ކްރައިމް ސީނެއް ބަންދު ކޮށްފައި: އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާދީ، ވަނީ ފޭރިގެންފައި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
21 ސެޕްޓެމްބަރ 2019 - 23:08
އައްޑޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާ ދިނުމަށް ފަހު ފޭރިގެންފި އެވެ.
ފުލުހުން ބުނީ އައްޑޫ ސިޓީގެ ހުޅުމީދޫގައި އުމުރުން ދުވަސްވީ އަންހެނަކަށް ވަޅިން ބިރު ދައްކައި، އަދި ހަމަލާ ދިނުމަށް ފަހު އެ މީހާގެ އަތުން ފައިސާ އާއި ފޯނެއް ފޭރިގެންފައިވާ ކަމަށެވެ.
އެ މީހާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާ ދީފައިވާއިރު، މޫނު މަތީގައި ޖެހުމުގެ ސަބަބުން ވެސް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އެ މީހާއަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
22 September 2019
އާޅެ ހަރުކަށި ފިކުރުގެ މީހުންނަށްވުރެ މި ގޭންގުގެ ނުރައްކާކުޑަތަ.
އަލީބެ
22 September 2019
އެމީހުންގެ ފެންވަރަކީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ދައްތައަކަށް ހަމަލާ ދިނުން.
ހަލީދު
21 September 2019
އައްޑޫ ސިޓީއެއް ދަރަޖަ ލިބުނީ ތިފަދަ ކަންކަން ހިގާތީ... މާލެ ވެސް ސިޓީއަކަށް ވީ ފޭރުމާއި ވައްކަން ގިނަވީމަ.. ތިހެން ސިޓީއަކަށް ވުމަށް ވުރެ ރަގަޅު މަރުވަންދެން ފަޅު ރަށެއްގައި އެކަނި އުޅުނަސް..
ޖޭ ދޮންބެ
21 September 2019
ވާނެ ގޮތަކީ "ފެމުނު މިޔަޜު" ބަޑުހައި ވެގެން "މަސްފަތި" ބަލާ އައީމާ "މަސްފަތި" ޖެހޭނީ ދޫކޮށްލާ ށެވެ.އެހެން ނޫނީ އަތާއެކު މަސްފަތި ގެންދާނެއެވެ.