މަސްތުވާތަކެއްޗާއެކު އަތުލައިގަތް މީހުންނާއެކު ހަތިޔާރު އެޅި ދިވެހި ސިފައިން: ފޮޓޯ: އެމްއެންޑީއެފް
08 އޮކްޓޯބަރ 2019 - 11:21
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ބޯޓުގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރި ނަމަވެސް މިހާތަނަށް އެއިން ފެނުނު މަސްތުވާތަކެތީގެ ބަރުދަށް އެ އަދަދާ ގާތް ވެސް ނުކުރާކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މިދިއަ ހޮނިހިރު ދުވަހުގެ ރޭ، ސްރީ ލަންކާ އާއި ރާއްޖޭގެ ކޯސްޓް ގާޑާއި ފުލުހުން ހިންގި އޮޕަރޭޝަންގައި ހިފެހެއްޓީ ބޭރުގެ ބޯޓަކާއި "ހެދޭކުރި-7" ނަމަކަށް ކިޔާ ދިވެހި މަސް ދޯންޏެވެ. އޭގެ ތެރެއިން އީރާނުގެ ދިދަ ނަގާފައިވާ ބޯޓްގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސް ދޯނީގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ. އެ އެންމެން ވަނީ ހައްޔަރުކޮށްފަ އެވެ.
ބޯޓާއި ދޯނި ވެސް ރޭ ވަނީ ދޫނިދުއަށް ގެނެސްފަ އެވެ. މިހާރު ކުރިއަށް ދަނީ އެ އެއްޗެހި ބަލައި ފާސްކުރުމުގެ މަސައްކަތެވެ.
Drug boat aa eku Dhivehi mas dhoangneh ves!
The most trusted news source in the Maldives
Mihaaru
ޑްރަގާއެކު ދިވެހި މަސް ދޯންޏެއްވެސް އަތުލައިގަތުން---
އެކަމަކު "މިހާރު"އާ ވާހަކަ ދެއްކި، މައުލޫމާތު ހުރި މީހަކު ބުނީ، މިހާތަނަށް ފެނުނު މަސްތުވާތަކެތީގެ ބަރުދަން 150 ކިލޯއާ ގާތް ވެސް ނުކުރާ ކަމަށެވެ. އެކަމަކު މިހާތަނަށް ފެނުނު މަސްތުވާތަކެތީގެ ބަރުދަނެއް އޭނާ ވެސް ނުބުނެ އެވެ.
"ސީދާ އަދަދު އެނގޭނީ ފާސްކޮށް ނިމުނީމާ،" އޭނާ ބުންޏެވެ.
އެ ބޯޓްގައި 150 ކިލޯގެ މަސްތުވާތަކެތި ހުރި ކަމަށް ހަބަރު ފެތުރީ އިންޑިއާގެ ސަލާމަތީ ބާރުތަކާ ހަވާލާދީ އެގަމުގެ ބައެއް ނޫސްތަކުންނެވެ.
މި ބޯޓުގެ މައްސަލާގައި ރާއްޖޭގެ ފުލުހުން އަދި މާ ބޮޑު ވާހަކަތަކެެއް ނުދައްކަ އެވެ. ފުލުހުން ބުނެފައި ވަނީ އޮޕަރޭޝަންގެ ތަފްސީލު ފަހުން ދޭނެ ކަމަށެވެ.
އީރާނުގެ ދިދައެއް ނަގާފައި ހުރި ބޯޓު އަތުލައިގަތީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުންނެވެ. ބޯޓު ދަތުރުކުރީ ޕާކިސްތާނުން ފުރައިގެން ކަމަށް، އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކާ ހަވާލާދީ، އެ ގައުމުގެ ބައެއް ނޫސްތަކުން ބުނެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެ ބޯޓުން ކަންކުރަންވީ ގޮތް ފަޅުވެރިންނަށް އަންގަމުން ދިޔައީ ޕާކިސްތާނުގައި ތިބި ބައެކެވެ.
