މަރު ކޮމިޝަނުގެ ބޭނުމަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނުގައި ކަނޑުމަތީގައި މިއަދު ހަރަކާތްތެރި ވަނީ. --ފޮޓޯ:ޕޮލިސް
11 ސެޕްޓެމްބަރ 2019 - 12:27
ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންގެ ބޭނުމަށް ފުލުހުން ރޭ ފަށާފައިވާ އޮޕަރޭޝަންގެ ތެރެއިން ކަނޑުމަތީގައި ވެސް ފުލުހުން ހަރަކާތްތެރިވާން މިއަދު ފަށައިފި އެވެ.
ފުލުހުންގެ ހާއްސަ އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ސްވޮޓްގެ ޓީމަކުން ވަނީ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ލޯންޗެއްގައި މިއަދު އެއް ނަމްބަރު ފާލަމުން ފުރައިފަ އެވެ. އޮޕަރޭޝަނެއް ކަނޑުމަތީގައި ކުރިއަށް ގެންދާކަން ޔަގީންކޮށްދިނުމުގެ އިތުރުން އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
މީގެ ފަސް އަހަރު ކުރިން ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާ ގުޅޭގޮތުން ރިޔާސީ ކޮމިޝަނުން މިހާތަނަށް ހޯދާފައިވާ މައުލޫމާތުތަކަށް ބަލާއިރު ރިލްވާން ވަނީ މަރާލައިފަ އެވެ. ދީނީ ހަރުކަށި ފިކުރުގެ ބަޔަކު އެކަން ކުރީ ރިލްވާން ދިރިއުޅޭ އެޕާޓްމަންޓް ކައިރި ހުއްޓާ ގަދަކަމުން ކާރަކަށް އަރުވައިގެން ގެންގޮސް ޑިންގީއަކަށް އަރުވައި، އޭގައި ގެންގޮސް ކަންނެލި ދޯންޏަކަށް އަރުވައިގެން ކަމަށް ރިޔާސީ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓްގައި ވަނީ ބުނެފަ އެވެ.
ރިޕޯޓްގައިވާ ގޮތުން އއ. އުކުޅަހު އެ ދޯނީގެ ވެރިޔާ އަކީ އެ ރަށު މާވަޑިއާގޭ މުހައްމަދު ރާޝިދު ނަމަކަށް ކިޔާ މީހެކެވެ. ރިލްވާން މަރާލުމަށް އެ ދޯނި ހަމަޖެއްސީ ސ. ފޭދޫ ގުރަހާގެ އަހުމަދު އަގްލީލް (ކިޑް) ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ. ފުލުހުން ރޭ ވަނީ އޭނާގެ ގެ އާއި ފިހާރަ ވެސް ބަލައި ފާސްކޮށްފަ އެވެ. ނަމަވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ.
ފުލުހުން މިހާރު ވެސް އަންނަނީ މާލޭގެ ތިން ގެއެއް ބަލައި ފާސްކުރަމުންނެވެ. ރޭ ވަނީ މާލޭގެ އަށް ގެއަކާއި އައްޑޫ ސިޓީގެ ގެއެއް ބަލައި ފާސްކޮށްފަ އެވެ. އެ އޮޕަރޭޝަންތަކުގައި ވެސް އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ރިޔާސީ ކޮމިޝަންގެ އެންގުމަށް ހާއްސަ އޮޕަރޭޝަނެއް ކުރިއަށް ގެންދިއުމަށް މާލެ އާއި އައްޑޫ ސިޓީގެ ސަލާމަތީ ކަންކަން ވަނީ ވަރުގަދަކޮށްފަ އެވެ. ހަތިޔާރާ އެކު ސިފައިން ވެސް ވަނީ އޮޕަރޭޝަނެއް ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޤާދިރު
11 September 2019
މި ސަރުކާރުން ރައްޔިތުން ގުނބޯހެއްދުން ނޫން ކަމެއް ކުރެވޭތަ؟
ގެރިބޯ
11 September 2019
މި ކިޔާ ރިޟުވާނެއް އެކަނިތަ ގޮތްނޭގޭ ގޮތައް މަރުވީ؟ ކޮބާތަ އަފްރާޝީމް، އަނަސް، އަދިވެސް އަދިވެސް.
