ޚަބަރު / މަސްވެރިކަން

މަނާވަނީ ބަޑި ޖަހައިގެން މަސް ހިފުން، ދަގަނޑު ޖެހުމެއް ނޫން

ބަޑި ޖަހައިގެން މަސް ހިފުމަށް މީހަކު ފީނަނީ: އެފަދަ މަސްވެރިކަން ކުރުމަކީ ކުރިންސުރެ ރާއްޖޭގައި މަނާކަމެއް--

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މަސްވެރިކަމުގެ ބިލުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކުރުން މަނާވާ މަސްވެރިކަމުގެ ތެރޭގައި ދަގަނޑު ޖަހައިގެން މަސް ހިފުން ނުހިމެނޭ ކަމަށާއި މަނައީ ކުރިން ވެސް އޮންނަ ގޮތަށް ބަޑި ޖަހައިގެން މަސް ހިފުން ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި "ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ބިލު" ގައި ދަގަނޑު ޖަހައިގެން މަސް ހިފުން މަނާކޮށްފައިވާ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ބަހުސް މަރުހަލާގައި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

ދަގަނޑު ޖަހައިގެން މަސް ހިފުން މަނާވާ ކަމަށް ހީކޮށް ބައެއް އާންމުން ވެސް ވަނީ ޝަކުވާކޮށް، އެކަމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

Dhagandu jahaigen mas merun manaa kurumaa medhu hiyaalu thafaathu

Dhagandu jahaigen mas merun manaa kurumaa medhu hiyaalu thafaathu

The most trusted news source in the Maldives

Mihaaru

ދަގަނޑު ޖަހައިގެން މަސް ހިފުން މަނާ ކަމަށް ބައެއް މެމްބަރުން ވިދާޅުވުން---

މިހާރު ކޮމެޓީ މަރުހަލާގައި އޮތް އެ ބިލުގައި މަނާކޮށްފައިވަނީ ބަޑި ޖަހައިގެން ނުވަތަ "ސްޕިއާ ފިޝިން" ކުރުމެވެ. އެފަދަ ބަޑި އެތެރެ ކުރުމަކީ ކުރިން ވެސް ރާއްޖޭގައި މަނާ ކަމެކެވެ.

"ދޫކުރާ ދަގަނޑު" ކަމަށް ގާނޫނުގައި ބުނެފައިވަނީ، މަސް މެރުމަށް ނުވަތަ މަހަކަށް ހަމަލާ ދިނުމަށް ރަބަރު، ސާޅަނގަ، ވައި، ނުވަތަ ކެމިކަލެއް ބޭނުންކުރާ ކޮޅު ތޫނުކޮށްފައިވާ އާލާތްތަކެވެ. އެއީ ބާރު ދުވެއްޔެއްގައި ފޮނުވާލުމަށް ބޭނުންކުރާ އާލާތްތަކެވެ.

ސްޕިއާ މަސްވެރިކަމަކީ މަނާކަމެއް ނަމަވެސް އެކަން ވެސް ރާއްޖޭގައި ކުރެ އެވެ.

ހުށަހަޅާފައިވާ ބިލުގައި ފަސް ވައްތަރެއްގެ މަސްވެރިކަން މަނާކުރަން ހިމަނާފައިވެ އެވެ.

ބިލުގައި މަނާކޮށްފައިވާ މަސްވެރިކަން؛

- ބޮޑު ދަލުގެ މަސްވެރިކަން.

- އޮޔާދާ ދަލުގެ މަސްވެރިކަން.

- ދަމާ ދަލުގެ މަސްވެރިކަން.

- އަމިއްލަ ބޭނުމަށް ކުރާ މަސްވެރިކަމާއި އެންވެރިކަން ފިޔަވައި ދާ ބޭނުންކޮށްގެން މަސްވެރިކަންކުރުން.

- ދޫކުރާ ދަގަނޑު ބޭނުންކޮށްގެންކުރާ މަސްވެރިކަން.

މަނާ ބާވަތްތަކުގެ މަސްވެރިކަން ކޮށްފި ނަމަ އެ ކުށެއް ކުރާ މީހަކު ދެ މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ބިލުގައި ދީފައިވެ އެވެ.

މިއީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިވާ މަސްވެރިކަމުގެ ދިރުންތަކާއި އެތަކެތީގެ މާހައުލު، ޖީލުތަކަށް ފޯރުކޮށްދިނުމަށް ދެމެހެއްޓެނިވި ގޮތެއްގައި އެތަކެއްޗާއި އެތަކެތީގެ މާހައުލު ބެހޭ އުސޫލުތައް ކަނޑައެޅުމުގެ މަގްސަދުގައި ހުށަހެޅި ބިލެކެވެ. އަދި ރާއްޖޭގެ ސަރަހައްދުގައި ކުރާ މަސްވެރިކަން ކޮންޓްރޯލް ކުރުމަކީ ވެސް މަގްސަދެކެވެ. ރިޕޯޓު ކުރުމެއް ނެތި ކުރާ މަސްވެރިކަން މަދުކޮށް އެފަދަ ކަންކަން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ބަޔާން ކުރުމާއި އަދި އެކުއަކަލްޗަގެ ސިނާއަތު ރާވައި ހިންގައި ބެލެހެއްޓުމަށްޓަކައި ފުރިހަމަ ނިޒާމެއް އެކުލަވާލައި ކަމާ ގުޅޭ އުސޫލުތައް ބަޔާން ކުރުމަކީ ބިލްގެ މަގްސަދެކެވެ.

19 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 58%
icon sad icon sad 13%
icon angry icon angry 29%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަސްލަމް އަލީ

22 August 2019

ޜަނގަޅު ނިންމުމެށް. ބަޑި ގެންގުޅެންޖެހޭނީ ހަމައެކަނި ސިފައިން.

The name is already taken The name is available. Register?

މުހައްމަދު،ކ

21 August 2019

މަސްމަރާބަޑި ގެންގުޅުމަކީ މިހާރުވެސް މަނާކަމެއް ގެންގުޅުމަކީ ގާނޫނީކުސެއް

The name is already taken The name is available. Register?

ޑޮކް

21 August 2019

މީގެން މީހަކަށް ނޭގޭނެ ދަނގަޑު ޖަހައިގެން ނެގި މަހެއް، ބޭނި މަހެއް މާރުކޭޓަށް ގޮސް ވަކިކުރާކަށް. ކަނޑުމަސް ވެސް ބަކަރި ކަތިލާހެން ކަތިލައިގެން ކާންވީނު. މަސް ދަޅުގަ ޙަލާލް ޖަހާފަ އިނަހެއް.

The name is already taken The name is available. Register?

ޑޮކް

21 August 2019

"ދޫކުރާ ދަގަނޑު ބޭނުންކޮށްގެންކުރާ މަސްވެރިކަން." ދަނގަޑު ބުޅި ކަނޑަށް ދޫކުރުންވެސް މަނާ ވީތޯ؟ އިލޮށިން އެކަމެއް ނުވޭ އިގޭތޯ!. ކަންވާރު އެއީ ޕްލާސްޓިކް، ކަނޑަށް ޕްލާސްޓިކް އެޅުން މަނާ. ޤާނޫނެއް ހަދަން ފެނޭ އޭރަށްދެން އިސްތަށިން އެކަން ކުރާނެތާ.

The name is already taken The name is available. Register?

ފަޤީރުކޮއެ

21 August 2019

އަހަރެމެންހީކުރީ މިނިވަންކަމާ ހައްޤުތަކަށްގޮވާލި އެމްޑީޕީ މެޖޯރިޓީ މަޖިލީހެއްއައީމަ ރައްޔިތުންނަށް އިތުރު މިނިވަންކަންލިބި ގަދަބާރުން މަނާކޮށްފަހުރި ތާކުންތާކުން ނުޖެހޭކަންކަންވީއްލި ހުއްދަލިބޭނެކަމަށް. އެކަމަކު އިތުރަށްވެސް ކަންކަން މަނާކުރެވޭތޯމިއުޅެނީ. މީގެއިތުރަށް ނިކަމެތި ރައްޔިތުންނަށް އެންސްޕާއިންދިން އެހީތަށްވެސް ކަނޑާލާތަން މިފެންނަނީ

The name is already taken The name is available. Register?

ޝައްފާން

21 August 2019

މަސްމަރާ ބަޑިއަކީ އެ ބޭނުން ކުރަން ނޭނގޭ މީހެއްގެ އަތުގައި ނުރައްކާތެރި އެއްޗެއް. ހައްލަކީ މިކަން ސަރުކާރުން ރެގިއުލޭޓް ކުރުން. މަސްމަރާ ބަޑި ގެންގުޅޭ މީހެއް ނަމަ ބަޑި ރެޖިސްޓްރީކޮށް އެކަމަށް ޚާއްސަ ލައިސެންސެއް ދޫކުރުން. މިކަމަކީ މިހާރުވެސް މަނާ ކަމަކަށް ވިޔަސް، ގިނަ ދިވެހިން މަސްމަރާ ބަޑި ބޭނުންކޮށް މަސްވެރިކަން ކުރޭ. އަދި މަސްމަރާ ބަޑި ވިއްކާ ވިޔަފާރިވެސް ކުރޭ. ވީމާ މިކަން ރެގިއުލޭޓް ކުރުމަކީ މިކަމުގެ އަސްލު ހައްލު!