ރާއްޖޭގެ ކަނޑު ސަރަހައްދަށް ވަދެ، ހިންގާ ޑްރަގްގެ ބޮޑެތި މުއާމަލާތްތަކުގައި ރާއްޖޭގެ އުޅަނދުފަހަރު ބައިވެރިވެ އެވެ. ބޭރު ބޯޓުން ގެންނަ މަސްތުވާތަކެއްޗާ ހަވާލުވެ، އެ އެއްޗެހި ރާއްޖޭގެ ކޮންމެވެސް ހިސާބަކަށް ގެންދަނީ ރާއްޖޭގެ އުޅަނދުފަހަރުންނެވެ. އެގޮތަށް މަސްތުވާތަކެތި ހިފައިގެން އަންނަ ގިނަ އުޅަނދުތަކެއް މިފަހުން ވަނީ ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ އޮޕަރޭޝަންތަކުގައި އަތުލައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަށްޑޫ ކަތީބު
09 October 2019
5ކިލޯއާ އެކު ހައްޔަރު ކުރި މީހުން އިހައްދުވަހުން ދޫކޮށްލީ... ތިވަރު ބަޔަކު 5000ކިލޯޔާއެކު ބަޔަކު ހައްޔަރު ކުރިޔަސް މާދަމާ ދޫކޮށްލާނެކަމާމެދު އަހަރެން އެއްވެސް ޝައްކެއް ނުކުރަން،
ޙުބާ
08 October 2019
ނާތެދެއް؟ ޢެންވިއްޔާ އަވަހަށް އެންމެން ދޫކޮށްލާ.
ކޮރޮޅި
08 October 2019
އިންޑިޔާ މީހުންނަށް ނޭގެނީތާ ރާއްޖެއަށް މިބާވަތުގެ އަގުހުރި އެއްޗެއް އެތެރެވާތަނުން ދެންދާނީ މަދުވަމ މުން ކުޑަވަ މުން ކަން.
ބޮޑުމީހާ
08 October 2019
މަސްތުވާތަކެތީގެ މައްސަލަ ފެށުނުތާ މިހާރު 30 އަހަރު ވެދާނެ، މަސްތުވާތަކެތި އެތެރެކޮށްގެން ކިތައް މީހުންނަށް އަދަބު ދެވިއްޖެ؟
ސޯލްޖާ
08 October 2019
ދޯނި ވިއްކާލާފަ އޮޕަރޭޝަން ކޮސްޓް ކަވާކުރަން ޖެހޭ!
އަސްތާ
08 October 2019
އޭ އެހެންތަ؟! ކަޑައެއްނުން! އަވަހަށް ދޫކޮށްލާ ހެހެހެ ބޯހަލާކު، އެމްއެންޑީއެފް މެޑަމް ކީކޭތޯ ވިދާޅުވަނީ.
މިންމި
08 October 2019
އާން!! ދެން 3 ބަސްތާ ހަމަ ނުވާތީ ދޫކޮށްލާ އަވަހަށް
ހަލިމްބެ
08 October 2019
ތީ ގޯހެއް. އަނެއްކާ ތިޔަކަމުގައި އުޅުނު މީހުން އެތިކޮޅެއް ނެގީބާ ފަހުން މާލޭގައި ނޫނީ އިންޑިއާގައި ވިއްކަން؟ އިތުބާރެއް ނެތް އެއްވެސް ބަޔަކަށް. އިންޑިއާ މީހުން ދޮގެއް ނަހަދާނެ. 150 ކިލޯ ފުރަތަމަ ފެނުނީމާ އެވާހަކަ އެ ގޮވީ ނޫސްތަކުންނާއ ޓީވީތަކުން.
ޙަލީމު
08 October 2019
ހާދަ ތަންދޮރު ނޭނގި ތިކޮމެންޓް ކުރަނީ. އިތުބާރު ނުކުރެވޭނަމަ ކަލޭ ދާންވީނު އެއަތުލައިގަންނަން ފަތާފައި.
އަލިބޭ
08 October 2019
ތިޔައަކީ އަލަކަން ކުރާ ކަމެއްނޫން، ނައިޓް ފިސިންގް އަށްދާ ވަރަށް ގިނަ ލޯންޗްތަން ތި ސަކަރާތް ޖަހާ. ރާއްޖޭގެ އެކި ހިސާބު ތަކުގައި
ގެންނާނަންތސ
08 October 2019
ތިއީ ގުޅިގެން ހިންގާ ކަންކަން