ބޮޑުމީހާ
11 September 2019
ތިހިންގާ އޮޕަރޭޝަންތަކާ ކުރާ ޚަރަދާއި އެއްވަރަކަށް ކުރިއެރުމާއި ނަތީޖާ ފެންނާނެކަމަށް އުއްމީދުކުރަން
ހަވީރުު
11 September 2019
ސާބަސް، ތިޔަކަން ތިޔައީ ކަންދެއްކުމަށް ކުރާ ކަމަކަށްވުރެން ބޮޑަށް ނަތީޖާ ނެރޭނެ ކަމެއްގެ ގޮތުގައި ނިމިގެން ދާތަން ދެކެން ބޭނުން.
މޮހޮނު123
11 September 2019
މިއީ މާމޮޅަށް އޮޕަރޭޝަންހިންގާ ބައެއް!! ފުރަތަމަ ރިޕޯޓް ޢާންމު ކޮށް ދެން އޭގައިވާ ސިއްރުތައް ލީކުކޮށް، ހެކިފޮރުވުމަށް ފުރުސަތުދީފަ ދެން އަޑުގޮއްވާލާފަ އޮޕަރޭޝަން މިހިންގަނީ... މިކަން އަނެއްކާ ޖަމަލު ފޮޑިއަކަށްނޫންބާ ވާނީ؟؟؟
ގިޓާ
11 September 2019
ގޮތްދައްކަން ޖައްވުވެސް ބަލާނެ
ބީނޫ
11 September 2019
ޖައްވުތެރެ ބަލާ ފާސްކުރަންވެސް ފައުޖެއް ފޮނުވައިދޭތި
ފަޅޯ
11 September 2019
މާތްކަމޯ!. މިވެރިން ވެރިކަމަށް އައުމުގެ ކުރިން ބުނީ ރޔ އަޑިގަ ހުރެގެންނޭ މަރުތައް ހިންގީ. އެހެންވިއްޔާ ފުރަތަމަ ރޔ ހައްޔަރުކޮށް އެނާގެ ގެދޮރު ފާސް ކުރަންވީނު؟ ކީއްކުރަންތޯ ކަނޑާ ވަޔާ އުޑާ އަދި ބިން ތިޔަ ޗެކު ކުރަނީ؟ މިހާރު ކަންކުރަމުންދާ ގޮތުން ހީވަނީ ވެރިކަން ހޯދުމުގެ ބޭނުމުގައި އޭރު ހެދީ މުޅިންވެސް ދޮގޭ. ވެރިކަން ހޯދުމުގެ ނިޔަތުގައި ވަލީއުލް އަމުރުގެ ބޮލުގައި ދޮގު އިލްޒާމް ތަކެއް އެޅުވީ ނޫންތޯ؟
ރާއްޖެއިން ބޭރައް ކިޔަވަންދާން
11 September 2019
ސަރުކާރު ތެރެއިން ގުގުރާއަޑު ހާދަ ގަދައޭ.
ޖުހާ
11 September 2019
މީ ހެޔޮނިޔަތެއްގަ ކުރާކަމަކަށް ވެއްޖެނަމަ، އެކަން ކުރާބަޔަކަށް އައްސަރިބަހާ ސާބަސް. އަވަސް ނަތީއްޖާއެއް ނެރެވޭނެ ކަމުގެ އުންމީދު ކުރަން. އެހަނަސް ދިވެހި ރައްޔިތުން ތިބީކީ ގުނބޯ ހެދެން ތައްޔާރަކަށް ނޫން. ޖަޒުބާތުގަ ޖެހިދާނެ.