23 އޯގަސްޓް 2019 - 19:11
އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީން ހުއްދަ ކުރާ ކަމެއް ކަމަށް މިހާރުގެ ގިނަ އިލްމުވެރިން ވިދާޅުވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.
މައުމޫން މިގޮތަށް މި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބެންޗަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ނަން ފޮނުއްވުމާ ގުޅިގެން ހިޔާލުތަފާތުވުން އުފެދިފައި ވަނިކޮށެވެ. ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު ސުޕްރީމް ކޯޓަށް އައްޔަންކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ.
އެއާއެކު، އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވާ ރައުޔުއެއް ވެސް ވަނީ އާންމުވެފަ އެވެ.
Anhenunnah fandiyaarukameh nukureveyne: Fathuvaa Majilis
The most trusted news source in the Maldives
Mihaaru
ފަތުވާ މަޖިލީހުންގެ ނިންމުން-
އަޒުހަރު ޔުނިވާސިޓީން ދީނީ ތައުލީމް ހާސިލް ކުރެއްވި މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނެ ކަމަށް ކުރީގެ އިލްމުވެރިންނާއި މިހާރުގެ އިލްމުވެރިން ވެސް ވިދާޅުވާ ކަމަށެވެ. އޭގެ ތެރޭގައި މުހައްމަދު އިބުނު ޖަރާރު ތަބާރީ އާއި ހަސަނުލް ބަސްރީ އާއި އަބްދުލް ކަރީމް ޒައިދާން ފަދަ އިލްމުވެރިން ހިމެނޭ ކަމަށް މައުމޫން ވިދާޅުވި އެވެ.
Anhenun fan’diyaarukan kurumakee Islam dheenugai hudhdha kameh kamah kureege ilmuveringe therein Al-Tabari, Ibn Hazm, Hasanul Basri fadha beyfulhun vidhaalhu vefai vey. Yusuf al-Qaradhawi, Abdul Kareem Zaidan, Saeed Ramadan fadha mihaaruge gina ilmuverin ves vidhaalhuvanee ehen.
— Maumoon Abdul Gayoom (@maumoonagayoom) August 23, 2019
ރައީސް މައުމޫން ކުރެއްވި ޓްވީޓް---
އަންހެން ފަނޑިޔާރުން ރާއްޖޭގެ ކޯޓުތަކުގައި ފަނޑިޔާރުކަން ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ދެއްވީ ވެސް މައުމޫންގެ ވެރިކަމުގަ އެވެ. އެގޮތުން މިހާރު ވެސް ރާއްޖޭގެ ކޯޓުތަކުގައި އަންހެނުން އަންނަނީ ފަނޑިޔާރުކަން ކުރަމުންނެވެ.
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ނިންމީ އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ. ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ. ސުންނަތް ޖަމާއަތުގެ ހަތަރު މަޒުހަބު ކަމަށް ވާ މާލިކީ، ޝާފިއީ، އަންބަލީ އަދި ހަނަފީ މަޒުހަބުގެ ގިނަ އިލްމުވެރިންނާއި ސުންނަތް ޖަމާއަތުގައި ނުހިމެނޭ ޝީއީންގެ އަލްއިމާމިއްޔާއިންނާއި، ޒައިދީންނާއި ހަވާރިޖުންގެ ތެރޭގައި ހިމެނޭ އިބާޟީންގެ ރައުޔަކީ ވެސް އެއީ ކަމަށް، ފަތުވާ މަޖިލިހުން ގަބޫލުކުރެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އައްޔަންކުރާ ދެ މަގާމަށް ދެ އަންހެން ބޭފުޅަކު އައްޔަން ކުރުމުގައި ޖޭއެސްސީގެ ލަފައަކަށް ރައީސް އެދިވަޑައިގަތްއިރު، މިއީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އަންހެން ބޭފުޅުން ނޮމިނޭޓްކުރި ފުރަތަމަ ފަހަރެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްލަސް
25 August 2019
މައުމޫންގެ އަސްލު ގޮތް ކުރިން ރަގަޅަށް ދަސްކުރިނަމަ އެމްޑީޕީ ކުދިން އެހާ ރުޅިގަދަވެގެން މައުމޫން ވެރިކަމުން ބާލަން ނުޖެހުނީސް. ފެންނަގޮތުގައި މައުމޫންގެ ހުރިހާ ފަލްސަފާއަކާ ގަބޫލުކުރުންތަކަކީ އެމްޑީޕީއާ ވަރަށް ގުޅޭ ކަންކަން ކަން. ވަގުތު، ހަގީގަތްތައް ހާމަކޮށްދޭކަމުގެ އެންމެ ރީތި އެއް ހެއްކަކީ މައުމޫނާ އެމްޑީޕީއާ ކޮންމެ ކަމެއްގައި މިހާރު އެގުޅޭ ގުޅުން.
ކަރީމުއްދީން ބާޝާ
24 August 2019
މައުމޫނުސޯ ބުނީމާ ޖެހޭނީ ގަބޫލުކުރަން ދެއްތޯ!
