މި ސަރުކާރުގެ ފަސް އަހަރުގެ އެކްޝަން ޕްލޭން އާންމު ކުރުމަށް ރޭ ބޭއްވި ޖަލްސާގައި، ހެލްތު މިނިސްޓަރު އަމީން އެ އެކްޝަން ޕްލޭން ބައްލަވަނީ: ސިއްހީ ދާއިރާ އަށް ބަދަލުތަކެއް ގެންނަން އޭގައި ވަނީ ހިމަނާފައި.---ފޮޓޯ: ނިޝާން އަލީ/މިހާރު
03 އޮކްޓޯބަރ 2019 - 15:51
މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި މަދުވެގެން ޓާޝަރީ ފަސް ހޮސްޕިޓަލް ހިންގަން ފެށުމާ އެކު، ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް އެއް ވިއުގައަކުން ގުޅާލުމަށް ސަރުކާރުގެ އެކްޝަން ޕްލޭންގައި ހިމަނައިފި އެވެ.
ރޭ އިއުލާން ކުރި، ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭންގައި، ސިއްހީ ދާއިރާގައި މިހާރު ހުރި މައްސަލަތައް ފާހަގަކޮށްފައިވެ އެވެ. އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ޚިދުމަތްތައް އެއް ތަނަކަށް ޖަމާވެ، ބަލިކަށިވެ އަދި ފުރިހަމަނުވެފައި އޮތުމުން ދިމާވި މައްސަލަތައް ކަމަށް އޭގައި ވެ އެވެ. ސިއްހީ ޚިދުމަތްތަކަށް އެކަށީގެންވާ ސިޔާސަތުތަކެއް ކަނޑައެޅިފައި ނެތުން ފާހަގަކޮށް ބުނެފައި ވަނީ އެ ސަބަބުތަކާ ހެދި ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ހޯދުމާއި ދަތުރުފަތުރުކުރުމުގެ ޚަރަދު ބޮޑުވެފައިވާ ކަމަށެވެ.
ސިއްހީ ދާއިރާ ކުރިއަރުވައި ތަރައްގީ ކުރުމާ އެކު، މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނެ އެއް ކަމަކީ، ޕްލޭންގައިވާ ގޮތުން ބަލިބަލިން ރައްކާތެރިވުމެވެ. އެގޮތުން ހަށިހެޔޮ، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް ކުރިއަރުވާނެ އެވެ. އަދި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ މަރުކަޒުތަކެއް އެއް ވިއުގައަކުން ގުޅާލުން ވެސް ހިމެނެ އެވެ.
ތުއްތު ކުދިންނާއި މައިންގެ ރައްކާތެރިކަމަށް ދުޅަހެޔޮ ޕްރޮގްރާމްތައް ވަރުގަދަކޮށް ބަލި މީހުންނާއި ސިއްހީ ޚިދުމަތް ދޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރަން ޚިދުމަތުގެ ފެންވަރު ވަކި މިންގަނޑެއްގައި ހިފަހައްޓަން ވަނީ ނިންމައިފަ އެވެ.
ޕްލޭންގައި ބުނީ ތަމްރީން ލިބިފައިވާ ފޫޅުމައިންނާއި އެހެނިހެން އަސާސީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ވިހެއުމާއި ގުޅޭ އެންމެހައި އަސާސީ ހިދުމަތްތައް ސިއްހީ ދާއިރާގެ ހުރިހާ ހަރުފަތެއްގައި ވެސް ލިބޭން އިންތިޒާމް ހަމަަޖައްސާނެ ކަމަށެވެ.
ކޮންމެ ރަށެއްގައި ވެސް ގޭގެ އަށް ޒިޔާރަތްކޮށް، ހެލްތު ޗެކަޕް ހަދައިދީ އަދި ހޭލުންތެރި ކުރުވުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ތަމްރީން ލިިބިފައިވާ ޚިދުމަތްތެރިން ހޯދާނެ ކަމަށް ޕްލޭންގައި ވެ އެވެ. އަސާސީ ބޭސްބޭހުގެ އަގު 2018 ވަނަ އަހަރާ އަޅާބަލާއިރު 33 ޕަސެންޓަށް ދަށްކުރުމާއި އާސަންދަ މެދުވެރިކޮށް މެންޓަލް ހެލްތާއި ގުޅުން ހުރި ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖައްސަން ވެސް ވަނީ ވައުދުވެފަ އެވެ.
