ޔާމީން ދިއްގަރުގައި: އެމަނިކުފާނު މިއަދު ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާފައި. --ފޮޓޯ/މިހާރު
19 ސެޕްޓެމްބަރ 2019 - 13:02
މިއީ ނާގާބިލް، ސްޕީޑު ލަސް ސަރުކާރެއް ކަމަށާއި އެމަނިކުފާނު ފެއްޓެވި މަޝްރޫއުތައް ވެސް މަޑުޖެހި ހުރިހާ ދިމާލަކުން ވެސް ފެންނަނީ ވީރާނާ މަންޒަރުތަކެއް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިއަދު މ. ދިއްގަރުގައި ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި އެމަނިކުފާނު ތަމްސީލް ކުރެއްވި ދާއިރާ އަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ރަށެއްގެ ގޮތުގައި ދިއްގަރަށް ވަޑައިގެން ވިދާޅުވީ މި ސަރުކާރުން އަލަށް ފަށާނެ ކަމެއް ނެތް ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ފެއްޓެވި މަޝްރޫއުތަކުގެ ހާލަތު ދަށްވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ މަސްވެރިންތަކެއް ވަނީ އެމަނިކުފާނު ދިއްގަރަށް ވަޑައިގަތުމުގެ ކުރިން އެ ދާއިރާގައި ހުރި ކަންބޮޑުވުންތަކެއް ހުށަހަޅައިފަ އެވެ. ދިއްގަރަށް ވަޑައިގަތުމުން ފެނިވަޑައިގަތީ 24 ގަޑިއިރު ޔަގީންކޮށް ދެއްވި ކަރަންޓުގެ ހާލަތު އޮން މިންވަރާއި ތަރައްގީގެ އެހެން ކަންކަމަށް ހުރަސްއެޅިފައިވާ ތަން ކަމަށް ވިދާޅުވި އެވެ.
ފަސް އަހަރުގެ ވެރިކަމުގައި މުޅި ރާއްޖެ އަށް ފަތުރާލި ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައި ވަނީ، ރައީސް ޔާމީން ސިފަކުރެއްވި ގޮތުގައި، މި ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާތީ އެވެ. ވެރިކަމަށް އައުމަށް މި ސަރުކާރުގެ ލީޑަރުން ރައްޔިތުންނަށް ދެއްކި ހުވަފެންތަކާ އެއްގޮތަށް ކަންކަން ކުރަމުން ނުދާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކުރާ ކޮންމެ ދަތުރަކުން މި ފެންނަނީ އޭރު ފެށި މަސައްކަތްތައް ވީރާނާވަމުން މިދަނީ. ކަންފަތިވަމުން މިދަނީ. ނޫނިއްޔާ އެކަންކަން ދަމަހައްޓަން، ނަގަހައްޓަން މަސައްކަތެއް ނުކުރާތަން މި ފެންނަނީ،" ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ފައިސާ އިން ޚަރަދުކޮށްގެން ހިންގި މަޝްރޫއުތައް ހުއްޓި، ވީރާނާވާތަން ބަލަން ރައްޔިތުން ތިބެގެން ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ދިއްގަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ނުކުތް މީހުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ/ޕީޕީއެމް
ޔާމީން ވިދާޅުވި ގޮތުގައި އިދިކޮޅުގައި މަސައްކަތް ކުރާ ހަމައެކަނި ޕާޓީއަކީ މިހާރު ޕީޕީއެމް އެވެ. އެ ޕާޓީ ދެމިއޮންނާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި ކަަމަށާއި އެކަމަށް ދިއްގަރާއި އެހެން ރަށްތަކުގެ ރައްޔިތުންގެ އެއްބާރުލުމަށް އެދިވަޑައިގަތެވެ.
އެއް ކަމަކަށް ޔާމީން އެދިވަޑައިގަތީ އަންނަ އެޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ދިއްގަރުގެ ތިން ގޮނޑި އެ ޕާޓީ އަށް ހޯދައި ދިނުމެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން ރައްޔިތުންނަށް ލިބޭނެ ފަހު ފުރުސަތަކީ އެއީ ކަމަށް ވިދާޅުވި އެވެ. އަނެއް ކަމަކަށް އެދިވަޑައިގަތީ ޕާޓީ ވަރުގަދަކުރަން ފަށާފައިވާ މަސައްކަތުގައި ރައްޔިތުން އެއްބާރުލުން ދިނުމެވެ.
މި ސަރުކާރު ގެނައުމަށް މަސައްކަތް ކުރެއްވި ސިޔާސީ ލީޑަރުން މިހާރު ކޮބައިތޯ ސުވާލު ކުރައްވައި ޔާމީން ވިދާޅުވީ "މޮޅު ޓުވީޓެއް ކޮށްލުން ފިޔަވައި" ރައްޔިތުންގެ ހައްގުގައި ކުރައްވާ މަސައްކަތެއް ނުފެންނަ ކަމަށެވެ. ރައްޔިތުންނާ ހަމައަށް ވަޑައިގެން މި ސަރުކާރާ މެދު ހުރި ސުވާލުތަކަށް ޖަވާބުދާރީ ވެސް ވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ މި ސަރުކާރާ އިދިކޮޅަށް، އަދި ރައްޔިތުންނާ އެއްކޮޅަށް މަސައްކަތް ކުރާ ހަމައެކަނި ޕާޓީ،" ޔާމީން ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނދިރި އަނދިރި
19 September 2019
ގާބިލް ސަރުކާރުންވެސް ކުރަންވީ ވައްކަންތަ ؟
މަންޑޭލާ
19 September 2019
ރައްއިތުން ގާތައްނުދާ މީހާ މާރަގަޅު. ދެންތިބި މީހީހުން ރައްއިތުން ގާތައްގޮސް ކީކުރީ ތަރައްގީގެ ތަސައްވަރެއް ނުފެނޭ.