The name is already taken The name is available. Register?

ސަންޕަތު

21 August 2019

ބަޑިބޭނުންކުރުމަކީ ބުއްދިވެރިކަމެއްނޫން. ދަގަނޑު އަތުން ދޫނުކޮށްޖަހައިގެން ކުރާމަސްވެރިކަމުގެ ވަކިބޮޑުގެއްލުމެއްނެތް. އެކަމަކު ބަޑިތަކާއި ދަމާއަޅުވާ ރަބަރުލީސާޅަނގަ ފަދަތަކެތިން ނުރައްކާތެރި ހާދިސާތައް ކުރިމަތިވޭ، ފުރާނަޔަށް ނުރައްކާވާފަދަ ނުރައްކަލާއި ކުރިމަތިލާން ޖެހިފަ އެބަހުރި. އެއްވެއް ރައްކާތެރި ކަމެއްނެތި ގައިޑުލައިންތަކެއްނެތި މިބާވަތުގެ ތަކެތި ބޭނުން ކުރުން ހުއްޓުވުން ބުއްދިވެރި. މިއީ ތިމާވެޓަށްވުރެން އަމިއްލަހައްޓަށް އިސްކަންދިނުން

The name is already taken The name is available. Register?

ކޮރަލް

21 August 2019

ގާނޫނާއި ގަވާއިދު މަދެއް ނޫނެވެ. ތަންފީޒު ނުކުރެވެނީއެވެ.

The name is already taken The name is available. Register?

ފިޝް

21 August 2019

ކީއްވެހޭ މަސްމަރާބަޑިމަނާވަނީ! ހުރިހާކަމެއްވެސް މަނާމިޤައުމުގަ، އީދުގަގެންގުޅުނު ހަވާފަޓާސްވެސްމަނާ. އެކަމަކު ވ.ގިނަ ޤަޢުމުތަކުގަ ހުއްދައެއްޗެއް މިއީ. ސަލާމަތީގޮތުން ވިސްނާނަމަ ހުއްދަދެވިދާނެ ބަޑިއާ ދަނގަޑު ރަޖިސްޓަރީކޮށް ސީރިއަލް ނަންބަރެއްޖަހާފަ. ކުށެއްކޮށްފިނަމަ ޤާނޫނީގޮތުން މިހާރުވެސް އަދަބުދެވޭ. ތޫނު އެއްޗެއްވީމަ ހުއްދަނުދެންޏާ ބަދިގޭގަ ގެންގުޅޭ ވަޅިވެސް މަނާކުރަންޖެހޭ. މިހާރު ހީވަނީ މިކަމާދޭތެރޭ ވާހަކަދެއްކުމަކީވެސް ނުރައްކާތެރިކަމެކޭ

The name is already taken The name is available. Register?

ސިސޫ

21 August 2019

ﷲ ދެއްވިނިޔުމަތް ތަށް ހެޔޮ ގޮތުގަ ބޭނުން ކުރަންވީ.ހާރަން އެއްޗެހި ހުއްދަވެފަ ހާލަލް އެއްޗެހި ހާރަންމިވަނި.މި ކޮންކަހަލަ ގާނުނެއް.އެއްޗެއްގެ ބޭނުން ދީނުގަ މަނަ ނުވާ ގޮންމެ ރޯއްޖެއް ކެވެން ޖެހޭ.މިޔަރު ވެސް ބޭނެން ޖެހޭ ވަކި އުސޫލެއް ތެރޭން އެގެ އުރަހަ ވެސް ބޭނުން ކޮށް ވިއްކަ ވިޔަފާރި ކުރަން ވީ ރަނގަޅު މެކޭނިޖަމެއް ތެރޭން.ކަނޑު މި ގައުމުގަ ބޮޑުއިރު ކަނޑު ގެ މަންފާ އެކަޝޭނަ ގޮތަކށް ހިފެންވާނެ.ހުރިހާ އެއްޗެއް ނުޖެހޭ އެއްވެސް ލިމިޓެއް ނެތިހިމާޔަތްކުރަކ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454