ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މަޖިލިހުގައި ކުރިން ވާހަކަ ދައްކަވަނީ. މިއީ މަޖިލިހުގެ ތަޅުމަށް އަސްލަމް ހާޒިރު ކުރި ދެ ވަނަ ފަހަރު.--- ފޮޓޯ: މަޖިލިސް
27 އޯގަސްޓް 2019 - 10:59
މި އަހަރު ބަޖެޓުގައި ހިމަނާފައި ހުރި މަޝްރޫއުތަކުން ހާސިލް ވާނީ ގާތްގަނޑަކަށް 80 ޕަސެންޓް ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
ރ. މަޑުއްވަރީ ބަނދަރުގެ މަސައްކަތް ނިމޭނެ އިރެއް ބެލުމަށް އެ ދާއިރާގެ ޕީއެންސީގެ މެމްބަރު އާދަމް ޝަރީފް ރައްޔިތުންގެ މަޖިލިހުގައި ކުރެއްވި ސުވާލާ ގުޅިގެން އަސްލަމް ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވައުދެއް ވެވަޑައިގެންފި ނަމަ، ސަރުކާރުގެ ހުރިހާ ވުޒާރާތަކުން ވެސް އެކަމެއް ފުރިހަމަ އަށް ކުރަން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން މިހާތަނަށް ކޮންޓްރެކްޓުގައި ސޮއިކޮށްފައި ހުރި މަސައްކަތްތަކުގެ އަގު 600 މިލިއަން ރުފިޔާ އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.
އަސްލަމް ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި އެކަނި ވެސް ރާއްޖޭގެ އެކި ރަށްރަށުގައި ބަނދަރުގެ މަސައްކަތް ކުރުމަށް ބަޖެޓުގައި 563 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އަސްލަމް ވިދާޅުވީ ބަޖެޓުގައި ހިމަނާފައި ހުރި އަދަދުގެ ގާތްގަނޑަކަށް 75 ޕަސެންޓާ 80 ޕަސެންޓާ ދޭތެރޭގެ އަދަދަކަށް މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް އަންދާޒާކުރައްވާ ކަމަށެވެ.
"ޑިސްބާސްމަންޓަކީ މަސައްކަތް ސީދާ ކުރިއަށްދާ މިންވަރާ ގުޅިފައި އޮންނަ ކަމެއް. އަޅުގަނޑުމެންނަށް މަސައްކަތުގެ ގޮތުގައި އަހަރުގެ ތެރޭގައި ހާސިލް ވާނީ ގާތްގަނޑަކަށް 80 ޕަސެންޓު. 100 ޕަސެންޓެއް ހާސިލް ވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ،" އަސްލަމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަނދަރުގެ މަސައްކަތުގެ ގޮތުގައި 59 މަސައްކަތެއް ބަޖެޓުގައިވެ އެވެ. އޭގެތެރޭގައި ބޮޑެތި މަސައްކަތްތަކާއި ކުދި މަސައްކަތް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 19 މަޝްރޫއެއްގައި އަމަލީ މަސައްކަތުގައި ސޮއިކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވި އެވެ. ޓެންޑަ މަރުހަލާގައި 22 ރަށެއް އުޅޭ އިރު، ޓެންޑާ އަށް ފޮނުވުމަށް 18 ރަށެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތްތައް ތަރުތީބު ކޮށްގެން މިގެންދަނީ ބަޖެޓުގައި މަސައްކަތް ކުރުމަށް ބޮޑުކޮށް ފައިސާ ހިމަނާފައި ހުރި މަސައްކަތްތައް އަހަރުގެ ކުރީކޮޅު ފަށައިގެން އައިސް މަދުން ފައިސާ ހިމެނިފައި ހުރި ކަންކަން އަހަރުގެ ފަހު ކޮޅުގައި ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރީދާ
