ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
07 އޯގަސްޓް 2019 - 22:38
ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަނި ކަމަށް ކަނޑައަޅައި މަޖިލިހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި އެވެ.
މަޖިލިހުގެ ގަވައިދުގެ 71 ވަނަ މާއްދާގެ (ށ) ގައި އޮންނަ ގޮތުން ޓެކުހެއް ނެގުމަށް ނުވަތަ ޓެކުހެއް އުނިކުރުމަށް ބިލްތައް ހުށަހަޅާނީ ސަރުކާރުންނެވެ. ގަވައިދުގައި އެގޮތަށް އޮތުމުން، ޓެކްސް ފިޔަވައި ފައިސާއާ ގުޅުން ހުރި ބިލްތައް މެމްބަރުން މަޖިލިހަށް ހުށަހެޅުއްވުމަށް އެއްވެސް ހުރަހެއް ނެތެވެ.
އެކަމަކު، މަޖިލިހުގެ ތަޅުމުން ފާސް ކުރި އިސްލާހުގައި މިހާރު އޮންނަ ގޮތުން ދައުލަތުން ޓެކުހެއް ނަގަން ޖެހޭ ނުވަތަ ރައްޔިތުންގެ އަތުން އިތުރު ފައިސާއެއް ނަގަން ޖެހޭނެ ނުވަތަ ދައުލަތުގެ މާލިއްޔަތުން ސީދާ ގޮތުން އެއްވެސް ފަރާތަކަށް ފައިސާއެއް ދޭން ޖެހިދާނެ ކަމެއް ނުވަތަ އުނި އިތުރެއް ގެންނަން ޖެހިދާނެ ކަމެއް ހިމެނޭ އެއްވެސް ބިލެއް (މަނީ ބިލް) ހުށަހެޅޭނީ ސަރުކާރަށެވެ.
މަޖިލިހުގެ ގަވައިދަށް ގެނައި އެހެން އިސްލާހެއްގައި ވަނީ ޖަލްސާތައް އަހަރެއްގެ މައްޗަށް ބެހިގެންވާ ގޮތް ކަނޑައަޅައިފަ އެވެ. އެގޮތުން ޖަލްސާތައް އަހަރެއްގެ ތެރޭގައި ތިން ދައުރަކަށް ބެހިގެންވާ އިރު، ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ.
ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ގަވައިދުގައި ކުރިން އޮތް ގޮތުން ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ 16 ގެ ނިޔަލަށެވެ. ތިން ވަނަ ދައުރު ހިނގާނީ އޮގަސްޓް 27 އިން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ފައިސާއާ ގުޅޭ ބިލްތައް ސަރުކާރަށް އެކަނި ހުށަހެޅޭ ގޮތަށް ހެދި އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ލިބޭ އިނާޔަތާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ބޮޑު ކުރަން 19 ވަނަ މަޖިލިހަށް ބައެއް މެމްބަރުން ހުށަހެޅުއްވި އެވެ. އެކަމަކު، އެ ބިލްތައް މަޖިލިހުގެ ތަޅުމުން ވަނީ ބޭރުކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފުކެބޮޑުވަރު
08 August 2019
ހަމަ މިވާހަކަ މިދިޔަ މަޖުލިހުފަ އޭރުގެ ސަރުކާރު މެމްބަރުން ބުނުމުން އެވަރުގެ ނުބައިބަޔަކުނެތްކަމަށްވީ.. މިއަދު މިސަރުކާރުގެ މެމްބަރުން ބުނުމުން މިއީ މިކަން އޮންނަންޖެހޭ އުސޫލުކަމަށްމިވީ.. އެދުވަހު މިރާއްޖޭގަތިބީ ދިވެހިންނެނޫންދޯ ވިސްނުން މިހާތަފާތުވީ. ﷲތައާލާ މާދަމާ މިއަދުގެ އަނެއްކޮޅަށް ބަދަލު ކުރައްވައިފިނަމަ އަނެއްކާވެސް އޭރުގަ އޮންނަ އިދިކޮޅަށް ފައިސާއާބެހޭ ބިލުތައް މަޖުލިހުން ފާސްކުރަންވީކަމަށްގޮވާނީ. އަހަރެމެން މިހާރު ހޮޑުލަވާގަނެއްޖެ..
