ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މިއަދު ޗައިނާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ.---ފޮޓޯ: ފޮރިން މިނިސްޓްރީ
17 ސެޕްޓެމްބަރ 2019 - 15:08
މި ސަރުކާރުގެ ފޮރިން މިނިސްޓަރު އަބްދުުﷲ ޝާހިދު ފުރަތަމަ ފަހަރަށް ރަސްމީ ދަތުރެއްގައި މިއަދު ޗައިނާއަށް ވަޑައިގެންފި އެވެ.
ދެ ދުވަހުގެ މުއްދަތަށް މި ދަތުރު ކުރައްވަނީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވާންގް ޔީގެ ދައުވަތަކަށެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ ދަތުރުގައި ޗައިނާގެ ނައިބު ރައީސް ވޭންގް ގިޝާން އާއި ސްޓޭޓް ކައުންސިލްގެ އިތުރުން ފޮރިން މިނިސްޓަރު ވޭންގްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
Arrived in Beijing on my first official visit to China, since assuming office. Looking forward for fruitful discussions with Foreign Minister Wang in accelerating #Maldives-#China relationship for the benefit of the peoples of our two countries. pic.twitter.com/dvVFPQeWWh
— Abdulla Shahid 🎈 (@abdulla_shahid) September 17, 2019
އޭގެ އިތުރުުން އޭޝިއަން އިންފްރަސްޓްރަކްޗާ އިންވެސްޓްމަންޓް ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރު ލީ ޑީޖީ ޕަންޑިއަން އަދި ބެއިޖިން އާބަން ކޮންސްޓްރަކްޝަން ކުންފުނީގެ ރައީސް ލީ ޑައޮސޮންގްއާ ވެސް ބައްދަލުކުރައްވާނެ އެވެ.
މިނިސްޓްރީން ކުރިން ބުނިގޮތުގައި ޗައިނާ އަކީ ރާއްޖޭގެ ތަރައްގީ އަށް މުހިއްމު ބައިވެރިއެކެވެ. ރާއްޖެ އިން ދަމަހައްޓަމުން އަންނަ "ވަން ޗައިނާ" ޕޮލިސީ ހިފަހައްޓާނެ ކަމަށާއި އެ ގައުމުގެ "ބެލްޓް އެންޑް ރޯޑް އިނިޝިއެޓިވް" ގެ ބައިވެރިއެއްގެ ގޮތުގައި ވެސް ރާއްޖެ ދެމިއޮންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޝާހިދު ޗައިނާ އަށް މި ވަޑައިގަތީ ކުރިން ހަމަޖެއްސެވި ދަތުރު ފަސްކުރެއްވުމަށް ފަހު އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާ އާއި ވަރަށް ގާތް ގުޅުމެއް ބޭއްވިިޔަސް އާ ސަރުކާރުން އިސްކަން ދެނީ އަވަށްޓެރި އިންޑިއާއާ އެކު އޮތް ގުޅުން ވަރުގަދަކުރުމަށެވެ. ކުރީ ސަރުކާރުގެ ބޮޑު އެތައް މަޝްރޫއުއަކަށް ޗައިނާ އިން ހިލޭ އެހީ އާއި ލޯނު ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުފައްކިރު
18 September 2019
ރާއްޖެ ކުރި އެރުމެއް ބޭނުމިއްޔާ އަމިއްލަ ވަންތަކަން ދަމަހައްޓަން ބޭނުމިއްޔާ ޚާރިޖީ އަޅުވެތި ކަމަކަށް ދާން ބޭނުންނުވާ ކަމަށް ވަންޏާ އިސްލާމީ ރީތި އުސޫލާ ދިވެހި ވަންތަ ކަން ހިފަހައްޓަން ބޭނުން ކަމަށް ވަންޏާ މިހާރުން މިހާރަށް އިންޑިޔާގެ ގުޅުން ކުޑަކޮށް ޗައިނާ އާއި ގުޅުން އުފައްދަން މަޖުބޫރު.
