ޚަބަރު / މޯލްޑިވްސް އިމިގްރޭޝަން

ބަނޑުހައިހޫނުކަމުގެ ހަޅުތާލާ ގުޅިގެން ޔަމަން މީހާ އެޑްމިޓްކޮށްފައި، އަދިވެސް ގޮތްދޫނުކުރޭ!

ޔާސިރު އައިޖީއެމްއެޗުގައި: އޭނާ ފޮނުވާނުލެވިގެން އުޅެނީ ސަރުކާރަށް އެއްބާރުލުން ނުދީގެން ކަަމަށް ވޭ.

މީގެ ދެ އަހަރު ކުރިން ރާއްޖޭގެ އިމިގްރޭޝަންގެ ބަންދަށް ގެންދިޔަ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާ، ދެ މަސް ވަންދެން ކުރި ބަނޑުހައިހޫނު ކަމުގެ ހަޅުތާލާ ގުޅިގެން އައިޖީއެމްއެޗުގައި އެޑްމިޓްކޮށް، ފަރުވާ ދެމުން އެބަގެންދެ އެވެ.

މާލޭގައި އަރަބި ޓީޗަރަކަށް އުޅުނު ޔާސިރު، ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށް، ގަވާއިދާ ޚިލާފުވާ ބިދޭސީން ބައިތިއްބާ ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް ގެންދިޔައީ މާޗް، 3، 2017، ގަ އެވެ. ޖަލުގައި ދެ މަހެއްހާ ދުވަހުގެ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ފެށީ އޭނާގެ މައްޗަށް ދައުވާއެއް އުފުލުމެއް، ޝަރީއަތެއް ކުރުމެއް ނެތި ބަންދުކޮށްގެން ގެންގުޅޭ މައްސަލައިގަ އެވެ.

ހަމައެކަނި ދިޔާއެއްޗެހި ބޮއޮގެން ދެ މަސް ހޭދަކުރި ޔާސިރު އައިޖީއެމްއެޗުގައި މީގެ ދެ ހަފުތާ ކުރިން އެޑްމިޓްކުރީ ހާލު ދެރަވެ އަނބުރައިގަނެގެން ވެއްޓުމުންނެވެ. އެ ހަޅުތާލުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގެ ބާރު ދަށްވެ، ހަށިގަނޑު އަނަރޫފަ ވެފައިވާ ޔާސިރު އަދިވެސް އެ ހަޅުތާލު ހުއްޓާލާކަށް ބޭނުމެއް ނުވެ އެވެ.

މައުލޫމާތު އެނގޭ، ބައެއް ބޭފުޅުން "މިހާރު" އަށް ވިދާޅުވީ އައިވީ ގުޅާފައި އޮތް ނަމަވެސް ޔާސިރު އަދިވެސް ބޭނުންވަނީ ގޮތް ދޫނުކޮށް ހަޅުތާލު ކުރިއަށް ގެންދިއުމަށެވެ. ޔާސިރު ކުރަނީ އިންސާފު ހޯދުމުގެ ހަޅުތާލެއް ކަމަށް އޭނާއާ ގުޅުން އޮންނަ ބައެއް މީހުން ސޯޝަލް މީޑިއާގައި ލިއެފައިވެ އެވެ.

އެ މީހުން ދެކޭ ގޮތުގައި ގާނޫނުތަކާ ޚިލާފަށް ބަންދުކޮށް ޔާސިރަށް ދެމުން ދަނީ ލާއިންސާނީ އަނިޔާތަކެކެވެ. މި މައްސަލައިގައި ސަރުކާރުން ޒިންމާ ނަގައި، ޖަވާބުދާރީވާން ގޮވާލައި ސޯޝަލްމީޑިއާގައި އެ މީހުން އަޑުއުފުލަ އެވެ.

ދިވެއްސަކާއި ކައިވެނިކޮށް ހުޅުމާލޭގައި ދިރިއުޅުނު ޔާސިރު އެހާ ދުވަހު ޖަލުގައި ގެންގުޅުނު ސަބަބެއް ނޭނގެ އެވެ. އޭނާގެ ދަރިއަކު ވެސް ހުރެ އެވެ.

ޔާސިރު ހުޅުމާލޭގައި: ބޮޑެތި ތުހުމަތުތަކާ އެކު އޭނާ ބަންދުކުރީ 2017 ގައި. --ފޮޓޯ/ސޯޝަލްމީޑިއާ

ޔާސިރުގެ ހަޅުތާލާ ގުޅިގެން "މިހާރު" އިން އިމިގްރޭޝަނަށް ކުރި ސުވާލުތަކަށް އަދި ޖަވާބެއް ނުލިބެ އެވެ.

