ޚަބަރު / ބިދޭސީން

ބިދޭސީ މީހާގެ ހަށިގަނޑު ގައުމަށް ފޮނުވަން ލޮޓަސް ފިހާރައިން އެހީވަނީ

ޅ. ހިންނަވަރުގައި އުޅެނިކޮށް ބަލިވެގެން ނައިފަރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެނިކޮށް އިއްޔެ މަރުވި ބިދޭސީ މީހާ ގައުމަށް ފޮނުވަން އެހީވާނެ ކަމަށް ލޮޓަސް ފިހާރައިގެ ވެރިޔާ އަހްމަދު އާރިފް (އާއްޓެ) މިއަދު ވިދާޅުވެއްޖެ އެވެ.

ބަނގްލަދޭޝް 58 އަހަރުގެ މީހާ މަރުވީ ޅ. ނައިފަރު ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް އިއްޔެ އިރުއޮއްސުނު ވަގުތު ހާޓް އެޓޭކެއް ޖެހިގެންނެވެ. އޭނާއާ ހަވާލުވާނެ މީހެއް ނެތުމުން މިހާރު ބާއްވާފައި އޮތީ މާލޭ މޯޗަރީގަ އެވެ. ކާކުކަން އެނގޭނެ އެއްވެސް ލިޔުމެއް އެ މީހާގެ އަތަކު ނެތެވެ.

އާއްޓެ ވިދާޅުވީ ބިދޭސީ މީހާ ގައުމަށް ފޮނުވައިދޭން ނިންމީ އެކަން ބޮޑު މައްސަލައަކަށް ހަދަން ބޭނުންނުވާތީ ކަމަށެވެ. އެ ބިދޭސީ މީހާ ފޮނުވަން ކުރަންޖެހޭ ހުރިހާ ހަރަދެއް ލޮޓަސް ކުންފުނިން ކޮށްދޭނެ ކަމަށް އާއްޓެ ވިދާޅުވި އެވެ.

Zimmaavaane faraatheh nethigen bidheysee aku valhunulevifai

Zimmaavaane faraatheh nethigen bidheysee aku valhunulevifai

The most trusted news source in the Maldives

Mihaaru

ޒިންމާވާނެ މީހަކު ނެތިގެން ބިދޭސީ މީހާ ވަޅުނުލެވިފައި---

"އެއީ ކޮން ގައުމެއްގެ. ކޮން ދީނެއްގެ މީހެއްތޯ އަޅުގަނޑު ނުބަލަން. މަރުވެފައިވާ މީހާ އަށް އިހުތިރާމު ކުރުމުގެ ގޮތުން ފޮނުވައި ދޭން ނިންމީ،" އާއްޓެ ވިދާޅުވި އެވެ.

އެ ކުންފުނީގެ ބިދޭސީ މުވައްޒަފުން މަރުވުމުން މީގެ ކުރިން ފޮނުވައިދީފައި ހުންނާނެ ކަމަށާއި އެހެންކަމުން އެކަން ކުރަން ޖެހޭގޮތް އެނގިވަޑައިގަންނަވާ ކަމަށް އާއްޓެ ވިދާޅުވި އެވެ. އެކަމަށް 50،000ރ. ހަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މަރުވި ބިދޭސީ މީހާ އަކީ ކާކުކަން ދެނެގަތުމަށް ފުލުހުން އަންނަނީ ފޮރިން މިނިސްޓްރީ އާއި ބަނގްލަދޭޝް އެމްބަސީއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އޭނާގެ އާއިލާ ހޯދިފައި ނުވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެއްވެސް ލިޔެކިޔުމެއްނެތި ގަވައިދާހިލާފަށް މަސައްކަތް ކުރާ އެތައް ބިދޭސީންނެއް ރާއްޖޭގެ އެކި ރަށްރަށުގައި އުޅެ އެވެ.

29 ކޮމެންޓް, 181 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 33%
icon angry icon angry 2%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮށީކޮއި ޢަލީގެ މުޙައްމަދު

02 October 2019

އެމީހާ އެއީ ބަނގްލަދޭޝް މީހެއްކަން ޔަގީންތަ ކާކުކަން ނޭންގެނީސް ފޮނުވާލާނީ ބަނގުލަދޭޝް އިން އެމީހާޔާ ހަވާލުވާނީ ކާކު

The name is already taken The name is available. Register?

ޥިއު

01 October 2019

ޢާއްޓެ ތިކޮއްދެވި ހިދުމަތަށް މުޅި ޤައުމުގ ނަމުގައި ސުކުރު. ނަމަވެސް ވިސްނާލަން އޮތްތަންކޮޅަކީ، ތިޔަހެން ތިކަން ކުރުމުން ތިކަމަށް ހައްލެ ނުލިބޭނެކަން. ބިދޭސީ މީހާ ރާއްޖެ ގެނައުމަށްފަހު އޭނާ ފިލުމުން އަންގަންޖެހެ ފަރާތްތަކަށް އަންގައި އޭނާ ހޯދުމަށް މަސައްކަތް ކުރަން ޖެހޭ. ޙަޤީޤަތަކީ އޭނާ ފިލިއެއްކަަމަކު އޭނާގެ ޒިންމާތަކަކުން ސްޕޮންސަރ ބަރީޢަތް ވެގެން ނުވާނެ. ނަމަވެސް އާހިރުގައި މީހާ މަރުވީމައި ސްޕޮންސަރ ހަޥާލުނުވޭ،

The name is already taken The name is available. Register?

