މާލެއަށް އުދައަރާފައި: މޫސުމާ ގުޅޭ މައުލޫމާތު ލިބޭނެ އެޕެއް ވަނީ ލޯންޗުކޮށްފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
25 ޖުލައި 2019 - 21:00
މޫސުމާ ގުޅޭ މައުލޫމާތު ލިބޭނެ މޯބައިލް އެޕްލިކޭޝަނެއް މެޓް އޮފީހުން މިއަދު ލޯންޗުކޮށްފި އެވެ.
އެންވަޔަރްމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، "މޫސުން" އެޕްލިކޭޝަން ލޯންޗުކޮށްދެއްވީ އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ.
އެ އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން މިރޭ 12:00 ގެ ފަހުން ޑައުންލޯންޑުކުރެވޭނެ އެވެ.
އިޓަލީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެ އެޕްލިކޭޝަން ތައްޔާރުކުރީ މެޓުގެ ހިދުމަތްތައް ހަރުދަނާކޮށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި އާއްމުންނާ ހަމައަށް މޫސުމާ ގުޅޭ މައުލޫމާތު ގެނެސްދިނުމަށެވެ. އަދި މިއީ އެ އިދާރާއިން ދެމުން އަންނަ އެލާޓްތައް، ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުންކުރަމުން އަންނަ ކޮމަން އެލާޓިން ޕްރޮޓޮކޯލް (ކެޕް) ސިސްޓަމަށް ބަދަލުވުމަށްޓަކައި އެ އޮފީހަށް ހާއްސަކޮށްގެން ކެޕް އެލާޓިން ސިސްޓަމެއް ގާއިމްކުރަން ކުރިއަށްގެންދިޔަ ޕްރޮޖެކްޓެކެވެ.
އެޕްލިކޭޝަނުގައި ދުވަހެއްގެ މޫސުން ލަފާކުރާ ގޮތާއި ކުރިއަށް އޮތް ދުވަސްތަކަށް މޫސުން ލަފާކުރާ ގޮތާއި އެންމެ ފަހުގެ ރާޑަރު އަދި ސެޓްލައިޓް ފޮޓޯތަކާއި ބިންހެލުމުގެ މައުލޫމާތު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއަހްމަދު އ
26 July 2019
އެ އެޕްލިކޭޝަން ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން މިރޭ 12:00 ގެ ފަހުން ޑައުންލޯންޑުކުރެވޭނެ އެވެ.
އަދުރުއްދީން
26 July 2019
މިވެނިތަނަކަށް ވިއްސާރަވާނޭ ކިޔާފަވެސް ދޮގުކަންނޭގޭ ހަދަނީ މިހާރު ކޮބާ އެމީހުން ބުނި އެޕެއްވެސް ނެތޭ ފެންނާކަށް. ހޯދާ ހޯދާ ހަތަރެސްކަން ހަމަވެއްޖެ
މަރީނާ777
26 July 2019
ދޮގު . ނެތް
ޣާނިމް
26 July 2019
ޢައިނު ހައްދަންފެނޭ
މާޓިން ބަޝީރު
26 July 2019
މަށަށް ހީވަނީ ހެދުނު އެޕަކީ ވައިރަސްގަޑެއްހެން އެހެންވެގެން ގޫގުލް ޕްލޭ އާއި އެޕް ސްޓޯރުން ސައްޕެއްޖަހާ ބޭރުކޮށްލީކަންނޭގޭ
އެލޯ
26 July 2019
ހެޔޮނުވާނެ މިކަހަލަ އޮޅުވާލުން އޮޅުވާކަށް. ތިއެޕެއްނެތް
ކައްލަބް
26 July 2019
ހެނދުނު 11 ޖަހައިފި. ތިއެޕެއް ނުފެނޭ އަދިވެސް އެޕަލްސްޓޯރ އަކުން
މަރޭމިތުރު
26 July 2019
އެޕްލިކޭޝަން ހެދުމަކީ ހަމަ އެކަނި ދިރާގައް ލިބޭ ފައިދާގަނޑެއްކަމަށް މަށަށް ސިފަކުރެވެނީ. މިގޮތުން ޓެކްސީ އެޕްކީވެސް އެފަދަ އެއްޗެއް. ނިކަން ވިސްނަބާ ރާއްޖޭގައި ނެޓްގެ އަގު މިހާބޮޑުއިރުވެސް ޓެކްސީގެ ހިދުމަތަށް އެޕްބޭނުންކުރަން އެންގުމަކީވެސް ބޮޑު ހަރަދެއް.
މަރީއަމް
26 July 2019
އެންމެ ކަމުދާ ކޮމެންޓުކުރަނީ މަރޭ
ފކކކކ
26 July 2019
ކަލޯ ހަމަ ހޭގަތަ ތިހިރީ. މިރާއްޖޭގައި ދިރާގަށްވުރެ ކަސްޓަމަރުން ގިނަ އެހެން ކުންފުންޏެއްވެސް އޮޥޭ. އަދި އެތަނަށް ލިބޭ ފައިދާގެ %95 ދަނީ ގައުމުން ބޭރަށް. އެއްޗެއްނޭގުނަސް އަނގަހުޅުވާތި
ޢަދިވެސް
26 July 2019
ނެތް ތި އެޕެއް
ދޮން ބުޅާ
26 July 2019
އެޕް ޖަޒީރާ ވީތަ..