އަދީބު ރާއްޖެ ގެނެސް، ފުލުހުންގެ ބެލުމުގެ ދަށުން ވެހިކަލަކަށް އަރުވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
17 ސެޕްޓެމްބަރ 2019 - 09:43
ސުޕްރީމް ކޯޓުގެ އަމުރަކުން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓަގެއްގައި ރާއްޖެ އިން ފިއްލަވަން އުޅުއްވި މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށަން ތާވަލްކޮށްފި އެވެ.
އަދީބާ ދެކޮޅަށް އިއްވި ދައުވާއާ ގުޅިގެން ހެނދުނު 11:30 ގައި އޮތީ އިބްތިދާއީ އަޑުއެހުމެކެވެ. އަދީބުގެ މައްޗަށް އުފުލީ، ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާ ކަމަށެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގައި އިސްކޮށް އުޅުއްވި ކަމުގެ ތުހުމަތު ކުރާ އަދީބު މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅު ކަނޑުމަގުން ފިއްލެވީ "ވާގޯ 9" ނަމަކަށް ކިޔާ، ސިންގަޕޫރުގެ ޓަގެއްގަ އެވެ. އެ ބޯޓުގައި އަދީބު ރާއްޖޭން ބޭރަށް ދަތުރު ކުރައްވަނިކޮށް ހިފެހެއްޓީ އިންޑިއާގެ ޓުޓިކޮރިން ބޭރުންނެވެ. އަދީބާ އެކު އެ ބޯޓުގައި ބިދޭސީންތަކެއް ވެސް ތިއްބެވެ.
މި ޓަގުގައި އަދީބު ފިއްލެވި މައްސަލައިގައި ހައްޔަރުކުރުމަށް ފަހު، ދައުލަތުން އެދުމުން ސުޕްރީމް ކޯޓުން ވަނީ އެ ކޯޓުގައި އޮތް އަދީބުގެ މައްސަލަ ނިމެންދެން ޖަލުގައި އަދީބު ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އަދީބު ޓަގުގައި ފިއްލެވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން އެމަނިކުފާނުގެ މައްޗަށް އިއްވި ހުރިހާ ހުކުމްތަކަކުން މިނިވަންވެފައި ވަނިކޮށެވެ.
ފިއްލެވި މައްސަލައިގައި ބަންދުގެ މުއްދަތަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އަދީބު ވިދާޅުވެފައި ވަނީ، އެމަނިކުފާނު ފިއްލެވީ އެމްއެމްޕީއާރުސީގެ ތަހުގީގާ ގުޅޭ ގޮތުން ފުލުހުންނަށް ކިޔައިދެއްވާ ވާހަކަތާ ގުޅުން ހުރި ނުފޫޒު ގަދަ ބައެއްގެ ބިރުދެއްކުންތަކާއި އިންޒާރުތަކާ ހެދި އެވެ. އެމްއެމްޕީއާރުސީގެ ފައިސާ ލޯންޑަކުރި ގޮތާއި އެ ފައިސާ އިން މަންފާ ލިބުނު މީހުންގެ ތަފްސީލް އަދީބު ގެންދަވަނީ ތަހުގީގަށް ކިޔައި ދެއްވަމުންނެވެ.
އަދީބު މިވަގުތު ހުރީ މޮނީޓާ ކުރެވޭ ގޮތަށް ޓެގް އެޅުވުމަށް ފަހު ގޭބަންދުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަރިޔާ
17 September 2019
ފިލި މީހެްއް އެހެރީ މަޖިލސް ގަވެސް. އެކަލޭެގެ މައްސަލަވެސަ ބަލާބަލަ
ޢަބްދުﷲބެ
17 September 2019
ލައިވް ކުރާކަށް ނުކެރުނު
ކިހިނެތްކުރާނީ
17 September 2019
އަދީބު އެއްބާރުލުންދޭން ދައުލަތާ އެކު ހެދި ސިއްރު އެއްބަސްވުމާ ބެހޭ ވާހަކަ ދެކެވޭނެ ކަމެއް ލައިވެއްނުކުރެވޭނެނު
ހަބޭސް222
17 September 2019
ތަޙުޤީގަތް އެއްބާރުލުން ދިނުމަށް ޝަރުޠުކޮށް އަދި ވަކި ޚާއްޞަ މޮނިޓަރިންއެއްގެ ތެރެއިން އަދީބު ދޫކޮށްލުން ވަރަށް ބުއްދިވެރި! އޭރުން ވަރަށް ގިނަ ކަންކަން ސާބިތުވާނެ!
ޝާހީ
17 September 2019
ނަޝީދުވެދުސް ފިލިދެއްތޯ
ރަދީފުއްދީނުލް އަކްބަރު
17 September 2019
ތީދެން ޝަރީއަތްކުރާވަރުކަމެއްވެސް ނޫނެއްނު. އެންމެން ލޯމަތީގައި ކަންހިނގާދިޔައީ.
އަހްމަދު
17 September 2019
ދަޅަދައްކަން ކުރާކަމެއް.