ރޯކޮށްލި ކަރަންޓު ކޭބަލްތައް. -- ފޮޓޯ: ޕޮލިސް
24 ސެޕްޓެމްބަރ 2019 - 22:50
ހދ. ކުޅުދުއްފުށީގައި ކަރަންޓު ކޭބަލްތަކެއް ވަގަށް ނަގައި އޭގައި ރޯކޮށްލައިގެން އުޅެނިކޮށް މިއަދު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މެންދުރު 1:00 ހާއިރު ކުރި ރިޕޯޓަކާ ގުޅިގެން ފުލުހުން ގެޔަކަށް ދިޔައިރު 22 އަހަރުގެ ފިރިހެނަކު، ގޭގެ ފާހާނާއެއްގެ ތެރޭގައި އުޅުނީ ކަރަންޓު ކޭބަލްތަކުގައި ރޯކޮށްލައިގެން ކަމަށެވެ. ކޭބަލްތަކުގައި ރޯކޮށްލީ އޭގެ އިންސިއުލޭޝަން ދާފަރާ ދުއްވާލުމުގެ ބޭނުމުގައި ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އަލިފާން ރޯކޮށްލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ނިއްވާލާފައިވާ ކަމަށާއި މީހަކަށް ވެސް އަދި އިމާރާތަށް ވެސް ގެއްލުމެއް ނުވާ ކަމަށެވެ.
މިކަން ކުރި މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޤީޤަތް ހަމަ ލޮލުން ދުއް މީހާ
25 September 2019
ހަޤީޤަތަކީ އަލިފާން އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ނިއްވާލުމަށްފަހު އެ 22 އަހަރުގެ މީހާ އަތުލައިގަނެ ފުލުންހުން ގެނެސް އެމީހުންނާއި ހަވާލުކުރިކަމަށްޓަކައި ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުންނަށް އައްސަރިބަހާއި ސާބަސް