ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު މަޖިލިހުގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
29 އޯގަސްޓް 2019 - 13:13
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އަށް އެނބުރި ގޮސް، އެ ދުވަހުގެ "ފަސްބައި ނަގައި ކޮނެ ހަދާ ނަމަ" ގައުމަށް ގެއްލުން ލިބިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތައް ބަލަން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން އިމްރާން ވިދާޅުވީ އެ ދުވަހުގެ ހާލަތަށް ދިވެހިން އެނބުރި ދާ ނަމަ، ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
އިމްރާން އެގޮތަށް ވިދާޅުވި އިރު، ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރެ އެވެ. އަދި އޭރު އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މުޒާހަރާތަކުގެ އިސް އެއް ބޭފުޅަކީ ވެސް އިމްރާނެވެ.
ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން ދާދި ފަހުން ވެސް ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި. --- ފޮޓޯ: މަޖިލިސް
އިމްރާން ވިދާޅުވީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ގޮތް ބޭރުގެ މާހިރުން ވެސް ހިމެނޭ ހާއްސަ ކޮމިޝަނަކުން ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި އިތުރު ތަހުގީގެއް ހިންގަން ޖެހޭ ނަމަ، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ތަހުގީގު ހިންގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ހޯމް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ 7 ގެ ވާހަކަ އަލުން ދައްކާ ނަމަ، ގައުމުގެ މަސްލަހަތު ގެއްލިދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 7 ފެބްރުއަރީގެ ވާހަކަ މިއަދު ދައްކަންވެއްޖެ ކަމަށްވާ ނަމަ، އަޅުގަނޑުމެން ގައުމުގައި އިތުރަށް ހަލަބޮލިކަމާއި ހަމަނުޖެހުން، މަސްލަހަތު ގެއްލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެ،" ރިޔާސަތުގައި ނަޝީދު އިންނެވި ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލިހުގެ ތެރޭގައި ވެސް އެ ދުވަހު އެކި ކަންކަމުގައި އެކި ގޮތް ގޮތަށް އެކި ކޮޅުގައި ތިއްބެވި އެތައް ބޭފުޅުންނެއް ހިމެނެ އެވެ. އެބޭފުޅުންގެ މެދުގައި ގާއިމްވެފައިވާ އެކުވެރިކަމާއި މަސްލަހަތާއި އެއްބާރުލުން ގެއްލިގެން ނުދާ ގޮތަށް ކަންކަން ބައްޓަން ކުރުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވި އެވެ.
"މިއަދު ގައުމު މިވަނީ އެކުވެރި ކުރަން ޖެހިފައި. އެއްބައި ކުރަން ޖެހިފައި. އެ ދުވަހަށް އެނބުރި ގޮސް، އެ ދުވަހުގެ ފަސްބައި ނަގައި ކޮނެ ހަދައި ގައުމަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ވެގެން ދިއުމަކީ އަޅުގަނޑުމެންގެ އެކަކު ވެސް ބޭނުންވާނެ އަދި ރުހޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ހަ މަސްދުވަހުގެ މަސައްކަތަށް އޭރުގެ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ވެސް ނެތް ކަމަށެވެ. އޭރުގެ ނައިބު ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެ ރިޕޯޓް ގަބޫލެއް ނުކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮބާ..ކޮބާ
31 August 2019
ރައްޔިތުންނާ، ސަރުކާރަށް ބިރު ދައްކަނީ..މަޖިލިސް ހޮޥީ މިމީހުންގެ ތަޙުގީގު ކުރިޔަށްގެންދިއުމަށް..
އަހުމަދު
30 August 2019
އަނެއްކާވެސް ބަޣާވާތެއްގެ އިންޒާރު!
މައިތިރި
30 August 2019
ހޯމްމިނިސްޓްރީގެ ދައުރެއް މިޤައުމުން ނުފެނޭ. އަކުންބަކުންކުޅެނީ.