ތުހުމަތެއް ނޭނގެ، "ގައުމީ ސަލާމަތަށް ނުރައްކާ"!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޔާސިރު ބަންދަށް ގެންދިޔަ ސަބަބު އޭރު ހާމައެއް ނުކުރެ އެވެ. އެކަމަކު އޭނާ ބަންދުކުރީ، ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން، ދިވެހި ސަރުކާރުން ތައްޔާރުވަމުން އައި ދަނޑިވަޅުގަ އެވެ.

އޭރު އަޑު ފެތުރުނު ގޮތުގައި ޔާސިރު ހައްޔަރުކުރީ ޓެރަރިޒަމާ ގުޅުން ހުރި ތުހުމަތުތަކެއްގަ އެވެ. އޭނާ އަށް އަދިވެސް އެ ތުހުމަތު ކުރެ އެވެ. އެކަމަކު އޭނާގެ އަންހެނުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

ޔާސިރު ބަންދުކުރުމާ ގުޅިގެން އަންހެނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޭނާ އާއި ވަކީލަށް ވެސް އެންގުމަކާ ނުލައި ޔާސިރުގެ ބަޔާންތަކެއް ނެގި ކަމަށެވެ. އޭގެ ތެރޭގައި، އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އާއި ފުލުހުން ހިމެނޭ ކަމަށް ބުނެ އެފްބީއައި އިން ބަޔާން ނެގި ސަބަބާ މެދު އޭނާ ސުވާލު އުފައްދާފައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ޔާސިރަށް އެކި ގޮތްގޮތުން ބިރު ދައްކައިގެން ކަންތައްތަކަށް އެއްބަސް ކުރުވަން މަސައްކަތް ކުރި އެވެ. އޭނާގެ ވިސާ ކެންސަލްކޮށް، ހަނގުރާމަ ހިނގަމުންދާ ޔަމަނަށް އޭނާ އާއި އާއިލާ ފޮނުވާލަން އިމިގްރޭޝަނުން މަސައްކަތް ކުރި ކަމަށް ވެސް އަންހެނުން އޭރު ތުހުމަތު ކުރި އެވެ.

"ޔާސިރު ހައްޔަރު ކުރަން ގެނައި ވޮރަންޓްގައި، އެއީ ގައުމީ ސަލާމަތަށް ނުރައްކާވާތީ ކަމަށް ލިޔެފައި އޮޮތަސް ޔާސިރަކީ މި ގައުމުގެ އެއްވެސް ގާނޫނަކާ ޚިލާފް އެއްވެސް ކަމެއްގެ ރެކޯޑެއް ނެތް، ގާނޫނާ އެއްގޮތަށް ކައިވެނި ކޮށްގެން މި ގައުމުގައި ފަސް އަހަރު ވެފައިވާ އަދި މާލޭގެ ޕަބްލިކް ސްކޫލެއްގައި އަރަބި ލެންގުއޭޖް ކިޔަވައި ދެމުންދާ މުދައްރިސެކެވެ،" ޔާސިރުގެ އަންހެނުން މިދިޔަ އަހަރު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޔާސިރުގެ ބަންދާ ގުޅޭ ގޮތުން މި ސަރުކާރުން ވެސް މާބޮޑު ތަފްސީލު ހާމަނުކޮށް ބުނެފައި ވަނީ އޭނާއާ ގުޅޭ ގޮތުން "ސީރިއަސް ކަންތައްތަކެއް" ހުރި ކަމަށެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން މިނިސްޓަރު އިމްރާން އަބްދުﷲ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައި ވަނީ ޔާސިރާ ބެހޭ ގޮތުން އާއްމުވެފައި ވަނީ އެންމެ ރަނގަޅު މައުލޫމާތު ނޫން ކަމަށެވެ. އެކަމަކު އެ މައުލޫމާތު ރަނގަޅުކޮށެއް ނުދެއްވަ އެވެ.

"..މި ވަގުތަށް އެ މައުލޫމާތު ހާމަކޮށްދިނުމަކީ އަޅުގަނޑަށް ހީވާ ގޮތުން އަޅުގަނޑުމެންގެ އަމަންއަމާންކަމާއި ރައްކާތެރިކަމަށް ކޮންމެވެސް ވަރެއްގެ ގޮންޖެހުންތަކެއް ހުރި މައްސަލައެއް،" މިނިސްޓަރު ވިދާޅުވެފައިވެ އެވެ.

