ޚަބަރު

ޕިއްޒާ ޑެލިވާކުރާ މުވައްޒަފަކަށް ހަމަލާދީ ފޭރިގެންފި

ޕިއްޒާ ބޯނާގެ ރެސްޓޯރަންޓެއް. އެތަނުގެ މުވައްޒަފަކަށް ރޭ ވަނީ ހަމަލާ ދީފައި.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކާ އެއްޗެހި ޑެލިވާކޮށްދެން ދިޔަ ޕިއްޒާ ބޯނާގެ މުވައްޒަފަކަށް ހަމަލާދީ ރޭ ފޭރިގެންފި އެވެ.

ޕިއްޒާ ބޯނާ އިން ބުނީ އެތަނުގެ މުވައްޒަފަކަށް ހަމަލަދިނީ މައްޗަންގޮޅި ސަހަރާ ކައިރިން ކަމަށެވެ. އެ މީހާ އަށް ހަމަލާ ދިނުމަށް ފަހު އަތުގައި ހުރިހާ ފައިސާއެއް ފޭރިގެންފައިވާ ކަމަށް އެތަނުން ބުންޏެވެ.

ޕިއްޒާ ބޯނާގެ މުވައްޒަފަށް ހަމަލާ ދިނީ ތިން ތަނަކަށް ޕިއްޒާތަކެއް ޑެލިވަރީކޮށްދޭން އުޅެނިކޮށެވެ. އެހެންވެ، އޭނާ އަތުގައި ކޮންމެވެސް ވަރަކަށް ފައިސާ ހުންނާނެ ކަމަށް ބެލެވެ އެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ޕިއްޒާ ބޯނާ އިން ބުންޏެވެ. ނަމަވެސް މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޕިއްޒާ ބޯނާ އިން ބުނީ މާލެ އަކީ ރައްޔިތުންނަށް އަމާން ކަމާއެކު ދިރިއުޅެވޭނެ ތަނަކަށް ހެދުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ކަމަށް ބުނެފަ އެވެ.

ޕިއްޒާ ބޯނާގެ މުވައްޒަފަކަށް ހަމަލަ ދިން އިރު، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކާ އެއްޗެހި ޑެލިވާކޮށްދެން ދިޔަ ސީ ހައުސް ކެފޭގެ މުވައްޒަފަކަށް ހަމަލާދީ އޭނާގެ އަތުގައި ހުރި އެއްޗެހި ވަނީ ފޭރިގެންފި އެވެ. ކާ އެއްޗެހި ޑެލިވާ ކޮށްދޭން ދާ މީހުންނަށް މީގެ ކުރިން ވެސް ބައެއް ފަހަރު ހަމަލާދީ ފޭރިގެންފައިވެ އެވެ.

30 ކޮމެންޓް, 63 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 10%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރިޔޯ

13 August 2019

ތި ޒުވާނުންނާ ކިޔާ ބައިގަނޑު އަންނާނެ ލާރިއެއް ނެތްހޭ ކިޔަމުން ފަހަތުން.. ސަލާން ޖަހާއިރު ހަތަރެސްފައި ހަމައަށް ހުރި ޖާނުން ވަރުގަދަ ޒުވާނުން.. އަހަންނަކަށް ނޭނގެ ލަދެއްގެ ކަންފުޅެއްވެސް ނެތީ ކީއްވެގެން ކަމެއް.. ގައިމު ހަމަ ކުރެވޭނެ މަސައްކަތް ހުންނާނެ ދޯ ނުކިޔެވިޔަސް.. ދެން މި ނިކުންނަނީ ވައްކަން ކުރަން.. އެތިކޮޅު ބޯލަން ލާރި ހޯދަން.. ބޯ ހަލާކު.. ހަމަ މި ޒުވާނުންނަށް ޒިންމާ ވެވޭނެ މައިންބަފައިން ވެސް ނެތީތޯ މަ ހިތަށް އަރަނީ.

The name is already taken The name is available. Register?

ޓެރޭ

13 August 2019

މިިބާވަތުގެ ދަށުދަރަޖާގެ އަމަލު ތަކުން ދޭހަވަނީ ދިވެހި މުސްލިމުންގެ ދީންވެރިިކަން ނެތިދާކަމެވެ ފޭރޫމާ ވަކަމުން ތިމާމެންނާ އަނބިދަރިންނަށާ ބިޓުންނަށާ ތިމާގެ އަމިއްލަ ބަޑަށް ހަރާމް ތަކެތިއަޅަން ޖެހިލުމެއް ނުވާކަމެވެ.

The name is already taken The name is available. Register?

ބިސްބޮންގޮންގް

12 August 2019

ފޭރޭ މީހުން ވައްކަންކުރާ މީހުންގެ އަތްކަނޑާބަލަ!މިނޫންގޮތަކަށް މިކަމެއް ހައްލުވާކަށްނެތް

The name is already taken The name is available. Register?

