ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ). އޭނާ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމާފައި. --- ފޮޓޯ: ނިޝާން އަލީ/މިހާރު
28 އޯގަސްޓް 2019 - 09:43
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ރޭ ފޮނުވައިފި އެވެ.
ޑީޑީ ވަކިކުރަން ނިންމީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އިރު، ފަނޑިޔާރު ޑީޑީ ވަކިކުރުމާ މެދު މި ޖަލްސާގައި ގޮތެއް ނިންމާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. މަޖިލިހުގައި މިހާރު 87 މެމްބަރުން ތިއްބަވާ އިރު، އެ މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ، ޑީޑީ މަގާމުން ވަކި ކުރި ކަމަށް ނިންމޭނެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ފޮނުވީ ވެސް އެ ކޮމިޝަނުންނެވެ. ގާނޫނުއަސާސީގައިވާ ގޮތުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައި އޮތީ ޖޭއެސްސީއަށެވެ. ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލައިގައި ގޮތެއް ނިންމިޔަސް، އެކަން ތަންފީޒު ވާނީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޖޭއެސްސީ އިން ބަލާ މައްސަލައާ ގުޅިގެން ފަނޑިޔާރު ޑީޑީ މިހާރު ހުރީ ސަސްޕެންޑްކޮށްފަ އެވެ.
ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ. ޑީޑީ ވަނީ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ
28 August 2019
މައުލޫމާތު ލިބޭ ގޮތުގައި ދީ ދީ އަށް ކުޑަވަރެއްގެ ފަނޑިޔާރުކަމުގެ ވަޒީފާއެއް ޑިމޮކުރެޓިކު ރިޕަބުލިކު އޮފް ކޮނގޯ އިން ވަނީ ހުށއަޅައިފައި.. މީގެ 3 ދުވަސްކުރީން
ބޮޑުމީހާ
28 August 2019
ރަގަޅު. އެންމެން ވަކިކޮށް އަދަބު ދެވެންވާނެ. ހަމަ ތިގޮތަށް ދެން ސްޕްރީމް ކޯޓުގަ ތިބީވެސް ވަގުތުން ބޭރުކުރަންޖެހޭ ބަޔެއް. އިންސާފުގާއިމްވާނީ އޭރުިން
ޕީޕީއެމް
28 August 2019
ދީދީ އަށް އެ މަޤާބު ލިބުނުގޮތް ބަލާ
ކޮބާ އިންސާފު
28 August 2019
މިއަދު ފުރިހަމަ ބާރު ލިބިފައިވާތީ، މާދަމާ ތީގެ އަނެއްކޮޅު ތިޔަ މީހުންނަށް ފެނުމަކީ ދުނިޔެ ދައްކާ ޙަގީގަތެވެ! ފަޑިޔާރުގެ މައްސަލަ އޮތީކަމަށް ވެސް ވެދާނެއެވެ! އެކަމަކު، ތިޔަ މައްސަލަ ބެލި ޖޭސީގެ ރިޔާސަތުގައި އިނީ މައްސަލައިގެ ވަރަށް ބޮޑު މަސްލަޙަތު އޮތް ފަރާތެވެ. ދެން އަޣުލަބިއްޔަތަކީ މަސްލަޙަތު އޮތް ފަރާތުގެ އޭރުގެ ޤާނޫނީ ޓީމެވެ! މަޖިލީސް އަތްމަތީގައެވެ! ވީމާ ޢަދުލުވެރިވާނެ ވަރު ވިސްނާލާ!
