ސާކްގެ ސްޕީކަރުންގެ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވަނީ.
01 ސެޕްޓެމްބަރ 2019 - 11:41
ސިޔާސީ ފަރާތްތަކަށް މިހާރު އޮތް ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ ކުރިމަތިލާނެ ގޮތެއް ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރާއްްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ސާކްގެ ސްޕީކާސް ސަމިޓް އޮން އެސްޑީޖީސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލާނެ ގޮތެއް ހޯދަން ޖެހޭނީ އިގުތިސާދު ވެސް ކުރިއަރުވަމުން ކަމަށާއި ސިޔާސީ ކަންތައްތައް ހައްދުފަހަނައަޅައި ނުދާނެކަން ވެސް ހަމަ އެއާ އެކު ކަށަވަރުކުރަން ޖެހޭ ކަމަށެވެ.
"ކުރުކޮށް ދަންނަވާ ނަމަ އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ، އިގުތިސާދު އަދި ސިޔާސީ މައްސަލަ ހައްލުކުރުން،" އެމަނިކުފާނު ވިދާޅުވި އެވެ.
މިއަދު ފެށި ސަމިޓްގައި ސަރަހައްދީ ގައުމުތަކުގެ ޕާލަމެންޓްތަކުގެ ސްޕީކަރުންނާއި ޑެޕިއުޓީ ސްޕީކަރުން މަޝްވަރާ ކުރައްވާނީ ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލްސްއާ ބެހޭ ގޮތުންނެވެ. ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލްސްއަކީ 2030 ވަނަ އަހަރާ ހަމައަށް ހާސިލުކޮށް ނިންމަން އަމާޒުކޮށް، އދ. އިން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކެކެވެ. އެ މައުލޫއުގައި ނަޝީދު މައިގަނޑު ތިން ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
ފުރަތަމަ ކަމެއްގެ ގޮތުގައި ވާހަކަ ދެއްކެވީ ޑިމޮކްރެޓިކްކޮށް ގައުމުތައް ހިންގުމުގެ މުުހިއްމުކަމާ ބެހޭ ގޮތުންނެވެ. އެގޮތުން ޕާލަމެންޓަށް މެމްބަރުން އިންތިހާބު ވަނީ ވައުދުތަކަށް ރައްޔިތުން އިތުބާރު ކުރުމުން ކަމަށާއި ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ޕާލަމެންޓްތަކުގެ ސްޕީކަރުންގެ ސަމިޓް ހަގީގަތަކަށް ވީ އެހެންވެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ސާކްގެ ސްޕީކަރުންގެ ސަމިޓް ފެށުމުގެ ރަސްމިއްޔާތު
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީއާ ބެހޭ ގޮތުން ކޮންމެ އަހަރަކު މަޝްވަރާ ކުރާއިރު ސައިންސްވެެރިން އަންނަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ރެކޯޑްތައް ހަމަކުރައްވަމުން ކަމަށެވެ.
"އާއްމު ގޮތެއްގައި އެންމެ ހޫނު ގަދަ އަހަރު، އެންމެ ހޫނު ފިނިމޫސުން ނުވަތަ އެންމެ ގިނައިން ގަނޑުފެން ވިރުނު ފަހަރު ނުވަތަ އެންމެ ބާރު ވައި، ހީވަނީ މޫސުމީ އޮސްކާ ދިނުމުގެ ހަފްލާއެއް ހެން،" އެމަނިކުފާނު ވިދާޅުވި އެވެ.
އިއާދަކުރަނިިވި ހަކަތަ އަށް ބަދަލުވުމަށް ރާއްޖޭގައި އެމަނިކުފާނު މަަސައްކަތް ފެއްޓެވުމުން އޭރު މީހުން އެއީ މޮޔަކަމެއް ކަމަށް ބުނި ކަމަށާއި އެހެން ނަމަވެސް އެއީ ކޮންމެ ހާލަތެއްގައި ވެސް އެންމެ އަގު ހެޔޮ ހަކަތަކަން މިހާރު އެނގިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ސާކް ސްޕީކަރުންގެ ސަމިޓްގައި ފެށުމަށް މަޖިލީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އެ ސަމިޓްގައި މިއަދު ދެން އޮތް ސެޝަނުގައި އޮންނާނީ ސަސްޓެއިނަބުލް ޑިވެލޮޕްމެންޓް ގޯލްސް ހާސިލުކުރުން އަވަސް ކުރުމަށް ގައުމުތަކުގެ ޕާލަމެންޓްތަކުން ކޮށްފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމެވެ.
