ޚަބަރު / ރާއްޖެ-އިންޑިއާ

މަލިކު ސަރަހައްދުން ރާއްޖޭގެ މަސް ދޯންޏެއް ހިފަހައްޓައިފި

މަލިކު ސަރަހައްދުން އަތުލައިގަތް "އަމްބަރީ" ދޯނި މަލިކު ފަޅުގައި އަޅާފައި. -- ފޮޓޯ: ސޯޝަލް މީޑިއާ

މަލިކު ކައިރިން ރާއްޖޭގެ މަސް ދޯންޏެއް އިންޑިއާގެ ކަނޑުގެ ސިފައިން ހިފަހައްޓައިފި އެވެ.

"މިހާރު" އަށް އެނގިފައިވާގޮތުގައި ދިވެހި މަސް ދޯނި އިންޑިއާ ކަނޑުގެ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަލިކާ ތިން މޭލަށް ކައިރިވެފައި ވަނިކޮށެވެ. އެ ދޯނި އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުގައި ހިފަހައްޓައި އެ ގައުމުގެ މެރީން ޕޮލިހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.

އެ ދޯނީގެ ނަމެއް އަދި އޭގައި ތިބީ ކިތައް މީހުންކަމެއް އަދި ނޭނގެ އެވެ. އެކަމާ ގުޅޭގޮތުން ރާއްޖޭގެ ކަމާބެހޭ އެއްވެސް އިދާރާއަކުން ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

މަލިކު މީހަކު ފޭސްބުކްގައި ބުނެފައިވާ ގޮތުގައި، ހިފެހެއްޓީ "އަންބަރީ" ކިޔާ ދޯންޏެކެވެ. އެއީ ށ. ކޮމަންޑޫ ދޯންޏެއް ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

މިދިޔަ ފެބްރުއަރީމަހު ވެސް ވަނީ ދިވެހި މަސް ދޯންޏެއް އިންޑިއާ ކަނޑުގެ ސަރަހައްދަށް ވަދެ އުޅެނިކޮށް ހިފަހައްޓައިފަ އެވެ. އިންޑިއާގެ ސަރަހައްދަށް ވަދެ އުޅެނިކޮށް އެ ގައުމުގެ ކަނޑުގެ ސިފައިން އެފަހަރު ހިފެހެއްޓީ "ވީވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެ ދޯންޏާއި އޭގައި ތިބި މީހުން ދޫކޮށްލީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން އެމްއެންޑީއެފާއި ފޮރިން މިނިސްޓްރީ މެދުވެރިވެގެން ކުރި މަސައްކަތްތަަކަކުންނެވެ.

India in dhoani hifehettee Malik ah vure ves dhurun: MNDF

India in dhoani hifehettee Malik ah vure ves dhurun: MNDF

The most trusted news source in the Maldives

Mihaaru

އިންޑިއާ ސަރަހައްދުން ކުރިން ހިފެހެއްޓި ދޯނި--

އެހާދިސާއާ ގުޅިގެން ކޯސްޓްގާޑްގެ ކޮމާންޑަރު ބްރިގޭޑިއާ އަލީ ޒުހައިރު ވިދާޅުވީ އަވަށްޓެރި ގައުމުތަކުގެ ސަރަަހައްދަށް ރާއްޖޭގެ މަސްވެރިން ވަނުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

ރާއްޖޭގެ މަސްވެރިން އިންޑިއާގެ ސަރަހައްދަށް ވަންނަ ގިނަ ފަހަރުތަކުގައި އަތުލައި ނުގަނެ، ރާއްޖޭގެ ސަރަހައްދަށް އަނބުރާ ގެނެސްދީފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ގިނަ މަސްދޯނިފަހަރުގައި އެ ދޯނިފަހަރަށް ހަރަކާތްތެރި ވެވެނީ ކޮން ގައުމެއްގެ ސަރަހައްދެއްގައި ކަން އެނގޭނެ ފަދަ އާލާތްތައް ހުންނަ ކަމަށާއި އެހެން ގައުމުތަކުގެ ސަރަހައްދުން މަސްވެރިކަން ކުރުމަކީ ހިތާމަ ހުރި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

