖޭގައި ހިންގާ މިފަދަ އަޑި ނޭގޭ އަނިޔާ ވެރިކަންކަން ހުއްޓުމަކަށް އަންނާނީ. މީ ސިއްރު ކުރަން ހެޔޮ ވާ ވަރު ކަންކަމެއް ނޫން ތިމާގެ އަތޮޅަށް އަދި ރަށަށް ވިޔަސް.

The name is already taken The name is available. Register?

އިހްމާލު

12 September 2016

މިފެންނަނީ ފަރުވާ ކުޑަ ކަމުގެ ލާމަސީލު ނަމޫނާ. ދެން ވެސް ލަސް ނުކޮށް ތިކުއްޖާ ސިންގަޕޫރަށް ފޮނުވަން އުޅޭ އަވަހަށް.

The name is already taken The name is available. Register?

މެންޓަލިސްޓް

12 September 2016

ވަރަށްވެސް ހިތާމަހުރިކަމެށް ،،، ދެންވެސް ކުރެވެން އޮތް ފަރުވާއެއްކުރެވޭތޯ ބަލާ ،، އިރާދަފުޅު ކުރެއްވިއްޔާ ﷲ އަވަސް ޝިފާއެއްދެއްވާނެ ،،،

The name is already taken The name is available. Register?

ސަނދުވާ

12 September 2016

މާތްﷲ އެކުްޖާއަށް އަވަސް ޝިފާއެއް ދެއްވާ ޢާއްމު ޙާލަތައް ރުޖޫޢަކޮށްދެއްވާށި. އާމީން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454