ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު. މީރާގެ ދައުރު ކުޑަކޮށް ފިނޭންސް މިނިސްޓްރީއަށް ބާރުތައްް ދޭން އެކްޝަން ޕްލޭންގައި ވަނީ ހިމަނާފައި -ފޮޓޯ:ހުސައިން ވަހީދު/މިހާރު
03 އޮކްޓޯބަރ 2019 - 22:51
ދައުލަތުުގެ ޓެކްސް އިދާރާ މީރާގެ ދައުރު، ޓެކްސްއާ ބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި މިހާރަށް ވުރެ ކުޑަކޮށް ފިނޭންސް މިނިސްޓްރީ އަށް އެ ބާރުތައް ދިނުމަށް މި ސަރުކާރުގެ ފަސް އަހަރު ދުވަހުގެ އެކްޝަން ޕްލޭން ގައި ހިމަނައިފި އެވެ.
މީރާ އަކީ ވިޔަފާރިތަކާ ރައްޓެހި އިދާރާ އަކަށް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކުރުމުގެ ވައުދުގެ ދަށުން ކުރަން ކަނޑައަޅާފައި އެއް ކަމަކީ ވެސް މީރާ އަކީ ވިޔަފާރިތަކާ ރައްޓެހި ތަނަަކަށް ހެދުމެވެ.
މީރާގެ ބާރުތައް ފިނޭންސް މިނިސްޓްރީ އަށް ދިނުމަށް ކުރަން ޖެހޭ ކަންކަން ކުރަން އެކްޝަން ޕްލޭންފައި ހިމަނާފައި ވަނީ މި އަހަރާއި އަންނަ އަހަރުގެ ތެރޭގަ އެވެ. އޭގެ ތެރޭގައި މީރާގެ ނުފޫޒު އޮޑިޓަރުންގެ މައްޗަށް އޮންނަ މިންވަރު ކުޑަކުރުމާއި ޓެކްސް ނިޒާމުގައި ހުންނަ ޖޫރިމަނާތަކާއި އަދަބުތައް މިހާރަށް ވުރެ ކުޑަކުރުން ވެސް ހިމެނެ އެވެ.
ޓެކްްސް ނިޒާމަށް ތައާރަފް ކުރަން ހިމަނާފައިވާ އަނެއް ކަމަކީ އިތުރަށް ދެއްކޭ ޓެކްސް ރިފަންޑް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުމާއި އެޑްވާންސްކޮށް ޓެކްސް ރޫލިންތައް ނެރެވޭ ގޮތް ހެދުމެވެ. އެ ކަންތައްތަކާ އެކު ޓެކްސްގެ ނިޒާމް ފަސޭހަ ކުރުމުގެ ކަންކަން ވެސް 2023 ގައި ނިންމަން އެކްޝަން ޕްލޭންގައި ވަނީ ހިމަނައިފަ އެވެ.
އެކްޝަން ޕްލޭން އިފްތިތާހު ކުރަން ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، އެކްޝަން ޕްލޭން ބިނާ ކޮށްފައި ވަނީ މި ސަރުކާރު ހިންގާ ކޯލިޝަނުން ނެރުނު މެނިފެސްޓޯގައި ހިމެނޭ ކަންތައްތަކަށް ކަމަށެވެ. ރައްޔިތުން މި ސަރުކާރު ގެނައީ އެ މެނިފެސްޓޯ ތަންފީޒު ކުރަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އެދިވަޑައިގަތީ، އެކްޝަން ޕްލޭންގައި ހިމެނޭ ބައެއް ކަންކަމާ ނުގަބޫލު ވިޔަސް އެ ޕްލޭން ތަންފީޒު ކުރަން، ސަރުކާރުގެ ހުރިހާ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުން ވެސް އެއްބާރުލުން ދެއްވުމަށެވެ.
"މިއިން ކޮންމެ ކަމަކީ އެތައް ބައިވަރު ރައްޔިތުންނާ ވާހަކަ ދެއްކެވި، އެތައް މުއައްސަސާތަކާ ވާހަކަ ދެއްކެވި ލިޔެވިފައި ހުރި ކަންތައްތަކެއް. އެހެންވީމާ ތިމާ އަށް އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިޔަސް އެ ކަންތައް ތަންފީޒު ކުރުމުގައި ފަސްޖެހިވަޑައިނުގެން އަޅުގަނޑާ އެކު ކުރިއަށް ވަޑައިގަތުމަކީ ހުރިހާ ވަޒީރުންގެ ކިބައިން އަދި ސިޔާސީ ހުރިހާ މުވައްޒަފުންގެ ކިބައިން އެދޭ އެދުމެއް،" ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
04 October 2019
އަބަދު ޕްލޭން ހެދުން ތިނޫން ކަމެއްނުވޭނުން. ރިޔާސީ އިންތިހާބަށް ޖަޒީރާ ރާއްޖެ ޕްލޭން، މަޖްލީހަށް އެޖެންޑާ 19 ޕްލޭން، ވެރިކަމަށް އަހަރެއްވުމުން އެސްޑީޕީ ޕްލޭން މި 5 އަހަރު ރައްޔިތުން ގުބޯ ހައްދާފަ ބޭތިއްބުން އަސްލު ޕްލޭނަކީ
ސަރުކާނު
04 October 2019
މީރާ އުވާލއުވާލަން ފެންނނީ. ޢަދި ކަސްޓަމްސް ގެ ބާރުތައް ކުޑަކޮށް އިކޮނޮމިކް މިނިސްޓްރީ އަށް އެބައި ބަދަލް ކުރަން ވީ. ތިހިރީ ވެރިއެއް ގެ ހާޖާނު މިޤައުމަށް ލިބިފަ.