ބޮންދު

01 October 2019

އޭދަފުށީ މީހުން ކީއްވެތަ އާއްޓޭ ކަހަލަ ހެޔޮ ބޭފުޅަކު މެމްބަރު ކަމަށް ނުހޮވީ؟

The name is already taken The name is available. Register?

ދިވެހިން

01 October 2019

އެމީހުންނާހެދި މުޖުތަމައު ބައިބައިވެއްޖެ

The name is already taken The name is available. Register?

ފަހީމާއިބުރޭ

01 October 2019

މިފެށުނީ ކަމެއްގެ ނަތީޖާ . ކާކުކަންނޭގުނަސް ، ކުށެއް ކޯށްފިއްޔާ އޭނާ ގެ ކުރި ކުށް ތަޙްޤީޤްކޮށް ޙުކުމް ތަންފީޒް ކުރުމަށް ޖަލަށްވެސް ލެވޭ . އަޖައިބެއް ކަހަލަ ޤައުމެއްނު މީ އެކަމަކު ކާކުކަންނޭގި މަރުވީމާ ދެންހަނދާނެގޮތެއް ސަރުކާރަކަށްވެސް އެމްބަސީއަކަށްވެސް ނޭނގުނު. މިއަދު މަޖިލީހުންޤާނޫނެއް ފާސްކޮށްބަލަ ކާކުކަންނޭނގޭ ގޮތަށް އެތެރެވެފައިވާ ބިދޭސީމީހާ މަރުވެއްޖެނަމަ އެމްބަސީން ވާލުވާން ޖެހޭނެކަމާ 48 ގަޑިއިރުތެރޭ ގޮތެއްނިންމަންޖެހޭގޮތަށް .ވާނެބާ؟

The name is already taken The name is available. Register?

ޖީއެސްޓީގަ ހިނޭ ޖަހަނީ

01 October 2019

ސަރުކާރު މިވަނީ ބަންގާޅުންގެ ބާރުން ފިތިފަތަ ކޮބައިތަ ތި މީހާ އެތެރެކުރި މީހާ އަދި ކޮބައިތޯ އެންބަސީން ހަވާލުނުވާނަމަ ބަންގާޅު އެކަކުވެސް ގަވައިދާ ޚިލާފަށް އުޅުނަ ނުދީ ބަލަ އަނެއްކޮޅުން ޖަލުގަ ބަހައްޓާލައިރަށް އަންނާނެ ކޮންމެވެސް ބަންގާޅީ މީހަކު އޭނގަ ޕާސްޕޯރޓް ހިފައިގެން މީ މަކަރުވެރި ގެއްލުން ބޮޑު ބައެއް

The name is already taken The name is available. Register?

ނަސީމު

01 October 2019

ދެން އެބަންގާޅީއަށް އެހެން ސައިކަލެއްގެ މަތީގަ އިންނާކަށް ނުކެރޭނެ. އަމިއްލަ ގައުމުގާ އެގޮތަށް އުޅޭ.

The name is already taken The name is available. Register?

ސަމީދު

01 October 2019

ރައްޖޭގައި ބިދޭސީންނާއި ދިވެހިންނާ ވަރުގަދަ ހަމަނުޖެހުމަކަށް ގޮސްގެން ނޫނީ ތިކަމެއް ނުހުއްޓުވޭނެ ދިވެހި ފަސްގަނޑުގައި ބިދޭސީން މާބާރުގަދަ މިހާރު. ދިވެހިންގެ ގައުމުގައި ދިވެހިންގެ ބޮލަށް ބިދޭސީންނަށް އެރިގެން ނުވާނެ. ގޭގައި ދެފައި ދަމާފަމިގެން ނިދަންތިބެ ގޭގައި ކުރަންޖެހޭ ކަންތަށް ބިދޭސީންލައްވާ ކުރާމީހުންނަށް ބިދޭސީންނަށް ވުރެ ރަނގަޅުބަޔަކު ނުތިބޭނެ. ބިދޭސީންގެ ކަންތަށް ދިރާސާކުރާ މީހުންނަށް ބިދޭސީންގެ ފެންވަރު އެގޭނީ.

The name is already taken The name is available. Register?

ކަޅިރަވަ

01 October 2019

މިއީ ރައްޔިތުންގެ މަސްއޫލިއްޔަތެއްކަމަށް ދެކިގެން ރާއްޖޭގެ އެކި ކަންކޮޅުގައި އުޅޭ މިފަދަ މީހުން އުސޫލަށް ފެއްތުމަކީ ވަރަށް މުހިންމުކަމެއް. މިކަމަށް އިދާރާތަކާއި ރައްޔިތުން އެއްބާރުލުންދީ މަގުފަހިކޮށްދިނުން ވަރަށް މުހިންމު. ރަސްމީލިޔުން ނެތް ބިދޭސީން މަސައްކަތްތަކުގައި ބޭނުންކުރުން ހުއްޓާލުމުން އެމީހުން އަމިއްލައަށް ކަމާބެހޭފަރާތަށް ހަވާލުވާނެ. ދަނޑުތަކުގައި އުޅޭމީހުންވެސް އެބަޖެހޭ ހޯދައި ނެރެން.

The name is already taken The name is available. Register?

ނަވަވަންނަ

01 October 2019

ބަންގާލު އެންބަސީއަކީ މީހުން ފިލުމާ އެފަދަ ކަންކަމުގައި ބަންގާލުންނަށް އެހީވެދޭ އަދި އެކަމަށް އެމީހުން އަތުން ފައިސާ ކަޅާ ކުރާ ތަނެއް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454