ހިތުގެ ބަލިތަކާއި ކެންސަރާއި ހަކުރު ބަލި ނުވަތަ ނޭވާލާ ނިޒާމުގެ ބަލިތަކުގެ ސަބަބުން މަރުވާ މީހުންގެ ނިސްބަތް 2018 ވަނަ އަހަރާ އަޅާބަލާއިރު 15 ޕަސެންޓަށް ދަށްކުރަން ވެސް ވަނީ އަމާޒު ހިފައިފަ އެވެ. މީގެ އިތުރުން ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ފަރުވާކުޑަކުރުމުގެ ސަބަބުން ފެންމަތިވާ މައްސަލަތަކުގެ ތެރެއިން 75 ޕަސެންޓް މައްސަލަތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ބެލިފައިވުން ހިމެނެ އެވެ.
މަދުވެގެން ދެ ސަރަހައްދެއްގައި ސާމްޕަލް ޓްރާންސްފަ ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގައުމީ އެމްބިއުލަންސްގެ ޚިދުމަތެއް ގާއިމްކުރުން ވެސް ފަސް އަހަރުން ހާސިލްކުރާނެ ކަމަށް ޕްލޭންގައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޯގާވެރިވޭ
04 October 2019
މުހިންމީ ނަންބޯޑު ބަދަލްކިރާނެ ނަމެއް ނޫނެވެ ރައީސް މައުމޫނުގެ ވެރިކަމުގައި އޯލެވެލް ހަދާސްކޫލްތަކުގެ ގޮތުގައި. އަތޮޅު ތައުލީމީ މަރުކަޒުތަކާއި އަތޮޅު މަދަރުސާތައް ހަމަޖައްސަން ފެށި އެވެ އެކަމަކު އަތޮޅު ތައުލީމަި މަރުކަޒުތައް ބަހައްޓާފަ ކުދި ކުދި ރަށް ރަށުގައިވެސް ޖީސީ ސެންޓަރު ތަކަކަށް ހެދި އެވެ ނަތީޖާ އަކަށްވީ ދެވޭ ތައުލީމުގެ ފެންވަރު ދަށްވުމެވެ ސްކޫލްތަކުގެ ހާލަތު ރަނގަޅު ނުކުރެވި ޚަރަދު ބޮޑުވުމެވެ ކުއާންޓިޓީ ގިނަވެ ކޮލިޓީ ދަށް ވުމެވެ
ހުވަދޫ ޑޮކް
04 October 2019
ސަރުކާރުން މި މިނިސްޓަރަށް އިތުބާރެއް ނުކުރޭ ! އަދި މިނިސްޓްރީގެ މެންޑޭޓް ތެރެއިން ކަންތައްތައް ހިންގައިގަތުމަށް އެއްވެސް ވަރެއްގެ ބާރެއް ދުލެއް ނުކުރޭ! މިނިސްޓަރ އާއި ޓީމް ކިތަންމެ ޤާބިލަކަސް ސަރުކާރުތެރޭގެ ނުކުޅެދުންތެރިކަން ހައްދުން ނައްޓާލައި ދިއުމުން ކިތަށްމެ ޤާބިލް މިނިސްޓަރަކަސް ވަކި ކުރާނެ ކަމެއް ނޯންނާތާ!! ބޮޑިުވެގެންވާ އޮޅުންބޮޅުން ބޮޑު ނާޤާބިލް ސަރުކާރެއް!! އިބޫ ސޯލިހް އެބަޖެހޭ މިނޫން ގޮތެއް ހޯދަން!!
ކިނބޫ
04 October 2019
މުޅި ސަރުކާރެއް ނޫން.، އިބޫގެ ސަރުކާރު ފެއިލްވިޔަ ދިނުމަށްޓަކައި ރައީސް އޮފީހަށް ވައްދާފައި ތިބި ކަތުރު ފަނިތައް.. ނަޝީދު އެންމެ ދެރަވާނީ އިބޫ ފެއިލުވެއްޖިއްޔާ
ރުމާލް 2
04 October 2019
އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރެކޭ ޔާމީނުގެ ސަރުކާރެކޭ ވަކިތަފާތެއްނެތް ޞިއްޙީ ދާއިރާ ކުރިއަށްވުރެވެސް ބޮޑަށް ބޮއްސުންލައިފި! ބަލާ ބެލުމުގައި ޔާމީނުގެ ސަރުކާރަށްވުރެބޮޑަށްވެސް. މިދާއިރާ ބޮއްސުންލައިފި މިހެން ވާންޖެހުނީ މިދާއިރާއިން ކިޔަވާފަތިބި މީހުން ދުރުކޮށް ޕާރޓީ ތަކުގެ އެކްޓިވިސްޓުން ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ވެރިންނަށް ހަމަޖެއްސުމުން އަދި ވެއްދި ސިޔާސީ މީހުންނަކީ މިދާއިރާއަށް ގާބިލް ބަޔަކަށްނުވާތީ.