ހައްތި
24 August 2019
އަލީ ހަމީދުގެ ފަޑިޔާރުކަމުގެ ޝަރުތާއި ދީނުގައި ބުނާ މިންގަޑަށް އޭނާ ނުފެތޭތީ އެކަމާ ސުވާލެއްވެސް ކޮށްލާނެ ދީނީ އިލްމުވެރިއަކު ނެތް ގައުމެއް. މިހާރު އަންހެނެކޭ ބުނާ އިރަށް ހާދަހާ ވަރެއް ވެއްޖެއޭދޯ؟
1111
24 August 2019
ދީނުގެ ޢިލްމަކީ އަލަށް އުފެދި އުފެދި ހުންނަ އެއްޗެއް ނަމަތާ މިހާރުގެ އިލްމުވެރިނޭ ކިޔާބަޔަކަށް އެނިސްބަތް ކުރެވޭނީ!! މި ޢިލްމަކީ ނަޤުުލު ވާ އެއްޗެއް. މީގެ އަސްލަށް ދާންޖެހޭނީ. މައުމޫނާއި އޭނަ އެބުނި ލިސްތުގެ މީހުންނަކީ އެކައްޗެއ. އެއް އަޤީދާއެއްގެ ވެރި ބައެއް. ހަވާނަފްުސުގެ ޢަޤީދާ
ބޮޑުމީހާ
24 August 2019
ރާއްޖޭގެ ފަތުވާ މަޖްލީހުން ދަލީލުތަކާއިއެކު އެއޮތީ ބަސް އިއްވާފަ އެންމެ ރަގަޅުގޮތަކީ ފަޑިޔާރުކަމަށް އަންހެނުން ނުނަގަން. މިގައުމުގަ ފިރިހެނުން ހުސްވީކީ ނޫނެއްނުން. އަންހެނުންނަށް ކުރެވޭ އެހެން މަގާމްތަށް އެހެރަ އަދާކުރަނީނުން.
ައަނާ
24 August 2019
ދިގު 30 އަަހަރު ޖާހިލު ކަމުގައި ބޭ ތިއްބީ، އަދިވެސްތަ.
ސަންގައްޕާ
24 August 2019
އަހަރެން ހަމަ ވަރަށް ހައިރާންވާކަމެއް. ދީނުގެތޭރޭން އެކި އިލްމުވެރިން އެއްކަމަކާއި ގުޅޭގޮތުން ތަފާތުކޮށްނެރޭ ވިސްނުން ނުވަތަ ބަޔާންކުރާކުރުން. ހަރާމް! ހަލާލު! އެކަކު އެހެންޏާ ނުދަންނަނީ ނުވަތަ އަނެކަކު ދޮގުހަދަނީ. މިކަހަލަ ކަންތައްތަކާއި ހުރެ ވިސްނުމުގެ ބަލިކަށިކަށިކަން ހުންނަމީހުންނަށް ދީނާއިމެދު ވިސްނޭގޮތް ތަފާތުވެ އަރައިރުވެގެންދަނީ. ނިކަން ސަރީހަބަހުން ހެކިތަކާއި އެކު ގުރުއާނާ ސުންނަތުން އަހަރުމެންނަށް ބުނެދީބަލަ. ޕުލީސް
ޖަވާބު ދެއްވާ
24 August 2019
ދީނުގައި ސާފުކޮށް ފަޑިޔާރުކަށް ކުރަންވާނީ ހަމައެކަނި ފިރިހެނުންކަމަށްބުނެފައިވާ ނުވާނަމަ އަންހެނުންނަށް ފަޑިޔާރުކަށް ދިނުމަކަށް މަ ދެކޮޅެއްނުހަދަން. އެކަމަކު ފަޑިޔާރުކަމަށް އަންްޔަންކުރެވޭ ފަރާތަކީ ސުންނަތްޖަމާތުގެ މުސްލިމަކަށްވުން ވާޖިބު އެހެނީ މުސްލިމު.ބައެއްގެ މައްޗަަށް ޙުކުމްތައް ކުރެވެންވާނީވެސް މުސްލިމުޖަމާތުގެ މުސްލިމު ފަޑިޔާރެއްކަމަށްވުމަށް އެދެވޭތީއެވެ.
ބައުކަލޮ
24 August 2019
ހަމަ ތި އިލްމު ވެރިން ކަމަށް ދައުވާ ކުރާ ރޯނުއެދުރުން ބުނީ ފޯނަކީ ވެސް ހަރާމް އެއްޗެކޭ ޓީވީ ވެސް ރޭޑިއޯ ވެސް އަދި ފޮތް ޗާޕް ކުރުން ވެސް. ތާރީޙް ބަލާ ގޫގްލް ކޮއްގެން ނަމަވެސް. ފައިސަލް ރަސްގެފާނު މަރާލީ ފޯނާ ޓީވީ ހުއްދަކުރީމަ އެއީ ހަރާން ކަމެކޭކިޔާފަ ތި ރޯނުއެދުރުން ނެރުނު ފަތުވާ އަކައް
ސަޕޯރޓްކުރެވޭ
24 August 2019
އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެކަމަށް ޤުރުއާނާ ސުންނަތުން ކަނޑައެޅިގެން ސާބިތުނުވާއިރު، ބައެއް ޢިލްމްވެރިންގެ ރަޢުޔަށް މިކަން ޙަރާންކަމެއްގެ ގޮތުގަ ބެލުން ރަނގަޅެއްނޫން. މިއީ އިޚްތިލާފީ މައްސަލައެއް. ރާއްޖޭގަ އަންހެނުން ފަނޑިޔާރުކަން ކުރާތާ އެތަކެއް އަހަރު. އެމީހުންގެ ޙުކުންތައް ވަކިން ގޯސްވެފައެއްނެތް. ޢަދުލުވެރި ޙުކުމެއް އިއްވަން ބޭނުންކުރަނީ ޖިންސާ ޖިސްމާނީ ވަނަވަރެއް ނޫން. ބުއްދި. އަންހެނުންގެ ތޫނުފިލިކަން ފިރިހެނުންނަށްވުރެ ދަށީތަ؟