33 ކޮމެންޓް, 120 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 18%
icon angry icon angry 65%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޮޑުމީހާ

06 October 2019

ދިވެހި މަސްވެރިންނަށް ވެސް ދަސްކޮށްދޭން އެބަޖެހޭ އީއީޒެޑް އަކީ ކޮބައިކަމާ އެހެން ގައުމުތަކުގެ ކަޑުގެ ސަރަހައްދު ހުއްދަ ނުހޯދާ ބޭނުންކުރުމަކީ އިންޓަރނޭޝަނަލް ކްރައިމެއްކަން

The name is already taken The name is available. Register?

ރީތި މޫސަ

05 October 2019

ބަލަގަ އިންޑިޔާގެ އުޅަނދުފަހަރުތަށް ރޯމާދުވާލު ރާއްޖޭގެ ސަރަހައްދުތަކުގަޖަހާ ސަކަރާތް ނުވޭދޯ ކަމަކަށް

The name is already taken The name is available. Register?

ސަކީނާއްތަ

05 October 2019

ތި ދޯނިފަހަރު ދުއްވާމީހުން ބުނީ މަލިކު އާއި ވަރަށް ކައިރިޔަށް ދަތުރުލުރެވޭ ވާހަކަ އާއްމުކޮއް އަދި އިންޑިޔާކަޑުގެ ސިފައިން ދިވެހިންކަން އެގުމުން އަނބުރާ ރާއްޖެ ސަރަހައްދަވަންނަން އަނގާފައި ދާކަމަށް. ދިވެހި މަސްވެރިން ގަސްދުގައި ކުރާކަމެއް އެސަރަހައްދުގައި މަސްވެރިކަން ރަގަޅުކަމަށްވާތީ ަމލިކު ސަރަހައްދަށް ވަންނަނީ.

The name is already taken The name is available. Register?

ދޮންފުތާ

05 October 2019

މީ ހަމަ ގަސްތުގަ ކުރާކަމެއް. ފަޚްރުވެރިވެފައި މަސްވެރިން ދައކާއުޅެ. މިހާހިސާބަށް ވަދެއުޅެމޭ.

The name is already taken The name is available. Register?

މަންޑޭލާ

05 October 2019

އިންޑިޔާ މީހުންނަ ނޭގޭނެ މަލިކު ބަހުރުވައެއް. އެއީ ދިވެހިރާއްޖޭގެ ބައެއް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

05 October 2019

މަލިކަކީ ރާއްޖޭގެ ރަށެއް.

The name is already taken The name is available. Register?

ޗIޗީ ޗީ ބާއީ

05 October 2019

ސޮކްތެރަޕީ މޮޔަނުވޭ ސޮކްތެރަޕީ ސައިޒު ނޯޅޭ

The name is already taken The name is available. Register?

ށަޒަން

05 October 2019

ޢެކަ މަކު އެއީ ކުރިން މިހާރު އެއީ އިންޑިއާގެ ރަށެއް!

The name is already taken The name is available. Register?

ފަހީމާއިބުރޭ

05 October 2019

ބައުންޑަރީ އެޕެއް ތައާރަފްކޮށް ރާއްޖޭގެ ބޯޓުފަހަރުތައް މާކނަޑުގައި ދަތުރުކުރަމުންދާގޮތް އެނގޭގޮތަށް ހެދެންމިހާރު ހުންނާނެ ކަމަށް ފެނޭ ( ފްލައިޓް ރާޑަރ ) ފަދަ އެޕެއް ހަދާ ކައްޕީންނާ ފަޅުވެރިންނަށް މިއެޕް ކިޔާލަދޭން ވަރަށް ފެނޭ އޭރުން އަހަރުމެންނަށްވެސް އެނގޭނެ އެޕު ހުޅުވާލީމާ ބޯޑަރާ ކައިރީގައި އަދި ބޯޑަރުން ބޭރަށް ގޮސް އުޅެނީ ކޮން ދޯނިފަހަރެއްކަން. ޑިމޮކްރަސީގެ ޒަމާނުގަ ބޯޑަރުންބޭރުން ބާނާމަސް ނުކާން މާރުކޭޓުގަ މުޒާހަރާކޮށްލަމާ ، ބޯޑުހިފައިން

The name is already taken The name is available. Register?