ރާއްޖެ އިން ނުދާން ޕާސްޕޯޓް ފޮރުވީ!

ރަސްމީ އިދާރާތަކުން ކަށަވަރުކޮށް ނުދިން ނަމަވެސް މައުލޫމާތު އެނގޭ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ޔާސިރު ރާއްޖެ އެތެރެވީ ގަވާއިދާ އެއްގޮތަށެވެ. އެކަމަކު އޭނާ އަކީ "ނުރައްކާތެރި" މީހެއް ކަން އިމިގްރޭޝަން އެނގުނީ އެތެރެވި ފަހުންނެވެ.

އެ ހިސާބުން ނޯޓިސްދީ، އޭނާގެ ވިސާ ކެންސަލްކޮށް، ފުރައިގެންދާން 1 މަސް ދުވަހުގެ މުއްދަތެއް އިމިގްރޭޝަނުން ދިނެވެ. އެކަމަކު ޔާސިރު ވަނީ ފުރަން އިންކާރުކޮށްފައި ކަމަށް ވެ އެވެ.

އެނގިފައިވާ ގޮތުގައި އެނބުރި ގައުމަށް ނުދާން އޭނާ ވަނީ ޕާސްޕޯޓް ނެތް ކަމަށް ބުނެ "ފޮރުވައިފައި" ކަމަށް ތުހުމަތު ކުރެ އެވެ. އޭނާ ފޮނުވައި ނުލެވި އޮތް ހުރަހަކީ އެއީ އެވެ. ބަނޑުހައިހޫނުކަމުގެ ހަޅުތާލު ފެށީ ރާއްޖެ އިން ފުރައިގެންދާން ބޭނުން ނުވާތީ ކަމަށާއި އެއްބާރުލުން ދޭ ނަމަ ވަގުތުން ފޮނުވާލެވޭނެ ކަމަށް "މިހާރު"އާ ވާހަކަ ދެއްކި ސަރުކާރުގެ ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ޔަމަނުގައި ހިނގަމުން ދިޔަ ދާޚިލީ ހަނގުރާމައާ ގުޅިގެން އެ ގައުމުގައި މިހާރު ސަރުކާރެއް ނެތެވެ. އެ ހަނގުރާމަ ނިމުނު އިރު ގިނަ އަދަދެއްގެ ބަޔަކު މަރުވެ، ތިން މިލިއަނަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފަ އެވެ.

103 ކޮމެންޓް, 173 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 71%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހިޕޮކްރިޕްޓްސް

01 October 2019

ކަލޭމެން ފަލަސްތީނާއި ސީރިޔާ ފަދަ ގައުމުތަކުގަ ކުރާ ހަނގުރާމަ ކުއްވެތިކޮށް މައި ސިސްޓާރސް އެންޑް ބްރަދާރސް އޭ ކިޔާފަ ސޯޝަލް މީޑިއާގަ އަނގަ އަރުވާނެ. ބަލަ ޔަމަނަކީވެސް މުސްލިމު ގައުމެކޭ.. އެމީހުންނަށްވެސް އެހީ ވާން ޖެހޭނެ.

The name is already taken The name is available. Register?

ލޮލް

01 October 2019

ގޫގަލްގަ އެތަނުގެ ދާޚިލީ ހަގުރާމައިގެ އަޕްޑޭޓް ހުރޭތަ? ލޮލް

The name is already taken The name is available. Register?

ހަސަނު ސާބަސް

01 October 2019

ދިވެހި ދަރިއެއްގެ ބައްޕައެއްމީ. ދިވެހިން ބޭރުގެ ގައުމުތަކުގައުޅެނިކޮށް މިހެންވި ނަމަޔޯ? އެންމެ ކުޑަމިނުން އޭނަގެ އަނބިމީހާޢަށް އޭނަގެ ކުށް އިނގެން ޖެހޭނެ ދޯ? ކައިވެނި ކޮށްދިނީ މިތާކޯޓުން. މިރަށުގެއެތައް ދަރިވަރުންނަށް ކިޔަވާދިން. ދިވެއްސެއްނޫނިއްޔާ އިންސާނެއްނޫންތޯ?

The name is already taken The name is available. Register?

ޑޯން

01 October 2019

ކިތައް ބަންގްލާދޭޝް މީހުން ޕާސްޕޯޓް ފޮރުވައިގެން އެބައުޅޭ. ތަފާތު ކުރަނީ ކީއްވެ؟

The name is already taken The name is available. Register?

