ޚަބަރު / ހުސެއިން ވަހީދު

ހުސެއިން ވަހީދަށް ފުލުހުންގެ މައްސަލައެއް ނުފެނޭ!

ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދާއި (ކ) އަހުމަދު ރިލްވާން. ރިލްވާންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރި ކަމަށް ހުސެއިން ވަހީދު ވިދާޅުވި.--- ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ގިނަ ބައެއްގެ ހިތުގައި ހުރި ސުވާލުތައް ގިނަ އެވެ. އެ މައްސަލާގައި ފުލުހުން އިހުމާލުވީ ކީއްވެތޯ އެވެ؟ ފުލުހުން ގަސްދުގައި އަޅާނުލާ އެކަން ދޫކޮށްލީތޯ އެވެ؟ އޭރުގެ ސިޔާސީ ބާރުވެރިކަމުގައި ފުލުހުންނަށް އެ މައްސަލަ ބެލިޔަ ނުދިނީތޯ އެވެ؟

ހުޅުމާލޭގައި އުޅެމުން އައި ރިލްވާން، އޭނާގެ އާއިލާއާ އެންމެ ފަހުން ބައްދަލުވީ އޮގަސްޓް 7، 2014 ވަނަ ދުވަހުގެ ރެ އެވެ. ރިލްވާން އެންމެ ފަހުން ފެނުނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން އެ ރޭ ދަންވަރު 12:44 ގަ އެވެ.

ވަޅިން ބިރު ދައްކައި ރަތް ކުލައިގެ ކާރަކަށް އަރުވައިގެން ގެންދިޔައީ، ފުލުހުން ބުނެފައިވާ ގޮތުގައި، ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމެންޓްގެ ކުރިމަތިންނެވެ. އޭގެ ފަހުން ދެން ވީ ގޮތެއް ފުލުހުންނަށް ވެސް ކިޔައިދޭކަށް ނޭނގުނެވެ. އޭނާ ގެއްލިގެން އާއިލާ އިންނާއި ރައްޓެހިން އަޑު އުފުލި އިރު ވެސް ފުލުހުން ފުރަތަމަ ތިބީ މާ ބޮޑު ސަމާލުކަމެއް ނުދީ އެވެ. ތަހުގީގު ފެށީ ފަސް ދުވަސް ފަހުންނެވެ.

ރިލްވާނަށް އިންސާފު ހޯދަން ގޮވާލާ ބޭއްވި ހިނގާލުމެއް .--މިހާރު ފޮޓޯ/ހުސައިން ވަހީދު

ރިލްވާންގެ އާއިލާ އާއި ރައްޓެހިން ގަބޫލުކުރާ ގޮތުގައި ފުލުހުން އެ ތަހުގީގު ހިންގީ ވީނުވީއެއް ނޭނގި ދިވެހި ރައްޔިތަކު ގެއްލުމުން ކުރިމަތިކުރި ފިއްތުންތަކާ ހެދި އެވެ. ރިލްވާން ވަގަށް ނެގުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު ތަހުގީގުގައި ފުލުހުން އެތައް ކަމަކަށް އިހުމާލުވުމުން އެންމެން "މިނިވަންވީ" އެވެ. އެއް ބަޔަކު ޝަރީއަތާ ހަމައަށް ނުދަނީހެވެ. އަނެއް ބަޔަކު މިނިވަންވީ ޝަރީއަތުގައި، އެކަށީގެންވާ ހެކި ނެތިގެންނެވެ.

އޭރުގެ ޕޮލިސް ކޮމިޝަނަރު ކޮބާ؟

ފުލުހުންގެ ފަރާތުން ފެނުނު އިހުމާލާއި ލަސްކަމާއި ފަރުވާކުޑަކަމުގެ ޒިންމާ އަސްލު ނަންގަވަން ޖެހޭނީ އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސެން ވަހީދެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން، ފުލުހުން ލައްވާ ހިންގުވި، ގާނޫނުއަސާސީއާ ހިލާފު އެތައް އަމަލެއް، ތަންފީޒްކުރުމުގެ ބާރު ވެރިޔަކަށް ހުންނެވީ އޭނާ އެވެ.