27 August 2019
ރަނގަޅު.. އެކަމަކު އެމްޑީޕީގެ ރަށްޓެހިންނަށް ކުރީއަހަރަު ތަކުގެ މަޝްރޫތިަކުން ބަދަލު ދިނުމުގެ މަސައްކަތުގެ %100 ނިމިއްޖެތާ ދޯ؟ ދެން ވަރިހަމައެއްނު އެހެން ކަމަކަށް ލާރިނެތަސް
ރުއްބޯހުރާ
27 August 2019
އަސްލޭމެން ފިނި ކޮޓަރީގަ ތިބެ ރައްޔިތުންގެ ވިންދު ނޭނގި ގާނާ ބޭހުގެ އަސަރު މި ފެންނަނީ ހިތިކޮށް ކީހާ ޅެން ފަރީއްސަށް
ދޮންބޭ
27 August 2019
ކޮންމެ އަހަރަކު ބަޖެޓުގައި ހިމަަނާފައި ހުންނަ އަދަދުގެ 75 އާއި 80 އިންސައްތަ ހާސިލް ވާނަމަ ވެރިކަން ނިމިގެން ދާއިރު ވެސް ހާސިލްވާނީ މިވަރަށްތާ. އަދި ސިޔާސީ މީހުން ކަންކަން ބޮޑުކޮށްފައި ދައްކާ ވަރު ކަނޑާފައި 50 އިންސައްތަ ކަމައް ބަލަމާ. ވެރިކަން ނުލިބޭއިރު %200 ހާސިލް ކުރެވޭނެ ކަމަށް ބުނާނެ. ލިބުމުން ދެބައިކޮޅު އެއްބައިވެސް ނުވޭ.
ރަދީފުގެދަރި ކުމާރު
27 August 2019
100 ދުވަސްތެރޭ ހުރިހާކަމެއް ނިމިއްޖެ. ދެން އިތުރަކަށް ނެތް ޖަހާލާނެ މޮހޮރެއްވެސް.
ޖަވު
27 August 2019
ޕުލޭނިން މިނިސްޓްރީން ހިފަހައްޓާފައިވާ ރަށްރަށުގެ ބިންތައްދޫކޮއް ކައުންސިލްތަކާ ހަވާލުކުރުމައް ގޮވާލަން. ވަރަށް ނާއިންސާފުން އަގު ކަޑައަޅާފަހުރި ބިމުކުލީގެ އަގުތައް އުވާލާ ރައްތަކުގެ ބިމުގެކުލި ކަޑައެޅުން ރަށްތަކައް ދޫކޮއްލުމަށް ގޮވާލަން. ބާރުދޭން ބުނަނީ ޕޯޑިއަމް ތަކުގާ ކަމައް ނުހުދާ ހަގީގީ ކުލަޖެއްސުމައް ސަރުކާރައް ނަސޭހަތް ތެރިވަން
ށަޡޫ
27 August 2019
ރަނގަޅު ދޮގުހަދާ ހަދާ ރައްޔިތުން ރުޅި ގަދަވެއްޖެ ކަމެއް ވަންޏާ ވާ ވާހަކަ ނުވަންޏާ ނުވާ ވާހަކަ ބުނެދީ %80 މަސައްކަތް ކޮއްފަ %100 އޭ ބުނީމަ ކަމަކު ނުދާނެ ރަނޅު ތެދުހަދާ
އަންްނި
27 August 2019
ބަޖެޓުގައި އޮތީ 59 ބަނދަރު 563 މިލިއަނަށް. ޒީރޯ ޓޯލަރެންސްގެ ދަށުން 19 ބަނދަރު 600 މިލިއަނަށް ސަޅި. 59 ބަނދަރުގެ ގެ 3 ބައިކުޅަ އެއްބައިވެސް މިހެދެނީ ބަޖެޓަށްވުރެ އަގުބޮޑުކޮށް. މިހާތަނަށް ފާސްކުރި އެންމެ ބޮޑު ބަޖެޓުން ކުރެވުނު ކަމެއް ނެތް، އެކަމަކު ސަޕްލިމެންޓަރީ ބަޖެޓަށް އެދެފި. ފިނޭންސް މިނިސްޓަރ ބުނަނީ ޓެންޑަރ ޕްރޮސެސްގެ ސަބަބުން ޕްރޮޖެކްޓްތަކުގެ 57ޕަރސެންޓް އަގުހޮޔޮ ވާކަމަށް؟ ދެން ކީއްވެތަ 59 ބަނދަރުގެ އަގުގަ 19 ބަނދަރު ނެހެދިގެން މިއުޅެނީ؟