ރާއްޖޭގެ ފޮރިން މިނިސްޓަރު ޝާހިދު މިދިޔަ ހަފުތާގައި ޗައިނާ އަށް ކުރެއްވި ދަތުރުގައި، އޭޝިއަން އިންފްރާސްޓްރަކްޗާ ބޭންކުގެ ނައިބު ރައީސް ޑީ ޖަގަތީސާ ޕާންޑިއަންއާ ބައްދަލުކުރައްވަނީ
25 ސެޕްޓެމްބަރ 2019 - 18:03
ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޗައިނާގެ އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓް ކުރުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފި އެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް މިދިޔަ ހަފުތާގައި ކުރެއްވި ފުރަތަމަ ދަތުރުގައި އެ ގައުމުގެ ޒިންހުއާ ނިއުސް އަށް މިނިސްޓަރު ޝާހިދު ވިދާޅުވީ، ޗައިނާގެ އިންވެސްޓަރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާ އަށް އިންވެސްޓް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އޭރުން ޗައިނާގެ ޓޫރިސްޓުން ބޭނުންވާ އުފެއްދުންތައް ރާއްޖެ އިން ލިބޭނެ ކަމަށެވެ.
ޗައިނާ އަކީ ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އެންމެ ބޮޑު ހިއްސާ އޮންނަ ގައުމު ކަމަށް ވާއިރު، އެ ގައުމުގެ އިތުރު އެއާލައިންތައް ރާއްޖެ އަށް ދަތުރު ފެއްޓުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ޗައިނާގެ ގިނަ ސިޓީތަކާއި ރާއްޖެއާ ދެމެދު ދަތުރުތައް ބޭއްވުމަކީ އެދޭކަމެއް،" މިދިޔަ ހުކުރު ދުވަހު ދެއްވި އިންޓަވިއު ގައި މިނިސްޓަރު ވިދާޅުވި އެވެ.
ޗައިނާގެ ބައެއް އެއާލައިންތަކުގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ވެސް އަންނަނީ ޗައިނާ އަށް ސީދާ ފްލައިޓުތައް ބާއްވަމުންނެވެ.
ތިމާވެށީގެ ކަންކަމުގައި ޗައިނާ އިން އަމަލު ކުރަމުން އަންނަ ސިޔާސުތަކަށް، މި އިންޓަވިއު ގައި ޝާހިދު ވަނީ ތައުރީފް ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ މޫސުމަށް އަންނަ ބަދަލުން ދުނިޔެ ސަލާމަތް ކުރުމަށްޓަކައި އެ ގައުމުން ކުރަމުން އަންނަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކަމަށެވެ. އަދި އެފަދަ ކަންކަމަށް ޗައިނާ އަންނަނީ ބައިނަލްއަގްވާމީ ފެންވަރުގައި މިސާލު ދައްކަމުން ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ސޯލާ އެނާޖީ އަށް ބަދަލުކުރުމަށް ޗައިނާ އިން ކުރި މަސައްކަތް ވަރަށް ވެސް ތަފާތު. އަޅުގަނޑު ބެއިޖިން އަށް [ޗައިނާގެ ވެރިރަށް] މި އާދެވުނީ އަށް އަހަރު ފަހުން. މިއަދު ބެއިޖިން އިން ފެންނަނީ ސާފު ވަޔާއި ފެހިކަން ގަދަކަން. މޫސުމަށް އަންނަ ބަދަލުތަކަށް ފިޔަވަޅުތަކެއް އަޅާފައިވާކަން،" ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅުގައި ވެސް ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ކުރެއްވި ޝާހިދު ވިދާޅުވި އެވެ.
