ހުޅުޖެހުމުގެ ހާދިސާތައް ތަހުގީގުކުރާ ފުލުހުން، އަލިފާން ރޯވި ސަރަހައްދުގައި ހަރަކާތްތެރިވަނީ.---ފޮޓޯ: ޕޮލިސް
23 ސެޕްޓެމްބަރ 2019 - 00:50
ހ. ތިލަފުށީގޭގައި ހުރި ގުދަނެއްގައި އަލިފާނުގެ ބޮޑު ހާދިސާ ހިނގީ ގަސްދުގައި ބަޔަކު ރޯކޮށްލައިގެންތޯ ބަލަން ތަހުގީގުކުރާ ޓީމު މިހާރު ވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ބޮޑު ހާދިސާ އަކީ ބަޔަކު ރާވައިގެން ދިން ހަމަލާއެއް ކަމަށް، ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މިރޭ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ހިމެނޭ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒު ފޭސްބުކްގައި ލިޔުއްވާފައި ވަނީ "އަލިފާނުގެ ހާދިސާ އަކީ ރޭވި އިންތިޒާމްވެގެން ދެވިފައިވާ ޓެރަރިސްޓް ހަމަލާއެއް" ކަމަށެވެ.
މުއިއްޒުގެ މި ތުހުމަތާ ގުޅިގެން ނޫސްވެރިން އަންނަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްް (އެމްއެންޑީއެފް) އާއި ފުލުހުންނާ ވެސް ސުވާލުކުރަމުންނެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އެ ދެ އިދާރާއިން ރަސްމީކޮށް އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެކަަމަކު ފުލުހުން ބުނީ ހުޅުޖެހުމުގެ ހަމަލާތައް ތަހުގީގުކުރާ ޓީމާއި ފޮރެންސިކް ޓީމު ވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުގައި އަދިވެސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
އަލިފާނުގެ ބޮޑު ހާދިސާގައި ހަ ގެއަކާއި ހަތަރު ގުދަނެއް އަނދައި ހުލިވި އިރު އެކަކު މަރުވެ، 400 ވަރަކަށް މީހުންގެ ގެދޮރު ގެއްލުނެވެ. އެ ހާދިސާގައި ގެދޮރު ގެއްލުނު މީހުންނަށް ސަރުކާރުން ވަނީ ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިން
23 September 2019
މިކަމާ މާ ބޮޑު އެއްޗެކޭ ހިތަށް ނާރުވާ އެފްބީއައި ކަހަލަ ބަޔަކު ކަންކަން ބަލަން ގެނައިއްޔާ އެންމެ ރަގަޅުވާނީ. ލޯންޗް ގޮވި ހާދިސާއަށްވުރެ ބޮޑުކަމެއް މިއީ.
އިހޫ
23 September 2019
ތިހާ ޔަޤީންކޮށް އެމްޕީއަށް އެހެން ބުނަން އެނގުނީ ކީއްވެބާ؟
އައްލެ
23 September 2019
ހެކި ހުރީމަ،،، އަދި ހާމަ ކުރެވެން ނެތީ ކަންނޭގެ
ވޯލް
23 September 2019
މުއިޒު ތިހެން ބުނާކަމަށް ވަންޏާ އެކަން ކުރި ކަމަށް ޝައްކުކުރެވޭ ފާރާތުގެ މައުލޫމާތު ހަމާބެހޭ ފަރާތްތަކާއި ހިއްސާކުރަންވާނެ، ތިއީ މިހާރު ރައްޔިތުންގެ މަޖިލިސް މެމްބަރެއް، ޕާޓީގެ އެކްޓިވިސްޓުންހެއް ހެކިނެތި ތިކަހަލަ ޒާތުގެ ވާހަކަ ދައްކާގެން ނުވާނެ.
ރާޢްޖެތެރޭ މީހާ
23 September 2019
ސަރުކާރުގެ ހިދުމަތާއި މަތީ ތައުލީމާއި ވަޒީފާ ހޯދަން މާލެ ނޫން ގޮތެއް ބޭނުން. ވެރި ރަށް ބަދަލުކުރޭ.
ވޯލް
23 September 2019
މާލޭ ނޫން އެހެން ހިސާބުގައިވެސް ވަޒީފާތައް އެބައޮތް، ވަޒީފާއަކީ ހަމަ އެކަނި ސަރުކާރުގައި އުޅުމެއް ނޫން، ރަށުގައި ބިން ގޯތި އޮވެ، ކުރާނެ މަސައްކަތް އޮވެވެސް މާލެއައިސް ސަރުކާރުގައި ކަނެތްކަންމަތީ ވަޒީފާ އަދާކުރުމުގައި ނަމުގައި އުޅޭ މީހުންވެސް ވަކި މަދެއް ނޫން. ދެން ތިބެގެން މިގޮވަނީ މާލެ ކުލި ބޮޑީއޭ، މާލެ މިހުންނޭ، މިހެން ބުނާއިރު މިހާރުވެސް ގިނަ ގެތައް ބުރި ބުރިއަށް ހަދައިގެން ކުއްޔަދެނީ ހަމަ ރާއްޖޭގެ އެހެން ކަންކޮޅުތަކުގެ ވިޔަފާރިވެރިން.