ބޮޑުމީހާ
18 September 2019
ދުނިޔޭގެ އެއްވަނަ އިގްްތިސާދަށް ދަތުރަކު ދެވުނީ ސަރުކާރަށް އަހަރެއްވީފަހުން. ދެން ސަރުކާރުގެ ތަރައްގީ ސްޕީޑް ހުރިވަރު ވަޒަންކޮށްލައްވާ
ޢަލީބެ
18 September 2019
އިންޑިއާ ފެންނަލެއް ބޮޑުކަމުން ޗައިނާއަށް ނުދާށޭ މިތިބެނީ...
ޖަމީލުބެ
18 September 2019
އިންޑިއާ ކޯފާވިޔަސް ރާއްޖޭގެ ތަރައްގީއަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި ގާތް ގުޅުމެއް ބާއްވާންޖެހޭ.
ފުރެންޑު
18 September 2019
ރޮއި އާދޭސް ކުރީމަ 1 އަހަރު ފަހުން ޝާހިދު ޗައިނާ އަށް އަރުވައިފި. ދޮރުމަތިން ސަލާމް ކޮށްލާފަ އަނެއްކާވެސް ޝާހިދު މާލެއަށް ފޮނުވާލާނީ. އައިސަ ބުނާނެ ވަރަށް ކާމިޔާބު ދަތުރެކޭ. މިއީ އިންޑިޔާ ވިކުނީމަ ވާގޮތް. އިންޑިޔާ އަކީ އަދިވެސް ހަމަ ފަގީރު ގައުމެއް. ކޮށްދެވޭނެ މާބޮޑު ކަމެއް ނޯންނާނެ.
9898
18 September 2019
އަބޫދާބީ ފަންޑުން ފައިސާ ފޮއްޗެއް ލިބެތޯ ނާށިގަނޑު ހިފައިގެން ދިޔައިމަ އެންމެ ކޮއިންއެއްވެސް ވައްޓާނުލި. ޗައިނާއަށް ދިޔައިމަ ޗައިނާގެ ސަރުކާރުގެ އިސްބޭފުޅުން ދެނަހުރިކަމަށްވެސް ނުހެދި. މިހާރު ތިތިބީ ހޭއަރާފަ.
ފފފފ
18 September 2019
ޗައިނާގެ ރައީސް ބައްދަލު ކުރަން އެއްބަސްނުވި އުތަ؟ ހާސްނުވޭ. ބޮޑެތި ގެރި ހުންނާނެ. އެއިން އެއްޗެއްގެ މައްޗަށް އަރާ މަޑިއަށް ޖެހުނީމަ އޮންނާނީ ތަރައްގީވެ ނިމިފައި.
މިގޭ
18 September 2019
ކޮންއެއްޗަކަށް މިވީ . ޗައިނާ ކުރިން ކަމަކު ނުދިޔަ. މިހާރު އޯކޭ ވީ ދެއްތޯ ؟
ހަތްދިހަފަހެއް
18 September 2019
ޗައިނާ ފޮރިންމިނިސްޓަރގެ ދައުވަތަކަށްނޫން ޝާހިދު ވަޑައިގަތީ އިންޑިޔާއިން ކޮށްދޭން ބުނި އެއްވެސް ކަމެއްކޮށްނުދޭތީ އާދޭސްކޮށްގެން ދައުވަތެއް ހޯދައިގެން ދިޔައީ މިދަތުރުކުރާތީވެސް އިންޑިޔާ އަދި އިންޑިޔާގެ ޕަޕެޓް އަންނި ރުޅިއައިސްފައި ހުރީ
ރޮބިއުލް
18 September 2019
ޗައިނާ އިން ދޫކުރި ހިބަރު ވަދެއްގަ ޖެހުނީދޯ.. މި ޝާހިދު އަކީވެސް ހާދަހާ ތާކުންތާކު ނުޖެހޭ މީހެކޭ
ނާށިގަނޑު
18 September 2019
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޝާހިދު އައް މާލޭގަ މަޑުކޮއްލާނެ ވަގުތު ނުވޭ އެހީ އެއް ހޯދުމުގެ ނަމުގަ މުޅި ދުނިޔޭގަ ބުރު ތަޅަނީ ވާ ކަމެއް ހަރާމް