ފަނޑިޔާރު އަބްދުﷲ ދީދީ: އޭނާ ސަސްޕެންޑްކުރި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
21 އޯގަސްޓް 2019 - 15:52
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި މައްސަލާގައި އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ސުޕްރީމް ކޯޓުން ހަމަޖަައްސައިފި އެވެ.
ޖޭއެސްސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން މިދިޔަ ޖޫން މަހު ޖޭއެސްސީން ނިންމުމުން އެ މައްސަލަ ފަނޑިޔާރު ޑީޑީގެ ފަރާތުން ކޯޓަށް ހުށަހެޅުއްވުމުން އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރެއް ނެރުނެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމިއޮންނާނެ ކަމަށް ނިންމައިފަ އެވެ.
އެ މައްސަލާގެ ޝަރީއަތް މާދަމާ ފަށަން ހަމަޖައްސާފައިވާއިރު، އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ފަނޑިޔާރު ޑީޑީގެ މައްޗަށް ޖޭއެސްސީން ހިންގާ ތަހުގީގުގެ އަޑުއެހުން އާންމުކޮށް ހުޅުވާލައިގެން ޖޭއެސްސީން ބޭއްވުމަށް ފަހު، އެމަނިކުފާނު ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ތަހުގީގު ކޮމެޓީން ވަނީ ޖޭއެސްސީއަށް ލަފާ ދީފަ އެވެ. އެ ނިންމުމާ މެދު ޖަވާބުދާރީވުމުގެ ފުރުސަތު ޖޭއެސްސީން ވަނީ ދީފަ އެވެ. ޖޭއެސްސީން އެކަމުގައި ނިންމާ ނިންމުމެއް ނިންމާނީ ފަނޑިޔާރު ޑީޑީ ޖަވާބުދާރީވެ ވަޑައިގަތުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިސް
21 August 2019
ފަޑިޔާރަކާމެދު ޖޭއެސްސީއިން ފިޔަވަޅެއް އެޅީމާ، ދެން އެކަމުގައި ގޮތެއް ކިޔަންޖެހޭ ބަޔަކު މުއައްސަސާއެއް ނެތެވެ. ދަލުބޭރުން ޖެހޭނެ ކަމެއް ނެތެވެ.
ދަތްނެތްކުއްޖާ
21 August 2019
ޑީޑީ ކޮބާ! ތި ޑީޑީ ބަނދެގެންވިއަސް ރާއްޖެ ގެނެސް ތީނަގެ ޝަރިއްޔަތް ކުރިއަށް ގެންދެވެންޖެހޭނެ. ކޮންމެ މީހަކުވެސް ޤައުމު އޮޔާ ދުއްވާލާފައި އެމީހަކު ޤައުމު ދޫކޮއް އެހެން ޤައުމަކަށް ޙިޖުރަ ކުރުމުން މިކަން ނިމޭބާ! މިހާރު ވެރިކަމުގައި ތިބި ފަރާތްވެސް ޤައުމު ބަޔަކަށް ވިއްކާލާފައި ފިލީމާ ނިމުނީ ދޮތަ!
ނަޖުދާ
21 August 2019
ކޮން ޝަރީއަތެއް ކުރަން އޮތީ! ޖޭއެސްސީއަށް ގާނޫނު އަސާސީން ދީފައިވާ ބާރެއްގެ މައްޗަށް ހިންގޭނެ އެއްވެސް ޝަރީއަތެއްވެސް، ބަހެއްވެސް ނޯންނާނެ. ތިޔަ ހާވަނީ ހަމަ ހަޑި. މިފަހަރު ދެން ފަހު ބަސް ބުނާނީ ތިމަންނާމެންނޭ ބުނެ ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ހަމަ ހިލާ ތިޔަ ބާރުވެރިކަމުގައި ދެން ނުބައިތިއްބާނަން.
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
21 August 2019
އެއާއި އެކުއެއްކަލަ މެދުތެރެއިން އުކުނު ޖެހުނު 3 ގޮލާ މިކަމުގައިވެސް.. ދެން ބޮލާ ފޮށާއެޅިގެންދާނީ