ރާއްޖެ އަކީ ބިންތިރި އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ބޮޑު އަސަރެއް ކުރާ ގައުމަކަށް ވާއިރު، އެ ފަދަ ކަންކަމުން އިންސާނުން ސަލާމަތް ކޮށްދިނުމަށް ދުނިޔޭގެ ބޮޑެތި ގައުމުތަކަށް ޝާހިދު ވަނީ ގޮވައިލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
26 September 2019
އަނެއްކާ ތިޔަ ގޮވާކުމަށް މޯދީގެ ހުއްދަ ހޯދިންތަ
ނެގުނުކަތީބު
26 September 2019
ސިޔާސީ މީހުންގެ ދެ އަނގައާއި ކިތަށް ދޫ އޮވޭތަ؟
ބޮޑުގޮހޮޑާ
26 September 2019
މީހުން ހެދުން ލަނީވެސް ކޮންމެވެސް ބޭނުމެއްގައި. މިނިސްޓަރަށް ހީވަނީ ޗައިނާ ކުދިން އަތުގައި މިނިސްޓަރު ދެއްކި ވާހަކަތައް ނުހުންނާނެއޭ. އެމީހުން ލޯ ކުދިވީމަ އެއްޗެއް ނުފެންނާނެއޭ. ކުރިން އެ މީހުންނާ ދިމާއަށް އެއްޗެހި ކިޔާފަ ސަލާމްޖަހަން ނާށިގަނޑު ހިފައިގެން ދިޔައީމަ އަދި އެމީހުންނަށް ތައުރީފްކޮށް ވާހަކަދައްކާތީ އެމީހުން އެތިބެނީ ލޯ ކުޑަކޮށްގެން މިނިސްޓަރަށް މަލާމާތްކުރަން
އިންޑިޔާ
25 September 2019
ތަރިކަ ވީމައެއް ނޫން. ވެރިކަން ހޯދަން ހެދި ބުހުތާނު ދޮގުތައް މިހާރު ހަނދާން ނެތީމަ. އެވަރުގެ ނުބައި ބައެއް އޭރު ނެތެންނު ކަލޭމެންނަށް. މިއަދު ފައި ބުޑަށް ވެއްޓި އާދޭސް ކުރީމަ ލަދުވެތި. ކޮބާތަ ބިލިއަނުން ބިލިއަނުން ޔޫރަޕްއާ އެމެރިކާޔާ އިންޑިއާއިން ދިން އެހީތައް. ސޮރީ.. އެއީ ޝާހިދު އަށް ދިން އެއްޗެއްދޯ. ދިވެހި ދައުލަތަކަށް ނޫންދޯ. މައި މިސްޓޭކް. މަގޭ ގާތައް ހަމަ އަންނަނީ ހިނި...
ޢިބޫ
25 September 2019
މިތާ ކޮމެންޓް ކޮއްފަ ތިބި މީހުނަށް ހީވަނީ ޗައިނާމީ މިމީހުންގެ ތަރިކަ މުދަލެއްހެން ޔައުނީ ޕީޕީއެމްގެ
ހުވާ
25 September 2019
މިހާރުއެނގިއްޖެ ކެމްޕޭންތެރޭ ހެދީ ރޯބުހުތާނު ދޮގުކަން.
ޖީވަންޓޭ
25 September 2019
ތިިހާ ހަޔާތް މަދުވީމަ ދެން އަންނައުނު ލައިގެން އުޅުމުގެ ބޭނުމެއް ނެތް.
ރާއްޖެ
25 September 2019
އިގްތިސާދު ބޮކި ޖަހާފަ އަޑިއަށް ދާކަން އިހުސާސްވީމަ ޗައިނާ ޗައިނާ ޗައިނާ. ދޭބަލަ ދުވާލަކު އެއް ފަހަރު ޗައނާއަށް.
ބުރެކި
25 September 2019
އެހެން ނަހަދާ، އުންޑައެއްނުޖަހާ އަޅުވެތިކޮށްފާނެއެއްނު.
އާންމު
25 September 2019
ގައިމު އިލެކްސަން ތެރޭ ދެއްކި ޗައިނާގެ ލޯނުތަކުގެ ވާހަކަ. ދައްކާ ވާހަކަ ހޮވުނީމަ ހަދާނެއް ނުހުރޭ މި މީހުނެއް.
ބަބުރުކަލޯ
25 September 2019
މިހާރު ބަނާނާކާ ކުދިންނަށްވެސް އެވަރެޢް ނޯންނާނެ.