ޑާޑާ

06 October 2019

އެޕް ގެންގުޅޭ މިހާރުވެސް، އޮޑިފަހަރު ހުރި ހިސާބާ އޮތް ތަނެއް ވަރަށް ރީތިކޮށް ފެނޭ.....

The name is already taken The name is available. Register?

މަލިކު ސަކީނާ

05 October 2019

މަލިކު ކަނޑަކީ އަހަރެމެންގެ ކަނޑެއް. އަހަރެމެންނަށް އެތަނުން މަސްވެރިކަން ކުރެވެން ޖެހޭނެ. ވަގުތުން ދޫކޮށްލާ!

The name is already taken The name is available. Register?

ނިކަ

05 October 2019

ކާކު ކަލެއަށް ދިން ކަނޑެއް؟؟ 8 ޑިގްރީ ޗެނަލުގެ ވަކި ސަރަހަށްދެއް ދިވެހިންނަށް ލިބިފަ އޮންނާނި.. އޭގެ ބޭރުން މި ދޯނި އަތުލީ.. އެއްވެސް ޤައުމެއްގެ ޓެރިޓަރީއަކަށް ނުވަދެވޭނެ ހުއްދަ ނެތި.. ލަންކާ މަސް ބޯޓުތަކަށް އަހަރެމެން ކިހިނެއް ހަދަނީ ރާއްޖެއަށް އައީމަ

The name is already taken The name is available. Register?

ވަހީދު

05 October 2019

ދޫނުކުރުމަށް އެދެން ދިވެއްސެއްގެ ޙައިސިއްޔަތުން. ނޫނީ ދޯނީގެ އަގަށް ވާވަރަށް ފައިސާ ނަގާފައި ދޫކޮށްލާ. އެއިރުން ބޯޑަރަކީ ކޮބައިކަން ދިވެހިންނަށް އެނގޭނީ. ކުރީބައިގައި ފިޔަވަޅު އަޅައިގެން ނޫނީ ހައްލެއް ނުވާނެ. ހަތިޔާރާއި ހިއުމަން ޓަރަފިކް ކުރުމުގެ ވިޔަފާރި ވެސް ފަށާނެ. ފިޔަވަޅު އަޅާ.

The name is already taken The name is available. Register?

ގިޔާސް

06 October 2019

ވަހީދުގެ ވާހަކަ މުޅިއަކުން ގޯހެއްނޫން، ރައްކާވެ ތިބިއްޔާ ދަތުރު، އެކަމަކު މިހާރު 12 މީހުނާއެކު އަންބަރީ ދޫކޮށްލާފިކަމުގެ މައުލޫމާތުލިބޭ، ދޫކޮށްނުލިނަމަ މިސަރުކާރު އިސްތިއުފާވެސް ދޭން ޖެހޭނެ، ބައެއް މީހުންގެ ވިސްނުން ހުރިގޮތް...........

The name is already taken The name is available. Register?

ދިވެއްސެއް...

05 October 2019

އެހެން ގައުމެއްގެ ސަރަހައްދައް ވަނީ ގަސްތުގައިތޯ ނޫނީ އޮޅުމަކުންތޯ ބަލާނެ ކަމެއްނެއް. ދަތުރު ކުރެވެނީ ކޮންތަނަކަށްކަން އެގޭނެ އާލާތްތައް ދޯނީގައި ހުންނަންޖެހޭނެ. މިދޯނީގެ ވެރިމީހާއާއި ޒިންމާވާންޖެހޭ ފަޅުވެރިންނަށް އަދަބެއްނުދީ ދޫކޮށްލާގެން ނުވާނެ. މިފަދަ އަމަލުތަކުން މުޅިރާއްޖެއަށް ގެއްލުންމިވަނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454