މޯމޯ
23 September 2019
ރާއްޖޭގެ އެހެން ކަންކޮޅުތަކުން ވަޒީފާ ހޯދަން ވަރައް ދަތި. ހާއްސަކޮށް ކުދި ރަށްރަށުން. އާމްދަނީއެއް ނުލިބި ކިހިނެއް މިޒަމާނުގައި އުޅެވޭނީ. ރަށްރަށުން އަސާސީ ހިދުމަތްތައް އަދިވެސް އަދިވެސް ނުލިބޭ. މިއީ ސެންޓްރަލައިޒް ކުރުމުގެ ނަތީއްޖާ. މާލެ ތޮއްޖެހި ކުލި ބޮޑިވުމުގެ ސިއްރަކީ މިއީ.
ރަންނަ
23 September 2019
މިކަން ތަހުގީގު ކުރާތީ ކަންބޮޑުވާ މީހުން ގިނަކަން ކޮމެންޓް ތަކަށް ބަލާލީމަ އެބަފެނޭ. ކޮންމެވެސް ނުބައެއް އެބައުޅޭ
މޮހެނޭ
23 September 2019
ތަހުގީގުކުރާތީ ކަންބޮޑެއް ނުވޭ.ކަންބޮޑުވާ ކަމަކީ ރޭވިގެން ކުރި ކަމެކޭ ކިޔާފަ، އެހެން ޕޮސިބިލިޓީޒްތަަކަށް އަޅާނުލެވުން.މަހުޖަނެއްގެ އިހުމާލު ދިފާއުކުރަން މިހާރު އޮންނާނީ ކޮންމެވެސް ބޮޑަކާއި ގުޅިފައި. އެހެންވެތާ އެހާ ގިނައިރުވީ އިރުވެސް ގުދަނުގެ ވެރިފަރާތްވެސް ނުހޯދުނީ. ދެން އަނެއްކާ ގުދަނުގަ ހުރި ކެމިކަލްގެ ބާވަތް ޔަގީންނުކުރެވެނީސް އެހެންކަމަކަށް ފޫޅު ކަނޑާފަ ދިމާއަށް ފެންނަން އޮތް ކަންތަކާ އަޅާނުލީމަ ދުވަހަކު ހައްލެއް ނުލިބޭނެ.
ދީވާ
23 September 2019
ކޮންމެ ވާހަކއެއްވެސް ދެއްކިދާނެ. ތަންދޮރު ނުދަންނަ ގަމާރުން ރައްޔިތުން މަޖިލިސް ގެ މެމްބަރު ކަމަށާއި، ސިޔާސީ އަދި ޕޮލިސީ ފެންވަރު ގެ މަގާމު ތަކައް ލެވުނީމަ ހުރިހާޒާތެއްގެ ވާހަކައެއް ވެސް ދައްކާނެ. ދައްކަން ޖެހެނީ ކޮންކަހަލަ ވާހަކަ އެއްކަން ނުދައްކަންވީ ކޮންކަހަލަ ވާހަކައެއްކަމެއް ނޭގެނެ... ރައީސުލްޖުމްހޫރިއްޔާ ކަމުގައި ވިޔަސް ތަހުގީގީ އިދާރާ ތަކުން ތަހުގީގު ކުރަމުންދާ ކަމަކާ ބެހޭގޮތުން ރައުޔެއް ނެރުމަކީ މަސްލަހަތު ގެއްލޭނެކަމެއް.
ސާބަހޭ ދަރިޔާ
23 September 2019
ކޮންމެ ޕާޓީއަކަސް ދިވެހިން ވެއްޖެ ތަނކޮޅެއް ހަރުދަނާ ބަޔަކައް ވޯޓު ދޭން!
އަލީމްބެ
23 September 2019
ހަރުދަނާ މީހަކަށް ހުރީ ދަރިޔާ އެކަނި.
ބޮޑުމީހާ
23 September 2019
ތިވަރުގެ ކަމެއް ތަހުގީގުކުރާނެ ހިތްވަރެއް ދިވެހި ފުލުހުންގަ ނުހުންނާނެ. ތިކަމާއި އުޅުމަށްވުރެ ނޫޅުން ބުއްދިވެރިވާނީ. ތަހުގީގު ކުރެވޭނެަމަ ކުރިމަތީގައި ހިގާފައިވާ ބޮޑެތި ވައްކަންތަކާއި މަރުގެ މައްސަލަތައް ތަހުގީގުކުރެވުނީސް
މިހާރު ރަށްތެއްސެއް.
23 September 2019
ނޫސްވެރިން ތިޔަވާހަަކަ ދެއްކި މީހުާ ދުވާލުކޮށްލަން ފެނޭ އެމީހުނަޙ ކިހިނެއްތޯ އެގުނީ ގަސްތުގައި ރޯކޮށްލީކަން. އެއީ ފަހަރުގަ މިސްކިތު ހުޅުޖެހި މީހާޔަށްވެސް ވެދާނެދޯ؟
ކުޑޭ
23 September 2019
މީ ދެވަނަ އަންނިތަ؟