29 ޖުލައި 2019 - 12:27
ކުވައިތުގެ ކުންފުންޏަކުން އައްޑޫގައި ތައުލީމީ ދާއިރާ އަށް އިންވެސްޓް ކުރަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކުވައިތަލް އަލް ޖަރީ ހޯލްޑިން ގްރޫޕުން މިދިޔަ ހަފުތާގެ ފަހުކޮޅު ކައުންސިލާ ބައްދަލުކޮށް، އެކަމާ ބެހޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެ އެވެ.
މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ވިދާޅުވީ އައްޑޫގައި ކޮލެޖެއް ނުވަތަ ޔުނިވަސިޓީއެއް ކަހަލަ ފެސިލިޓީއެއް ގާއިމުކުރަން އަލް ޖަރީން ވަރަށް ބޮޑަށް ޝައުގުވެރިކަން އެބަހުރި ކަމަށެވެ.
Addu City gai invest kuran huri furusathuthakaa gulhey gothun mashvara kurehvumah Kuwait ge Al-jeri Holding Group ge faraathun miadhu Councillaa bahdhalukurahvaifi pic.twitter.com/94VTgQNQxa
— Addu City Council (@AdduCityCouncil) July 25, 2019
"އެހެންވެ ކައުންސިލުން ވެސް ބޭނުން ވަނީ މިގޮތަށް އިންވެސްޓް ކުރަން ޝައުގުވެރިވާ ފަރާތްތަކާ ގުޅިގެން އައްޑޫގައި މަޝްރޫއުތައް ހިންގަން. އެ މީހުންގެ ވާހަކަތަކަށް ބަލާއިރު، ވީހާ ވެސް އަވަހަކަށް އައްޑޫގައި އިންވެސްޓް ކުރަން ބޭނުންވާ ވާހަކަ އަޅުގަނޑުމެންނާ އެކީ ބޭއްވި ބައްދަލުވުމުގައި ހިއްސާ ކުރި،" އޭނާ ވިދާޅުވި އެވެ. "އެހެންވީމާ ކައުންސިލުން މި ތިބީ އެކަމާއިގެން ކުރިއަށް ދާން."
މޭޔަރު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާ އިން އައްޑޫގައި ބޭރުގެ ބަޔަކު އިންވެސްޓް ކުރުމަކީ އައްޑު އަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ އެވެ. އަދި މިއީ ތައުލީމީ ޒުވާނުން ބިނާ ކުރަން ވެސް ހުޅުވޭނެ އިތުރު ދޮރަކަށް ވާނެ ކަމަށް ވިދާޅުވި އެވެ.
އަލް ޖަރީ ހޯލްޑިން ގްރޫޕަކީ ކުވައިތުގައި އެންމެ ފުޅާކޮށް ސްކޫލްތައް ހިންގާ ކުންފުންޏެވެ. އެގޮތުން އެ ގައުމުގެ އެކި ކަންކޮޅުތަކުގައި އެ ކުންފުނީގެ ދަށުން 20 ސްކޫލެއް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ.
ދާދި ފަހުން ކައުންސިލުން ވަނީ އައްޑޫގައި މަތީ ތައުލީމު ދޭން ޝައުގުވެރިވާ އިންސްޓިޓިއުޝަންތަކަށް ބިން ދޫކުރަން ނިންމައި އެކަމަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
29 July 2019
އައްޑޫގައި މަތީތައުލީމް ދޭން މިހާރުވެސް ވަރަށްގިނަ ފަރާތްތަކުންދަނީ މަސައްކަތްކުރަމުން، ނަމަވެސް މޭޔަރުގެ ކަންނެއްކަމުން އެކަންވަނީ ނުކުރެވި، ހަމަ ބޭރު މީހަކު އައީމާ އެވާހަކަ ދައްކަނީ، އެއްކަމެއްވެސް ތިޔަ މޭޔަރަކަށް ނުކުރެވޭނެ
ބޮޑުމީހާ
29 July 2019
މާލެ ސަރަހައްދުގެ ކޮންމެވެސް ތަނަކަށް ތި އިންވެސްޓް ނުކުރަނީސް އެމީހުން ލައްވާ ތިކަންވޭތޯ ބަލާ
ހަރާން
29 July 2019
2009 އިން 2011 އަށްވެސް އައްޑުއަށް ދޭތެރެދޭތެރެއިން މިކަހަލަ ކުރިއެރުމެއްނުވާ ވަފުފުދުތައް ގެންދިޔަ. ހުސް އަނދުން. މިފަހަރުވެސް އެކުޅިވަރު އަނެއްކާ. ކައިންސިލުން ކުރެވެނީ ކޮންކަމެއްހޭ
އަބްދުއްالله
29 July 2019
އެއްކަލަ އަރަބިންނަށް ވިއްކާލަނީ.
އައްޑޫ ބެއްޔާ
29 July 2019
ފުރަތަމަ "އިންޓާރނޭޝަނަލް" ސްކޫލެއް ހިންގަންދިނީ އޭރު މޭޔަރގެ އަނބިކަނބަލުންގެ މޭސްތިރި ކަމުގެ ދަށުން އައްޑޫ ޕަބްލިކް ލައިބްރަރީ. އެހިސާބުން ރައްޔިތުންގެ ލައިބްރަރީ ނިޒާމުން ގެއްލިއްޖެ. މިފަހަރު ކިހާވަރަކުން ދާނެބާ!!
ނަގިލި
29 July 2019
ހުރިތާކު ހުރެގެން ބޭނުން ފޮތެއް ކިޔެން އޮއްވާ ލައިބްރަރީއަކުން ކީއްތަ ކުރަނީ.
ނަގިއްޔާ
29 July 2019
އޮންލައިންކޮށް ކިޔަން ނުލިބޭ ބައިވަރު ފޮތް އަދިވެސް ހުރޭ. ޚާއްސަކޮށް ދިވެހި ފޮތްފޮތް އެއީ ލިބުން ވަރަށް ތަދު އެއްޗެއް. ރާއްޖޭގެ ކަންކަމާ ބެހޭ އެތައް މައުލޫމާތެއް އެއީ ބައެއް ފަހަރު ފޮތަކުން ނޫނީ ނުހޯދޭ އެއްޗެހި. އަދި އަރަބި ފޮތްތައް ޑިޖިޓައިޒްކުރުމުގައި ދިމާވާ ދަތިތަކާ ހުރެ އެ ބަހުން ހުންނަ ވަރަށް ގިނަ ފޮތްތައް އެގޮތަށް ނުހެދޭ ކަމަށް އެއް ބަޔަކު ބުނޭ.
Richardson
29 July 2019
ނަގިލި އޮންނާނީ އަޑީގަ. ދުނިޔެމަތީ ހިނގާކަން ނޭނގި، ލައިބްރަރީއެއްގެ ބޭނުން ނޭނގުނީ އެހެންވެ.