10 އޯގަސްޓް 2019 - 11:18
މިހާރު އެންމެން ކަހަލަ ގޮތަކަށް ބަރޯސާވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކީ ގޫގުލްގެ އެންޑްރޮޑާއި އެޕަލްގެ އައިއޯއެސް އެވެ. އެކަމަކު މި ނޫން އިހްތިޔާރަކަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު މިއޮތީ ވާވޭ އިން ފަހިކޮށްދީފަ އެވެ.
ޗައިނާގެ ވާވޭ އިން ހުކުރު ދުވަހު ވަނީ އެ ކުންފުނީގެ އަމިއްލަ އޯއެސް ލޯންޗްކޮށްފަ އެވެ. އެއަށް ދީފައިވާ ނަމަކީ ހާމަނީއޯސް ނުވަތަ ހާމަނީއޯއެސް އެވެ. އެ ލޯންޗްކޮށް ދެއްވީ ޗައިނާގެ ޑޮންގްއާންގައި މިހާރު ކުރިއަށްދާ ވާވޭގެ ޑިވެލޮޕާޒް ކޮންފަރެންސްގައި ކުންފުނީގެ ސީއީއޯ ރިޗަޑް ޔޫ އެވެ.
އޭނާ ވިދާޅުވި ގޮތުގައި ހާމަނީއޯސްވެގެން ދާނީ އެންޑްރޮއިޑާއި އައިއޯސް އަށް ވެސް ދޫނުކުރާވަރު އަދި އެންމެންނަށް ވެސް ހިތްގައިމު އެއްޗަކަށެވެ. އެގޮތުން އެ ސިފަކޮށްފައި ވަނީ "ސީމްލެސް، ސްމޫތު، ސެކިއޯ އަދި ޔުނައިފައިޑް" އޯއެސްއެއްގެ ގޮތުގަ އެވެ.
And finally from Richard Yu: #HarmonyOS will officially be OPEN SOURCE #HDC2019 pic.twitter.com/KK8NGNS0Py
— Huawei Mobile (@HuaweiMobile) August 9, 2019
"އަހަރެމެންގެ އޯއެސް އަކީ ހުރިހާ ދިމާއަކަށް ވެސް ހެޔޮވަރު އަދި އޯއެސްގެ މާކެޓަށް ބޮޑު ބަދަލެއް ވެސް ގެނުވާނެ އެއްޗެއް،" ރިޗަޑް ވިދާޅުވި އެވެ.
For the first time, #HarmonyOS will have a verified TEE (Trusted Execution Environment). Improving connected security across multiple smart devices in a connected all-scenario world #HDC2019 pic.twitter.com/o1TF54Hjkc
— Huawei Mobile (@HuaweiMobile) August 9, 2019
ވާވޭ އިން އަމިއްލަ އޯއެސްއެއް ލޯންޗް ކުރި އިރު، އެ ކުންފުނީގެ އުފެއްދުންތަކުގައި މިހާތަނަށް ބޭނުން ކުރަމުން އައިސްފައި ވަނީ އެންޑްރޮއިޑެވެ. ނަމަވެސް ޗައިނާ އާއި އެމެރިކާއާ ދޭތެރޭ އުފެދިފައިވާ ވިޔަފާރީގެ ކޯޅުންތަކާއި ފިއްތުންތަކާއި އަދި މި ފަހުން އެމެރިކާގެ ކުންފުނިތަކުން ވާވޭއާ ބްލެކްލިސްޓްކޮށްފައި ވާތީ އެ ކުންފުނީގެ އޯއެސްވެގެން ދާނީ އަމިއްލަ ފައިމައްޗަށް ތެދުވަން ކުރި ވަރަށް ހާއްސަ މަސައްކަތަކަށެވެ.
އެހެންވެ ކުރިން އެންޑްރޮއިޑަށް ވި ބަރޯސާ ދެން ވާވޭއަކުން ނުވާނެ އެވެ. އޯއެސް އެ ކުންފުނިން ތަރައްގީކުރި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ.
ގޫގުލް އިން ވަނީ ވާވޭއާ އެކު ހަދާފައި އޮތް އެންޑްރޮއިޑް ލައިސަންސް ވެސް މިދިޔަ މެއި މަހުގެ ތެރޭގައި އުވާލައިފަ އެވެ.
މީޑިއާތަކުން ބުނީ ވާވޭގެ އިން މި އަހަރުގެ ފަހުކޮޅު ނެރެން ނިންމާފައިވާ ފޯން ކަލެކްޝަން ވެސް ނެރޭނީ ހާމަނީއޯސްގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީ ވާފިރު
12 August 2019
އެމެރިކާ ސައިޒްކުރަން ޗައިނާއިން ތިޔައެޅި ފިޔަވަޅަށް ޓަކައި ދިވެއްސެއްގެ ހައިސިއްޔަތުން ޝުކުރުދަންނަވަން. އެމެރިކާ އާއި އިންޑިއާ ސައިޒްކުރަން އެބަޖެހޭ. ޢެހެން ގައުމުތައް އަޅުވެތިކުރަން އިންޑިއާ އާއި އެމެރިކާއިން ކުރާ މަސައްކަތް ހުއްޓުވޭނީ ޗައިނާއަށް.
ސާބަސް
10 August 2019
ދެންތިބޭނެ އެމެރިކާއިން ޓްރަމްޕް ރާކަނިމަސް ކައިގެން. ޢެމެރިކާ އަށްވުރެ އެހެންމީހުންކުރިއެރީމަ ބެލެންސްވާނީ.
ބަބުރަންޖީ ހާޖީ
10 August 2019
ފަހަތަށް "އޯއެސް"އެއް ލީމާ އެވީ އޮޕަރޭޓިން ސިސްޓަމަކަށްދޯ.
ކޮރެއާ
10 August 2019
ނޯތް ކޮރެއާ މީހުން ކޮމްޕިޔުޓަރުގައި ރަންކުރާ އޯ.އެސް މެކަށް ދުލެއް ނުކުރޭ ހަމަ ފައްކާ.. މީގެއިން ގެއްލުންވަނީ ހަމަ އެވެރިންނަށް.