އަޙުމަދު ރަޝީދު
03 October 2019
ރައީސް ޔާމީން އައް ހުރިހާ ޝުކުރެއް ހައްގުވަނީ ޝުކުރިއްޔާ ރައީސް ޔާމީން
ބަދީއު
03 October 2019
އިބޫގެ ކެބިނެޓުގައި ހުރި އެންމެ ހިންގުންތެރި ވަޒީރާ ތި އޮތީ ސިއްހީ ވުޒާރާ ކަންތައް މަތިކުރެވިފައި. އޭނާ އެކަން ކުރާނެ. ވަރަށް ފުރިހަމައަށްވެސް ކުރާނެ. މިހާރުވެސް ސިއްހީ ދާއިރާއަށް އައިސް ހުރި ބަދަލުތައް ވަރަށް ބޮޑަށް ބަލައިގަންނަން. ހީވާކަހަލަ އެއީ އެކަންޏޭ މި ސަރުކާރުގެ ހިނގާ ވުޒާރާއަކީ.
ހައްދޮއި
03 October 2019
އާކަމެއް ނެތް. މުޅިންވެސް ރައީސް ޔާމީން 90 އިންސައްތަ ނިންމާފައިހުރިކަންކަން. 5 އަހަރު ނިމޭއިރު މިހާރު ތިޔަ ބުނާ 5 ޮސްޕިޓަލް ނޫން އެހެން 5 ހޮސްޕިޓަލް ޓާޝަރީ ކޮށްބަލަ .
އިން
03 October 2019
އިންތިހާއަށް ކޮރަޕްޓް މިނިސްޓަރަކު ލައިގެން ހެޔޮނުވާނެ ތިމަސައްކަތް ފަށަން!
ހައްވަ- ހެލްތު ވޯކަރު
03 October 2019
ސުބުހާނަﷲ،. ހެޔޮނުވާނެއެއްނު.. އެހާ ދެފުއް ފެންނަގޮތަށް މަސައްކަތްކުރާ މިނިސްޓަރެއް އަދި ހެލްތަކަށް ނާދޭ.. މިކަމާ ހެކިވާނެ މުޅި ހެލްތުގެ ހުރިހާ މުވައްޒަފުން
ވަން
03 October 2019
އެހާ އަހްލާޤު ރަނގަޅު މީހުން ކޮރަޕްޓެއް ނުވާނެ.. ކޮސް ނުގޮވާ.. ދެން އެހާ މައްޗަށް ކިޔަވައިގެން ހުރި ދުރުވިސްނޭ ތޫނުފިލި ދަރިއަކު ކޮންމެ ކަމަކަށްވެސް ގަދަވާނެ... ކޮސް ނުގޮވާ
ސޮއިކުރާ ކޮޓަރި
03 October 2019
ޤައުމ ގަ ހުރި ތަންފީޒީ އިދާރާތއް ބަލިކަށި ވެއްޖެ އެވެ ގައުމުގަ ހުރިަ މައްސަލަތަކާ ކުރިމަތިލާން ކެރޭ ބަޔަކު ނެތެވެ އިޖްތިމާޢީ ފެޭރާން ވީދިއްޖެ އެވެ ގައުމަށް ބިދޭސީން ވެރިވެއްޖެއެވެ ފްލެޓް އެޅުމަކީވެސް ދިވެހިންގެ ދިވަހި ވަންތަކަމާ ބީރަށްޓެހި ދޭސީ މީހާގެ ދަރިއެވެ
ފަހަތަށް
03 October 2019
ނުކިޔޭނެ ތަފާސް ހިސާބުތައް: ތުއްތު ކުދިން މަރުވާ އަދަދު ގިނަވީ، ތެލެސީމިއާ ކުދިން މަރުވާ އަދަދު ގިނަވީ، ހާދިސާތަކުގައި މަރުވާ ބިދޭސީންނާ ފަތުރުވެރިން މަރުވާ އަދަދު ގިނަވީ، ވަކި މުއްދަތެއްގެ ތެރޭ.
ބަބުރަންޖީ ހާޖީ
03 October 2019
ތިޔަ ވިއުގަ ހެދުމުގެކުރިން އައިޖީއެމްއެޗް ޓޯކަން ނަންބަރު ފަސޭހައިން ބެލޭނޭގޮތެއް ހަދައިދީބަލަ.