މުރާސިލް
04 October 2019
ވަރައްރަގަޅު ވާހަކައެއް އޭރުން މިސަރުކާރުގެ ބްރޯޔައް ހުރިހާކަމެއް އަތައްއެރީ
ކެޕިިޓަލިިސްޓް
04 October 2019
ޓެކްސް ދައްކަނީ އާމުދަނީގެ ފަރަގު ކުޑަކުރަންކަމަށް ބުނެ ތިޔައޮޅުވާލާ އޮޅުވާލުންތައް ހުއްޓާލާށެވެ. މިޤައުމުގެ ޓެކްސް ނިިޒާމު އޮތީ، އިޤްތިިސާދަށް ފައިދާކުރަވަނިވި މަސައްކަތްކުރާ މިހާ ފެލާލަންށެވެ. އާމުދަނީގެ ހަމަހަމަކަމަކީ ބިިލާހެކެވެ. ގަދައަޅާ މަސައްކަތް ކުރާ މީހާއަށް ހައްޤުވާ ބައި ބޮޑުވާނެއެވެ. ދުއިސައްތަ އަހަރު ކުރިޔާއި މިއަދާއިި އަޅާކިޔަސް މުޅި ދުނިިޔޭގައިި، މުއްސަންދިި-ފަޤީރުންގެ އިިންސައްތަ ހުރީ ދާދި އެއްވަރެއްގައެވެ.
އިިސްމާލު
04 October 2019
ބީ.ޕީ.ޓީ ނެގޭ އުސޫލު ވަރަށް ބޮޑުތަނުން ބަދަލުކުރުން މުހިއްމެވެ. މީރާގެ ޖުރުމަނާ ނެގޭ ޤަވާއިދުތައް ހުންނަނީ ވިިޔަފާރިިވެރިން އިިންދަޖައްސާލާ ޒާތަށެވެ. ޓެކްސް ލައިިބިިލިިޓީ ނުދެއްކި ލަސްވަނީ ފައިދާ ކިިތަންމެ ބޮޑުވިިޔަސް ފައިސާނެތިިގެންކަން ވިިސްނާ ތިޔަ ޖުރުމަނާ ނެގުމުގައި ލުއިިގޮތްތަކެއް ޓެކްސްދައްކާ ފަރާތްތަކަށް ދިނުން މުހިިންމެވެ. ޓެކްސްގެ ގޮތުގައިި އިިތުރަށްދެއްކޭ ބައިވެސް ރީފަންޑްގެ ގޮތުގައިި އަނބުރާ ނުދީ ތިިޔަކުރާ ދުއްތުރާތައް ހުއްޓާލާށެވެ.
މީރާ
04 October 2019
މީރާ އުވާލާ
ބާން
04 October 2019
މިނިވަން މުއައްސަސާއެކޭ ކިޔާނެ ކަމެއްނެތްދެން. ކުރިންވެސް ފިނޭންސްގެ ޑިޕާޓްމަންޓެއްގެގޮތުގައި އޮތުމެކޭ މިހާރު މާބޮޑު ތަފާތެއް ނެތެއްނުން.
އިމްރާން
04 October 2019
ޓެކްސް ނިޒާމް ނިކަމެތިކުރެވެނީއެވެ. ޓެކްސްއަށް މަކަރުުހެދުމަށް ފުރުސަތު ހުޅުވެނީއެވެ.
އިމްރާން
04 October 2019
ޓެކްސް ނިޒާމް ނިކަމެތިކުރެވެނީއެވެ. ޓެކްސްއަށް މަކަރުުހެދުމަށް ފުރުސަތު ހުޅުވެނީއެވެ.
އުވާލާ
04 October 2019
މީރާގެ އުދަގޫ އިންތިހާއަށް ބޮޑު ރާއްޖެ ފަދަ ގައުމަކަށް ނުފެތޭ ސިސްޓަމުތަކެއް ރާވައިގެން ކަންކަން ކުރަމުންދަނީ މީރާ އުވާލާ
އަލީ ރާޖާ
04 October 2019
ދުވަސްކޮޅަކުްނ މިހާރު މީރާއަށް ދައްކަންޖެހޭ އެއްޗެހި ދައްކަން ދާން ޖެހޭނީ އިންޑިއާ އެމްބަސީއަށް