ހުސެން

12 August 2019

ހުރިހާކަމަކަށް ބެދޭސީން ލައިގެން އުޅެތީ މަންސަލައަކީ ބޮނޑް މުސާރަ އާއި ރަގަޅު އިނާޔަތް ދޭނަމަ ދިވެހިންވެސް ޑެލިވަރީ ކުރަށް ވެސް ފާހާނާ ސާފްކުރަށް ވެސް އުޅޭނެ. މިހާރު ވާ ގޮތަކީ ކުޑަ މުސާރައެއް ހިތަށް އެރިމަހަކު ދީފަ ބިދޭސީންގެ ކުރައުޑެއް ގެންގުޅެނި. އެއްވެސް ގަވާއިދާ ހިލާފަށް އުޅޭމީހުން. އެމީހުންނަށް މުސާރަ ނުދީ މާސަކުވާ ބޮނޑް ވެއްޖެޔާ މި ބުނަނި އެހެންތާކަށް ދާށޭ. ސަރުކާރުންވެސް މިފަދަ ކަންކަމަށް އަޅާނުލާތީ މިގައުމް ބިދޭސީން އަތްމަތްޗަށް ގޮސް ހުސްވީ.

The name is already taken The name is available. Register?

ގައުމު

12 August 2019

މިގައުމުގައި ގާނޫނު ހަދާ މަޖިލީހެއް އޮތީތީ ބޮޑުމުސާރަފުޅުނަންގަވައިގެން ނަންހުސްކޮށް ގާނޫނުހަދާފަ ހިރަފުސްބބުރަން ޝެލްފުގައި އެބަހުރި ތަންފީޒު ކުރާނެ ބަޔަކުނެތް. ޢަދި ގާނޫނު ނުހިނގާ ދެބައެއް އެބަތިބި އެއީ ބިދޭސީންނާ ގޮޅިޖެހިގަމީސްލައިފަ ބޯދިގު ގިރޫޕް. ވަރަށްދެރަވޭ.

The name is already taken The name is available. Register?

ހާމިދު ޝާހިދު

12 August 2019

ކެމެރާ ތަކުގެ އެހީގައި އެބައިމީހުން ހައްޔަތުކޮށް، އެބައިމީހުންގެ ފޮޓޯ އާންމުކޮށް، ގަދަފަދަ އަޒާބު ދޭން އެބަޖެހޭ. އޭރުން މިވަބާއިން މިގައުމު ސަލާމަތް ކުރެވޭނީ. އަދި ޒުވާނުން އަމިއްލެއަށް މަސައްކަތްކޮށްގެން ބަނޑުފުރާނަ މުއްތިކުރުމަށް ބާރުއަޅަންޖެހޭ. ސްކޫލްތަކުގައިވެސް، އެފަދަ މާއްދާއެއް ކިޔަވައިދީ އަމަލީ ތަޖްރިބާ ކުދިންނަށް ދަސްކޮށްދޭންޖެހޭ. ތަޅުންގަނޑު ސާފުކުރަންވެސް ދަސްކޮށްދޭންޖެހޭ. ކެޑޭޓް ޓްރޭނިންގ އެއީ، މަސްޓެއް ކަމަށް ހަދަންޖެހޭ.

The name is already taken The name is available. Register?

މާދުރު ތަރި

12 August 2019

ފޭރުމާއި މީހުންގެ އަބުރަށް އަރައިގަތުން މިއީ ރާއްޖޭ ބޮޑެތި ސިޔާސީ މީހުން ހިއްވަރު ދީގެން ކުރާ ކަމެއް. މި ކަމުގެ ހެކި ވާވަރަށް ރައްޔިތުންނަށް ފެނިގެން ދޭ!

The name is already taken The name is available. Register?

މޫން1

12 August 2019

ރައީސް ޔާމީނު ވެރިކަމެއްގަ ނަމަ މިކަހަލަ ކަންކަން ހިނގިޔަ ނުދޭނެ.

The name is already taken The name is available. Register?

ގާލްފުރެންޑު

12 August 2019

"ބެގް ބޮރޯ ސްޓީލް"

The name is already taken The name is available. Register?

ބައިރޯ

12 August 2019

އަތުންފައިން މަސައްކަތެއް ކުރާކައް ނުކެރޭ...އުޅެން ވަނީ އރންމެހާ ފޮނި ކޮށް.ދެން އޮތޯ ކެމެރާ ތަކުގެ ވާހަކަ. މިވެސް މިރާއްޖޭގަ ހިފޭ ބޭނުމެއް ނެތް.....ބޯހަލާކު ސަހާދެއް.... އެކަމަކު އީދު މުބާރަކް އިގޭ.

The name is already taken The name is available. Register?

ބޯވަ އިއްސެ

12 August 2019

ގޮޅިޖެހި ގޯންޏެއް ތުރުކުރައްވައިގެން ބޮލު މެދަށް ހުޅި ޖައްސަވައިގެން އުޅުއްވާ މިއަދުގެ ގައުމީ ފަހުލަވާނެއްގެ ކަމަކަށް ތިޔަ ވާނީ

The name is already taken The name is available. Register?

ނާޒްނީ

12 August 2019

ކެކެކެކެ. ޕަކާސް

The name is already taken The name is available. Register?

1828

12 August 2019

ބޯވަ އިއްސެގެ ސިފަ ކުރުމަށް 100.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454