އެ ސެޝަނުގެ ރިޔާސަތު ބަލަހައްޓަވާނީ އިންޓަޕާލަމެންޓްރީ ޔޫނިއަންގެ ސެކްރެޓަރީ ޖެނެރަލް މާޓިން ޗުންގޮން އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗޭންބާ
01 September 2019
މީހާދަ ހުތުރު މަންޒަރެކޭ. ޢަޅުގަނޑުމެންގެ އިއްޒަތްތެރި މެންބަރުން ގޮޑިތަކުން ނަގާފަ އެހެންބައެއް ބައިތިއްބާފަ. ނޫހުން މަޖްލިސް ރައީސްއާ ސުވާލުކޮށްލަބަލަ ކޮންއުސޫލަކުން ކުރިކަމެއްތޯމީ. ޢަފްރާޝީމް އާއިލާ ޗޭންބަރަށް ވެއްދީ މަޖްލިސުން ފާސްކޮށްގެން ކަމަށްބުނޭ. ޢެކަންމިފަހަރުވެސް ކުރިތޯބަލާލަންބޭނުންވޭ.
މާދުރު ތަރި
01 September 2019
ގައުމުގެ ރައްޔިތުން އަސާސީ ހަގުތަކާއި ހިދުމަތް ތަކަށް ސަލާން ޖަހަންޖެހެނީ! ނަޝީދު މަބޮޑޭވެފަ 100000 ރ މުސާރައެއް މަހަކު ރައްޔިތުން ހާންތިވަންދެކެން މަސައްކަތްކޮށްގެން ދައްކާ ޓެކްސްއިން ފޮނިބައިސާ ކަނޑަން އަދި ރާއްޖޭގެ އިސްލާމް ދީން ނޫން ދީނެއް ތައާރަޕް ކުރުމުގެ ސިއްރު އެޖެންޑާއަކަށް މަސައްކަތް ކުރަނީ! ބޯހަލާކު ނަޝީދު، ޔާމީނު، މައުމޫނު، ގާސިމް، އިބޫ އަށް ސަނާކިޔާ އަދި އަތްޖަހަން ތިބޭ ދިވެހިން ފެނުނީމަ! ލަދު
ރަދީފު ބިން ރަފައިދާ
01 September 2019
އޮސްޓްރޭލިޔާއިން ދިވެހިންނަށް ބިންގަނެދޭނެކަމަށް ދަޅަދެއްކިމީހާމީ.
ލިބާސް
01 September 2019
ކޮބާތަ މިދޭތެރެއަކުން މާ ވައިގަ ހިއްޕައިގެން އުޅުނު ވައިން ކަރަންޓު އުފައްދާ އެއްޗިހިތައް މިހާރު. ބަލަ އެވެސް އެބަހުރެއޭ އަދިވެސް ވިއްކަން ދުނިޔޭގަ.
މަންޑޭލާ
01 September 2019
މައުމޫން ތިމާވައްޓަ އެހީވާމީހުންނަ ފެހިފަތް ދޭތީ ނަޝީދު އެކަންހުއްޓާލީ މައުމޫން ފެށިކަމަކަ ވާތީ.
ދޮން އާމިރު
01 September 2019
އުހުނ
ޝޮކްތެރަޕީ
01 September 2019
ރާއްޖެ ކުރިނާރާ ރަގަޅު ބަދަލްނާންނަނީ. ނަޝީދު ކަހަލަ މީހުން ސިޔާސީދާއިރާގަ އުޅޭތީ. ޤައުމައްވެސް ގެއްލުން.
ފަހުދު
01 September 2019
"އިއާދަކުރަނިިވި ހަކަތަ އަށް ބަދަލުވުމަށް ރާއްޖޭގައި އެމަނިކުފާނު މަަސައްކަތް ފެއްޓެވުމުން އޭރު މީހުން އެއީ މޮޔަކަމެއް ކަމަށް ބުނި ކަމަށާއި އެހެން ނަމަވެސް އެއީ ކޮންމެ ހާލަތެއްގައި ވެސް އެންމެ އަގު ހެޔޮ ހަކަތަކަން މިހާރު އެނގިފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ." އެކަކުވެސް ނުބުނެޭ! ތީ ކަލޭ އަމިއްލައަށް މަތިވެގަނެގެން އުޅޭކަމެއް. މާކުރިންވެސް މި ރާއްޖޭގެ ކުރަންފެށީކަމެއް މި ރާއްޖޭގެ ތަނަވަސްކަމާ އިންސާނީ ގާބިލްކަމާ އެއްވަރަށް.