ހިމޭ
08 August 2019
ސަރުކާރުގެ މަޖިލީސް ވީމަ ވާނީ އެހެން
އަހުމަދުބޭ
08 August 2019
ރަގަނޅު ނިންމުމެއް،
ރީދޫކުލަވީމަ އޯކޭ
08 August 2019
އަހައްމަދާ ކަލޭ މިދިޔަ 18ވަނަ މަޖުލިސް ނިމުނުއިރު ދުނިޔޭގަ ހުރިންތަ؟އޭރުގަ ރަގަޅުނުވީ ކޮންކަމަކާ؟މިއީ އަރަތެ. ދައުލަތުގެ ހުރިހާ ބާރެ އެއްބައެއްގެ މުށުތެރޭގަ މޮޑެމުން މިހާރުދާއިރުވެސް މިގޮތް އޯކޭ. ކޯޓުތަކުން ހުކުމް ނެރުމާ ދައުވާ ކުރުމުގަވެސް ރައީސްމީހާގެ ނުފޫޒާ ބާރު މިއަދު އޮތްވަރަކަށް މިދިޔަ40އަހަރުވެސްނެތް.. އެކަމަކުވެސް ރައީސްމީހާގެ އަތް ކޯޓަށް ވަންކަމަކަށްނުވޭ އަދި ވަނަސް އޯކޭ.. ބިދޭސީނަށް ރައްވެހިކަންދީ ބިންވެރި ކުރުވިޔަސް އޯކޭ. ރީދޫކުލަވީމަ
އަލިހަންޑޯ ޓޮލޭޑޯ
08 August 2019
ކޮންމެބަޔަކު އެބަޔަކު ބޭނުންވާގޮތަކަށް ބާރުތައް ހޯދައިގަންނަ މަންޒަރު މުޅިންވެސް މިފެންނަނީ. މާދަމާ މިއަދު ފާސްކުރާއެތި ކަމުނުދާނެ.
ދިވެހިންނޯ
07 August 2019
ރައްޔިތުންނަށް ހެވާއިލާބަ ލިބޭ ބިލްތައް މަޖުލިސް ކޮންމެ މެންބަރަކަށް ހުށަހެޅެންޖެހޭ. ތީ ކޮންފަދަ ޚުދުމުޚުތާރު ނިންމުމެއް.
ރަންނަ
08 August 2019
އަދި މިގައުމުގަ ހެވާލާބަ ދަންނަ ބައެއް އިދިކޮޅަކަށް ނާދޭ. ދިވެހިން އަދި އެހާ ހަރުދަނާއެއްނުވޭ. އިދިކޮޅަށް އޮނަނަ މަސައްކަތަކަށް ވެފަ އޮންނަނީ ސަރުކާރު ފެއިލް ކޮއްލަން މަސައްކަތް ކުރުން. އެ ފުރުސަތު މިސަރުކާރަކުން ނުދޭނެ
ގެރި ގާޑިޔަލުން
08 August 2019
ހަމައެކަނި މޑޕ އިދިކޮޅުގަ އޮންނައިރު ހެވާލާބަ މިދެމީހުންވެސް ތިބެނީ އިދިކޮޅުގަދޯ އިދިކޮޅުގަ މޑޕ މާދަން އޮންނަން ޖެހިއްޖެނަމަ އަނެއްކާވެސް ހުރިހާބިލެވެސް މޑޕއަށް މަޖުލިހަށް ހުށަހެޅެންޖެހޭ ކޮމެޓީތަވެސް މޑޕއަށް މެޖޯރިޓީވެސް ދޭންޖެހޭ މުގައްރަރުންވެސް މޑޕއިން ނަގަންޖެހޭ ގަވާއިދުތަވެސް ނިންމެންވާނީ މޑޕއަށް މިއަށް ޑިމޮކުރަސީއޭ ކިޔާއުޅެނީ. ރައްޔިތުންނަކީވެސް މޑޕއަށް ވާގިދޭމީހުންއެކަނި އިންސާފަކީ މޑޕ ބޭނުވާގޮތަށް ކޯޓުތަކުން ކުރާހުކުމްއެކަނި މިއީ އިންސާފު
1234
07 August 2019
މީޔާމީން ސަރުކާރުން ކުރި ކަމެއް ނަމަ މޑޕ މީހުން ލޮލުފިޔަ ނުޖަހާ މަގުމަތީގަ މުޒާހަރާކޮށް މީހުންނަށް ނިދަޔަވެސް ނުދޭނެ!