އެކަމަކު ހުސެންގެ ވާހަކަ ވަރަށް ތަފާތެވެ. ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ވިދާޅުވެ، ރިިޔާސީ ކޮމިޝަންގެ ރިޕޯޓުގެ މައުލޫމާތުތަކާ ބެހޭ ގޮތުން، އޭނާ "މިހާރު"ގެ ރިޕޯޓަރާ ފުރަތަމަ ވެސް އެއްސެވި ސުވާލަކީ "އެއީ މި ސަރުކާރު އައި ފަހުން ހޯދި އެއްޗެއްތޯ؟" އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ރިލްވާން ގެއްލުވާލި މައްސަލައިގައި ރިޔާސީ ކޮމިޝަނުން ނެރުނު ޑްރާފްޓް ރިޕޯޓުގައި ހުރީ ފުލުހުން ކުރި މަސައްކަތުން ހޯދި މައުލޫމާތެވެ.

"ފުރަތަމަ ކަމަކަށް ފުލުހުން އޭރު ކުރި ހުރިހާ މަސައްކަތެއް [ރިޕޯޓުގައި] އެބަހުރި،" ހުސެއިން ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ހުސެއިން ވަހީދު އައްޔަން ކުރައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

އާއިލާ އާއި ރައްޓެހިންގެ އިތުރުން އާންމުންގެ މެދުގައި ކިތައްމެ ބޮޑު ޝައްކުތަކެއް ހުއްޓަސް، ހުސެން ވިދާޅުވީ "ރިލްވާންގެ މައްސަލަ ފުލުހުން ނުބަލާ ދޫކޮށްލާފައި ނުވާނެ" ކަމަށެވެ. އަދި އެއީ ފުލުހުން "ލުއި ގޮތަކަށް" ނެގި މައްސަލައެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރިލްވާން ގެއްލުނު މައްސަލަ ފުލުހުންނަށް ރަސްމީކޮށް ހުށަހެޅީ، ހުސެއިން ވިދާޅުވި ގޮތުގައި، އޮގަސްޓް 13 2014 ގަ އެވެ. އެއީ ރިލްވާން ވީނުވީއެއް ނޭނގި ގެއްލިގެން އުޅޭތާ ހަ ދުވަސް ފަހުންނެވެ. މައްސަލަ ހުށަހެޅި ހިސާބުން ފެށިގެން ވަރަށް ސީރިއަސްކޮށް ތަހުގީގު ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ހުސެން އެގޮތަށް ވިދާޅުވިޔަސް، އޭރު ވެސް އާންމުން އުފެއްދި ފުރަތަމަ ސުވާލަކީ، ރިލްވާން އުޅޭ ގޭ ކުރިމަތިން މީހަކު ގަދަކަމުން ކާރަކަށް ލާ މަންޒަރު ފެނި، ހުޅުމާލޭ ފުލުހުންނަށް އާންމުންގެ މީހަކު އެންގި ނަމަވެސް އެ ވަގުތުން ފެށިގެން ރަނގަޅު ތަހުގީގެއް ނުކުރުމެވެ. އެއީ، އޭރު ވެސް އަދި މިހާރު ވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި، ފުލުހުންގެ އިހުމާލެވެ. އެފަދަ ތަހުގީގެއް ނުފެށި ގާތްގަނޑަކަށް ހަފުލާއެއް ވާ އިރު، މައްސަލައިގެ ކިތައްމެ ހެއްކެއް ހުންނާނީ ނައްތާލައިފަ އެވެ.

އެކަމަކު އޭނާގެ ޒިންމާގެ ދަށުގައި ފުލުސް އޮފީސް އޮތް އިރު ރިލްވާންގެ ކޭސް ރަނގަޅަށް ގެންދިޔަކަން ދައްކަވަން ހުސެން ވިދާޅުވީ "ތުހުމަތު ކުރެވުނު މީހުންނާ ސުވާލުކޮށް، ހައްޔަރު ކުރަން ޖެހޭ މީހުން ހައްޔަރު ވެސް ކުރި" ކަމަށެވެ.