ފަހީމާއިބުރޭ

01 October 2019

އޮޔާލައްގާ މަރުވެފައިވާ ނައަމްސޫތްޕަށް ހަދާނެގޮތްއިނގޭ ޑެޑްބޮޑީސްފެނުނީމަ ހަނދާނެގޮތްވެސްއިނގޭ ޔަމަނުމީހާއަށް ހަދާނެގޮތެއް ނޭނގުނު މިއަދު މަޖިލީހުންފާސްކޮށްދެއްވާ ރާއްޖެއިންބޭރުން އައިސް އެތެރެވާބިދޭސީންނާ މެދު ކަންކަން ކުރާނެގޮތް ޢާންމުޙާލަތުންބޭރުގެ ކަންކަމުގައި ، ގުރައިދޫއަށް ލާނީތޯ ބަލަދުވެރި ރަށްވެހިންގޮތުގައި ބަލައިގަންނާނީތޯ ޒަމާނާ އެއްގޮތަށް ތައްޔާރުވަމާތޯ ޤައުމު ކުޑަޔަސް ޓެރަރިސްޓުން ކަނޑުފޭރޭމީހުންވެސް އަންނާނެރެޑީވެގެންތިބެމާތޯ

The name is already taken The name is available. Register?

ހަސަނު

01 October 2019

ރައްޖޭގަ އުޅުމުގެ ހުއްދަ ނެތް ކޮންމެ މީހަކީ ގާނޫނާ ހިލާފަށް އުޅޭ މީހެއް.. ރާއްޖެ އައުމަށްފަހު ޕާސްޕޯޓު ގެއްލުމުން އެއީ އުމުރަށް ރާއްޖޭގަ އުޅުމަށް ލިބޭ ހުއްދައަކަށް ވެގެން ނުވާނެ. އޭގެ ބަދަލުގާ އެއީ ކުށެއް ކަމަށް ކަނޑައަޅާ، ޑިޓެންޝަން ކޭމްޕެއް ނޫނީ ޖަލެއްގަ އެފަދަ މީހުން އަނބުރާ ގައުމަށް ދަންދެން ބައިތިއްބާ...

The name is already taken The name is available. Register?

އިހުސާނާ

01 October 2019

ޔަމަނުގައި ހިނގާ ހަނގުރާމަ ނިމުނުކަމެއް އަހަރުމެންނަކަށް ނޭނގޭ! ނިމިއްޖެތަ؟

The name is already taken The name is available. Register?

ރޭސިސްޓުން

01 October 2019

މިގޮތަށް ޝަރީޢަތް ކުރުމަކާނުލާ ހުޅަނގުގެ ގައުމެއްގެ ޣައިރު މުސްލިމަކު ހައްޔަރުކޮށްގެން ގެންގުޅޭނަމަ ހިއުމަން ރައިޓްސް ފެންނާނެ ވަރަށް މައްޗަށް. ދިވެހިން މަގުމަތަކަށް ނިކުމެ މުޒާހަރާ ކުރާ ހިސާބަށް ގެންދާނެހެން ހީވޭ. ކުއްވެރިއެއް ނަމަ ޝަރީޢަތްކޮށްފަ ސާބިތުވާނަމަ އަދަބު ދިނީމަ ނިމުނީނު. މިކަހަލަ އަނިޔާ ކުރާމީހުނާ އެމީހުނަށް އެކަމުގަ ރުހިގެން ތިބޭ މީހުންވެސް ބިރުވެތިވާން ޖެހޭ. އަނިޔާ ލިބިގެންވާ މީހާގެ ދުޢާޔަށް ބިރުގަންނަން ޖެހޭ.

The name is already taken The name is available. Register?

ކިޔާބަަލަ

01 October 2019

ރަށުގަ ހަނގުރާމަ ކުރާތީ ކާކު ދާންބޭނުންވާނީ? އެތަނަށް ގޮއްސަ ދެން އޭނަގެއަނބިދަރިންނަށް ކިހިނެއްވާނީ? ދިވެހި ކުއްޖެއްގެ ބައްޕައެއް. އަޅެ ތިންކް އިން ދެޔާރ ޝޫސް ދޯ?

The name is already taken The name is available. Register?

ތުނިޔަ

01 October 2019

ޔަމަނުގެ އެއަރޕޯޓް ނެތޭކިޔާމީހުން ގޫގުލް ކޮށްބަލަ އިހަށް!

The name is already taken The name is available. Register?

އިސްމީހާ

01 October 2019

ތުނިޔަ ގޫގުލް ކޮށްބަލަ ހިއުމަން ރައިޓްސް ކިޔާއެއްޗެއް ފެނޭތޯ. ވަރަށް މަޢުލޫމާތު ލިބޭނެހެން ހީވަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454