ނަދީމް45
19 September 2019
ދެން މީނަ ކީކޯ މިކުރަނީ ރައްޔިތުން ކައިރިއަށް ގޮސް މިހާރު؟ ތަސައްވަރު ލޮލް
ހޯރަ
19 September 2019
ވެރިކަމުގަ ހުރިއިރު ރަށްއިތުންކައިރިއަށް ނުގޮސް މިހާރު ކީންކުރަށް ތިދަނީ
ބޫމާ
19 September 2019
ތާއިދު ބޮނޑް ކަމުން ތިހުރީ ވެރިކަން ގެއްލިފަވެސް. ލަދެއް ނުގަނެއެ
ބޫމާ
19 September 2019
ތާއިދު ބޮނޑް ކަމުން ތިހުރީ ވެރިކަން ގެއްލިފަވެސް. ލަދެއް ނުގަނެއެ
އޭޑީ
19 September 2019
ޔާމީނު ދެން ހަމަ އެއްޗެކޭ ބުނެލީއޭދޯ! ޔާމީނަކަށް ނުފެންނާނެ، 66 ރަށުގައި 70 އަށްވުރެ ގިނަ ތަރައްގީގެ މަޝްރޫއު މި ސަރުކާރުގެ ފުރަތަމަ އަހަރު އެބަ ކުރިއަށް ގެންދޭ! ބަނދަރުތަކާއި، ފެނާއި ނަރުދަމާ، ސްކޫލު، ހޮސްޕިޓަލް ފަދަ ޒަރޫރީ ބޭނުންތަކުގެ މަޝްރޫއު އެދަނީ ކުރިއަށް. ބޯހިޔާވަހި ކަމުގެ މަޝްރޫއުތަށް އެދަނީ 5 ރަށުގައި ބާރަށް ކުރިއަށް.. ޔާމީނު ބުރިޖޭ، ހޮސްޕިޓަލޭ ކިޔާފައި ބޮޑެތި ކޮރަޕްޝަނުގެ ޕްރޮޖެކްޓުތަށް ހިންގީ! ޔާމީނަކީ ތަރައްގީ ނަމުގައި ވައްކަންކުރި
ދޮން ބުޅާ
19 September 2019
މިސަރުކާރުގެ ނާގާބިލްކަން އެއީ ތިޔަބޭފުޅާގެ ނަސީބު. އެހެންނޫންނަމަ މަނިކްފާނު މިނިވަންކަމާއެކު ސަރުކާރަށް ހެއްދެވިނެހެއްދެވިއަށް ގޮވަން އެއްވެސް ފުރުސަތެއް ނުދިނީސް..
ރަށުމީހާ
19 September 2019
ގާބިލް ސަރުކާރު ދެންބޭނުމެއްނޫން. ހޯހޯ
ހޮޓްކިންގ
19 September 2019
މީ ތަރައްގީ ގެންނަން ރައްޔިތުން ގެނައި ސަރުކާރެއްނޫން. މީ ކުށްތަކުގައި ބަންދުވި ބޮޑެތި ކުއްވެރިން ދޫކޮށްފައި ޖަރީރާ ވެގެން މަގުމަތީ ކުނާ އަޅައިގެން ކަނުއަނދިރީ ނިދަން ގެނައި ސަރުކާރެއް. މިވަރުން ފުދޭނެ ރައްޔިތުންނަށް.
އޭޑީ
19 September 2019
މި ސަރުކާރުގެ ފުރަތަމަ އަހަރު ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަށް ހަމަ ލޮލުން ބަލާލަން ބޭނުމިއްޔާ، މަ މިބުނާ 60 ރަށަށް އަރާލަން ކެރޭނެތަ؟ ޔާމީނުގެ ސަރުކާރުން ފެނާއި، ނަރުދަމާ ފަދަ އަސާސީ ހިދުމަތްދޭން ކިތަށްރަށުގައި ޕްރޮޖެކްޓު ހިންގިން؟ ޔާމީނަށް ތަރައްގީއަކީ ބުރިޖިންވެސް، ހޮސްޕިޓަލުންވެސް ވައްކަންކުރުން! ނަސަންދުރާ ޅިޔަނަށް ދިނުން. އެމްއެމްޕީއާރުސީ ދަވާލުން.
faathuma
19 September 2019
ދިވެހިރާއްޖެދުއް އެންމެ ލަދުކުޑަ ރައީސް.
ކާތުމަ
19 September 2019
އަންނި ވައްޓާނުލެވޭނެ އެ ދަރަޖައިން