ބޭންކް އޮފް މޯލްޑިވްސް.
07 އޯގަސްޓް 2019 - 14:44
ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ބައެއް މައުލޫމާތު ދޭން އިންކާރުކޮށް، ކޯޓު އަމުރެއް އޮވެގެން ނޫނީ މައުލޫމާތު ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅަން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރި ދައުވާ ދައުވާގައި ބޭންކާ ދެކޮޅަށް ހުކުމް ކޮށްފި އެވެ.
ސިވިލް ކޯޓުން މިއަދު ހުކުމްކުރީ، ތަހުގީގުކުރުމުގެ ގާނޫނީ ބާރު ދީފައިވާ އިދާރާތަކުން ބޭނުންވާ މައުލޫމާތު އެ ތަނަކުން ލިޔުމުން އެދުމުން، ކޯޓު އަމުރެއް ނެތަސް ދޭންޖެހޭނެ ކަމަށެވެ.
ބީއެމްއެލް އިން ދައުވާކުރީ ތަހުގީގުތަކަށް މައުލޫމާތު ދޭންޖެހެނީ ކޯޓު އަމުރެއް އޮވެގެން ކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި މި މައްސަލަ ނިމެންދެން، މައުލޫމާތެއް ނުދީގެން ބޭންކްގެ އެއްވެސް މުވައްޒަފާ ދެކޮޅަށް ފިޔަވަޅު ނޭޅޭނެ ކަމުގެ ވަގުތީ އަމުރަކަށް ވެސް ބޭންކުން އެދުނެވެ. ނަަމަވެސް އެ އަމުރު ވެސް ނެރެދެވެން ނެތް ކަމަށް ކޯޓުން ކުރިން ވަނީ ކަނޑައަޅައިފަ އެވެ.
މި މައްސަލަ އަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ތަދައްޚުލްވި އެވެ.
ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ކޯޓު އަމުރަކާ ނުލައި ވެސް، މިދިޔަ މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް ބީއެމްއެލުން އައީ ދެމުންނެވެ. ނަމަވެސް އޭގެ ފަހުން މައުލޫމާތު ނުދޭން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމާ ހަވާލާދީފަ އެވެ. އެ ހުކުމް ކުރީ މާޗު 31 ވަނަ ދުވަހު އެވެ.
ނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނީ ހައި ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި، ތަހުގީގީ އިދާރާތަކަށް މައުލޫމާތު ދިނުމާ ބެހޭ ވާހަކަ ނޫން ކަމަށެވެ. އެހެންވެ ބީއެމްއެލް އިން އެދުނު ގޮތަށް ކަނޑައަޅައިދެވެން ނެތް ކަމަށް އިސް ގާޒީ އަބްދުﷲ އަލީ އިއްވެވި ހުކުމުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަން.
07 August 2019
ލީގަލް ހެޑް ސަމާ އަށް ވަރަށް ސަލާމް. އެއްޗެއް ނޭގުނަސް އުޅޭތި.
ބޮނޑަގޭ ދޮންއަލިއެ
07 August 2019
ވަރުގަދަ ބޭންކެއް މިއީ. މިމީހުންގެ ސާވިސް ޗާޖްތައް ހިތުހުރި ވަރަކަށް ބޮޑު ކުރާއިރު މިކަންކަން ބަލާން ތިބޭ މީހުންނަށް ކަމަކަށް ނުވޭ. ބޭންކް އެކައުންޓަށް 100 ރުފިޔާ ޖަމާ ކުރީމާ އެކައުންޓަށް ލެވެނީ 25 ރުފިޔާ މިމީހުނަށް ސާވިސްޗާޖްގެ ގޮތުގައި 75. ސްޓާފް މީހާ ބޭންކް އިން ފައިސާ ނަގާފައި ކާޑްތަކަށް އަޅާ އެފައިސާ މެނޭޖްމަންޓް ބޭފުޅުން ވިޔަފާރި ފަށަން ރެސްޓޯރަންޓް ހުޅުވަން ދިނީމާ އެވާހަކައެއް ނުދެއްކޭ. ވަރުގަދަ ދިވެހިންގެ ބޭންކެއް. ދިވެހިން ފެލަނީ
އަހުމަދުބޭ
07 August 2019
ވަރަށް ތާހިރުވެއްޖެއްނު؟ ތިމާމެން އިތުރަށް ބޭޒާރުވުން ފިޔަވައި އިތުރު ކަމެއްވެއްޖެތަ؟
ބޮކި
07 August 2019
ކޮބާ ވަރަށް ތާހިރުވެއްޖެ ! އަދިވެސް ކިޔާތި މަމެންގެ ބޭންކް އަހަރެންގެ ބޭންކް......
ނަޖުދާ
07 August 2019
ތަހުގީގީ އިދާރާތަކަށް ބޭންކް އޮފް މޯލްޑިވްސް އިން މައުލޫމާތުދެން ދެކޮޅު ހަދަނީ ބޭންކުގައި މަސައްކަތްކުރާ ނުފޫޒު ގަދަ ބައެއްގެ ބައިވެރިވުން އެމްއެމްޕީއާރުގެ މައްސަލައިގައި އޮތުމުން. އަދި މަނީލޯންޑަރ ކުރުމާއި، ކޮރަޕްޝަންގެ ވިޔަފާރިކުރުމުގައި ބޭންކުގެ ދައުރުބޮޑުކަމުން. ޝަރީފަށް ވަރަށް ރަނގަޅަށް އިނގޭނެ ޝަރީފު ރޭގަނޑު އެ ދުވަސްވަރު ވަތް އެޕާޓުމެންޓުތަކައި، ޝަރީފާއި އޭސީސީގެ ލުތުފީއާދި ދެމީހުން އެކީ ގޭގޭ ބެލްކަނި ތަކުގައި ދައްކާ އުޅުނު ވާހަކަ.
އަޙުމަދު
07 August 2019
ތިޔަ ބޭންކުގެ ޑެޕިއުޓީ ސީއީއޯ މަޖިލިހުގެ ކޮމެޓީއަށް ދޮގުމައުލޫމާތު ދީފައައިސް އަލުން ތެދުމައުލޫމާތު ދޭނެކަމަށް ސިޓީފޮނުވުމަށް ފަހު، ދައުލަތަށް ލިބެންޖެހޭފައިސާގެ ޗެކުތަށް އެހެންފަރާތެއްގެއެކައުން ޖަމާކުރުމުގެ ޕްރޮސެސްހިންގި މުއައްޒަފުންގެ ހައްގުގައި ކަމަށްބުނެ ކޯޓު އަމުރަށް އެދި މިސަކަރާތް ތިޔަޖެއްސެވީ ރޯމާދުވާލު. ދައުލަތަށްލިބެންޖެހޭ ގޮތަށްލިޔެފައި ހުރިޗެކުތަށް އެސް އޯ އެފް ގެ އެކައުންޓަށް ޖަމާކުރި ހުރިހާ މުވައްޒަފުން އެތަނުން ވަކިކުރަންވީ .