"އެއީ ތަހުގީގު ޓީމުން ލުއި ގޮތަކަށް ނެގި މައްސަލައެއް ނޫން،" ހުސެއިން ވިދާޅުވި އެވެ.

އެކަމަކު އޭރުގެ ރައީސް ޔާމީން ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައަށް ފަހު، ކޮމިޝަނަރުކަމުން އޮކްޓޯބަރު 23، 2015 ގައި އޭނާ ވަކިކުރަން ދެން ވެސް، އެއްވެސް މީހެއްގެ މައްޗަށް ދައުވާކޮށްފައެއް ނުވެ އެވެ.

ރިލްވާންގެ މައްސަލާގައި ދައުވާ އުފުލީ އޭގެ ދެ އަހަރު ފަހުން 2017 ގަ އެވެ. އެކަމަކު ކުށް ސާބިތުވާ ވަރަށް ހެކި ނެތިގެން ދެ މީހުން ވެސް ސަލާމަތްވީ އެވެ. އަދި އެ މައްސަލަ ޕީޖީގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެއް ނުވެ އެވެ.

ކޮމިޝަނުގެ ރިޕޯޓުން އެނގޭ ގޮތުގައި ރިލްވާނަށް މަރުގެ އިންޒާރު ވެސް ލިބެމުން ދިޔަ އެވެ. އެކަމަކު ރިލްވާންގެ ހާދިސާ އަކީ "މާ ކުރީގެ ކަމަކަށް ވާތީ"، ފުލުހުންނަށް އެ މައުލޫމާތު ލިބުނު ކަމެއް ނުވަތަ ނުލިބޭ ކަން ވެސް ހަނދާނުގައި ނެތް ކަމަށް ހުސެން ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ރިލްވާން ގެއްލުނު މައްސަލަ ތަހުގީގުނުކޮށް ފުލުހުން އިހުމާލުވި ކަމަށް ބުނަނީ ވަކި މީހަކު ބޭނުންވާ ގޮތަށް މައްސަލަ އެނބުރިގެން ނުދިއުމުންނެވެ. އެކަމަކު ކޮމިޝަނުން ނެރުނު ރިޕޯޓްގައި ހާމަކުރި މައުލޫމާތުތަކުން ގިނަ ބަޔަކު ލަފާކުރަނީ ފުލުހުންގެ ތަހުގީގު ގެންގޮސްފައި ވަނީ ފަރުވާކުޑަކޮށް ކަމަށެވެ.

ފުލުހުން ދިފާއުކުރައްވައި، ހުސެން ވާހަކަ ދެއްކެވި ނަމަވެސް، ރިލްވާން ވަގަށް ނެގި މައްސަލައިގެ އެތައް ކަމަކުން ފެންނަނީ ފުލުހުންގެ އިހުމާލެވެ.

46 ކޮމެންޓް, 109 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 2%
icon angry icon angry 87%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒުވާނާ.

29 October 2019

އެކަންދެން ބަލާނެ ދޮއްތޮބަލަންތިބި މިހުން ދޮއްތޮ އެއީ އަޅުގަނޑު ބަލާ ކަމެއް ނޫން ދޮއްތޮ ފުލުހުން ދޮއްތޮ ބަލާނީ އަޅުގަނޑު ނުބުނަން ދޮއްތޮ ނުބަލާކައް ދޮއްތޮ ސާފުވެއްޖެތޯ މިކަމުން ދަލީލުދެނީ މީހަކު މަރާފަ ސިއްރު ނުކުރެވޭނެކަން އަމިއްލަޔައް އެބުނެވެނީ ކިތަންމެ ނޫންކަމުގަ ހުއްޓަސް ނަމަވެސް ވިސްނާ ބަޔަކައް ބުއްދި ހުރިބަޔަކައް އެނގޭނީ

The name is already taken The name is available. Register?