މަސްވެރިޔާ
30 August 2019
ބަލާފަ ނުބަލާނެ މައްސަލައެއްނެތް. ރަނގަޅު ގޮތަކީ އާފެށުމަކުންފެށުން.
ބޭއިންސާފު
30 August 2019
އިމްރާނަކީ ބަޤާވާތުގެ ބައިވެރިއެއް. ޔާމީން އަށްވެސް މާފުދިނުން ރަނގަޅު.ﷲ ފާޅުގަސިފައިންގެފާރުމަތިން އަރަންގޮވި އުމަރުވެސް އެހުރީ ޑީލްގެ ދަށުން ގޭގަ. ބޭއިންސާފު.
ނަގޫރޯޅި
30 August 2019
ތެދެއް، ވެރިކަމައް އާދެވުނީ "އެއްކަލަ" ބާގީންނާ، ސޭޓާ، މަހުޖަނާ، ވަގުންނާ ބައިވެރިވި ވަގުންގެ އެހީއާ އެވަގުން "އެދުވަހު" ހޯދި ނާޖައިސްފައިދާގެ އެހީތެރިކަމާއެކު. ވެރިކަމުގަ ތި ތިބެވެނީވެސް ހަމަ އެމީހުންނާހެދި. އެހެންނޫންނަމަ އަބަދު މަގުމަތީ ތިއްބަސް ވެރިކަމަކަށް ހިލާނާދެވުނީސް. 2013ގަ ވީވެސް އެހެން. ދެންވެސް ވާނީ އެހެން. ވީމާ ސައިޒު ނޯޅޭ. ތިއެންމެންނަކީވެސް 2023ގެ ފަހުން ޖަލުގޮޅީގަ ތިބެންޖެހޭނެ ބަޔެއް. އެކަން ހަދާން ހުންނާނެ ކަމައްހީކުރަން
ކަރާޓޭ
30 August 2019
ހަތެއް ފެބްރުއަރީ ހިނގަން މެދުވެރިވީ ލޮނުޒިޔާރަތްކޮޅުގަ އަދާލަތު ޕާޓީއާއި މަދަނީ ޖަމިއްޔާތަކުން ނިކުމެ އެމްޑީޕީއަކީ ލާދީނީ ފިކުރުގެ ބަޔެއް ކަމާއި އަދި ދީނަށާއި ރަސޫލާއައް ނިސްބަތްވާގޮތައް ނޭދެވޭއެތަކެއް ވާހަކައެއް އޭރުގެ ރައީސްނަޝީދު ދައްކާކަމައް ބުނެ ބޭއްވި ބޮޑު އެއްވުމެއްގެ ނަތީޖާއެވެ. މިއަދު އެ އެއްވުމުގެ ކުރީ ސަފުގެ އެކަކު އެހެރީ ހޯމްމިނިސްޓަރަކައް ވެ އެއްކަލަ އެމްޑީޕީގެ ލާދީނީ ސަރުކާރުގައެވެ.
ހަގީގޫ
30 August 2019
ފެބްރުއަރީ 7 ގެ އެންމެބޮޑު ކުއްވެރިޔަކީ ނަޝީދު.. އޭނާ ގަވާއިދާއި ގާނޫނުތަކާއި ޚިލާފައް ކުރިމިނަލް ކޯޓުގެ އިސްގާޒީ ގެއްލުވާލައިގެން ޖޭއެސްސީގެ ދައުރު ހުއްޓުވާލައިގެން އުޅެ އުފެދުނު ފިތުނައިގައި ފުލުހުންނާއި ކުރިނަތިލުމައް ސިފައިންނައް އޯޑަރުކޮއް ގައުމު ހަލަބޮލިކޮއްލީ
ނެޑް
29 August 2019
މީނާ ހުންނާނީ ކުޑަ ގޮޅީގައި. ގައުމަށް އެއްވެސް ގެއްލުމެއް ނުލިބޭނެ.
އިސްމާލްކަލޭފާނު
29 August 2019
މިސަރުކާރުގެ އިސް ސަފުގާ ހުރީ ހުސްޖަލަށްލާންވެފައި ތިބި މީހުން.