ޝޯޓްކަޓް
28 August 2019
ޖޭއެސްސީއަކީ އެމްޑީޕީ، މަޖްލިހުގެ ކޮމިޓީގަ މެޖޯރިޓީ އެމްޑީޕީ، މަޖްލިހުގެ ތަޅުމުން ނިމޭނީ އެމްޑީޕީ މެޖޯރިޓީ ބޭނުންވާ ގޮތަށް. ފުރަތަމަ މަރްހަލާއިން ނިންމާ ނިންމުން ތަފާތުވާނެ ހާލަތެއް ނާންނާނެ ފަހުގެ އެއްވެސް މަރްހަލާއެއްގައި. އެހާ ދިގު ޕްރޮސެސްއަކުން ގޮސް ކަން ނިމެން އަންނަނީ ފުރަތަމަ މަރްހަލާގަވާ ގޮތަށް ކަމަށް ސާފުވާއިރު ހަގީގަތުގަ މިއީ ކަމެއް ނިންމުމުގައި ވަގުތު ބޭކާރުކޮށް ކަމެއް ގަވައިދާ އެއްގޮތަށް ދާ ކަމަށް "ދެއްކުން"
ޔާސިރު
28 August 2019
ވަރަށް ރަގަޅު ނިންމުމެއް. ބޮޑިތިލަދުންމަތީ މީހަކަށް ސްޕްރީމް ކޯޓުން ޖާގަ ދެއްވާނެކަމަށް އުންމީދުކުރަން.
މާއިން
28 August 2019
ލައްބަ.ސަމީރު ނޫނީ ނިޔާޒު.ސުޕްރީމްކޯޓަކީ ބޮޑުންގެ ދަރިންނަށް ދޭ އެއްޗެއް ގޮތުގައި އޮތީމާ ކަމަކު ނުދޭ
އުދުހޭ
28 August 2019
ވަކި އަތޮޅެއް، ކުލައެއް، ދަރިފަސްކޮޅަކަށްވާތީ މަގާމު ލިބެންޖެހޭކަމަށް ވިސްނުމަކީ ކޮށި ނާތަހުޒީބީ ވިސްނުމެއް.
ފުރޭތަ
28 August 2019
ތިޔަ މައްސަލަ ބެލީ ބެންޗަކުން. ކިހިނެއް އެކަކަށް ދީގެން ނިންމަނީ. މުޅި މައްސަލައިގެ ހިމެނޭ އެންމެން ނުބަލާތަ؟ އެންމެން ވެގެން ބޭންކެއް ފަޅާލިއަސް އަންނާނީ ފަހަރަކު މީހެއްގެ ވާހަކަ ދޮތަ؟
ޔާމީނު
28 August 2019
ޑީޑީގެ މައްސަލަ އަލީ އަބުދުﷲ ޤާޒީ މައްސަލާގައި ނަޝީދުގެ މައްޗަށް ހުކުމް ކުރި ކަމެވެ
ހުސެން...
28 August 2019
އޭނާ ގެ މައްސަލަތައް ބައިވަރު...ހަސަދަވެރިކަން އެއްކިބާގައި ބާއްވާފަ ވަކިއަތަކަށް ނުޖެހި ވިސްނާލާ...
އަސްނާ
28 August 2019
ތި ޔަ ކޮމެންޓުގަ މަދީ އެންމެ ބަހެއް "ނާއިންސާފުން" ކުރިޔަށް ލީނަމަ ހަމަ ޖެހޭނެ. "ޑީޑީގެ މައްސަލަ އަކީ އަބުދުﷲ ޤާޒީ މައްސަލާގައި ނާއިންސާފުން ނަޝީދުގެ މައްޗަށް ހުކުމް ކުރި ކަމެވެ" މިގޮތަށް.
ތައުފީޤު
28 August 2019
ޝުޖާ އުޘްމާނު ގެ މައްސަލަ ވެސް ބަލަން ޖެހޭ..
ކޮލަމާފުށި
28 August 2019
ތިކަން ކުރަން މާލަސްވެއްޖެ..ޔާމީނުގެ ވެރިކަމުގަ ޔާމީނުގެ ކެމްޕޭނުގަ ގއ ރައްތަކަށް ހިތުހުރި ގޮތަކަށް ދަތުކުރިއިރު މީނަ ހިތަކަށްނާރާ.