އަހައްމާ

12 September 2019

ނުފެންނާނެތާ. އެ ގަނޑު ފުލުހުން ލައްވާ ގަންމީހަކަށް. މުޅިތަން ހަލާކުކޮށްލި މީހެއް ތީ ؟ އެކަމު ފުލް ޕެކޭޖް ގަ ދޯ؟ ގަދަ

The name is already taken The name is available. Register?

ނަޖްވާ

12 September 2019

ބަލަގަ މީނަ އެއް ނޫންތަ ހުރީ ފެން ފޯއް ރުއްތައް ކަނޑާ ތިރި ކުރި އިރުވެސް! އެ މައްސަލަ ވެސް ބެލެން ޖެހޭނެ ދޯ؟

The name is already taken The name is available. Register?

ފެން ފޯއް ރުއްކެޑި

11 September 2019

ޢަގަ ފެޅީދޯ

The name is already taken The name is available. Register?

އިހުލާސް

11 September 2019

ފުލުހުންގެ އިދާރާހަލާކުވީ ތިކަހަލަ ކުފޫހަމަނުވާމީހުން ސީޕީ ގެ މަގާމު ފުރީމަ. މީހަޤީގަތަކީ.

The name is already taken The name is available. Register?

ޖަމީލުބަތް

11 September 2019

ތި ހުސެން އަކީ ޖަލުގަހުންނަންޖެހޭމީހެއް. ތި ހުސެންއަކީ ބަޤާވާތައް މަގުފަހިކޮއްދިންމީހެއް. އެދުވަހުގެ ފޮޓޯތައްބަލާލީމަފެންނާނެ ފުލުސްއޮފީހުގަ މީހުނާއި އަރަބި ސަލާމްކުރާމަންޒަރު.

The name is already taken The name is available. Register?

ހަސީނާ

12 September 2019

ހުސެން އޭ! އޭނަ އަކީ ވަހީދު! ވަހީދު!

The name is already taken The name is available. Register?

ބޮލުރޮދި

11 September 2019

".......ކޮމިޝަނުން ނެރުނު ރިޕޯޓްގައި ހާމަކުރި މައުލޫމާތުތަކުން ގިނަ ބަޔަކު ލަފާކުރަނީ ފުލުހުންގެ ތަހުގީގު ގެންގޮސްފައި ވަނީ ފަރުވާކުޑަކޮށް ކަމަށެވެ." ކީކޭތަ ކަލޭ ތިކިޔަނީ؟

The name is already taken The name is available. Register?

ކކެ

11 September 2019

އެރޭ ގެއެ ހާދިސާގެ މައުލޫމާތު ހިއްސާ ކުރި ޕޮލިސް މީހެއް ބުނިގޮތުގާ ރިލުވާން ވަގައް ނެގި ކާރު ޑިއުޓީގަ ތިބި ޕޮލިހުންނައް ފެނިގެން އައިއޯ އައް ގުޅިމަ ދޫކޮއްލަން ބުނި ކަމައް ވަނީ..

The name is already taken The name is available. Register?

ނުދަންނަމީހާ

11 September 2019

ބްރޯ ބޭކާރު ވާހަކަ ނުދައްކާށެވެ. އަދީބު އަތުން ފައިސާ ނަގައިގެން އިންޓަލް ރިޕޯޓް ރައީސް އަށް ފޯރުކޮށް ނުދިނީ ކާކުގެ ސީޕީކަމުގައި ތޯ އެވެ.

The name is already taken The name is available. Register?

އަދީބު

11 September 2019

ފުލުހުނ ކީއްކުރަން ތ ހަސަން ވަހީދު ތީ އަދީބުގެ ބެސްތފުރެންޑު ދެން ބުނެބަލަ ރައްޔިތުން ޝައްކުކުރާނީ ކާކަށްބާ! ހެލީ ބުރޯ ކިޔާފަ ތި ހަސަން އަދީބަށް ސެލިއުޓު ނެގި އެދުވަސްވަރު. ދެން ތި ހަސަނު ދައްކާވާހަކަ އަޑުއަހާނީ ކާކު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454