ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެމްބަރުންތަކެއް.--. ފޮޓޯ: ނިޝާން އަލީ/މިހާރު
24 ސެޕްޓެމްބަރ 2019 - 19:55
ފ. މަގޫދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުއްސައްތާރު ސުލައިމާނުގެ މައްސަލައެއް ބަލަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީ އިން ބުނީ އެ ކޮމިޝަންގެ 66 ވަނަ ބައްދަލުވުމުގައި މައްސަލަ ބެލުމާ މެދު ގޮތް ނިންމާ ކޮމެޓީން ފޮނުވާފައިވާ 23 މައްސަލައިގެ ތެރެއިން އެއް މައްސަލަ ބަލަން ނިންމާފައިވާ ކަމަށެވެ. ކޮމިޝަނުން ބަލަން ނިންމީ އިސް މެޖިސްޓްރޭޓްގެ މައްސަލަ އެކަނި ކަމަށް ބަޔާނުގައިވެ އެވެ. ނަމަވެސް މައްސަލައިގެ ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ ބާރު ލިބިފައި އޮތް ޖޭއެސްސީ އަށް ދާދި ފަހުން އައި ބޮޑު ބަދަލާ ގުޅިގެން ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންގެ ސުލޫކީ މައްސަލަތައް ބެލުން ވަނީ އިތުރުވެފަ އެވެ. އަދި އެފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް ފަހު، ބައެއް ބޭފުޅުން މަގާމުން ވަކިކުރަން ޖޭއެސްސީ އިން ވަނީ ރައްޔިތުންގެ މަޖިލިހުގައި ލަފާދީފަ އެވެ.
ޖޭއެސްސީގެ ލަފާގެ ދަށުން މަޖިލިހުން ވަކިކުރި ބޭފުޅުންގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) އާއި ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
24 September 2019
ސީޔަސީ މީހުން ލައިގެން މަގުސަދު ހާސިލްކުރުމުގަ އަވަދިނެތި.
ކިނބޫ
24 September 2019
އެއްވެސް ވަރަކައް ސިޔާސީ ކުލައެއް މިހާރުގެ ޖޭއެސްސީގަ ނެތް،،،،،، ހުދުކާފޫރު...